ރާއްޖެ އަށް ބިދޭސީން އެތެރެވުމަށް ބޭނުން ކުރާ އިމިގްރޭޝަންގެ ބޯޑަރު ސިސްޓަމް ލޮގިން ޕާސްވޯޑު ބަންގްލަދޭޝް މީހުން އަތުގައި ވެސް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަގެ މި ތުހުމަތާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ހަނަފީ އަށް ގުޅުމުން ވިދާޅުވީ ބައްދަލުވުމެއްގައި އިންނެވި ވާހަކައެވެ.
ރާއްެޖެއަށް ބިދޭސީން އެެތެރެވުމަށް ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމް އަށް ލޮގިން ވެވޭ ޕަރސްވޑް. ފަސްދޮޅަސް މީހެއްގެ އަތުގަ އޮތްކަމަވޭ އެމީހުންގެތެރޭގަައި ބަންގްލަދޭސް މީހުންވެސް ތިބިކަމަށްވޭ އެހެންކަމަށްވާނަމަ އެކަން ކުރިބަޔަކާ މެދު ފިޔަވަޅުއަޅަންޖެހޭ
— Moosa Maniku (Reeko) (@ReekoMoosa) April 9, 2020
ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްެޖެއަށް ބިދޭސީން އެެތެރެވުމަށް ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމް އަށް ލޮގިން ވެވޭ ޕާސްވޯޑް ފަސްދޮޅަހަކަށް މީހުންގެ އަތުގައި އޮންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގަައި ބަންގްލަދޭސް މީހުން ވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމަށްވާ ނަމަ އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭ،" ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ރީކޯ ވިދާޅުވިއެވެ.
މޫސަ ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި އޭނާ "ވަގުތަށް" ވިދާޅުވީ ކުރީގެ ސަރުކާރު އޮތް އިރު ވެސް، އިމިގްރޭޝަންގެ ބޯޑަރު ސިސްޓަމަށް ބަޔަކު ވަންނަ ކަމަށެވެ. އެގޮތަށް ލޮގިންވެވޭ ނަމަ، އެއްވެސް އައިޑެންޓިޓީއެއް ނެތި ރާއްޖެ އަށް މީހުންނަށް އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިޑެންޓިޓީއެއް ނެތި، 37،000 އަށް ވުރެ ގިނަ ބިދޭސީން މިހާރު ވެސް ރާއްޖޭގައި އެބަ އުޅެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ކަމަށް އަންދާޒާކުރެވޭ 63،000 ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ފެށި ކަމުގައިވިޔަސް، ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް 32،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރަޖިސްޓްރީކޮށް، ގާނޫނީ އިމުގެ ތެރެއަށް ވައްދައިފައެވެ.
ތިޔަ ވާހަކަ އިވުމުން ހިތައް އަރަނީ ތިޔަމޫސާ އޭ ކިޔާ ބޭފުޅާ މިގައުމައް ވަޑައިގެންނެވީ އަލައްތޯއޭ މިގައުމުގެ އެންމެންނައް ކަހަލަ ގޮތަކައް އެނގޭ ސިއްރެއްތީ ތިޔަ ބޭފުޅާ މަޖްލިސްގަ އިންނެވިއިރު ކީއްވެގެންތޯ މިކަމައް ފިޔަވަޅު އަޅަން ނޫޅުނީ މީމިގައުމުގަ އެދިގުރާސްތާ 30 އަހަރު މިރާއްޖޭގެ އާބާދީ ނައްތާލާފަ ހިންގަން ފެށިކަމެއް ތިޔަބޭފުޅާޔައްވެސް އެނގި ވަޑައިގަންނަވާނެ މިކަންތައް ފެއްޓިބަޔަކާ މިކަމުގައި މިވެރިން ރުފިޔާ ނަގާވަރު ތިޔަކަމުގައުޅުއްވި ބޭފުޅުން މަހަކު އެއްފަހަރު އެދަނީ އޮސްޓުރޭލިޔާ ކިޔާ ގައުމަކައް އަނބިދަރިން ކައިރިޔައް މިވެސް ގިނަ ބަޔަކު ދައްނަ ސިއްރެއް ފިޔަވަޅު އަޅާވާހަކަ ދައްކަވާއިރު މީ ގާނޫނުން ހުއްދަ އޮންނަކަމެއް ގޮތައް ސިފަކުރެވެނީ ވާކަމެއް ހަރާން މިހެން ކޮމެންޓް ކޮއްލުން ނޫންކަމެއް ނުކުރެވޭ ލަދުން ބޯހަލާކް
ރަނގަޅު ވާހަކަ އެކެވެ.
ރަށްރަށަށް ގެންނަ ހަނޑޫކޮޅު އެމީހުން މިކާލަނީ، ރައްޔިތުން އަތުން ދުވާލެއްގެ މައްޗަށް 500 އާއި 800ރ ދެމެދެ އަދަދެއް އެކި މަސައްކަތް ކޮށްފައި ނަގައި ގައުމުން ބޭރުކުރަނީ.
ވީމާ ރައްޔިތުން ކުރިމަތިމިވާ ތަދުމަޑުކަމަށް ތައްޔާރުވެ އެމީހުން ގައުމުން ބޭރުކުރަންޖެހޭ.
ރައްޔިތުންގެ ފައިސާއިން ހަދާފައި ހުންނަ ސިއްހީހިދުމަތް އެމީހުންނަށް އެމަޖެންސީވެގެން ހުސްކުރަންޖެޭ ސަބަބެއްނޭނގޭ.
ކުރިމަތި ވަމުން މިއަންނަ ދަތި ދުވަސްތަކުގެ ތެރޭގައި އެމީހުން މީހުން އަތުން ފޭރޭނެ، އަދި ވައްކަން ކޮށް އެތައްބައެއްގެ ހިތްދަތި ދިރުއުޅުން ހަލާކުކުރާނެ.
ރައްޔިތުން މިކަމާއި ވިސްނައި ހޭލައި ތިބެންވާނެ.
ޢޭގައި ނުބައިބާ ކުލެނީ އިމިގުރޭޝަން އޮފިސަރ ލެވެލްގެ މީހުން.
ޢަޅުގަނޑުގެ ސައިޓް ޗޭންޖު ނުވެެގެން އެޖެންސީ ހު ދައިގެން ދިޔައިން. ޢެއީ އެތާގެ ވެރިއެއް. ޙުރހިހާކަމެއް ބެލިއިރު ލޮގިންއާައި ހުއް ދަ އޮތީ ބޭރުމީހެއްގެ އަތުގާަ
ބަގާޅީން ބުނަނީ އެމީހުން ރާއްޖެ އައީ ކުންފުންޏެއްގައި ރަޖިސްޓަރ ނުވެ ކަމަށް. އެމީހުންގެ ބަހުރުވައިން ބުނާނަމަ "އަމިއްލަމީހާ" "ބޮސް ނުހުންނަނީ-". މިހެން މިކަންތައް މިވަނީ ދިވެހިން ފައިސާއާހެދި މޮޔަވެފައި ވާތީވެ.
ހިއްކަން ހަވާލުކުރިތަން ހިއްކާ ނިންމަދީ ނޫނީ ފައިސާ އަބުރާގެނޭ .
މިނަ ބޭކާރު އަގަ މިތަޅާއިރު ތިމާމާގެ އަމަލުތައްހުރިގޮއް ނިކަންބަލާާާލަމާ! މީނަގެ ހެވީލޯޑައް ބަންގާޅީން އެތެރެކޮއްފަ ކޮއްމެފަަަަަަަަަަރަކުވެސް ހަދާގޮތަކީ އެއިރައްގައި ހިންގާ ޕުރޮޖެކްޓެއް ނިމުނީމަ މުސާރަނުދީ އެމީހުންތަޅުވާ ތަޅުވާ ހަދާފަ މިހަދާ ގޮތަކީ މިއެއްމެންގެ ޕާސްޕޯޓު އިމުގުރޭޝަން އަށް ފޮނުވާލަ މިއަންގަނީ މިމީހުން ފިލާފިޔޭ ދެންހަދާގޮތަކީ މިމީހުންމަގުމައްޗައް ފޫކޮއްލަނީ އަނެއްކާ އަނެއްބިޔަ ޕޮރޮޖެކުޓެތަށް ލިބުނީމާ ހަބޭހައް ބަންގާލީން އެތެރެ ކޮއްލަނީ މީނަޔަކީ އެއިރެއް ގައި އޮއްނަ ސަރުކާރަކަށް ތާއިދު ކޮއްގެން ޒިއްމާދާރު މަގާމެއް އަދާކުރަމުން އަަަަަަަަަަަަަަައްނަމީހެށް މިހާރުވެސް މީނަ މަގުމައްޗައް ދޫކޮއް ތިންސަތޭކައެއް ހާމީހުން އެބަތި.
ބޭރުގެ ހުރިހާ އިންވެސްޓަރުން މުއައްޒަފުންދޫކޮއްލާފަ ރިސޯޓް ތަޅުއަޅުވާފަ ރައްކާވެއްޖެ އެބައިމީހުންގެ ގައުމުތަކުގަ ހުރި އެބައިމީހުންގެ ރިސޯޓްތަށް ހިންގަނީ މިތާގަ މުވައްޒފުން ނޯޕޭ ލީވް ސަރުކާރުން ދިވެހި މުވައްޒަފުންނަކަށް އެކައްޗެއްވެސްނުދެވުނު އޯނަރު ފިލައިފި އަނެއްކާ 7މިލިއަން ރުފިޔާވެސްމިދެނީ ރިސޯޓް އޯނަރުންގެ އަތަށް ނޫން ރައްޔިތުންނޭ މި ފައިސާ އަރަންޖެހޭނީ ސީދާ ރައްޔިތުމީހާގެ އަތަށް ހަރުއަޑުން މިހެން ގޮވާބަލަ
سبحانﷲ !! ހާދަބޮޑު، އަދި ކަންބޮޑުވާންޖެހޭ އަދި ނުރައްކާތެރި ވާހަކައެކޭ! މިއީ މީހަމަ ތެދެއްތޯ؟؟؟؟ ތެދެއްކަމުގައިވާނަމަ އަދި ގައުމީވަންތަ ނަޒަރަކުން ބަލާނަމަ އަހަރެމެން ދިވެހިރައްޔަތުން ލަދުން ބޯހަލާކު! ބިރުވެސް އެހާބޮޑު! ގައުމުގެ ކަންކަމާއި ޙަވާލުވެގެން ތިބި ފަރާތްތައް މިކުރަނީ ކީއްބާ؟؟
ދަޢުލަތުގެ އިދާރާތްތަކުގެ އައިޓީ ސިސްޓަމްތަކުގެ ސެކިއުރިޓީ ކަންކަން އޮންނަނީ ވަރަށް ދޯހަަޅިކޮށް. ސިސްޓަމް ތެރޭން ކުރާކަންކަން ބަލައި މޮނިޓާރ ވެސް ނުކުރެވޭ... ލޮގިން އޮތެންޓިކޭޝަން މިންގަންޑެއް ނުގެންގުޅޭ. މިހެން ކަންކަން ހުންނަންޏާ އެކްސަސް އޮންނަ މީހުން ބޭނުން ސަކަރާތެއްޖަހާނެ.
ތިޔަ ވާހަކަ އިވުމުން ހިތައް އަރަނީ ތިޔަމޫސާ އޭ ކިޔާ ބޭފުޅާ މިގައުމައް ވަޑައިގެންނެވީ އަލައްތޯއޭ މިގައުމުގެ އެންމެންނައް ކަހަލަ ގޮތަކައް އެނގޭ ސިއްރެއްތީ ތިޔަ ބޭފުޅާ މަޖްލިސްގަ އިންނެވިއިރު ކީއްވެގެންތޯ މިކަމައް ފިޔަވަޅު އަޅަން ނޫޅުނީ މީމިގައުމުގަ އެދިގުރާސްތާ 30 އަހަރު މިރާއްޖޭގެ އާބާދީ ނައްތާލާފަ ހިންގަން ފެށިކަމެއް ތިޔަބޭފުޅާޔައްވެސް އެނގި ވަޑައިގަންނަވާނެ މިކަންތައް ފެއްޓިބަޔަކާ މިކަމުގައި މިވެރިން ރުފިޔާ ނަގާވަރު ތިޔަކަމުގައުޅުއްވި ބޭފުޅުން މަހަކު އެއްފަހަރު އެދަނީ އޮސްޓުރޭލިޔާ ކިޔާ ގައުމަކައް އަނބިދަރިން ކައިރިޔައް މިވެސް ގިނަ ބަޔަކު ދައްނަ ސިއްރެއް ފިޔަވަޅު އަޅާވާހަކަ ދައްކަވާއިރު މީ ގާނޫނުން ހުއްދަ އޮންނަކަމެއް ގޮތައް ސިފަކުރެވެނީ ވާކަމެއް ހަރާން މިހެން ކޮމެންޓް ކޮއްލުން ނޫންކަމެއް ނުކުރެވޭ ލަދުން ބޯހަލާކް
ތިލަފުށިން ހިއްކަން ދިންތަން ނުހިއްކެންޏާ ފައިސާއަބުރާ ދޭންވިއެއްނު.
90ދިހަ ރިސޯޓް ރާއްޖެއިންބޭރުގެ މީހުންނަށްދީފައި ދިވެހިސަރުކާރުއެތިބެނީހަމަ ހިނިއައިސްފައި. ދިވެހިމީހާގަޑަތެނެނީ. ނުވިތާކަށް ރަށްރަށުގައި ހުރިހުރިހާ ވަޒީފާއަކާއި އުފެދެންހުރި ހުރިހާ ވަޒީފާއެއް އިންޑާމީހުންނާއި ބަގުލަދޭސްމީހުންނަށް ދީނިންމައިފި. އިންޑިޔާ މީހުންމިތަނުގައި ބޮޑިތިވިޔފާރިތަށްކޮށް ގައުމުހުސްކުރަނީ
ދެންތިހެން ކިޔާލަކިޔާލާ އަތްޖަހަން ތިބީމަވީނު މިސަރުކާރު ކުރާހުރިހާކަމެއް އޯކޭ ވީމަނު އަތްޖަހަން ތިތިބެނީ!
ތިވަރުގެ ކަމެއް ކަލެއަށް އެގި ސިއްރުކޮށްގެން ހުރި ކަމީ ޤާނޫނީ ގޮތުން ކަލޭ ކުށްވެރިވާ ކަމެކެވެ. ޔާމީނުގެ ވެރިކަމުގައި ތިވާހަކަ ބުނެލަން ނުކެރުނީ ވަގުތުން ހިފާ ހައްޔަރުކޮށް ޖަލަށް ގަޅާލާނެކަން އެގޭތީ ! މިހާރުން މިހާރަށް ހިފާ ހައްޔަރު ކުރޭ !
ތިޔަމީހާ މެންބަކަހުރި އިރުވެސް ކަންތަމިހާރުވެސް ކުރަނީ އޭރުވެސް މިހާރުވެސް ތީއެއްބައެއް..
ތިއީކިހާވަރެއްގެ ނުރައްކާތެރިކަމެއްތޯ އަވަހަށް ތިކަންބަލައި ތަހުގީކުރުމަށް އެދެން ތިއީ ވަރަށް ނުރައްކާތެރިކަމެއް މިހެންވެ ތިތަނުގެ ކަންތަކާއި ސިފައިންހަވާލުވާފެނޭ
ބިދޭސީންގެ ކަންތައް ހައްލުނުވުމުން ފައްޔާޒު އިސްތިއުފާދީފަ ގޭގަހުންނަނީތޮ