މާފަންނުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގެ ހަތް ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން ވިދާޅުވީ، އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ބިންމައްޗަށް ބިދޭސީއަކު ވެއްޓިގެން އުޅޭ ކަމަށް އިރުއޮއްސި 6:19 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭނާއަށް ފަރުވާދިނުމަށް މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި އިމާރާޔް ކުރައްވާ ފަރާތްތަކުން އެންމެންގެ ސަލާމަތަކާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަަވަޅުތައް އެޅުމަަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފިޔަވަޅު ނޭޅެންޏާ ވެއްޓޭނެ، މި ވެރިކަންވެސް ވެއްޓޭނެ.