ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުވެފައިވާ ދަނޑިވަޅުގައި ގްރޭޑް 1 އިން 8 އާއި ދެމެދުގެ ކުދިންނަށްވެސް މިހަފްތާގެ ތެރޭގައި ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ފައުންޑޭޝަން ކުދިންނަށް ހާއްސަ ޕްރޮގްރާމަކާއި ގްރޭޑް އެކަކުން އަށަކާއި ދެމެދުގެ ކުދިންނަށް ޓީވީ ޗެނަލް މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިހުސާނު ވިދާޅުވީ ގްރޭޑް އެކަކުން ހަޔަކަށް ކިޔަވާ ދަރިވަރުންނަށް ލިޓްރަސީ އަދި ނިއުމަރަސީ ކްލާސްތައް ހިންގުމަށް ހަމަ ޖެހިފައިވާ ކަމަށާއި، އެކުދިންނަށް ކިޔަވައިދޭން ހަމަޖެހިފައިވާ ޗެނަލް ފައިނަލް ވުމުން އާންމު ކުރާނެ ކަމަށެވެ.

މީގެ އިތުރުން 7-8 ގައި ކިޔަވާ ކުދިންގެ ޕްރޮގްރާމްތައް ދިވެހި ޗެނަލް މެދުވެރިކޮށް ވަކިން ހާއްސަ މާއްދާތައް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މިހަފްތާގައި މި ދެންނެވި ކްލާސްތައް ބޭއްވޭތޯ މިހާރު މިދަނީ މަސައްކަތް ކުރަމުން. ކީ ސްޓޭޖު އެކެއް އަދި ދޭއް (ގުރޭޑް 1-6)ގެ ކުދިންގެ ޕްރޮގްރާމް ދައްކާނެ ޗެނަލެއް ފައިނަލް ވުމުން އެކަން އިއުލާނު ކުރާނަން. 7-8 ގެ ކުދިންގެ ޕްރޮގްރާމް ކުރިއަށްދާނީ ދިވެހި ޗެނަލް މެދުވެރިކޮށް" އިއުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަނުން މިދިޔަ ހަފްތާގައި ވަނީ ގްރޭޑް 9 އިން 12 އާއި ދެމެދު ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގަމު މީހާ

    އަދި މިކަން މިގޮތަށް ހިނގާނެތޯ....އެކި ޗެނަލްތަކުން އެކި ގްރޭޑްތަކަށް އެއްވަގުތެއްގައި ފިލާވަޅުތައް ފޮނުވުމުން ބައެއް ގޭގެއަށް 4 5 ޓީވީ ބޭނުންވޭ....

    26
  2. Anonymous

    ކުރުކިއްލި އާސަ މޮޔަވަނީތަ؟ ޕްލޭނެއްނެތް. ކަޑަ ނިންމުން ނިންމާ ސެޓްފިކެޓް ދައިތައެއް. ބޮލަށް އެއްޗެއް އަރައިގެން އުޅެނީތަ؟ ނޫނީ މިބަލީގެ ފަރުވާއަކީ ކިޔެވުން މެދުކަނޑާނުލުންތަ؟ ނޫނީ ރައީސް ޔާމީން ހޯއްދަވައިދެއްވި ޓެބްލެޓް މޮޅުކަމުން އެބޭނުން ކޮށްލާހިތްވަނީތަ. ތިއަށްވުރެ މާރަނގަޅުވާނެ. ހުރިހާ ކުދިންނަށް ބްރެކްފަސްޓް ފޮނުވިއްޔާ. ލޮލް.

    15
    3
  3. Anonymous

    ސަރުކާރުގެ ވެރިންނަނަކީ ނާގާބިލް ދެއްކުންތެރި ބައެއް. 1 ސެމިސްޓަރ ކިޔެވުން ބަންދުކޮށްލަބަލަ. ދުނިޔޭގަ ތިބެވިއްޖެއްޔާ 6 މަސް ދުވަހުގެ ކިޔެވުން ފަހުން ހޯދިދާނެ. ޖޫންގެ ނިޔަލަށް ސްކޫލްތައް ބަންދުކޮށްލީމަ މާލޭގެ ތޮއްޖެހުން ކުޑަވެ، ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެ. ގިނަ ޢާއިލާތައް ރަށަށް ދާނެ. ކާކަށް ތިއްތި ދައްކަންތަ ޒާތަކަށް މި ކިޔަވައިދެނީ؟ ހިތާވެގެން އުޅޭމީހުނަށް ދޮން މީހުން ތުއި ދައްކަނީ؟ ނޫނީ އިންނާނެ މީހަކު ހޯދަންތަ ތިއުޅެނީ؟

    19
    2
  4. Anonymous

    ރޯދައިގެ ނިޔަލަށް ސްކޫލް ބޏްދުކޮށްބަލަ. ރަށްރަށަށް މީހުންތައް ދާނެ. ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެ. މޮޔަވެގެން ތިއުޅޭ ސަބަބަކީ ވަޒީރުކަން ގެއްލުން ނޫންތާއޭވެސް މިހާރު އެބަހީވޭ.

    24
    2
  5. Anonymous

    ސްކޫލް ތަކަށް ބަލި ރަނގަޅު ވިޔަސް ފޮނުވާނެކަމެއް ނެތް ޑިޖިޓަލް ޒަމާނުގައި ޑިޖިޓަލް ކޮން އުޅެންވީ. ހަފްތާ އަކު އެއްދުވަހު ނޫނީ ގެންދަންވީ. އަހަރެމެން ގޭގައި ބަލަހައްޓަމުންދާ ދަރިން ސުކޫލަށް ފޮނުވީމަ އެކުލާސް ތަކުގައި ގޭންގުތަކުގައި ބައިވެރިވާ ކުދިންވެސް އުޅެއޭ ކިޔާއަޑު އިވޭ. އަނެއްކާ ކުދިންނަށް ގޯނާ ކުރެއޭ ކުދިން ކުދިންނާ ބުލީކުރެއޭ މާރާމާރީ ހިންގައިފި އޭ ކިޔާ ޙާދިޘާތައް ވެސް މަދުވާނެ ނޫންތޯ. ކަމަކުައޭ ރ. ޔާމީން ޓެބްލެޓް ދެއްވީ. އެމަނިކުފާނު ގެ ދުރު ވިސްނުންފުޅު. ޝުކުރިއްޔާ ރ. ޔާމީން

    2
    1
  6. ކކކކ

    އަމާ ބުނީތީ ފަރަށް ދަނީ

    10
    1
  7. ނުހާ

    މީ މޮޔަވެގެން އުޅޭ ބައެއް 3 މަސްވަރު ކިޔަވައި ނުދިނަސް އަދި ގެއްލުމެއް ނުވާނެ ކިޔެވޭނީވެސް ރަނގަޅު ސިއްޙަތެއްގަ ތިބެގެން

  8. ާާާޢަލީ

    ދައް ކާ އެއްޗެނަލްއަ ކުން ގަޑިބަހާލައިގެން ދައް ކަން ވިނޫންތޯ؟؟ އެއްމެފަސޭހަވާނީއެގޮތް ކަމަށްފެންނަނީ..