ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެން އެމަނިކުފާނަށް ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު އިއްޔެ އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވެވި މެސެޖެއްގައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި އިނގިރޭސި ބޮޑުވަޒީރުގެ ބަލިހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ކޮވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމަޢުތައް އެކުގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މީގެ 11 ދުވަސްކުރިންނެވެ. އަދި ބަލީގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ބޮޑުވަޒީރުގެ ބަލި ހާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. ބޮޑުވަޒީރު ބޮރިސް ވަނީ ސަރުކާރު ވަގުތީ ގޮތުން ހިންގުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އާއި ހަވާލުކޮށްފައެވެ.

މި ވައިރަސް އަށް ފައްސިވުމާއި ގުޅިގެން ބޮރިސް ހުންނެވީ އޭނާގެ ގޭގައި އައިސޮލޭޝަންގައެވެ. ބޮޑުވަޒީރުގެ ހައިސިއްޔަތުން ގައުމު ހިންގުމުގެ ކަންކަން ގޭގައި ހުންނަވައިގެން ކުރެއްވިއެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ބޮރިސް އައިސީޔޫއަށް ބަދަލު ކުރީ ނޭވާ ލާން ދަތިތަކެއް ކުރިމަތިވުމުންނެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް އަކީ އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސްއަށް ފައްސިވި އެޤައުމުގެ ސަރުކާރުގެ ފުރަތަމަ އިސް ފަރާތެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައެވެ. ނަމަވެސް މިހާރު ޕްރިންސް ޗާލްސްގެ ހާލު ރަނގަޅެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެގައުމުން ބައި ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހިދާޔަތް

  މާތް ކަލާންގޯ މުސްލިމުން ނަށް އިހާނެތިކޮށް މަރަމުން ދާ ނުލަފާ ބޮރިސް އަށް ޝިފާދެއްވުމަށް ދުޢާ ކުރުން ހެޔޮނުވާނެ.. އީސްރާއީލް ގެ ނެތެންޔާހޫ ވެސް ކޮވިޑް19 ޖެހިއްޖިއްޔާ ކޮންފަދަ

  9
  1
 2. ހަސަން

  މުސްލިމުންގެއަދުއްވުންނައްޝިފާ
  ލިބުމައްއެދި ދުއާ ކުރައްވާ
  ދީނައްފުރައްސާރަކުރާމީހުނަށް
  ހިމާޔަތްހޯއްދަވާދެއްވާ

 3. Anonymous

  ޔާﷲ ކޮވިޑް ނަވާރަ އާއި އެޖެންޑާ 19 ގެ ކިބައިން އަޅަމެންގެ ލޮބުވެތި ފަސްގަނޑު ސަލާމަތް ކުރަށްވާށި އާމީން. ލާދީނީ ސަރުކާރު ހުންނަ ލަދުޙަޔާތް ދެކިބަލަ. އަވައްޓެރި ޤައުމެއްގެ މުސްލިމުން ތަޅާސުންނާފަތި ކުރިއިރުވެސް އެންމެ ކުޑަމިނުން ގުއި ސޯލިޙަށް ނުކެރުނޭ އެކަން ކޮށްވެރި ކޮށްލަން. ލާދީނީ ވިޔަސް ބޮޑުވަރު އިނގޭތޯ. އިސްތިޢްފާ ދީފައި ގޮސް ބޮރިސް ޖޯންސަން ފޫބުޑުގައި އޮންނަށް ދޭ ނަޝީދާ ދެމީހުން

 4. Anonymous

  މުސްލިމުން ނަށް އަނިޔާވެރި ވެރިންނަށާއި އެމީހުން ނަށް ވާގިވެރިވާ މީހުންގެ ނިމުން ހިތިކުރަންވާނދޭވެ. އާމީން.

 5. ބަކުރުބެ

  ތިޔަމީހާ ތިޔަބަލީގައި މަރުވެއްޖެއްޔާ ކަލޯކޯއެވެ. އެއީ ކަނޑައެޅިގެން މުސްލިމުންގެ ޢަދާވާތްތެރިއެކެވެ