އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ސްޕްރީމް ކޯޓުގެ ކޮންމެ އަމުރަކަށް ވެސް ތަބާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިޔުއެއްގައި އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ސްޕްރީމް ކޯޓުން ނެރޭ ކޮންމެ އަމުރަކަށް އިލެކްޝަން ކޮމިޝަން އިން ތަވާބާނެ ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނާއި ގަވައިދުގައި ވާ ގޮތަށް ކަމަށެވެ.

"ސްޕްރީމް ކޯޓުގެ ކޮންމެ އަމުރަކަށްވެސް އިލެކްޝަންސް ކޮމިޝަން އިން ފުރިހަމައަށް ބޯލަނބާ ކިޔަމަންވާނެ" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެއްވެސް ޕާޓީއަކާއި މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރާނީ ޕާޓީތަކާއި އޮންނަ ގުޅުން ބަދަހިކޮށް އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަދި އެއްވެސް ސިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަން އާއި މަޝްވަރާ ކުރަން ބޭނުންވެއްޖެ ނަމަ އެކަމުގައި އެއްވެސް ދަތި ކަމެއް ނޯންނާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހާރުވެސް ވާނީ ބައެއް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރެވިފަ. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރާނަން. އަދި އެއްވެސް ސިިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަން އާއި ބައްދަލުކޮށް މަޝްވަރާ ކުރަން ބޭނުން ނަމަ އެ ކަމުގައި އެއްވެސް ދައްޗެއް ނުވާނެ" އަކްރަމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފާސްކުރެވިގެން ދިޔަ އެންޓި ޑިފެންޝަން ބިލް ގާނޫނަކަށް ހަދައި 12 މެންބަރެއްގެ ގޮނޑި އެ ގާނޫނުގެ ދަށުން ގެއްލޭއިރު އެ ބިލް ބާތިލް ކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މިއަދު ގޮތެއް ނިންމާނެއެވެ.

އަދި އެ މައްސަލަ ސަރުކާރާއި އެއްކޮޅަށް ނިންމައިފި ނަމަ ހުސްވެފައިވާ ގޮނޑި ތަކަށް މެންބަރުން އައްޔަނުކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާރަމެންބަރުންގެގޮޑި ގެއްލިއްޖެ ބައިއިލެކްޝަން ތައް ޕީޕީއެމް އިންކާމިޔާބް ކުރާނެ އިންޝާﷲ

  2. ޔާމީންވެސްބުނި ކޯޓްއަމުރައްތަބާވާނެވާހަކަ އެކަމަކު ކަންކުރީ ދިމާ އިދިކޮޅައް ކުއްލި