މ. ވޭވަށު ކައިރިން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި ދިވެއްސަކު ނަމާދު ކުރަމުންދަނިކޮށް މެއަށް ތަދެއް އަރައިގެން އެމްއެންޑީއެފް ސިފައިންގެ އެހީގައި މ. މުއްޔަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ހާސިލް 2 ނަމަކަށް ކިޔާ އެ ދޯނީގައި ހުރި35 އަހަރުގެ ދިވެއްސެއްގެ ހާލު ދެެރެވެގެން އެކަން ރިޕޯޓްކުރީ މިއަދު ހަވީރު ކަމަށެެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗުގައި 16:38 ހާއިރު މުއްޔަށް ގެންގޮސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ މީހާ ނަމާދު ކުރަމުން ގޮސް ސަޖިދާގައި އޮއްވާ އަނބުރާގަތީކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ....