އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަކްރަމްގެ މަގާމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާތީއެވެ. އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ވެސް އަކްރަމެވެ.
އަކްރަމްގެ ނަން މަޖިލިހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހަށް ފޮނުވި ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު، ނިންމާފައި ވަނީ އަކްރަމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި މަރިޔަމް ހަނީފާ ހާލިދާއި އަހުމަދު މަންސޫރަށް ރުހުން ދޭން ފެންނަ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ނަން މަޖިލިހުގެ ތަޅުމުން ފާސްކޮށް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވެއެވެ.
އަކްރަމްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ އެއް މެމްބަރަކީ ވެސް އަކްރަމެވެ.
އީސީގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި ނައިބު ރައީސް އަކްރަމްގެ އިތުރުން ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތުއެވެ.
މިއަދުގެ ޖަލްސާގައި ވަނީ މީހުން ހުއްޓުވުމާއި ޓްރެފިކް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. އެ ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ޢަހަރުމެންނައްއެގޭ މާކުރިންވެސް އަކުރަމްހޮވާނެކަން މިސަރުކާރު ގެނައުމައް ހެދިހުރިހާމަކަރެއްގެއެއްމެ އަޑީގައިހުރިއެކަކުތީ
އަކުރަމް ވަރަށްފަރިތަވާނެ ވޯޓާ ކުޅެން . އެހެންވެ.
ރައްޔިތުން ނިކަންބަލާބަލަ، ރައީސު ޔާމީނުގެ ވެރިކަމުގައި ތިފަދަ މުވައްސަސާތަކުގައިތިބި ހުރިހާ މެމްބަރުން މިސަރުކާރު އައިފަހުން ވަކިކޮށްފަ މިސަރުކާރުގެ ވެރިން ބޭނުންބަޔަކު ވައްދާ ބަދަލުކޮށްފައިވަނީ އިލެކްޝަން ކޮމިޝަނަށް ނޫނިއްޔާ، މިއީ ހުރިހާ ރައްޔިތުންނަށްވެސް ގަބޫލުކުރެވޭނެ ސާބިތު ހެއްކެއް ރިޔާސީ އިންތިޚާބާއި ބައި އިލެކްޝަން ކާމިޔާބުކޮށްދިނުމަށް އީސީ އިން މިސަރުކާރުގެ އިސް ވެރިންނަށް މަކަރާއި އައްދާރު ޚިޔާނާތުން ވެދުންކޮށްދިންވަރު، މުސްތަގުބަލަށްވެސް މިސަރުކާރަށް ތިޔަ މެމްބަރުންގެ ބޭނުންތެރިކަން އެގިގެން ދަނީ، އެދުމެއްނެތި ވެދުމެއް ނުކުރާނެކަން
ކޮންމެވެސް ގޭސްގަޑެއް އަނބުރަން އެއުޅެނީ!
މީނާ އަކީ ރީކޯ މޫސަގެ ޅިޔަނު. ރީކޯ އެމް.ޑީޕީ ން ކެޑުނީމާ ގޮސް ޔާމީނު ކައި ރިއަށް ދިޔައީ.
މިކަން އެމް ޑީ. ޕީ ހަދާނެއް ނެތް. ފަޔާޒް އަކީ އަބަދު އެމްޑީޕީ ކޮއްޕާ މީހެއް. ޢެކަމަކު......
ޢެންމެން ބަދަލުކުރިއިރުވެސް އިލެކްސަންކޮމިސަން މެންބަރުން ތިބިގޮތައްތިބީ މަންޒަރުވަރައްސާފު ހަލާލުނޫންގޮތުގަ ހޯދިއެއްޗިހި ތިބޭފުޅުންފަހާދުވާދުވަސް ވަރައްކައިރި.