ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވީއިރުން ފަށައިގެން ވެސް، އިދާރާތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ބޯލަނބަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް އައިޖީއެމްއެޗްގެ އެޕިޑެމިއޮމޮލޮޖިސްޓް، ޑރ. އިބްރާހިމް އަފްސަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ދަރުބާރުގޭގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. އަފްސަލް ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކާއި އިރުޝާދުތައް ރައްޔިތުންނަށް އެނގުނު ނަމަވެސް، އެ އެނގުންތަކަށް ބައެއް ފަރާތްތަކުން ބޯނުލަނބާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އާންމުންނަށް މިދޭ އިރުޝާދުތަކަށް ބޯ ނުލަނބާކަން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ. އަޅުގަނޑުމެން އެހާވަރަށް ކިޔަމުން މިގެންދަނީ މީހުންތެރޭގައި އެއްވެގެން ނޫޅޭށޭ. ގެދަރިންގްސްތައް ނުބާއްވާށޭ. ގައިދުރުކަން އިޚްތިޔާރު ކުރައްވާށޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދާ މަންޒަރުތަކަކީ އެއާ މުޅިން ތަފާތު މަންޒަރުތަކެއް،" ޑރ. އަފްސަލް ވިދާޅުވިއެވެ.
ޑރ. އަފްސަލް ވިދާޅުވީ، މުޖުތަމަޢުތެރެއިން ކޮވިޑް-19 ގެ ކޭސް އެއް ފެނިފައިވާއިރު، ކޮންޓެކްޓްތައް އުޅެނީ ހީކުރި ވަރަށްވުރެވެސް އިތުރަށް ކަމަށެވެ. އެހެންކަމުން މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އުވާލިކަމުގައި ވިޔަސް، މި ބަލިބަޑުކަން ކޮންޓްރޯލް ކުރަން ބޭނުން ނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ޑރ. އަފްސަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހެން ކިތަންމެ ފަހަރަކު ކިޔަސް، އާންމުންގެ ފުރިހަމަ ތަރުޚީބެއް މިކަމަށް ނުލިބޭހާ ހިނދަކު އަޅުގަނޑުމެންނަށް މިކަމެއް ހަޤީޤަތުގަ ނުކުރެވޭނެ. އެހެންވީމަ މި ފުރުސަތަކީ އާންމުންގެ ކިބައިން އެހީތެރިކަމެއް މުޅި ޤައުމަށް ބޭނުންވާ ވަގުތެއް. އެހެންވީމަ މިވަގުތު އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް ތިބޭފުޅުން ކަންތައް ކުރާކަމަށް ވާނަމަ އަޅުގަނޑުމެންނަށް މިކަން ކޮންޓްރޯލް ކުރެވޭނީ،" ޑރ. އަފްސަލް ވިދާޅުވިއެވެ.
މާލެއިން އިއްޔެ ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި ވީނަމަވެސް، މަގުމަތީގައި މީހުން ނިކުމެ އުޅޭ މަންޒަރު ދަނީ ފެންނަމުންނެވެ. މި ފުރަބަންދުގެ މުއްދަތުގައި މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާވިކަމުގައި ވީނަމަވެސް ހާސްކަމެއް ނެތި ގިނަ ބަޔަކު މަގުމަތީގައި އުޅެމުންދެއެވެ.
އިއްޔެ މާލޭގައި 24 ގަޑިއިރަށް ފުރަބަންދު އިއުލާނު ކުރުމުން މަގުތަކުން މީހުން ފެންނަ މިންވަރު މަދުވިނަމަވެސް، އެ މުއްދަތު މިއަދު އިތުރު 24 ގަޑިއިރަށް އިތުރު ކުރުމުން އެކަމަށް ބޯލަނބާ މީހުން މަދުކަން ފާހަގަކުރެވިފައި ވެއެވެ.
24 ގަޑިއިރު ތެރޭ މާލެއިން ތިން މީހަކު ފެނިފައިވާއިރު، އެންމެ ފުރަތަމަ ފައްސިވި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާތީ، މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ. އަދި އިއްޔެ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ މީހާކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށް އެޗްޕީއޭއިން ވެސް ވަނީ ވިދާޅުވެފައެވެ. އޭނާގެ ގައިން އިތުރު މީހަކަށް އަނެއްކާ ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މިހާރު މާލޭގެ އެލާޓް ލެވަލް ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.
ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.
ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.
ކިހާދެރަކަމެއް ހެޔޮނުވާނޭ ކަލޭނޭ ބަސްއަހާ ކިޔަމަންވެބަލަ ކުޑަދުވަސްކޮޅަކަށް މި ވަބާއިން ސަލާމަތްވެވުނީމައި ކަލޭމެން ގޭގައި ބަންދުކޮށްފައި ނުބައިތިއްބާނޭ ، މިއަދު ކަލޭމެންގެ ސަލާމަތާ ރަށްކާތެރި ކަމަށްޓަކައޭ އެބުނަނީ ބޭރަށް ނުނިކުމެ ގޭގައި ތިބޭށޭ ހެޔޮނުވާނޭ އާދޭސް ކޮށްފަ މިބުނަނީ ގޭގައި މަޑުކުރާށޭ ބޭރަށް ނުދާށޭ އަހަރެމެން ވެސް ބަނޑުހައިވެޔޭ އެކަމަކު ކެއްކޮށްލައިގެން މިތިބެނީ ﷲ މިކަމުން އަހަރެމެން ސަލާމަތްކުރައްވާތޯ ދުއާ ކޮށްލަ ކޮށްލާ
ކާބޯތަކެތި ހުސްވާން ފެށީމާ އިރުޝާދުތަކަށާއި އަމުރުތަކަށް ބޯލަބާނެ ގޮތެއް ބުނެދީބަލަ ! އޯޑަރު ކުރާށޭ ފޮނުވާދޭނަމޭ ގޮވަނީ ! އެކަމެއް ނުކޮށްދެވޭ ! ދެން ބޭރަށް ނުކުތީމަ ނުކުންނަ ބަޔަކު ގޯސްވަނީ ! ޑެލިވަރީ ކޮށްދޭނަމޭ ބުނާ މީހުންވެސް މިއަށްވުރެ ތާކުންތާކު ޖެހެންވެއްޖެ ! ސަރުކާރުންވެސް މީސްމީހުނަށް ކާންބޯނެ ތަކެތި ތަންފުކެއް ފަސޭހައިން ލިބޭނެ ގޮތެއް ހަދަން ޖެހޭ ! ސަރުކާރުގެ ބޮޑުންގެ ގޭގައަށް ތަކެތި ބޭނުންގޮތަކަށް ލިބުނަސް އާއްމުން ޖެހެނީ ދެކޮޅަށް ދުވަން ! ދެން އަމުރުތަކަށް ބޯލަބާނެ ގޮތެއް ބުނެދީބަލަ !
އަބަދު ހޮޓަލުން ކައި އުޅޭތީ ގޭގައި ހަނޑޫ ކިލޯއެއް ފުށްކިލޯއެއް ހަކުރު ކިލޯއެއްވަރުވެސް ނުހުރޭ ދޯ. 24ގަޑި ހަމަ ނުވަނީސް ގޭ ކާބޯތަކެތި ހުސްވެގެން މަގުމައްޗަށް ކަލޭމެން ތި ނުކުންނަނީ
ގެދޮރެއް ހުރެގެންތާ ގޭގައި ތިބެވޭނީ ރެފިއުޖީން ގިނައީ ބިދޭންސީންވެސް ހަމަ އެވަރައް ދެން ކިހިނެއް ތިޔަ ކިޔާ ލޮކްދައުނުގަ ތިބޭނީ ކޮބާތޯ ތިޔަ އަޅަން ވިދާޅުވީ ފިޔަވަޅު މަގުތައް ފުރެއްދެން މީހުން ހިނގާ ބިނގާވެ އުޅެނީ ސައިކަލް ތަކުގެ މަޑިމަތީގަ ސިގިރޭޓް ބޯލަބޯލަ ބަންގާޅީންގެ ބާރުފޯރުވާ ފިހާރަތަކުން ބަންގާޅީނައް ތަކެތި ވިއްކަމުން ދަނީ ދިވެއްސަކައް ނުވިއްކާ ވެދުން
ހެޔޮ ނުވާނެ. ތިހެން ނުހަދަބަލަ. މިފަދަ ނުރައްކާތެރި ބިރުވެރި ދަނޑިވަޅެއްގަ ބޭރަށް ނުނިކުމެބަލަ. އާދެސް ކޮށްފާ މި ބުނަނީ. މަސްލަހަތަށް ޓަކާވެސް އެހާ ގޭގައި މަޑުކޮށްލަދީ. އެހެންނޫންނަމަ ދިވެހި އެތަށް ފުރާނައެއް ލޯ ކުރިމަތިން ގެއްލިގެން ހިނގައިދާނެ
ކަލޭ އަހަރުން ނަށް ކާބޯތަކެތީގެ ގެނެސްދޭނަންތަ
ލޮކްޑައުން ވަގުތުގަ ޒަރޫރީ ބޭނުން ޖެހޭ ތަކެތި ލިބޭނެގޮތް ހަމަޖެހިފަ އޮތްނަމަ މިހެނެއްނުވީސް. ހަމަޖެހިލައިގެން ގޭގަ ތިބެވުނީސް. އެކަމަކު މިހާލަތުގަ އެކަން ފުރިހަމަ ކޮށްދެން ތައްޔާރަށް އޮތް މުއައްސަސާ ފެއިލްވީމަ ވާނީ މިހެން. ފިރިމީހާ ބަލިޖެހިގެން ދުނިޔެ ދޫކުރާހިސާބަށް ދިޔަޔަސް އަނބި ދަރިން ބަނޑަށް މަރުވާން ދޫކޮށްލައިގެންނުތިބޭނެ. ނިކަން އެޗް.ޕީ. އޭ މިސާލަކަށް ނަގާބަލަ. މަދު ކަމެއް ފެއިލް ވިޔަސް 90% ދަނީ ރަނގަޅަށް ކަމަށް ފެންނަނީ.
ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކު ތަރުބިއްޔަތު ކުރި ގޮތަކަށް. ޑިމޮކްރަސީއާއި ހައްގުގެ ނަމުގައި ވިއްސަކަށް އަހަރު ރައްޔިތުން މިގޮތަށް ތަރުބިއްޔަތު ކޮށްފައި ކުއްލިއަކަށް އެހެން ގޮތަކަށް ވާހަކަ އަބުރާލިޔަސް އެކަމެއް ނުވާނެ. ތިޔަ މީހުންގެ މައްޗަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ނެރުއްވާފައިވާ 3 މީހުންނަށްވުރެ ގިނަ މީހުން އެއްތާކަށް އެއްވި އަމުރާ ޚިލާފުވެރި ކަމުގެ ޖިނާއީ ދައުވާކުރެވެންވާނެ.
އަފްސަލް ތިބޭފުޅުންވިދާޅުވިނަމަވެސް ގޭގަވެސްތިބެވޭނީ ވަކިވަރެއްވަންދެން މިއަދު ހަތަރުދަންމިދިޔައީ އެއްވެސްތަނަކުން އެއްޗެއްލިބޭގޮތްނުވެ މިރޭޑެލިވަރީކޮށްދޭނެވާހަކަބުނިތަންތަނުން އެގާރަޖެހިފަހުން މިބުނަނީ ދެންމާދަމައޭވާނީ މިވަރުވީމަދެންކިހިނެއްގޭގަތިބެވޭނީ
ފުލުހުން ދީފައި އޮތް ބާރު ބޭނުންކުރަން ނުކެރިގެން އުޅެނޫ ކީއްވެ.
ޕާޓޭމެން ބޭނުންގޮތަކަށް އުޅެން ދޫކިށްގެން ތިބޭ.
އިރުޝާދުތަކަށް ބޯލަނބާ މަންޒަރު ނުފެންނަ ސަބަބާއި މެދު ވިސްނާލާފަ ފިޔަވަލު އެލީ މަ ރަންގަޅު ވާނީ އެހެން ކީ މަކާ ހައްލެއް ނުވާނެ
ރަގަޅުވާހަކަފުޅެއް..
ކިއްކުރަން ކުރާ ކާފިއު އެއް. ވަކި ބަޔަކަށް ދޯ ޑެލިވަރީ.
ފުލް ސިކިއުރިޓީ އާއި އެކުގައި "ރާޖާ" އަންނި އެއުޅެނީ ފިހާރަތަކަށް ވަދެ ހަރޑުވެރ ސާމާނުގަންނަން.
އެކަން ނުހުއްޓުވޭ.. ހަމަ ނިކަމެތި ރައިޔަތުމީހާގެ މައްޗަށް އެކަނި ގާނޫނު ހިގަނީ..
އޭނާ ވަނީ ގާނޫނަށް ވުރެ މަތީގަ ތޯ.؟
ނޫނީ ގާނޫނަށް ގޮންޖަހަނީ ތޯ.؟
އެހެން ނޫންނަމަ އިބޫ އާދޭސް ކުރީ ތީ ހަމަ ގޮތް ދައްކާލަން ތޯ.؟
ނޫނީ ކޮރޯނާވައިރަސް އަށް ބިރުދައްކަނީ ތޯ.؟
މީނާގެ ގަދަކަން ދައްކަންވެގެން ތޯ.؟
މީގައި މިވަނީ ޞައްޙަ މަޢުލޫމާތެއްނަމަ އައްނިއެއް ކަމަކު މީ ވަރަށް ދެރަވަރު ކަމެއް. ވެރިންގެ އެންގުމާއި އިރުޝާދުތަކާއި ގާނޫނާއި ގަވާއިދަށް ބޯނުލަނބައި ގާނޫނާއި ގަވާއިދު ހަދާތަނުގެ ރައީސް އުޅޭނަމަ ރައްޔިތުންނަށް މިދެވެނީ ނުބައި ނުރައްކާ މެސެޖެއް. މިހެންވީމަ ރައްޔިތުން ބަސްނާހާނެ