ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދުގެ ދަރިކަނބަލުން ރާނިޔާ ހުސްނުއްސުއޫދު ރާއްޖެ ވަޑައިގަތުމުން ކަރަންޓީންނުކޮށް ދޫކޮށްލި ކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތައް އެއާއިލާ އިން ދޮގުކޮށްފިއެވެ.

ސުއޫދުގެ އާއިލާގެ ބޭފުޅަކު، މީޑިއާތަކަށް މައުލޫމާތު ދެމުން މިރޭ ވިދާޅުވީ ސުއޫދުގެ ދަރިކަނބަލުން ކަރަންޓީންގެ މުއްދަތު ފުރިހަމަނުކޮށް ދޫކޮށްލި ވާހަކައަކީ އެއީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

ސުއޫދުގެ ދަރިކަނބަލުން ރާއްޖެ ވަޑައިގަތުމުން 14 ދުވަހު ކަރަންޓީންގައި މަޑުކުރެއްވިކަމުގެ ލިޔުން އާއިލާ އިން ވަނީ މީޑިއާ އާއި ހިއްސާ ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ ލިޔުމުގައިވާ ގޮތުން ސުއޫދުގެ ދަރިކަނބަލަކުން މާޗު 28 ގައި ރާއްޖެ ވަޑައިގަތުމުން، ބިޔާދޫ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް ހޭދަކުރެއްވި އެވެ. ލިޔުމުން އެނގޭ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ އެޕްރީލް 12 ގަ އެވެ.

އިއްޔެ މާލެ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމުން މާލެ އަށް ބަލި ފެތުރިފައި ވަނީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންގެ އާއިލާ މެންބަރުން ކަރަންޓީން ފުރިހަމަ ނުކޮށް މާލެއަށް އައުމުން ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މާލެ އިން އިއްޔެ ކޮވިޑް-19 ފެނުނު ތިން މީހުންގެ ތެރެއިން އެއްވެސް މީހަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެހެންކަމުން އެމީހުންނަށް ބަލި ޖެހުނީ ކާކުގެ ގައިންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  ކަލޭމެން ދައްކާ ވާހަކަ އަހާނީ ކާކު؟
  ހުސްނުއްސުޢޫދާއި ޢަލީ ޒާހިރާއި ޢިމްރާން ކައިރީ އަހާބަ އެމީހުންގެ ދަރިންނަށް މެލޭޝިޔާ ފްލައިޓުން ޖާގަ ލިބުނީވެސް އޮންލައިމންކޮންތޯ؟
  ސްލިޕް ކޮޅު ހަވީރު ނޫހަށް މައިލް ކުރާށޭ'
  ދެން ަލަލަލަލަލަލަލ

  36
 2. އޭލިއަން

  އެމީހުން ބޭނުންވާ ގޮތަށް މިސަރުކާރުން ލިޔުން ލިބޭނެ.. ހަމަ މިރޭވެސް ލިޔުމެއް ތައްޔާރު ކުރެވޭ ފެންވަރު ބައެއްތީ..

  60
  4
  • ޯޮޮޮޮޮޮ

   ޜަނގަޅު ވާހަކައެއް، އެބޭފުޅާއަށް މިސަރުކާރުން ނުކުރެވޭނީ ކޮންކަމެއްތަ؟؟ ގާނޫނީ ދިގުއަތް ވިއްޔާ، ރިޔާސީ މަރުކޮމިޝަނެއްވެސް ދީފަ އަނެއްކާ ތިހިރީ ސުޕަރ ފަނޑިޔާރުކަންވެސް ދީފަނޫންތަ،

   36
 3. ހުސެއިން

  ޓެސްޓް ނުކޮށް ދޫކުރީ ދޯ

  52
  4
 4. އަހްމަދު

  ހަގީގަތަކީ ޔޫކޭން އައިވަރައގިނަމީހުން ކަރަންޓީން ފެސިލިޓީތަކަށްނުފޮނުވައި ގޭގައިމަޑުކުރާގޮތައް ދޫކޮށްލިކަންއެއީ އެންމެންދަންނަ ބޮޑުސިއްރެއް މިކަހަލަވަގުތެއްގައި އެގޮތައްކަންތައްހިގީމަ އެވާހަކަމީހުންދައްކާނެ

  35
 5. ދެރަ

  ތިކަން ކަށަވަރުކުރާނީ ކިހިނެއްތޯ ތިވައިރަސްއަކީ އަމއްލަޒާތުގަ އެއްވެސް ޢަލާމާތެއް ނުފެނިވެސް ހަށިގަނޑުގަހުރފަ ރަނގަަޅުވާބައްޔެއްކަމައްބުނޭ

  14
  1
 6. ދުންތަރި

  ސަރުކާރުން ބޭނުން ގޮތަކަށް ލިޔުންތައްޔާރުކޮށް ރައްޔިތުންނަށް އޮޅުވާލެވޭނެ އެކަމަކު މިހާޜު ސަރުކާރުން ދައްކާ ވާހަކަ ދިމައެއްނުވޭ ބަހާ ޢަމަލާ ދިމާނުވޭ

  28
  1
 7. ދަރަނި ދަންތުރަ

  ދިގުއަތުގެ ވެރިޔާގެ ދަރިފުޅަށް އެޗު ޕީ އޭ އިންދިންކަމަށް އެދައްކާ ލިޔުން ރަނގަޅަށް ބަލާލަބަލަ އެމަންޖެޔާ ހަވާލުވި ތާރީހު ، އެމަންޖެ ދޫކޮށްލި ތާރީހު ، އެލިޔުން ލިޔުނުތާރީހު އެލިޔުމުގައި ލިޔެފައި އިންތޯ މި ވެރިކަމަކީ ފިސާރި ވަށްކަމަށް މޮޅުވެރިކަމެކޭ ވަރަށް ސަމާލުވާންޖެހޭނޭ މިވެރިން ދައްކާ ލިޔުންތަކަށް ވެސް ސުބުހާނަﷲ

  24
 8. ޖަމީލާ

  މިއޭ ވާގޮތަކީ. ކޮންމެސް ފުންނާބު އުސްމީހަކު ބައްސަވަމުން ދަނީ ގިނަފަހަރާ. ޤާނޫނުގެ އަތްކިތަންމެ ދިގޭ ކިޔައި ހަޅޭފުޅު ލެއްވިއަސް ތިމާއާ ޖެހުނީމަ ކޮންމެ ފުންނާބު އުސް ބޭފުޅަކަށްވެސް ވާގޮތަކީ އެ ދިގުއަތް ބުރިކޮށްލައްވަނީ. ބަލަމާ ވާގޮތް...

  16
 9. ށުކޫތު

  ޥަގުތު ނޫހަށް އެބުނާ ލިޔުން ލިބުނުތަ ލިބިފަ އޮތީޔާ ރަނގަޅަށް ބަލާލަދިނުން އެދެން. ޢެބުނާ ލިޔުމެެއްގެ ތާރީޚްތައް އޮތީ ޓިޕެކްސް ޖަހައިގެން ބަދަލުކޮށްފަ. ޕްލީޒް މިކަން ބަލާފަ ހަބަރު އިސްލާހުކޮށްދީ. ޥަގުތު ހަބޭސް

  20
 10. Anonymous

  ތިޔަބުނާ ދަރިފުޅެއްގެވާހަކަ އަހަރުމެން އަޑެއްވެސް ނައަހަން، ތިބޭފުޅާގެ ދަރިފުޅު އެކަނިތަ މިސަރުކާރުގެ ނުފޫޒުގަދަ ބޭކަލެއްގެ ދަރިއަކަށް ޔޫރަޕުން މިގައުމަށްއައީ، ތިނޫނަސް ސިޔާސީ އިސްފަރާތްތަކާއ އާއިލީ ގުޅުންހުރި މީހުން ޔޫރަޕްގެ ގައުމުތަކުން އައިސްފަ އެބަތިއްބެއްނޫން؟؟ ތިމެންނަގެ ދަރިއެއްވެސް ވާކަން އިޝްތިހާރުކޮށްލީ ދޮތެ،

  19
 11. ޯޮޮޮޮޮޮ

  ޜަނގަޅު ވާހަކައެއް، އެބޭފުޅާއަށް މިސަރުކާރުން ނުކުރެވޭނީ ކޮންކަމެއްތަ؟؟ ގާނޫނީ ދިގުއަތް ވިއްޔާ، ރިޔާސީ މަރުކޮމިޝަނެއްވެސް ދީފަ އަނެއްކާ ތިހިރީ ސުޕަރ ފަނޑިޔާރުކަންވެސް ދީފަނޫންތަ،

  18
 12. ޓިނު

  ސޫދެ އް މޫދެ އް ކިޔާނެކަމެ އް ނެ އް ފަރުދީ ޒިންމާ ވަކި ކުޑަ އެ އް ނުވާނެ

  15
 13. ޙަކީމްކަލޭގެ

  ބަލަފޯލްސް ނެގެޓިވް މީހުންގެ ކިބައިންވެސް ބަލިފެތުރޭ! ޢެފަދަމީހަކީ އޭނާގެ ހަށިގަޑުގައި އަބަދަކު އޭގެޖަރާސީމު ހުންނާނެ މީހެއްނޫން! ޢެކަން ރޭކާލީ މިޒުވާނުންގެ ސަރުކާރަށް މާފަހުން! ޒީރޯމީހާ ދެންކިތަންމެވަރަކަށް ހޯދިޔަސް ފެންނާނެތޯ؟

  17
 14. ހަމަހަމަ

  ބުއްތަމައެއް އުއްތަމައެއް ކިޔާނެ ކަމެއްނެތް. ބޮޑުންގެ ދަރިޔަކަށް ވިޔަސް ލިޔުން ފޯޖުކުރެވިގެން ނުވާނެ. 14 ދުވަސް ފުރިހަމަކުރިކަން ރައްޔިތުންނަށް ސާބިތުކޮށްދޭން ޖެހޭނެ. ފޭކު ލިޔުމެއް ރައްޔިތުން ބަލައެއް ނުގަންނާނެ. ރަށުތެރޭ އެވަރަށް އެންމެން އެއްވާހަކައެއް ދައްކަންޏާ އެކަން ތަހުގީގުކުރަން އެބަޖެހޭ،

  15
 15. ހާލާ

  ބިޔާދޫ އަކަށް ތިވަރު އިއްޒަތް ތެރި އެއްގެ ދަރިއަކު ނުލާނެ. ޢެ ކަމުގެ އެއް ހެއްކަކީ ފެންވަރު މަތީ ރިޒޯޓްތައް ހުއްޓާ ބިޔާދޫ އަކަށް އެވަރުގެ މީހަކުގެ ދަރި އެއް ނުގެންދާނެ. ބޮޑަށް ހީވަނީ ސްޢޫދުގެ އާއިލާއިން އިތުރުފުޅުހެން.

 16. ޏ

  ސުއޫދުގެ ފަތްފުށްތައް ބަލާއިރު، ފުރުސަތަގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ނާޖާއިޒް ފައިދާ އެކިސިފަ ސިފައިގާ
  ނަގާފާނެކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

 17. ހަމަހަމަ

  ބައެއްގެ އިހުމާލުން ބަލި މި ފެތުރުނީ....އެއް ބަޔަކު ގޭގަ ތިބޭތާ މިހާރު 2 މަސް ވަނީ.