އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މި މަހުގެ 23ވަނަ ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްޢާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން އެ މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސިޓީ [މާލެ، ހުޅުމާލެ އަދި ވިލިމާލެ] އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި، ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުންވެސް އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

އެކަން އެގޮތަށް ކޮށްފައިވަނީ ދުނިޔޭގައި ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަޅުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގިއިރު އެ މިނިސްޓްރީން އެފަދަ އެންގުމެއް އަންގާފައި ނުވަނީސް ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވީ، މިސްކިތްތަކުގައި ނަމާދު ކުރުން މެދު ކަނޑާލީ ސަފާރީ އަކުން އެރަށަށް ދިޔަ 4 މީހަކު ތިބުމުން ކަމަށެވެ. އަދި އެ ސަފާރީން ފޭބި އެހެން މީހަކު އިތުރު ރަށެއްގައި ހުރިއިރު އެމީހާގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ އެކަމާއި ގުޅިގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ރޭ ބުނެފައި ވަނީ ‏މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށާއި ޖަމާއަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ. އަދި ޖަމާއަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޥެރިޔާއެނގެނީ ރޯންއެކަނި!ކުރެވުނު ކަމެއް ހަރާން! އެކަމަކު ތައްޔާރޭކިއާ މޮޅުވާހަކަދެއްކި! މިމީހުންނަށް ރަނގަޅުވާނީވެސް މިބަލި މިރާއްޖޭގަ އޮތިއްޔާ!އޭރުން ބުނެވޭނެތާ ކޮވިޑާހެދިއޭ ތަރައްގީނުގެނެވުނީ! ނާގާބިލް ސުންޕާ ބައެއްމީ! މިމީހުންގެ އިހުމާލުން ކޮވިޑު މިރާއްޖެއަށް އެތެރެވީ! އެހެންނޫންނަމަ މިހާލަތަކަށް ނުދިޔައީސް ވަރިހަމަ ދުވާލުދާހަތަރުދަމު ރައްޔަތުން ބޭރުގައުޅުނަސް! އެންމެ ފުރަތަމަވެސް އެއާރޕޯޓް ބޭރުގެ ޓުއަރިސްޓުންނަށް ބަންދުކުރިނަމަ އަދި ބޭރުގަތިބި ބޭފުޅުންގެ ދަރީން އެއޮންނަ އުސޫލުގެތެރޭ ގެނެސް އުޅެވުނުނަމަ މިހެންނުވީސް! އަަހަރެމެން މިތިބީ ގޭތެރޭގަ ބަޔަކު ބޭރުގައުޅުނަސް!އެކަމަކު މޮޅެތިވާހަކަ ދައްކާ އިންޑިއާގެ ބަހައް ހެއްލިގެން ކަލޭމެން އަހަރެމެން ރައްޔަތުންނަށް އަނިޔާވެރިވީ!ފިޔަވަޅުތައް އަޅައިފީމޭ ކިޔާ އޮޅުވާލީ!މީ ސިޔާސީ ވުމެއްނޫން!މިކޮމެންޓުކިޔާފަ ރުޅިއަޔަސް ހެޔޮ ހަގީގަތްވާނީ ހަގީގަތައް

    26
    5
    • Anonymous

      ތިހެންނުބުނޭ ބުނިމީހަކަށްވުރެ ނުބާނުލަފާމީހެއް ނުހުންނާނެ އެމީހުން ބުނާނީ އެއީ އިރާދަކުރެއްވީތީވީކަމެކޭ އެކަމަކު އަނެއްބަޔަކު ކަންކުރީ ގަސްތުގައޭ މިމީހުނާހެދި މިމީހުންގެ ދޯހަޅި ކަމުން މިބަލިއައީ ވަރިހަމަ ރުޅިއަޔަސް ނާގާބިލް ސަރުކާރެއްމީ ކޮންމެހެން ގަޟާގަދަރާ މަތިކުރާނެކަމެއްނެތް ﷲއަންގަފާވައިވާ ގޮތައް ކަންތައްތައްނުކޮށް އިގްތިސޯދު ހުއުޓިދާނެއޭ ކިއާ ލޮކްޑައުންނުކޮއްއުޅުނީ ލޮކްޑައުންކުރީ ވާނެހައެތިވިފަހުން

      12
      3
  2. Anonymous

    އާދެ މިރާއްޖެއެއް ނުހުއްޓުވޭނެ މިގައުމެއްނުހުއްޓުވޭނެ ހުންއަންނާނެކަމަށް ރަޖާލާކަށްނުވޭ! ނުވޭތަ ނުވޭތަ ނުވޭތަ ނުވޭތަ ނުހުއްޓޭތަ ނުހުއްޓޭތަ މިތިބީ ގޭގަ އެކަމަކު ކޮވިޑު ގެނެއްސި އިހުމާލުވީ ރައްޔަތުންނޯ ސަރުކާރޭ އިހުމާލުވީ ސަރުކާރޭ

    10
    1
  3. ޢަބްދުއްލަޠީފު

    ހުރިހާ އެއްޗެއް ހުއްޓުނަސް އިންޑިޔާ އަށް މި ގައުމު ހަދިޔާކުރަން ބުއްޅަބޭ ގެންގުޅޭ މަކަރުވެރި ސިޔާސަތު ނުހުއްޓި ކުރިއަށްދާނެ. މިފަހަރުވެސް މިހުރިހާ ބަލާއެއްޖެހުނީ މީނަގެ ސަބަބުން. އިބޫއަށް ވާ ރޮވޭނެތާ..............ކްރޮކޮޑައިލްކްރައިސް.

  4. Anonymous

    ތިބާއަށް ކޮރޯނާ ވައިރަސް ޖެހިއްޖެނަމަ ހުން އަންނާނެއެވެ. އަދި މި ހުމަކީ ތިބާ މިހާތަނަށް ތަޙައްމަލު ކުރާނެ އެންމަ ބާރުގަދަ ހުން ކަމުގައި ވާނެއެވެ. މި ހުމަކީ ޢާންމުކޮށް ފެންނަ ހުމެއް ނުވަތަ ފުލޫއާއި އެއްގޮތް ހުމެއް ނޫނެވެ. މި ހުން ޖެހިގެން ނޭވާލެވޭނީ ނޭފަތުގެ އެތެރޭގައި ސްޕޮންޖް ގަނޑެއް ތާށިވެފައި ހުންނައިރު ނޭވާލެވޭފަދަ ގޮތަކަށް، ލަސްލަހުންނެވެ. ހަށިފުރާ ނޭވާއެއްލާން މަސައްކަތް ކުރިނަމަވެސް ނޭވާލާއިރު ނޭވާ ކުރުވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ތިބާ ބިރުގަންނާނެއެވެ. މިކަމުގެ ސަބަބުން ގަދަޔަށް ކެއްސުމާއެކު ވަރުބަލިވެ އަނބުރައިގެން ވެއްޓޭ ދަރަޖައަށް ކެއްސުން ބޮއްސުންލައިގެން ދާނެއެވެ. މިގޮތަށް ކެއްސާ ކޮންމެ ފަހަރަކު ތިބާގެ މެޔާއި، އަތާއި، ބުރަކަށްޓާއި، އަތާއި ފައިގެ އިނގިލިތަކުގައި ރިއްސާނެއެވެ. ނޭފަތުން ނޭވާލާން މަސައްކަތް ކުރިނަމަވެސް ނޭވާ ނުލެވޭނެއެވެ. މިހިސާބުން ޑޮކްޓަރުން ތިބާއަށް އޮކްސިޖަން ދިނުމަށް މަސައްކަތް ކުރާނެއެވެ. މި މަސައްކަތުގައި ނޭފަތުގެ ކޮޅު އަނދައިގެން ދިޔުމާއެކު އެކަމުގެ ސަބަބުން ތިބާއަށް އެތަށް ވޭނެއް އިހުސާސް ކުރެވޭނެއެވެ. މިވަރުންވެސް ތިބާއަށް ނޭވާ ނުލެވިއްޖެނަމަ ޑޮކްޓަރުން ތިބާގެ ކަރުތެރެއިން ގޮސް ނޭވާލާ ހޮޅީގެ ތެރެއިން ތިބާގެ ފުއްޕާމެއާއި ހަމައަށް ބައި އިންޗި ހުންނަވަރުގެ ޓިއުބެއް (ހޮޅިކޮޅެއް) ލައްވާނެއެވެ. މިއީ މަސްނޫޢީ ނޭވާލާ ނިޒާމެވެ. މި ނިޒާމުގެ ސަބަބުން އެތަކެއް ވޭނާއި އުނދަގޫތަކެއް ތިބާއަށް އިހުސާސް ކުރެވޭނެއެވެ. ތިބާއަށް ވާހަކައެއް ނުދެއްކޭނެއެވެ. އަދި ތިބާއަށް ކާއެއްޗެއް ނުކެވޭނެއެވެ.

    ތިބާ އޮންނާނީ ބަންދުކުރެވިފައިވާ ކޮޓަރިއެއްގައި އެކަނިމާ އެކަންޏެވެ. ތިބާއަށް ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ، މަންމައާއި ބައްޕަ، ތިބާގެ ލޯބިވާ ދަރިން، ބޭބެއާއި ދައްތައާއި ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ސަބަބަކީ ތިބާ އެބައްޔެއްގައި މަރާއި ހަނގުރާމަ ކުރަމުންދާ މި ނުރައްކާތެރި ބަލި ޖެހިދާނެކަމުގެ ބިރަށްޓަކައެވެ.

    ތިބާގެ އެކަނިވެރިކަމުގެ ސަބަބުން ތިބާ ހިތާމަކޮށް ރޮއި މަރުވެދާނެ ކަމުގެ ބިރުވެރިކަމުގައި ވަގުތު ހޭދަކުރަން ޖެހޭނެއެވެ. ތިބާގެ ލޯބިވާ އާއިލާ، ގާތްތިމާގެ މީހުންނާއި، ތިބާގެ ލޯބިވާ އެކުވެރިންނާއި މެދު ވިސްނައި އެކަމުގެ މައްޗަށް ރޮއި ހިތާމަކުރާނެއެވެ. އަދި މިގޮތަށް ރުއިމުގެ ސަބަބުން އަނެއްކާވެސް ތިބާގެ ނޭވާ ކުރުވެ ނޭވާލާން އުނދަގޫތަކާއި ކުރިމަތިވާނެއެވެ.

    ކަމާބެހޭ ފަރާތްތަކުން ގޭގައި މަޑުކުރުމަށް ނަސޭހަތްތެރިވަމުން ދިޔައީ މިސަބަބުތަކަށްޓަކައި ކަން ތިބާއަށް އެހިނދުން ވިސްނޭނެއެވެ.

    ތިބާއާއި ތިބާ ލޯބިވާ އެންމެހާ ފަރާތްތަކުގެ ހައްޤުގައި ގޭގައި މަޑުކޮށްލަދޭށެވެ.♥️

  5. ޏ