ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖޭގެ ރަށްތަކުގައި ފެތުރި، މިވައިރަސްގެ ނުރައްކާ އިތުރުވާ ހާލަތެއްގައި އަމަލުކުރަންވީ ކަންކަމަށް، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދާނޮމް އަށް މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މިއަދު ޑރ. ޓްޑްރޯސް އަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، މުޖުތަމަޢުތެރޭގައި ވައިރަސް ފެތުރޭ ހާލަތަކަށް ރާއްޖެ ކުރިން ވެސް ތައްޔާރުވެފައިވާ ކަމަށާއި، އެގޮތުން އެފަދަ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ ސިނާރިއޯއެއް އެކުލަވާލައި އެނޫންވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.
"ރާއްޖޭގެ ރަށްރަށުގައި މިހާތަނަށް މި ވައިރަސް ފެތުރިފައި ނެތްނަމަވެސް، އެފަދަ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރަންވީ ގޮތްތަކަށް ރާއްޖެ ވަނީ ތައްޔާރުވެފައި. އެގޮތުން އެހާލަތުގައި އަމަލުކުރަންވީ ގޮތުގެ ސިނާރިއޯއެއް އެކުލަވާލައި، އައިސީޔޫ އެނދުތައް އިތުރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެ، ވައިރަސް އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓެސްޓް ކުރެވޭނެ ގޮތްތައް ޤާއިމްކުރަން ވަނީ ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ގެ 19 ކޭސް އެއް ފެންމަތިވެފައި ވީނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގައި ވައިރަސް ފެތުރިފައި ނުވާކަމަށެވެ. އަދި ވައިރަސް ފެތުރިޔަ ނުދިނުމަށާއި، މި ވައިރަސް އިން ރައްކާތެރިވުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ރާއްޖޭގައި އަޅާފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތައް ވެސް ޑރ. ޓެޑްރޯސް އާއި ޙިއްސާކުރައްވާފައެވެ.
ރައީސް މިއަދު ޑރ. ޓެޑްރޯސް އަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގައި މި ވައިރަސް ފެތުރިޔަ ނުދިނުމަށް ޑަބްލިއުއެޗްއޯއިން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވައިރަސްގެ ނުރައްކާ ކުޑަކުރުމަށް ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ހަރަކާތްތެރިވާ އެ ޖަމިއްޔާގެ ޓީމް ހިމެނޭހެން ވަމުންދާ ގިނަގުނަ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާއި ގުޅިގެން ބޭނުންވާ ބައެއް ސިއްޙީ ސާމާނުތައް ހޯދުމަށް ދުނިޔޭގެ ޤައުމުތަކަށް ދަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ. އެހެނަސް ދާދި ފަހުން ރާއްޖެއަށް ޑަބްލިއުއެޗްއޯ އިން އިތުރު ޓެސްޓު ކިޓްތަކެއް ފޯރުކޮށްދެއްވާފައިވާތީ އެކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
އެހެންވެދޯ އިޓަލީން މީހުން އައުން ނުހުއްޓުވި ކޮބައި ސަރުކާރުގެ ބޮޑުންގެ އާއިލާތަށް ގެނެސް ގޭގަ ބައިތިއްބާގެން 5ކުން 8 ކަށް ލޮކް ޑައުންކޮށް އޮޅުވާލައިގެން އެގަޑީގަ ސާންޕަލްނަގާ ހަދަމުން ދަނީ މުޅިގައުމު މިހާލަތަށް ވައްޓާލީ ސަރުކާރުން ޑޮލަރުގެ ދަހިވެތިކަމުގާ މިހުރިހާ މުސީބާތަކާ ނިކަމެތި ކަމެއް މިޖެހެނީ ނިކަމެތި ރާއްޖެތެރޭއިން މާލޭއައިސް އުޅޭ މީހުނަށް
ތިޔަވިދާޅުވީ ރަނގަލަކަށްނޫން
ދިވެހިރައްތތުއެންމެނަކީމަސްތުވެގެންތިބޭބައެއްކަމައްހީނުކުރައްވާ