ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި 300 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެތަނަކީ "ހުޅުމާލެ މެޑިކަލް ފެސިލިޓީ"ގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށެވެ.
އެތަން ތަރައްގީ ކުރަމުން އަންނަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. މަބްރޫކް ވިދާޅުވީ އެތަން އިމާރާތް ކުރުމަށް 12 މިލިއަން ހަރަދުވާއިރު އެތަނަށް ބޭނުންވާ ސާމާނުތައް ގަތުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
އެތަނުގައި ސާވިސް ބިލްޑިން އަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ ކަމަށާއި ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑަރީއާ ވޭސްޓު މެނޭޖުމަންޓޫ އަދި ބަދިގެއެއްގެ ހިދުމަތްތައް ދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކޮމަޑޭޝަން ބްލޮކްގެ ބޭނުމަކީ އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އަދި ނަރުހުން ބެހެއްޓުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"މިތަނުގެ ކޮންސްޓްރަކްޝަން މަސައްކަތަށް އަންދާޒާ ކުރެވެނީ 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް. އަދި މިތަނަށް ބޭނުންވާ ތަކެތި ގަތުމަށް 28 މިލިއަން ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވޭ،" މަބްރޫކް ވިދާޅުވިއެވެ.
މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 މުޅި ރާއްޖެ އަށް ފެތުރިއްޖެ ހާލަތެއްގައި އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީ ގާއިމް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލެ ސަރަހައްދުގައި ކުރިން ހުރި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖުމްލަ 641 ފެސިލިޓީ މިހާރު ގާއިމް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެނދަކަށް 133،000ރ. ލާރިގަޑު ވަކިބަޔަކަށް ދޫކޮށްލަނީދޯ؟
97
ކޮބާ ބޭނުމެއް އެވަރުގެ ހަރަދެއްކުރުމުގެ....ތީހަމަ ކުރާއިސްރާފް މިކަހަލަ ދަނޑިވަޅެއްގަ
ފެސިލިޓީތަކަށް ރިސޯޓްތައް ބޭނުންކުރޭ! ގައުމުގައި ހުރި ފައިސާ ކޮޅު ހުސްކޮށްލާ އިންޑިޔާއަށް ދަރާ ދިވެހިން އަޅުވެތިކުރަން މިމަސައްކަތްކުރަނީ.
ތިިއީ ދަށުން ދަމާ ކުލޭން ރަގަޅު ފުރުސަތެެެެެ
ބަލަ ކޮމިއުނިޓީ ސްޕްރެޑެއް އޮތީއެއް ނޫން. ދެން ކީއްކުރަންތަ މިވަރަށް ތަންތަން މިހަދަނީ. ލާރިގަނޑު ކެވުނު ތަނަކުން ކާންވެގެން ދޯ. ރައްޔިތުން އިތުރަށް ބިކަ ކުރަންތަ ކާފިއު ހިންގައިގެން ތިޔަ ގަނޑެއް ތިޔަ ގަންނަނީ.
މިގައުމުގެ ތިބި ހުރިހާ ރިޒޯޓް ތައްވެސް ކަރަންޓީން ފެސިލޓީ އެއްގޮތައް ބޭނުން ކުރަނީ. ޤާސިމް އިބްރާހީމްގެ ހުރިހާ ތަނެއްވެސް ވަނީ އެއްވެސް އަގަކާނުލާ ހިލޭސާބަހައް ދީފަ. ދެން ކޮންކަމެއް ނުވެގެން ކޮންމަޤްސަދެ ހާސިލް ނުވެގެން މިމީހުން ގައުމުގެ ހަޒާނާ ދޮވެ ސާފް ކުރަމުން މިދަނީ؟ ސަރުކާރުގެ މަޤްސަދާއި ދޭތެރޭ މިހާރު ށައްކު އެބައުފެދޭ.
40މިލިއަން އެއީ ކުޑައަދަދެއް ނޫން...އަދި މިފަދަ ހާލަތެއްގަ އެއީ އޭގެ އެތައް ގުނަ އެއްކަމުގައި ދެކެންވެސް ޖެހޭ...ކަރަންޓީން ފެސިލިޓީ ތަކަކީ މިހާލަތަށް މުހިންމު ތަނެއްކަމުގައި ދެކެން...އެހެން ނަމަވެސް މިފަދަ ބޮޑުއަދަދަކުން ހަރަދުކުރާއިރު އެހެން ގޮތެއް އޮތްތޯވެސް އެބަ ބަލަންޖެހޭ...އޭގެ ހައްގުވެރީންގެ ހާލާމެދުވެސް ވިސްނާލަން ޖެހޭ...މިވަގުތު ބައިތުލްމާލުން ކަރަންޓީން ފެސިލިޓީއަކަށް 10މިލިއަންވެސް ހަރަދުކުރުމަށްވުރެ މާ ހެޔޮ 25ބުރީގެ ހޮސްޕިޓަލް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުންވެސް...އަދި އެބަހުރި ސަރުކާރުގެ ގިނަ އިމާރާތްތައްވެސް ބޭނުން ކުރެވިދާނެ....މިވަގުތު އިތުރު އެއްވެސް ގޮތެއް ނެތިގެންނޫނީ ހަރަދެއް ނުކުރުން ބުއްދިވެރިކަމަށް ގަބޫލު ކުރެވެނީ....
މިއީހުސްބިމެއްނޫން 4 ބުރީގެބޮޑުތަނެއް ހަމަމިގޮތައް 2008 ވަނައަހަރު ހުޅުމާލޭގަ 115 މިލިއަން ރުފިޔާއަށް އެސްޓީއޯ އިން 13 ބުރީގެ5 ތަރީގެ ހޮޓަލެއް ވެސްއެޅި 2020 ގައެތަނައް ބުކިންހެއްދީ ގިނައަދަދެއްގެ ބުޅާތަކެއް އެތަނުގަ ހުއްނަނީ ދުނިއޭގަ ހުރިއެއްމެ ބޮޑުރެސްޓޯރެންޓްވީމާ އެތަނުގަ ޖޫސްގިރަންވެސް ބޭނުންކުރަނީ ހައިމާކް އަޅަން ބޮޑެތިބާޖްތައް އެތަނުގެ ބަދިގެއިން ކައްކާލީ ވަސްހުއްނާނެ ތިލަފުއްޓައްވެސް ގެއްނަޖޫސްތަށިވެސް ހީވާނީ ބޮޑުފުރޮޅުލީ ޑަސްބިންއަޅާ އެއްޗެއްހެން 2018 ހުޅުމާލޭގަ ވަނީ 12ބުރީ 15 ބުރި 20ބުރީގެ އެތައްތަނެއްނިމި ދިރިއުޅެންފަޝާފަ މިގޮތައް ހަދަނިކޮއް ވިލާގަނޑެއްގަ ފުޜާޅުއެލާލި ތަންތަންވެސް ހުއްނާނެ ބުޅާކޮއްޓެއްގެ ގޮތުގަމިހާރު 2 ފޭސްދޭތެރޭގަ
ހުޅުމާލޭގައި ހަދާފައި އެހަރަ 7000 ފްލެޓުން 300 ކޮޓަރި ތިކަމަށް ބޭނުން ކުރާނަމަ ހަރަދު އެތަށް ގުނަ އަކުން ކުޑަވީސް. ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާފައި ވައްކަން ކުރުން މިއޮތީ. އަދި ތީ ކޮންމެ އެނދަކަށް ވެންޓިލޭޓަރ ވެސް ނުލާ ޖެހޭ އަގު. މި މައްސަލަ ތަހްޤީޤު ކުރަން ގޮވާލަން އަދި މިވައްކަމުގެ ބައިވެރިން ހޯދާ އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭނެ.
މަޑިސީލަ ހުއްޓުވާ ހަޖަމް ޕޮރުގްރާމް ހަޖަމްނުވަނީ މިހެންވީމަ..ސަރުކާރުން ރައްޔިތުންނަ ކޮވިޑްގެ ބިރު ދައްކާފަ ރައްޔިތުން ގެއަށްވައް ދާފަ ކުރާކަންތައްތަ އިގޭމީހުން ރައްޔިތުންނަ އަންގަ ދޭތީ އެކަން ސިއްރުކުރަން ސަރުކާރުގެ ވަޅިތަކުގެ ތުޑު ޗެނަލް13އަށް ހަރަނީ..ކޮރޯނާއިން ސަލާމަތްވާން ރައްޔިތުން އެ ދޭވަރަށް އިގްތިސާ ދީ ބަލިމަޑުކަމުންވެސް ސަލާމަތްވާން ރައްޔިތުންއެ ދޭ..މިސަރުކާރުން ކަންމިކުރަނީ ދައުރެނިންމާފަ އާ ދައުރަކަށް ބަޔަކު ވެރިކަން ބޭނުންވެގެން ރައްޔިތުން ގާތަށް ވޯޓަކަށް އަންނަންބޭނުން ވެގެންތިބި ވައްތަރަކަށްނޫން...މިސަރުކާރުގެ މަގުސަ ދު ވަރަށް ނުރައްކާވައްތަރު ޖަހަނީ...އެއްގޮތަކީ މިމީހުން މިގައުމު ބަނޑަށްޖައްސާފަ ހަޒާނާ ދޮވެގެން ފިލަންއުޅެނީ އަނެއްގޮތަކީ މިމީހުން ދެން އެއްވެސް ވޯޓެނުބާއްވާ ވެރިކަމުގަތިބޭނެގޮތަކަށް ގާނޫނުންވިޔަސް ގަ ދަބާރުންވިޔަސް ވެރިކަމުގެ ނިޒާމްބަ ދަލުކޮއްގެން ވެރިކަމުގަ އަބަ ދަށް ތިބެންއުޅެނީ...ވިސްނުމެ ފިކުރެހުރި ދިވެއްސެ ހުރިނަމަ ފިކުރުކޮށް މިވަނީ ކީއްކަންބަލާ ހޯ ދާ...ވަޒީފާގެއްލި ދައުލަތަށް ރުފިޔާއެނުލުބި މިގޮތުގަ ތިބި ދަނޑިވަޅެއްގަ ކިނބުލެވެސް ނުކުރާނެފަ ދަ ބިރުވެރިކަމެ މިއީ...އިންޑިޔާގެ ހިންވަރު ކުޑަ މޯ ދީ އިސްތިއުފާ ދީފަ ދާތަނަކަށް ދޭބަލަ ހެޔޮނުވާނެ..
ތިތަން ފަހުން ޓްރީޓޮޕް އަށް ދޭންވެގެން ކުރާކަމެއްތީ ...
ނުވުމަށް ވުރެ ވުން ކައިރި ގޮތެއްގެ ވާހަކަ ތިބުނީ. ހަމަގައިމުވެސް ދިވެހި ދައުލަތަށް މިއީ އިސްރާފަކަށްނޫނީ ނުވާނެ
ދުރާލާ ތައްޔާރުވުން މުހިންމު
ތި ޖެއްސީ ސަލި ގޭމްއެއް. އެސްޓިއޯ އިންގެނައި ބޯޓުގެ އަސްލު އަގު 6މިލިއަން. 10މިލިޔަން އޭކީ.ބާކީވި 4 މިލިއްންތީ. ސިޔާސީ ބޭނުމައްކުރާ ކަމެތީ
ލާރިގަނޑެއް ކާލީއޭ އަނެއްކާވެސް. 40މިލިޔަނެއް ނުދާނެ ކަރަންޓީން ފެސިލިޓީއަކައް.. އެއީމާލޭގައި 4000 އަކަފޫޓު ބިމެއްގައި 10 ބުރިއައް އިމާރާތެއް ފިނިޝްންއާއި ހަމައައް ކުރެވޭނެ ޚަރަދު. ތޮއޮތީ ޖީބައްލާފަ. ކާގޯ ހުސްކުރި ކޮންޓޭނަރުތަކުގަވެސް ތިޔަ ފެސިލިޓި ހަދާލެވިދާނެ 5 މިލިޔަން ދިވެހި ރުފިޔާއައް.
މިކަން ތަހުގީގުކޮއް ސަރުކާރުގެ ވެރީންގެ މައަޗައް ޝަރީއަތް ހިންގަންވާނެ. މިއީ އާދަޔާޚިލާފު ބޮޑު ޚަރަދެއް..ކަމާއި އެކަށީގެން ނުވާވަރުގެ.. ތަކެތި އަދި މަސައްކަތުގެ އަގު އަހަރެމެންނަކައް އަދި އެއް ނުއޮޅޭ..
ހުސް ކަޓް.
އެހެރީ ނިމިފައި ހުރި ފްލޭޓްތައް.
އެތަންތަން ބަޔަކަށް ދެވޭނީވެސް މިކަމުން ސަލާމަތްވެގެން. މިއަހަރު ނިމެންދެންވެސް ނިމިފައިހުރި ފްލެޓްތައް ބޭނުން ކުރިއްޔާ ކީއްތަވާނީ.
ރާއްޖޭގެ ރިޒާވްގައި ފައިސާގިނަވެގެން އުޅޭހެން ހީވަނީ
ހުޅުމާލޭގަ އެސް.ޓީ.އޯ އިން އަޅާފައި ހުރި 5 ތަރީގެ ހޮޓާ ތިކަމަށް ތައްޔާރު ކުރިއްޔާ މާ ރަނގަޅު ވާނެ ހާދަހާ ބޮޑެތި ޖަރީމާއޭ ތިޔަ ހިންގަނީ