ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު ދެމީހަކު ރަނގަޅު ވެއްޖެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅު ވެފައެވެ. މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅު ނުވެ ތިބީ ދެދިވެހިން އެކަންޏެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖެ އިން ފުރާދިން ހުރިހާ ބިދޭސީން މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ.
"ޕޮޒިޓިވްވެގެން އަޅުގަނޑުމެން ބަލަމުންދިޔަ ކޭސްތައް، ވެލިދޫގައި އަޅުގަނޑުމެން ބަލަހައްޓަމުންދިޔަ ކޭސްތަކުގެ ތެރެއިން ޕޮޒިޓިވްކޮށް މިތިބީ ހަމައެކަނި ދިވެހި ދެ މީހުން. އޭގެ މާނައަކީ ކުރިން ޕޮޒިޓިވްވި ބޭރު ހުރިހާ އެންމެން މިހާރު ނެގެޓިވް ސާމްޕަލް ލިބި، ނެގެޓިވް ކަމަށް ނިންމިފައިވަނީ،" ޑރ.މުރާދު ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެމީހަކު ވަނީ ފުރައިގެން ގޮސްފައެވެ. އިޓަލީވިލާތައް ދަތުރުކުރި އެދެމީހުން ތިބި ފްލައިޓް ރަޝިއާގައި މަޑުކުރުމުން އެމީހުން ރަޝިއާގައި ވަނީ ކަރަންޓީން ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19އިން ރަނގަޅުވި މީހުންގެ އަދަދު 13 އަށް އަރައިފިނަމަ އެއީ މެޑިކަލް އެމްޕަޔަރ އިން ކަމުގައިވާ އިންޑިއާ އަދި ޕާކިސްތާނަށް ވެސް ނުލިބޭ ކުރިއެރުމޭ މީ...