ސްރީލަންކާގައި ކޮވިޑް-19 ފެތުރެމުންދާތީ، އެގައުމުގެ ސަރުކާރު ސްކޫލްތައް ބަންދު ކުރަން ސަރުކާރުން ނިންމައިފިއެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ ނޫސް ލަންކާއިން ބުނީ، އެ ގައުމުގެ ހުރިހާ ސަރުކާރު ސްކޫލްތަކެއް މާދަމާ އިން ފެށިގެން އޭޕްރިލް 20 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކުރުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރ ޑުއްލާސް އިއުލާނުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ، މިގޮތަށް އިއުލާނު ކުރީ، ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިހާރު އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް (ފައްސި)ވި މީހުންގެ އަދަދު ވަނީ ދޭކަށް އަރައިފައެވެ.
އެންމެ ފަހުން މި ބައްޔަށް ފައްސިވީ ލަންކާ އަށް އުފަން 52 އަހަރުގެ ފިރިހެނެކެވެ.
މި ބަލިން ސަލާމަތްވުމަށް، ލަންކާ ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.
އެގޮތުން މި ބަލި މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އިޓަލީ، ސައުތު ކޮރެއާ އަދި އީރާނުން ލަންކާ އަށް އަންނަ މީހުން ދެ ހަފްތާ އަށް ކަރަންޓީނު ކުރުމަށް ލަންކާ ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ. އަދި ފަތުރުވެރިންނަށް ދޫކުރަމުން އައި އޮން އެރައިވަލް ވިސާ މިއަދުން ފެށިގެން ދޫނުކުރަން ވަނީ ނިންމާފައެވެ.
ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި ހަލުވިކަމާ އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު އެއްލައްކައަށް މައްޗަށް ވަނީ އަރާފައެވެ. މި ބަލިޖެހިގެން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މިގައުމުގައި މިތިބަ ވެރިން ތިޔަކަހަލަ ކަމަަކަށް ނުވިސްނާނެ. ވޯޓްލާން ކުއުހަދާއިރުވެސް 3 ފޫޓް ދުރުގައި ތިބޯށޯ.