ރައީސް ޔާމީން ވެރިކަމުގައި ހުރެގެން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ބާލާނަން ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްހެއެވެ.
މިރޭ އއ.ރަސްދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ މިވެރިކަމުގެ ތެރޭގައި އޮތީ ވައްކަމާއި ކޮރަޕްޝަން ކަމަށެވެ.
"ސަރުކާރުގައި ތެރޭގައި އޮތީ ވައްކަމާއި ކޮރަޕްޝަން, ކުރިން ނުފެންނަ މިންވަރަށް ދަނީ ކަންކަން ފެންނަމުން. ދުނިޔެއާއި އަދި އެހެން ހިސާބަކުންވެސް ވައްކަމާއި ކޮރަޕްޝަން ނުދެކޭ ވަރަށް މި ޤައުމުން ފެނިއްޖެ" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ވެރިމީހާގެ ނުފޫޒް މުއައްސަސާތަކަށް ފޯރުވީމާ ފެންނާނެ ހުރިހާ ކަމެއް ދަނީ މި ގައުމުން ފެންނަމުން ކަމަށެވެ.
މުހައްމާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނަ އިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ކޮމިޝަންގައި ހުރެގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.
"ޝަރީފް ވިދާޅުވި އެމަޤާމްގައި އޭނާހުރުން އެއީ ޔާމިން ހުރުމޭ, އެހެންވީމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަންޏާ ޝަރީފް ހުރެގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ފަނޑިޔާރުން ހުކުމެއް ކޮށްފި ނަމަ އެހުކުމެއް ތަންފީޒު ކުރަން ޖެހޭ ކަމަށާއި ފުލުހުންނަކީ ރައީސް ޔާމީން ހިމާޔަތް ކުރަން ޖެހޭ ބައެއް ނޫން ކަމަށެވެ.
"ރައީސް ޔާމީން ހިމާޔަތަކު ނޫން ފުލުހުން ތިބެން ޖެހޭނީ, ކޯޓުތަކުގެ އަމުރުތައް ތަންފީޒް ކުރަން ޖެހޭނެ, ގުޅިގެން ޔާމީން ބަލިކުރެވޭވަރުގެ ކެނޑިޑޭޓެއް ހޯދާނަން" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ރައީސް ޔާމީން ރައީސް ކަމުގައި ބަހައްޓައިގެން އިންތިޚާބެއް ނުބޭވޭނެ ކަމަށާއި ރައްޔިތުންނާއި އިންސާފް އަދި ބައްދަލު ކުރާނެ ކަމަށެވެ.
ލާރިއައް ވިކުނީމަ ބޮވުނު ބޮނޑި ތީ ދެން ދަރިންނައް ފިލާވަޅެއް ނަގައިދީ..
މުހައްމާގެ ބަހުން އެނގޭގޮތުގައި އަދިވެސް ކެނޑިޑޭޓެއް ނުލިބޭ.
މިހާރު ދެން މަ ގަބޫލްކުރަވީ ކޮންވާހަކައެބާ ރޯދަ ހިފާނީ ވެސް ރައިސް ބަލާފައެބުނީ ދެން ރޯދަ ވެސް ނުހިފާ ހުނަން ދޯ ޖެހޭނީ
މުހައްމާގެ ސޫޓު ކޭސް ތެރޭގައި އޮތް އެއްޗެއްތޯ ވެރިކަމަކީ ޖުވާކުޅެން ދަގަ ކަލޯ
ކަލޯ މުހައްމާ ކަލޯ ފައްކާވާނެ ވެރިކަމުގެ ކެނޑިޑޭޓަކަށް އޭރުންތާ މަގުތަކުގެ ކަންކަން މަތީ ޖުވާމޭޒު ތައް ފެންނާނީ ދޯ.
ވެރިކަން ވައްޓައެއް ނުލެވޭނެ މުހައްމާއަކަށް އިންތިހާބުގެ ކުރިންނެއް އިނގޭ
މީނަ ގޮނޑިގެއްލުނީމަ އަނެއްކާ މޮޔަވީބަ! މީހާގެ ފެންވަރާ ނުގުޅޭ މަޢާމެއްގާ މާގިނަދުވަހު ނުހުރެވޭނެކަން ދަންނަންވާނެ! ކުރިން ތިކުރަމިން ގެންދިޔައީ މުޙައްމާ އާ އެންމެ ގުޅޭ މަސައްކަތް. އަނެއްކާވެސް އެނބުރިދޭ!
ތި ވާހަކަ ދައްކަމުން ގޮސް މިހާރު ފޫހި ވެއްޖެ މުހައްމާ
އިންތިހާބުގެ ކުރިން ހިތް ފުރެންދެން ޖުވާ ކުޅެލާނަމޭ ބުނިނަމަ ދިވެހިން ތަންކޮޅެއް ފަސޭހައިން ބަލައިގަތީސް...ލޮލް
އިންތިހާބުގެ ކުރިން ހިތްފުރެންދެން ޖުވާ ކުޅޭނަމޭ ބުނިނަމަ ބަލައިގަންނަން ފަސޭހަވީހެއްނު...ލޮލް
ތީކާކު ޔާމީންވެރިކަމުން ބާލާނަމޭބުނާން އަދި
އެއްފަހަރު ވަގުނޫޓު ހެދޭތޯބަލާ މުހައްމާކަލޯ
މުހައްމާ މޮޔާ ގޮވާނިތާ
ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް މުޙައްމާއަށް އަނގަހުޅުވާލަން ވެސް ނުކެރުނީސް. ވަގުނޫޓްޖެހުމާއި ޖުވާކުޅުމުގައި އަރައި ހުރި ބޮޑު . . . ! ރަސްދޫގައި ޖަލްސާއެއް ބޭއްވި އިރު މުޅި އަތޮޅުންނާ ރިސޯޓުތަކުން ގެންގޮސްގެން 10 މީހުން ހަމަނުވި. ދެން ކޮން ވާހަކައެއް. ލައިވް ޖަލްސާއެކޭ ކިޔާފަ ދައްކަނީ މުޅިން ވެސް ޕޯޑިއަމް. އެހެންވީއިރު ސްޓޫޑިއޯއެއްގައި ޖަލްސާ ބާއްވަންވީނު. ވީޓީވީއާއި ރާޓީވީގެ ސްޓޫޑިއޯގައި ތި ޖަލްސާތައް ދެން ބާއްވަންވީ. މާ ސަޅިވާނެ.