އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ، އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށެވެ.
އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތައް އަންނަ ހަފްތާވެސް ބަންދު ކުރަން ނިންމިއިރު، މުވައްޒަފުން ގޭގައިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ މީގެ ކުރިން ނަސޭހަތްތެރިވެފައެވެ.
ހެޔޮނުވާނެ ތިހެންނަހަދާ އިރުއިރުކޮޅާ.. އޮފީސްތައް ބަންދު ނުކުރިޔަސް ސްކޫލުތައް ރޯދަމަސް ނިމެންދެން އެއްކޮށް ބަންދުކޮށްލާ އަދި ތަންކޮޅެއް ކުރިން މިކަން އަންގަދީބަލަ އޭރުންތާ ރަށަށްވެސް ދެވޭނީ ތަންކޮޅެއް ހަރަދު ކުޑަކޮށްލަން.
ދެން ހަފުތާހަފުތާ ނުކިޔާ އަންގަބަލަ 3 މަސްދުވަހައް ސަރުކާރު އޮފީސްތައް ބަންދޭ.އެވިއްޔަ މިގައުމުގަ ހަމައެކަނި މަސައްކަތް ކުރާބަޔަކީ.
ތިހާ ކަޑަވަންޔާ އަމިއްލަ އަށްވެސް ވަދެބަލަ
ކުރިއަށް އޮތް 3 މަސް ސަރުކާރު ބަންދުކުރަން ގޮވާލަން. އަދި ގޭގައި ތިބެގެން ކުދިންނަށް ކިޔެވޭނެ އިންތިޒާމާއި އޮފީސްތައް ހިންގޭނެގޮތް ހަދަން ގޮވާލަން. މީ ވަރަށް ސީރިއަސް ކަމެއް. ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ގޮވާލަން. އެޗް.ޕީ.އޭ އެންގުންތަކަށް ބޯލަނބާ މި ކަމުން އަރައިގަނެވޭ ގޮތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ ކަންމޮށިގެންވާ މީހުންނާ މަޝްވަރާކޮށް ޕާޓީތައް މަޝްވަރާކޮށް އެންމެން އެކީ ގައުމީ މި ނާޒުކު ދަނޑިވަޅުގައި މަސައްކަތް ކުރަން ގޮވާލަން.
އިންޑިއާ ގައި މިބަލި ކުރިއަށްދާ ވަރަށް ބަލާފައި (މާރޗް1 - 30 އަށް 550 މީހުން) އެމީހުން އަންދާޒާކޮށްފައިވާ ރިޕޯރޓް އަކުން ދައްކާގޮތުން
#1 3 ހަފްތާ ލޮކްޑައުން ހެދީމަ އެއކޮށް ދައްވޭ އެއަށްފަހު ލޮކްޑައުން އުވާލީމަ އަނެއްކާވެސް ބަލި އިތުރުވަމުންދޭ އަތްނުފޮރާ ހިސާބަށް
#2. 3 ހަފްތާ ލޮކްޑައުން ކޮށްފައި 5 ދުވަހުގެ މެދުކެނޑުމަކަށްފަހު އަނއްކާވެސް 4 ހަފްތާގެ ލޮކްޑަވްންއެއް ހަދާފައި ދޫކޮށްލުމުން އަނެއްކާވެސް ބަލި އިތުރުވަމުންދޭ އަތްނުފޮރާ ހިސާބަށް
#3 3 ހަފްތާ ލޮކްޑައުން ކޮށްފައި، މަތީގައިވާގޮތަށް 5 ދުވަހުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް 4 ހަފްތާގެ ލޮކްޑަވްންއެއް ހަދާފައި އަނެއްކާވެސް 5 ދުވަހުގެ މެދުކެނޑުމަކަށްފަހު 18 ދުވަހުގެ ލޮކްޑަވްން އަކަށްދިއުމުން ކޭސްތަކެއް އިތުރެއް ނުވޭ.
#4 49 ދުވަހުގެ ލޮކްޑަވްން އަކަށް ދިއުމުން
އެހެންވީމަ މި ފޯރކާސްޓްގެ އަލީގައި ރާއްޖޭގައި ލޮކްޑައުން ކުރާނެ މުއްދަތު ކަނޑައެޅިދާނެ. ބޭނުންވަނީ 1 މަސްތެރޭގައި ޕޮޒިޓިވް ވި މީހުންގެ ޢަދަދު ދެން މިކަމަށް ބޭނުންވާ ފޮރމިއުލާ