މާލެ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 51 އަށް އެރިކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި، މި 13 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. އެންމެ ފަހުން މި ބައްޔަށް ފައްސިވެފައިވަނީ މާލޭގައި ދިރިއުޅޭ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއާ އެކު، މާލެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.

މި ހުރިހާ އެންމެން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ 13 މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އެއް އެކޮމޮޑޭޝަން ކުއާޓާއެއްގައި މަސައްކަތް ކުރަމުންދާ މީހުން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފައްސިވި 13 ބިދޭސީންނަކީ އެއް ގެއެއްގައި ދިރިއުޅެމުން ދިޔަ ބައެއް ކަމަށެވެ. އެ މީހުންނަކީ ޑެލިވަރީ އާއި ފިހާރައިގައި މަސައްކަތް ކުރާ ބައެއް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"އެއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު، ކުރިއަށް އެބަދޭ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ރޭގައި ފެނުނު 35 ވަނަ ކޭސް އާއި 27 ކޭސް އާއި ބަންގްލަދޭޝް އިން އެންމެ ފަހުން ފައްސިވި 13 މީހުންނާ ގުޅުން ހުރި ކަން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މާލެ އިން ކޭސް 27 ގެ ގޮތުގައި ފައްސިވެފައި ވަނީ ބިދޭސީއެކެވެ. އޭނާއަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

އަދި 35 ވަނަ އަށް ފައްސިވެފައިވާ ދިވެއްސަކީ ރާއްޖޭގެ ބޭންކެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.

މި އަދަދުތަކާ އެކު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ އިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 16 އަށް އަރައިފައެވެ. މިއީ އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބައްޔަށް ބަޔަކު ފައްސިވި ފަހަރެވެ. އަދި ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ބަލި ޖެހޭ މިންވަރު އިތުރުވުން ވަރަށް ގާތެވެ.

މީގެއިތުރުން ހއ. އުލިގަމުން ދިވެއްސަކު ސްކްރީން ކުރުމުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭނާގެ ފައިނަލް ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއާ އެކު، މި ބަލި ޖެހުނު މީހުންގެ އަދަދު 52 އަށް އަރާނެއެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމައުގެ ތެރެއިން ކަން ވަނީ ޔަގީން ކުރެވިފައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. ބޭރަށް ނުކުންނަ މީހުންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން ވަނީ ފަށައިފައެވެ.

މި ބަލީގައި ރާއްޖެއިން 16 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވި ޑރ. ޝީނާ މޫސާ ވަނީ މާލެ ސަރަހައްދުގައި 100 އެއްހާ މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ލަފާ ކުރައްވައިފައެވެ. މިހާރު އޮތް ހާލަތު ދެމި އޮންނަ ނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ. އަދި ހޮސްޕިޓަލްތައް ފުރި މީހުންނަށް ފަރުވާ ނުދެވޭ ހާލަތަކަށް ގޮސް، މީހުން ބަލި ހާލަތުގައި އޮންނަން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޝީނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. ޒިންމާ

  ސަރުކާރު ޒިންމާވާންޖެހޭނެ...ތީ ކޮރޯނާ މާލޭގައި ފެތުރުނީ ޔޫކޭ އިން އައި ބެޗަކުން. އެމީހުން ކަރަންޓީން ކުރުމަށް މިނިސްޓަރު އާމީން ތަކުރާރުކޮށް ގޮވި އެކަމަކު އަންނި އެއްބަހެއްނުވި..

  145
  7
  • ގެރިމޯދީ

   ނަން ހާމަކޮށްދެއްވާ! އޭރަށް ރައްޔެތުންނަށް އެނގޭނީ ރައްކާތެރިވާން! ކޮން ބައެއްތޯ އެއީ ؟

   92
   4
   • ދިރާސާ

    ކިހިނެއް ނަން ހާމަކޮށްދެވޭނީ.... މުޅިމާލެ އަދި ހުޅުމާލޭގައި މަސްހުނިމޮޑޭ ފަދައިން މޮޑެވި ދިވެހި ރައްޔިތުން ހަނާހުނިވަނީ........ މިމަންޒަރު ބަލަން އެއީ ކެތްވާ ވަރުކަމެއް ނޫން.... ޤަވާއިދާ ހިލާފަތް އުޅޭ ބިދޭސީން މިރާއްޖެއިން ނުފޮނުވާ ބޭތިއްބުމަކީ މިރާއްޖޭގެ ކޮރޯނާ ވައިރަސް ހަލުވިކަމާއި އެކު ފެތުރިގެންދާ މައި އެއްދޮރު. މިހާރުވެސް 13 މީހުން ޕޮޒިޓިވް.. ވަރަށް ވާހަކަ

    68
    5
  • އަހުމަދު

   ޔަގީން ނުވާވާހަކަތަކަކި ބޭކާރު ވާހަކަ. މިހާރު ހަމަ ގޭގައި މަޑުކުރަން އިސްކަންދީ

   34
   12
   • ށަނޫން

    މީ ހަމާ ތެދު ވާހަކަ އެއް. ބުޅައްބެ ގެ ނުފޫޒުން އެމީހުން ގޮސް ވަނީ މާލޭގެ ގެތަކަށް...

    27
 2. ޒިންމާނަގަ

  ސަރުކާރު ޒިންމާވާންޖެހޭނެ...ތީ ކޮރޯނާ މާލޭގައި ފެތުރުނީ ޔޫކޭ އިން އައި ބެޗަކުން. އެމީހުން ކަރަންޓީން ކުރުމަށް މިނިސްޓަރު އާމީން ތަކުރާރުކޮށް ގޮވި އެކަމަކު އަންނި އެއްބަހެއްނުވި..

  82
  8
  • ޒިޔާދު

   ރަނގަޅުވާހަކައެއް..އެހެންވެގެން އެމްޑީޕީ މެންބަރުން މިނިސްޓަރު އަމީން ދެކެ ރުޅި އަންނަނީ.. އަދި އޭނާ އިސްތިއުފާ ގޮވަނީ އާމީން ބަރާބަރު އެކަމަކު އާމީން ކީއް ކުރާނީ؟ އާމީން އަތު ބާރެއްނެތް

   70
   2
 3. ޒިންމާ

  ސަރުކާރު ޒިންމާވާންޖެހޭނެ...ތީ ކޮރޯނާ މާލޭގައި ފެތުރުނީ ޔޫކޭ އިން އައި ބެޗަކުން. އެމީހުން ކަރަންޓީން ކުރުމަށް މިނިސްޓަރު އާމީން ތަކުރާރުކޮށް ގޮވި އެކަމަކު އަންނި އެއްބަހެއްނުވި....

  71
  5
  • ޖުނައިޒު

   އަންނި އަބަދުވެސް ބުނޭ ކޮރޯނާ ފެތުރޭނެޔޯ.. މަށަށް އެނގެޔޯ ރާއްޖޭގެ ރަށްރަށުގެ ވެސް ފެތުރޭނެކަން.. ވަރަށް އެހެން ކަހަލަ އެއްޗެއް މަށަށް އެބަ ވިސްނޭ...ކޮރޯނާ ފެތުރުނީމަ؟ ނޫނީ ފަތުރާލީތަ؟

   70
   5
   • ހުދުހުދު

    ހީވަނީ ގަސްތުގައި ފަތުރާލީހެން

    28
    2
   • ާހިުދހދ

    ތިކަހަލަ ގަޅި ވިސްނުންހުންނަ ގަޅި ދިވެހިން މި ރާއްޖޭގަ ގިނަވުންމީ މާ ހިތާމަ ހުރިކަމެއް. ތަންދޮރު ނޭންގެންޏާ އެއްޗެއް ނުކިޔާ މައިތިރި ވެގެން އިންދެބަލަ

    2
    30
    • އިބްރަތް

     ގަސްދުގައި ކަމެއް ކޮށްފާނެތޯ؟ ބުނާކަށް ވަކި ކަލެއަށް ވެސް ނޭގޭނެ..ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިމާއަށް އެ ކަލޭގެ އޭ ކިޔާ ހަޖޫޖަހާމީހުން ނަށް ކަލޭ އިތުބާރު ކޮށްފާނަންތަ؟

     11
     1
 4. Anonymous

  ޚިޔަަ

  12
  1
 5. މީޒްލީ

  ވާނެ އެތި ވެފަ މިއޮތީ، ސިޔާސީ ރަންޑިންގ ޕްރެޝަރާހެދި މާލެ ލޮކްޑައުން ނުކުރެވި ދުވަސްތަކެއް ހޭދަވުމާއި، މިބަލި ރާއްޖޭގައި ހާއްސަކޮށް މާލޭގައި ފެތުރިއްޖެ ނަމަ ބަގްލާދޭޝް މަސައްކަތު މީހުން ގެ ބަލީގެ ކްރައިސެސް ބޮޑުކަމަށް ފެންނާތީ، އެމީހުން ބޭރު ކުރުމަށް ތަކުރާރުކޮން އެކި ދިވެހި ރައްޔަތުން ގޮވަމުން ދިޔައިރުވެސް ބީރު ކަންފަތެއް ދީގެން ބޭރުމީހުންނާއި ބެހޭ މިނިސްޓްރީ އޮތުމުގެ ސަބަބުން މިއޮތީ ރިވެހި ރާއްޖޭގެ ހެލްތް ސިސްޓަމަށް ނުކަތާވަރަށް ބަލި އިތުރުވެފައި، ދެން ހަދަންވީގޮތެއް ވެސް ބުއްދިވެރިކަމާއި އެކު ފިޔަވަޅު އެޅުމަށް ދަންނަވަން، އަދި އަޅުގަޑުމެންގެ ދިވެހި ލޮބްވެރި ރައްޔަތުން ކެތްތެރިކަމާއި އެކު މިކަމާއި ކުރިމަތި ލަމުން ގޭގައި ތިއްބެވުމަށް ހިތާމަޔާއި އެކު ދަންނަވަން! ޔާﷲ މިބަލިން އަޅުގަޑުމެންނާއި އެންމެހާ އިންސާނުން ރައްކާތެރި ކުރައްވާދޭވެ. އާމީން!

  91
  5
 6. ބަންގާޅި

  ސަރުކާރުން ކީއްވެތަ ބަންގާޅީން ފޮނުވާއި ނުލެވިގެން މިއުޅެނީ ކިހާދެރަކަމެއް އިބޫ

  72
  17
 7. ޖައްލާދު

  އެން.ޑީ.ޕީ ސަރުކާރުގެ ސަބަބުން ދިވެހި ރައްޔިތުން ހަނާހުނިވަނީ..... މިމަޒަރު ބަލަން ން ދިވެހި ރައްޔިތުން ނުތިބޭނަން..... މިކަމުގައި ޕީ.ޕީ.އެމްގެ ބަހެއް ބޭނުން...

  49
  7
 8. ހޮސޕިތަލް.

  ހެޔޮނުވާނެ. ނަންތައް ހާމަކޮަކޮށްދީ. އަހަރެމެންވެސް ބޭނުން ރައްކާތެރިވާން. ގަވައިދުވެސް އޮތީ ހެދި ނިމިފަ. ވާނެ އެއްޗެއް ވެ ނިމުނީމަ ނަންތައް ހާމަ ކުރަންފެށީމަ އޮންނާނީ ވަގުތު ފާއިތުވެފަ. މުޅިން އެހެންވާތަން ފެނަނަނީ. އަވަހަށް ފިޔަވަޅު އަޅާ.

  37
  4
 9. ސަމިި

  ކޮބާ ކެނެރީގޭ މޯދީ ކޮބާ އެގޭ ފިސާރި އަންހެނާ އީވާ . ކީއް އެއްޗެއް ނުބުނެ ތިޔަ ހުރީ

  62
  3
  • ދަންބެރު

   ރާއްޖެއަށް ބަލި އެތެރެ ކޮށްފަ މިހާރު ތިބޭނީ ހޮރަށް ވަދެ ފިލާ. މިކަމުގައި އިހްމާލުވި އެންމެންނާއި ދޭތެރޭގައި އަންނަ ސަރުކާރެއްގަ ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރަން. ބޮޑުވަޒީރާއި ބޮޑު ކަރާ ހިމެނޭ ގޮތަށް

   26
   1
 10. އަހުމަދު

  އެނަމެން ގޭގައި ހުރުން ނޫން ހައްލެއް ފެންނާކަށް ނެތް. ގޭގައި މަޑުކުރޭ

  36
  2
 11. ލިލީ

  ތީބާޒާރުމަތީ ހުންނަ ލިލީ ފިހާރައިގެ މުވައްޒަފުންތަ

  36
 12. ޙިޔާލް

  މިއީ ކޮން ފިހާރަތަކެއްގަ އުޅޭ ބައެއް. ހިދުމަތް ހޯދަންދިޔަ އެތަށް ބަޔަކާ މިމީހުން ބައްދަލުވެފަ ހުންނާނެހެން ހީ ވޭ

  10
 13. ރައްޔިތުން

  ކުރިން ވެސް ރައްޔިތުން ބުނި ދޯ ރާއްޖޭގެ ބޯޑަރު ތައް ބަންދު ކުރަން. ސަރުކާރުން ބެލީ ޑޮލަރު ހޯދާ . ވައްކަން ކުރަން

  22
  3
 14. ޢިކުރާމު.....

  ޢިސް މީހާގެ އައުވާނުން ބެޓެރިނުލައްވާ ޓެސްޓްކިޓަކުން ބޭރުން އައިތަނާ ޓެސްޓުކޮއް ނެގެޓިވްވީކަ މައްބުނެ މާލެތެރެޔައް ދޫކޮއްލީ ހުންނާންނަނިސް ރަޖާ ނުލާށޭ ގޮވާ މީހެއްގެ ސަބަބުން މުޅިރާއްޖޭގެ ހަލާކު

  23
  2
 15. ކޮކްތޭލް

  ތިޔަ މައުލޫމާތު ނުދޭމީހާގެ މައުލޫމާތު ނުދެވިގެން މިއުޅެނީ މީސްމީޑިޔާގައި ދައުރުވާ ވާހަކައިގައި ބުނާހެން ބޮޑުންގެ މިހެއްގެ އާއިލާއެއްގެ މީހެއްތޯ ނަން ހާމަ ނުކޮއް ހިނގާ ކޮންމެ ސިކުންތަކީ މުޅި މުޖުތަމައުއަށާއި ގައުމައް ވާ ޙިޔާނާތެއް އެއީ މީގެން އެތައްބަޔެއްގެ ފުރާނަޔައް ނުރައްކާ ވަމުން މިދަނީ ތިޔަ މީހާޔަށާއި މުޅި މުއައްސަސާޔައް ވެސް މިވަގޮތުން ދައުވާކުރެވެންވާނެ ފަރުދީޡިންމާ އަޅަން މިޖެހެނީ ނިކަމެތި ރައްޔަތު މީހާ އެކަނިތޯ މިހާރު ކިތައް ދުވަސްތޯ މިވަނީ ތިޔަމީހާގެ ބާރު ހުރިވަރާއި ނުބައިނުލަފާކަން ތިޔަފެންނަނީ މަބްރޫކްމެން ޒިންމާވާން ޖެހޭނެ މިކަމުގައި ގިޔާމައް ދުވަހުން ޔަގީނުން ޒިންމާވަންޖެހޭނެ ބައިކުދިންނޭ ކިޔާފަ ބޯދަމައެއް

  18
 16. ސަމި

  އެ މްޑީޕީ މެ މްބަރު މުޣުނީ ކޮބާ އެއްޗެއްނުބުނެ ތޔަ ހުރީ ކީއްވެ. ކޮރާނާ އިދިކޮޅަށް ޖައްސާފަ އިންތިޚާބު ކަަބިޔާބު ކުރާނެ ވާހަކަ ބުނި ކޮބާ އޭނަ . ކެނެރީގޭ މޯދީ ވެސް ހީވަނީ މިތަނަށް އެ ރޯގާ ނުޖެހިގެން ލޮލުފިޔަނާދޭ. ލަދުކުޑަ މީހެއް

  24
  2
 17. ޢިހްސާ

  މީގެކުރިން ޕޮސިޓިވްވި އެންމެންވެސް ގުޅިފައި އޮތީ ލިލީ ކޮމްޕެނީއާ ، ދެން ކީއްވެހޭހޭހޭ ލިލީ އެންމެން ކަރަންޓީނު ނުކުރަން ތި އުޅެނީ

  14
  2
 18. ޒަހަަާ

  ސިޔާސީ ނުވޭ ޖާގައެނެ .ނަބުނޭ

  6
  3
 19. ާބޭކާރު

  ބޭރުން މީހުން އެތެރެ ވުން ހުއްޓުވާފަ ފިޔަވަޅު އަޅަމުން ދަނިކޮށް ބަލޖެހިފާހުރިމީހަކު ބޭރުން އެތެރެވެ މުޖްތަމައަށް ބަލި ފެތުރުނުގޮތް ތަހުގީގު ކުރަން ޖެހޭނެ

  19
 20. އަބްދުއްލަޠީފު

  ޑިޕޮޒިޓަށް ދެއްކި -/8000 ރުފިޔާ ގެ ދަހިވެތިކަމުގަ. ވިސާ ނުދައްކައިގެން. ކުރަންވާ އަމުރު ފަހުމު ނުވެގެން. މިޙާލަތުގަ މިތަނަށް ބޭނުންވަނީ އީޑީ އަމީން ކަހަލަ ޖައްބާރެއް. އޭރުން ތިޔަ ބަންގާޅީންކޮޅު 3 މަސްތެރޭ އަމިއްލަޔަށް ހުސްވެދާނެ. ސަރުކާރުން ނުޖެހޭނެ ލޯ ލާރިއެއްވެސް ޚަރަދު ކުރާކަށް. 3 މަސް ތެރޭ ރާއްޖެ ދޫކޮށްފަ ދާން އެނެގުމަށްފަހު ވޯރކް ޕާރމިޓް ނުލާ އުޅޭ އެންމެންނާ އެމް،އެން،ޑީ،އެފް އާ ޙަވާލު ކުރީމަ އެނިމުނީ. މިކަހަލަ ސިޔާސަތު ތަކެއް އަބަޖެހޭ ތަޢާރަފު ކުރަން. ނޫނީ މިގައުމުގެ އެއްވެސް ކުށެއްނެތް އެތަށްބަޔަކު ފުރާނަ އަތް މައްޗަށް ލައިގެން ތިބެން ޖެހިދާނެ. ރައްކާވެ ތިބިއްޔާ ދަތުރޭ.

  8
  2
 21. ރާއްޖޭގެ ހަލާކު ޑީޕީ

  މިއީ ސަރުކާރުން ފަތުރާލި ވައިރަހެއް. ބޭރުން ގެނައި ވައިރަހެއް. ސަރުކާރުން މިކަމުގެ ޒިންމާ ފުރިހަމައަށް ނަގަން ޖެހޭނެ.

  22
  3
 22. ޙަސަނާ

  މިހާރު ބަލަންވީ ސަރުކާތާރައްޔިތުން ގުޅެން ގުޅިގެން އެއްބާރުލުންދީގެން މި މުސީބާތުން ސަލާމަތްވާން ސަރުކާރަކުން ދުލެއް ނުދޭނެ އެއަްވުރެ ޕާޓީގެ ޕުރެސަރު ރައީސައްބޮޑުކޮއް އޮތީ އެހެންވެމިބުނީ މިދަޑިވަޅުގަ އިބޫގެ ސަރުކާރައް އެއްބާރުލުން ދޭށޭ ފަހުން ކަނޮކަންބަލަންޢުޅެވިދާނެ .....

  2
  9
 23. ޙަސަނާ

  ކޮބާ އިކޮނުމިކު މިނިސްޓަރު 1 އަހަރުން ހަމަޔަކައް އަޅުވަންބުނި ބިދޭސީންގެ މައްސަލަ ނުވެއްޖިއްޔާ އިސްތިއުފާދޭންބުނި މިހާރު ކޮބާ ބަގުޑިބައްދައިގެން ތިއޮތީ ބޮޑުކާރިސާއަކައްވެގެން މިއޮއްދަނީ 6 މަސް ދުވަހައް ވަގުތީ ކާޑެކޯ ދެނީ އެހިސާބުން ދާއިމީ ނުވާމީހުން ޑިޕޯޓި ކުރަނިއްޔޯ ކުޑަމިނުން 6 މަސްދުވަހައް ވޯކުވިސާފީވެސް ނަގާލަންނުކެރުނު ދިވެހިންގެ ބުރަކަށީގަ އިސްޓިކާ ވެސް މިޖަހަނީ 40 ހާސް މީހުން ކިހިނެއް 3 ދުވަހު ދަޑަހްވައްދާފަ ރެޖިސްޓުރީ ހަދާނީ ދޮގާ މަކަރު...

  13
 24. ޙުން އައީމާ ރަޖާ

  ކޮއިފުޅާ ކީހާޅެން ފަރިއްސަށްވެ ނިމިޢްޖެ! ގައުމެތްނެތް!ބަނަވެ އަދިރިވެއްޖެ!ކުރިޔަށްމިއޮތީ ބަރަކާތުގެމަސް! ބަޔަކު މީގެ ތިން ހަފްތާ ކުރިން ފައިސާގައި ބެއްދިބަގުޑީގެ ނަތީޖާ އަދު މިއަރާހަމަކުރީ! ޢަދިވެސް ހަރުއެއްޗެއް ނާޅަ! ދެންވެސް ނާޅާނެ! ޢެއަށްވުރެ ބޯމާ ހަރު! ކަމުގެ މާހިރުން މީގެ ތިންހަފްތާކުރިން ދެއްކި ވާހަކަ އެހުރީ އަދިވެސް ކަންފަތުގާ!

  17
 25. ާހިުދހދ

  ތިކަހަލަ ގަޅި ވިސްނުންހުންނަ ގަޅި ދިވެހިން މި ރާއްޖޭގަ ގިނަވުންމީ މާ ހިތާމަ ހުރިކަމެއް. ތަންދޮރު ނޭންގެންޏާ އެއްޗެއް ނުކިޔާ މައިތިރި ވެގެން އިންދެބަލަ

  4
  15
 26. ޑރ

  ޓޫރިސްޓުން ގެނައުން ހުއްޓާލީ ވެސް ސަފާރީ ޓުއާޒުން ގެންނަ އިޓަލީ މީހުން ހުސްވީ މަ. ގައު މު ހަޅޭލެވިއިރުވަސް އެއާޕޯޓު ބަންދު ނުކުރީ ސަފާރީ ޓުއާޒްއަށްޓަކައި. ބަންދުކުރި އިރު އިޓަލީ މީހުން ގިނަ އިން ތިބީ ވެސް އެ މީހުން އެން މެފަހު ވަގުތަށް ވެސް ގެނައީ މަ. ކޮބައިހޭ ކެނެރީންގެ ކޮ މެންޓު؟

  11
 27. މޮޅު

  މިފަދަ ހިތާމަވެރި ހާލަތެއް ރާއްޖޭގެ ރައްޔިތުންނާ ކުރިމަތި ވިއިރު ރާއްޖޭގެ ހިންގުމާ ހަވާލުވެގެން މި ތިބީ ތަންދޮރު ނޭގޭ މޮޔައިންތަކެއް. ބޯހަރު ބޮޑުންގެ ތިމާގެ މީހުން ވީމަ ނިކަމެތިން ކަރަންޓީން ކުރިޔަސް....... ކިޔާފަ އެރުވީ މާލެ

 28. ޏަމްޏަމް

  ކިހާ ދެރަ. ފުރަބަންދު ނުކޮއްފިނަ މަ ނޭނގެ ވާނެ ގޮތެއް?

 29. ހާޖަރް

  އަހަރެންނަށް އެނގޭ މީ ނުގުޅޭ ކޮ މެންޓެއްކަން. އަހަރެންނަށް ނޭނގެ "ދިރޭރަހަ" އިގެ މާނަ. މަގޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ދަރިފުޅު އެއުޅެނީ ނޭނގިގެން. ރަދީފެއް ނެތް. އަޅުގަނޑަށް އެހީއެއްގެ އަތެއް ދެއްވާ?

  2
  3
  • ޕޯރޯ

   ލައިވްޓޭސްޓް

  • ޏަމްޏަމް

   ހަޤީޤަތުގައި ޢަހަަރެން ނަކަށްވެސް ނޭނގެ. މި ފަކީރަށް އެހީތެރިވެދީ. މީހުންނަށް އެހީ ވު މަކީ އިންސާނީ ވާޖިބެއް.

  • ހައްލު

   ތިބަހަށް ފިއްތައިގެން ހުރެބަލަ (ދިރޭރަހަ) . އޭރަށް ނޫކުލައިން އެބަސް ހައިލައިޓްވާނެ. ދެން ކަނައަތަށް ގޮސް "ސާރޗް ޕްރައިވެޓްލީ" އަށް ފިއްތާ. މައްސަލަ ހައްލުވީ.

 30. ހާޖަރް

  ދެން ސަ މާސާ ނުކޮއް ބުނެބާ.

  1
  1
 31. ޏަމްޏަމް

  ހަޤީޤަތުގައި ޢަހަަރެން ނަކަށްވެސް ނޭނގެ. މި ފަކީރަށް އެހީތެރިވެދީ. މީހުންނަށް އެހީ ވު މަކީ އިންސާނީ ވާޖިބެއް.

 32. ރޭވުން

  ހާޖަރޭ ދިރޭރަހައޭ ކިޔައިގެން އެއުޅެނީ މައުލޫ އޮޅުވާލަން ކެއްނުވެގެން. މީ މާލެ އަށް ފޭބި މީހުން ތެރޭން އެކަކު ކަލޭބުނަން މޮޅު މީނަގެ އަވައިގަވެސް ބަޔަކު ޖެހިއްޖެ.

  1
  2
  • ޙާޖަރް

   އަ މިއްލައަށް ތީ މާލެއަށް ފޭބި މީހުންގެ ތެރެއިން އެކަކުހެން ހީވޭ. ބަލަ މަގޭ ދަރި އެއުޅުނީ އެއްޗެއް ނޭނގިގެން. ހާދަ ކަންތަށް ބޮޑު ކަމަކަށް އެބަ ހަދައޭ. މީ މިއަދުގެ ދިވެހީން. ?

 33. ޜޮވޭ

  ދެރަވޭ ގައުމުގެ ހާލަތު ފެނިފަ. ރެއާ ދުވާލު ޑަކުޓަރުން ކުރައްވަމުން ގެންދިޔަ އާދޭހަށް ބީރުކަންފަތެއްދީ ދަތުރުތަކާ ޕާޓީތަކަށް ދިޔައީ އަމިއްލަ އާއިލާއާ މެދު ނުވިސްނާ. މަދު ބައެއްގެ ބަސްނޭހުމުގެ ނަތީޖާއަކަށްވީ މުޅި ގައުމު ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިއުން.

 34. ޕާޓީ

  ކޮބާ މުޣުނީއާއި މަޖްލީސްގެ ވިހަ އަނގަތައް؟ އަވަހަށް ބޮނޑިބަތް ކައްކައިގެން ޕާޓީހަދަން ފަށާ. ނުވެގެން އުޅުނު ކަންކަން މިދަނީ ބާރަށް ކުރިޔައް.

  1
  1
 35. ފަސީ

  ލިޔުންތެރިޔާއައް އާ ބަހެއް އެގުނުކަމަށްފެނޭ
  ފައްސިވުން

 36. މިނިސްޓަރު

  އމީން ގެ ވިޔަފާރިރައްޓެހިންގެ ނުފޫޒާއެކީ ރާއްޖެ ސިންގަޕޫރު މޮޑެލްއެއްގަމޮޑުނީ. އެހެންމީހުންގެ އިރުޝާދު ބުލޮކްކުރީ

 37. ފ

  ރާއްޖެއިން ބޭރުގައި ކިޔަވަން ގޮސް ތިބި ކުދިން މާލެއަށް އާއިލާ ގާތަށް ސަރުކާރުން ގެނައުމުގެ އިންތިޒާމް ހަމަޖައްސާއިރު ކީއްވެތޯ ރަށްރަށުން މާލެއަށް ކިޔަވަން އައިސް ތިބި ކުދިންނަށް އާއިލާ ގާތަށް ނުދެވެންވީ...

 38. ޖަގަހަ ހަސަނު

  ބުއްޅަބޭގެ ސަަބަބުން މިގައުމު ހަލާކުވެއްޖެ.

  1
  1