ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވަމުންދާތީ އާއި އެ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެދުމަކަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބަޖެޓު ސަޕޯޓުގެ ގޮތުގައި ސަރުކާރަށް 255 މިލިއަން ރުފިޔާ ދެއްވައިފިއެވެ. މިފައިސާ ދެއްވީ ޓީބިލްގެ ގޮތުގައެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ވަނީ ފެނިފައެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، ސަރުކާރުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ޗައިނާ އާއި އިޓަލީ އާއި ސްޕެއިން ފަދަ ގައުމުތަކުން ފަތުރުވެރިން އައުން މަނާ ކުރުމެވެ. މިއީ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބޭނެ ބޮޑު ގޮންޖެހުމެކެވެ. އެ ގޮންޖެހުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އެންމެ ބޮޑު ދައްޗަކީ ކޮވިޑް-19 ގެ ރޯގާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންޓްރޯލެއް ނެތި ފެތުރުމެވެ. ރާއްޖެ އަށް ފަތުރުވެރިން އަންނަ އަދަދު ބޮޑު ތަނުން ދަށްވުމުގެ ސަބަބުން ދިވެހި ދައުލަތަށް އާމްދަނީ ލިބޭ ވަރު ވަނީ ދަށަށް ގޮސްފައެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވަނީ ހުއްޓުމަކަށް ގޮސްފައެވެ. ގިނަ ވިޔަފާރިތައް ގެއްލުމުގައި ހިންގަން ޖެހުނު އިރު، އެތައް ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޗަމްޕާގެ ގާތް މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ޗަމްޕާ ސަރުކާރަށް އެހާ ގިނަ ފައިސާ ދެއްވީ ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އެކަމަކު، މި ހާލަތުގައި ވެސް ޗަންޕާ ބަދުނާމުކޮށް ބިރު ދެއްކުމުގެ މަސައްކަތް އެމްޑީޕީގެ އެކި ބޭފުޅުން އަޑީގައި ތިއްބަވައިގެން ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
އޭނާ އެ ފާހަގަ ކުރެއްވި ކަމަކީ ކޮވިޑް-19 ޖެހުނު އިޓަލީ ފަތުރުވެރިއެއްގެ މައުލޫމާތު ސިއްރު ކުރަން ޅ.ކުރެއްދޫ ރިސޯޓުން މަސައްކަތް ކުރި ކަމަށް ބުނެ، އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށާފައި އޮތް ދަނޑިވަޅެއްގައެވެ. އެކަމަކު، ކުރެއްދޫން މައުލޫމާތު ސިއްރު ކުރި ކަމަށް ބުނާ ވާހަކަތައް ކުރެއްދޫން ދޮގުކުރެއެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުންނާއި މި ނޫން ވެސް މުއައްސަސާތަކާ އާންމުން ގުޅިގެން އިންސާނީ އެހީތެރިކަމާއި ލޯތްބާއި އަޅާލުން އިންތިހާ އަށް ފޯރުކޮށްދިނުމަށް އަތުގުޅާލާފައި ތިބި މި ދަނޑިވަޅުގައި ދިވެހި ފުލުހުން ހޭބޯ ނާރާ ޕްރެސް ކޮންފަރެސް ބާއްވައި ތަހުގީގު ކުރަމުން ދަނީ ކުރެއްދޫގައި ހުރި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވުނު މައްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރީމަ،" އެމީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ވެސް ބައްޔާ ގުޅިގެން ޖިނާއީ އެއްވެސް ތުހުމަތެއް، ބަޔަކަށްކޮށްފައި ނުވެއެވެ. އަދި ބަލި 150 އަށް ވުރެ ގިނަ ގައުމުން މިކަމުގެ ތަހުގީގެއް ހިންގާ މީސް މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވަން މަސައްކަތްކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"މި ބައްޔާ ބެހޭ ޖިނާއީ ތަހުގީގެއް ފަށައި ސަރުކާރުން ނަފްރަތު ކުރާ ވަކި ބައެއްގެ ބޮލުގައި އިލްޒާމް އަޅުވައި ޝަރީއަތަށް ދަމަން މަސައްކަތް ކުރާ ހަމައެކަނި ގައުމަކީ ރާއްޖެ، އެކި ގޮތް ގޮތުން ކޮޅުތައް ހޯދައި ލަންބައި އަޅުވައިގެން ވެސް މިކަމުގައި ކުރެއްދޫ ރިސޯޓުގެ އޯނަޝިޕް އޮތް ބޭފުޅުންނަށް ތުހުމަތުގެ އިނގިލި ދިއްކޮށް ގާނޫނީ ގޮޅިއަކަށް ފެއްތޭތޯ ފުލުހުން ދައްކާ ވާހަކަތަކުން އެނގޭ،" އެމީހާ ބުންޏެވެ.
ރާއްޖޭގެ އެހެން ރަށަކުން ނުވަތަ ރިސޯޓަކުން ވިޔަސް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި ނުވަތަ ޝައްކުވި އެއްވެސް މީހެއްގެ ރިޕޯޓެއް ކުރި ގޮތާ ބެހޭ ގޮތުން އެއްވެސް ތަހުގީގެއް ހިންގަން ފުލުހުންނަށް އެއްވެސް ފަރާތަކުން އޯޑަރު ދީފައި ނުވުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މީގެކުރިން، އެމްޑީޕީން ވެރިކަން ކުރި އިރު، ޗަމްޕާގެ ފަހަތުން ހަމަ މިގޮތަށް ތަހުގީގުތައް ހިންގި ކަމަށެވެ. އޭރު ޗަމްޕާގެ މަސްލަހަތު އޮތް ދިޓީވީ އާއި ދިއެފްއެމުން ސަރުކާރަށް ފާޑު ކިޔާތީ ދެ މީޑިއާ ހުއްޓާލަން ބޮޑެތި ހަދިޔާތައް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.
މިފަހުން ކުރެއްދޫގައި ހިނގި ކަންކަމުގެ މައްޗަށް ތަހުގީގެއް ފެށީ ދުރާލައި ރާވައިގެން ވަކި އަމާޒެއް ހިފައި، ޗަންޕާއަށް ބިރު ދައްކައި ޖޫރިމަނާ ނޫނީ ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ އަތުލަން ވެގެން ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ.
"ޗަންމާޕއަކީ ދުވަހަކު ވެސް ވެރިކަމެއް ބޭނުންވެގެން، ސަރުކާރުން ބާރެއް ބޭނުންވެގެން ކަމެއް ކުރެއްވި ބޭފުޅެއް ނޫން. އިންތިހާބުތަކުގައި އެމްޑީޕީ އަށް އަދި އެ ނޫން ޕާޓީތަކަށް ވެސް ޗަމްޕާ އެހީތެރިވަމުން ގެންދެވި. އެއީ ޑިމޮކްރަސީ ކުރިއެރުވުމުގެ ގޮތުން. ދިވެހި ދައުލަތަށް ދިމާވާ ކޮންމެ ފަހަރަކު ވެސް ކޮންމެ ސަރުކާރެއް އޮތަސް މާލީ އެހީތެރިކަން ދެއްވަނީ ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް ވެދެއްވާ އެހީތެރިކަމެއްގެ ގޮތުގައި،" މައުލޫމާތު ދިން މީހާ ބުންޏެވެ.
ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ބަޖެޓު ސަޕޯޓަށް އެކި ސަރުކާރުތަކުގެ އެދުމަށް ބޮޑެތި އެހީތަކެއް ޗަންޕާ ވަނީ ދެއްވައިފައެވެ. އެގޮތުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވޭ ހާލަތު މެދުވެރިވެގެންނާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި ނެތުމުންނާއި އެކުވެރި ދައުލަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ރާއްޖެ ބަނގުރޫޓުވާ ހާލަތުން ގައުމު ސަލާމަތް ކުރަން އެތައް މިލިއަން ރުފިޔާ އެއް ޗަމްޕާ ދެއްވިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗަމްޕާ ފައިސާ ދެއްވި ވާހަކައަކީ ތެދެއްތޯ "ވަގުތު"އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ "އަދި އެނގިފައި ނެތް" ކަމަށެވެ. ނަމަވެސް ޗަމްޕާގެ ގާތް މީހަކު ބުނި ގޮތުގައި ބަޖެޓު ސަޕޯޓަށް ފައިސާ ހޯދުމަށް ޗަމްޕާއަށް ގުޅުއްވީ މިނިސްޓަރު އަމީރު ކަމަށެވެ.
ބަދަލުގަ ކިތައްފަޅު ދޭންބާ ނިންމީ
ސިއްރުކުރި މައްސަލަ ތިޔަ ނިމުނީ.
ކުރެއްދޫ ކޭސް ގަ ޖޫރިމަނާ އެޑްވާންސް ކޮށް ދެއްކީ
ތިވެސް ނުފެންނާބެ ތި ރއްޔިތުންނަށް ބަހާލިމަވެސް ރަނގަޅު
ހަހަހަ ދެބޯގެރި
ކުރެއްދޫ އިޓަލީ މީހާގެ މައްސަލަ އޮށްބާލަން ޖެހި މަޅިޔެއްތީ!
ބައެއް މަސްމަހު ޗަންޕާ އަތުން ފަހުން ޕޭކުރާގޮތަށް ފައިސާ ނަގައިގެން ދައުލަތުގެ މުވައްފުންނަށް މުސާރަ ވެސް ދީފަ އެބަހުރި ކިތަންމެ ފަހަރަކު. އެކަމަކު ޗަންޕާ އޭގެ ބަދަލުގައި ޓުވަރިޒަމްގެ ދާއިރާއިން ކިތަންމެ ފަންފާއެއް އެބަ ނަގާ އެކި ގޮތް ގޮތުން. ޙަލާލު އެންމެ ލާރި އެއްވެސް ނެތް
ޢެހެންވީރު އެއްމެފަހުން އިއުލާން ކުރި 16 ރަށް ޗަމްޕާ އޮންނާނި އަތުލާފަ %100
ދެންމެ ފިނޭންސް މިނިސްޓަރު ބުނެފި މިފައިސާނުލިބޭކަމަށް.
ކޮބާ ގާސިމު...ގާސިމުނުދޭތަ ސަރުކާރަށް ފަ އިސާކޮޅެ...ބަޖެޓް ސަޕޯޓަށް.. އަނބިމީހާގެ އަށް ގެންދާ 70ހާސްރުފިޔާ ނުގެންދާށޭ ބުނެބަލަ..ފަން އަ އިލޭންޑް ކަރަންޓީނުކުރާ މީހުންތިބެން ގާސިމު ސަރުކާރަށް ދިނީ ހިލޭތަ...ބަދަލުގަ ކިހާވަރެ ސަރުކާރުން ދަ އްކަންޖެހޭނެބާ...ޗަންޕާ ބްލެކްމެ އިލްކޮ އްގެން ލާރިނެގާފަ ފޮނިކަޑަން ޓީވީ އަށް އަރާތިބީ... އެބުނީ އޭ ޑޮލަރު ރާ އްޖޭގަ ނެތްނަމަ ބޭރުން ޑޮލަރުގެނެސްގެންވެސް އިގްތިސާދު އޮތްކަން ދަ އްކާނަމޯ..ޢަރަގުވެގެން އަޑިޔަށްދާ އިރުވެސް އޮޅުވާލަން ފޮނިކަޑަންތިބެނީ...
މި ހާލަތުގައި ވެސް ޗަންޕާ ބަދުނާމުކޮށް ބިރު ދެއްކުމުގެ މަސައްކަތް އެމްޑީޕީގެ އެކި ބޭފުޅުން އަޑީގައި ތިއްބަވައިގެން ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ...ސުރުޙީ ގަ މިހެންލިޔުންނަމަ..މި އެ އްނުގެނެސްދޭން ބޭނުންވާ ވާހަކަ އަކީ
ވަރައް ރަނގަޅު ނިންމެވުމެއް ޗަމްޕާއިން. އިންޓުރެސްޓް ނުނަންގަވާނެކަމުގައި އުންމީދުކުރަން.
ހެހެހެހެ...އިންޓްރެސްޓޭ..އެއީ ޓީ ބިލް ގަނެވިއްކަނީ...ބޮޑުފައިދާ އިތުރު ކުރާނެ...އަބަދުވެސް ޗަމްޕާ އަށް ސަރުކާރުން ޓީބިލްތައް ވިއްކާ....އެއް ފަހަރަކު....
މައުމޫނުގެ ވެރިކަމުގައި އައްޑޫ ހެރެތެރެ ރިޒޯޓް ނުނިންމިގެން ޗަމްޕާއާއި އެމަސައްކަތް ހަވާލު ކުރެވުނު...ޗަމްޕާ އެ ރިޒޯ 35މިލިއަނާއި 40މިލިއަން ޑޮލަރާއި ދޭތެރެއިން ނިންމާލި...އަދި ސަރުކާރަށް 80މިލިއަން ޑޮލަރުގެ ބިލެެއް ހުށައަޅާ އެލާރި ނެގި...އެއަށްފަހުވެސް ސަރުކާރަށް އެރަށް ނުހިންގިގެން އުޅެންފެށީމާ ޗަމްޕާ 30މިލިއަން ޑޮލަރަށް އެރަށް ގަތް އަދި ޖާބިރަށް 80މިލިއަން ޑޮލަރަށް ވިއްކާލި...
ހެއްވާ ކަމަކީ ޗަމްޕާ ހުށައެޅިބިލް ގައި ރަަށް ހެދުމަށް 80މިލިއަން ޑޮލަރ ހަރަދު ކުރިކަމަށް އޮވެމެ ގަންނަންވީމާ 30މިލިއަން ޑޮލަރ އަށް އަގު ވެއްޓުން...
ޗަމްޕާ ޔުނިވާސަލް ވިލާ އެއީ އަސްލު ގައުމުގެ ބައިތުލް މާލްް ދަވާލަންް މައުމޫން ބޭނުންކުރި ޓޫލްސް ތަކެއް...އެހެރީ ފެންނަން އެ ކުންފުނިތަކުގެ މާލިއްޔަތާއި މިލްކިއްޔާތު...ދެން މައުމޫނު އާއި މެދު ވިސްނާލައްވާ...
އެއީ އަހަރެމެން ދިވެހި ރައްޔިތުންގެ ފައިސާ....މިއަދު ކާލިޔަސް މާދަން ދޭން ނުލިބުނީމާ ހިތާމަ ކުރާނެއެވެ...މަރުވެގެންދާއިރު ނުގެންދެވުނަސް މަރުވުމަށްފަހު އުޅޭނެ ގެއަކާއި ވިޔަފާރިއެއް ނަމަވެސް އޭގެން ތައްޔާރު ކުރެވޭނެ ނަމަވެސް ރަނގަޅުތާ...
ދިސްއިސް ރިޑިކިއުލަސް އެންޑް އިންޓެރެސްޓިންގ
ޗަންޕާމެނަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ހައްގުފޭރިގެން ޓެކުހެއްނުދައްކާ މުއްސަދިވެފަތިބިބަޔެއް! ތީކީ އަޖާއިބުވާންޖެހޭ ކަމެއްނޫން. ފަހުން ތިކަމުންވެސް ރައްޔިތުން ފޭރޭނެބައި އަންދާޒާނުކުރެވެ. ޓީއެމްއޭގެ އަޑު އަދި ކަޑާގެންނުގޮސް އުޅެނިކޮށް ކޮރޯނާކޭސް ވިޔަފާރިޔައްޓަކާ ސިއްރުކުރީވެސް. ދިވެހިންގެ ނަސީބު އެކަމުން ސަލާމަތްވިކަން! އަދިވެސް ޔަގީނެއްނޫން.
އޭނާ އެ ފާހަގަ ކުރެއްވި ކަމަކީ ކޮވިޑް-19 ޖެހުނު އިޓަލީ ފަތުރުވެރިއެއްގެ މައުލޫމާތު ސިއްރު ކުރަން ޅ.ކުރެއްދޫ ރިސޯޓުން މަސައްކަތް ކުރި ކަމަށް ބުނެ، އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށާފައި އޮތް ދަނޑިވަޅެއްގައެވެ. އެކަމަކު، ކުރެއްދޫން މައުލޫމާތު ސިއްރު ކުރި ކަމަށް ބުނާ ވާހަކަތައް ކުރެއްދޫން ދޮގުކުރެއެވެ...މިއީ ދޮގެއް....ޗަންޕާ..ހަމަފުރުވާލީ..ރިސޯޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ބުނަން އޮތް އެއްޗަކީމީ..ވ ސަލާން ޗންޕަާއަށް
ބަލަ ކުޑަކުދިން ދައްކާކަހަލަ ވާހަކަ ނުދައްކާ... އޯނަރުން ވަރުވަރުގެ މީހުން ލާފަ ތިބޭނެ... އެމީހުން ދޯ އަންގަން ޖެހޭނީ....
ދައްކާނަން
ދިވެހި ރައްޔިތުންގެ ދިޔަފެލާލައިގެން ހޯދާފައިވާ ދިވެހި ރައްޔިތުންގެ ފައިސާ، އެވެސް ދެނީ ބޮޑު އިންޓަރެސްޓުގަ
މި ގައުމުން ތި ބައިގަނޑު ނެގި ކޮޅުނެތް ފައިދާއާއި ބަލާފަ ތީ އެއްވެސް އެއްޗެއް ނޫން
މިހާރު މަށައްވަސްހީވާނީ އުއްޗު ސަރުކާރުގެ މަޅިއެއްގަ ބެދިގެން ސަލާމަތްވާން އުޅޭހެން
މަސަަލަ ބަލަންފެށީމަ މަ އްސަލަ އޮ އްބާލަން 255 މިލި އަން ރުފިޔާ. ރިސޯޓުގަ އި މަސަ އްކަތް ކުރާ ނިކަމެތި ރަ އްޔިތު މީހާ އަށް މުސާރަ ދޭންވީމަ ރުފިޔާ އެ އްނެތް އެމީހުން ދާންވީ ނޯޕޭ ނަގާގެން ރަށަށް.
މަސަަލަ ބަލަންފެށީމަ މަ އްސަލަ އޮ އްބާލަން 255 މިލި އަން ރުފިޔާ ޓީބިލްގެ ގޮތުގަ. ރިސޯޓުގަ އި މަސަ އްކަތް ކުރާ ނިކަމެތި ރަ އްޔިތު މީހާ އަށް މުސާރަ ދޭންވީމަ ރުފިޔާ އެ އްނެތް އެމީހުން ދާންވީ ނޯޕޭ ނަގާގެން ރަށަށް.
ބުރަދާ ވާނުވާ ނޭގޭ ވާހަކަ ނުދައްކަބަލަ..... މިހާރުވެސް ބުނަމުން އެދަނީ ގެސްޓުން ނެތަސް ބަރާބަރައް ލާރިކޮޅު ދޭނެ ކަމަށް... މިގޮތައް 6މަސް ވިޔަސް އޯކޭއޭ... (މަށަކީ ކުރެއްދޫ ސްޓާފެއް)... މިހާރުވެސް މިހުރީ ކުރެއްދޫގަ....
ފައިސާވެރިޔަކައްވީތީ އެއީ ކުއްތަކައް އަރާއިގަތުމައްލިބިފައޮތް ލައިސަންސެއްނޫން
އަބުރާ ދައްކާގޮތަށް ދޭ އެއްޗެއް ނުވާނެ ދޯ ދީލަތިކަމުންދޭ އެއްޗަކަށް. އިޓަލީ މީހާގެ ކޭސް އޮއްބާލަން ކުރި ކަމެއްކަން ކަށަވަރުވާވަރުވޭ. މިއަދު ޕޮލިހުން ބޭވި ޕްރެސްއިން ވެސް އެނގޭ ކުރެދޫ ރިސޯޓް ގެ އިހުމާލެއް އުޅޭކަން. އެމީހުން ސިއްރުކުރީކަން.
ފިނޭސްމިނިސްޓަރ ބުނީ ލިބުނުކަމެއްނޭގެޔޭ ނުލިބެޔޭ މިލާރިގަނޑު ބައިއަޅާ ވަގައް ދިރުވާލީ ތޯއްޗެއް މީ ހުސްވަގުންގެ ސަރުކާރެއް ފޭރޭ ރައްޔިތުންގެ ހަޒާނާ މިހެންނަގާ ބައި އަޅާ ހުސްކޮށްފި ކަަމަކާ ޖެހުނު އިރު ހަޒާނާގަ ހުރީ ހުސް ދޮރުފަތްގަނޑު އެކަނި އިންޑިޔާގެ ބީޖޭޕީގެ ސަރުކާރުގެ ކޮންޓުރޯލްގެ ދަށުވެފަ ނަމެއްގަ މިނިވަންކަން
ކެނެރީގޭ ލާދީނީސޮރުބުނި އޭނާގެ ވެރިކަން ވައްޓާއިރު އެއްމެ އަޑީގައި ހުރީ އިންޑިޔާގެ ސަފީރު މުޅޭއޭ ދެންހުރީ މައުމޫނޭ ދެންހުރީ އުއްޗޭ މިފަހަރު އިބޫ ބުނާނީ ކީކޭބާ އިބޫގެ ވެރިކަން ވެއްޓޭ ތޯ ބިންގާ ކޮންނަށް އެއްމެ އަޑީގައި އޮތީ އުއްޗޭތަ ދެން ފަޒުނާއޭތަ ދެން ކެނެރީގޭ ލާދީނީސޮރޭތަ ބަލަން ތިބެމާދޯ...
އުއްޗުވެސް ރަނގަޅުކަމެއް ކޮށްފިއްޔާ އެކަން ބަލަިގަންނަންޖެހޭނެ.
ކުރެއްދޫ ރިސޯޓުގެ އިހުމާލު ތިއޮއްބާލީ ކޮރަޕްޝަނުން
އިންޑިއާ އިން ބަޖެޓު ސަޕޯޓުނުލިބުނުދޯ މުސްލިމުން މަރާހުސް ކުރީމާ އެކަމަށް ހިތްވަރު ދިނުމުންވެސް.
ވަރަށް ސާފު ކޮށް އެގެންޖެހޭ މީ ހިލޭ އެހީތޯ؟ ނޫނީ ޓްރެޝަރީ ބޮންޑް ގަނެގެން ބޮޑު ފަ އިދާ އާ އެކު އަނބުރާ ދަ އްކާގޮތަ އްތޯ؟
އެބައިން ލިއުމުގަ ބުނެފަ ޓީ ބިލެއް ކަމަށް، ޓީ ބިލަކީ %3.50އާ %4.60 އާ ދެމެދުގެ އިންޓަރެސްޓު އިންނަ އެއް ޗެއް. ގިނަވެގެން 1 އަހަރުތެރޭ ދައްކަންޖެހޭނެ އެއްޗެއް އެއީ.
މީ ސީދާ ދޮގެއް. ޢުއްޗު އަތުން ލާރިއެއް ނުނަގާ
ތިޔަކުރީ ރިސޯޓެއްހިންގުމަށްވުރެ ފައިދާވާކަމެއް 80% ފައިދާ ވާ ގޮތަށް މީ މަދުން ނޫނީ ގައުމަކުން ނުލިބޭނެ ފުރުސަތެއް މި ފުރުސަތުވެސް ލިބެނީ ފައިސާހުރި މީ ހުނަށް ދިވެހި ސަރުކާރަށްވުރެ ޗަމްޕާ ފައިސާ ގިނަ ކޮބާ ތިޔާއިގެ ޖީއެސްޓީ
އަސްލު ސަރުކާރުގެ ބޮޑު ލާރިގަނޑެ އް ވެސް ޗަންޕާ އަތުގަވާނެ، ކޮބާތަ އަލަށް ޗާޕްކުރި 1000ރ ގެ ނޫޓުތަ އް، ޗަންޕާ ހުޅުވިތަ ބެންކެ އް، އާ ނޫޓުތަ އް ޖަހަގެން ގެނަ އިތަނާ ގެ އްލުނު ހުރިހާ ނޫޓެ އްވީ ޗަންޕާގެ ެެެެެެެެެެެެެ އަތުގަ ހުޅުުވި ބޭންކުގަ،،، އ
ބަޅެއްގެ ނިގޫ ސަންޕާ އޮނަކަށްލާފަ ބޭއްވިޔަސް ތެދެއް ނުވާނެެ.... ދުވަހަކުވެސް ފިނޭންސް އާމިރާ ތެދެއް ނުބުނާނެ...
ޙުސްދޮގު
އެހެން ރަށްރަށުން ކޮވިޑް ފެނުނީވެސް އުއްޗުގެ ސަބަބުންބާ ނުވަތަ ކުރެއްދޫ ރިސޯޓަށްއައި ގެސްޓުންގެ ފަރާތުންބާ. ގާތްމީހާ ބުނެފައިވނީ ޙަޤީޤީ ވާހަކައެއް
ކުރެއްދޫ ކޭހުގައި ގޯސްހަދާފައިވަނީ ސަރުކާރުން. ކުރެއްދޫ ޑޮކްޓަރ ތަކުރާރުކޮށް އެޗްޕީއޭއަށް ގުޅައި ރިޕޯޓްކުރުމުންވެސް އިޓަލީ ލިސްޓްގައި ނެތްކަމަށްބުނެ ނިންްމާލީ އިޓަލީން އެންމެ ގިނައިން ޓްއަރިސްޓުން ގެންނަ އެޖެންސީ ނިސްބަތްވަނީ ސަރުކާރުގެ އިސްބޭފުޅުންނަށް ކަމަށްވާތީއެވެ. އަނެއްކާ އިޓަލީ ގެސްޓްމީހާ ފުރަންގޮސް ހުއްޓައި ވެއްޓުމާއި ފްލައިޓުގެ ކެޕްޓަން އެމީހާގޮވަައިގެން ދާން އިންކާރުކުމުން ފްލައިޓުން ބާލައިގެން ގެންގޮސް މާގިރި ގެސްޓްހައުސްގައި ބާޢްވައި ދެދުވަސްވީއިރުވެސް ސަރުކާރަށް ނޭންގޭކަމަށް ބުުނުމުން މިއީ ގަބޫލްކުރަން ދަތިވާހަކައެވެ. ދެން ކޮވިޑް ހުއްޓުވަން އޭރުގައި ސަރުކާރުން ކުރީ ކޮންކަމެއްތޯވެސް ސުވާލު އުފެދޭ ނޫންތޯއެވެ. ބޭސް އޮން މީޑިއާ ރިޕޯޓްސް
ހެޑްލައިންގަ ރީތިކޮށް ޖަހަންވީނު ޓީބިލް ވިއްކައިގެން ޗަމްޕާ އަތުން ލޯނެއް ނަގައިފިޔޭ
ބޮންޑު ވިއްކީ %4 އިންޓްރަސް ލައިފައި ހިލޭ ތީގެން މީހަކު އިލޮށިކޮޅެއްވެސް ނުދޭނެ
ސަރުކާރުން ބޮންޑު ވިއްކީ %4 އިންޓްރަސް ލައިފައި ހިލޭ ތީގެން މީހަކު އިލޮށިކޮޅެއްވެސް މީހަކައް ނުދޭނެ
ކާފު އަތޮޅު ގުރައިދޫން މީހުން ބާލަން މަމެން ގޮވާލަމޭ މާލެ އަތޮޅުގައި އެއްވެސް ރަށެއްގައި މީހުން ދިރިއުޅޭނެ ކަމެއް ނެތޭ އެންމެން ގެނެސް ހުޅުމާލެ އަށް އަަޅާލާ ދެން އެރަށް ރަށް ތައް ރިސޯރޓްސް ނުވަތަ އިންޑަސްޓްރިއަލް ޕާރކްސް ހަދަން ޗައިނާ އަށް ކުއްޔަށް ދޭންވީއޭ 100 އަހަރު ދުވަހަށް އަހަރަކު 400 މިލިއަން ޑޮލަރު ކުއްޔެއްގެ ގޮތުގައި 100 އަހަރު ދުވަސް ވަންދެން އެފައިސާ ސަރުކާރަށް ދިނީމާ ނިމުނީއޭ ވާރކް ލައިކް އެން އެޕްރީލް އިންސްޓެޑް އޮފް ވާރކިންގް ލައިކް އަ ޑަމްބް...
ދޮގު ހަދައިގެން ވެރިކަމަށް އައި ބަޔަކު ތެދެއް ހަދާނެތަ އަދި އަމްދުން ކުފޫހަމަ ނުވާބަޔަކު ރައްޔަތުން ގެ ވޯޓު އޮޅުވާލިބަޔަކު އެއީހަމަ މުނާފިޤުންގެ ތެރެއިން ވާމީހުން
މުއައްޒަފުންނަށް މުސާރަ ދޭންވީމަ އުއްޗު އަތުގަ ރުފިޔާއެއްނެތް ހެއްވައެންނު؟
ބަލަ އަމީރަށް އެކަން ނޭނގުމަކީ އެއްވެސް މައްސަލަ އެއްނޫން ސަބަބަކީ އަމީރު އަށްވެސް އަން ނާނެ ދޯ ހިނދުކޮޅު އެވަގުތު އޭނަ އާއި ސުވާލެއް ކުރިއަކަސް އޭންއަކަށް ނޭންގޭނެ. އެކަމެއް ދޯ.