މާލެއިން ފެނުނު ކޮވިޑް19 އަށް ފައްސިިވި ކޭސްތަކުގައި، ޒަރޫރީ ބޭނުމަށް ނޫންގޮތުގައި މީހުންނާއި ބައްދަލު ކޮށްފައިވާކަން ފާހަގަކުރެވޭކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އާއްމު ބަލިތަކައި ބެހޭ ބައިގެ ޑޮކްޓަރު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާމުބެއްވަމުން، ޒަރޫރީ ބޭނުމަށް ނޫންގޮތަށް މަގުތަކަށް ނުކުތުމަށް ދިން އިރުޝާދާއި ޚިލާފަށް ބައެއް ފަރާތްތަކުން ކަންކަން ކޮށްފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

އެގޮތުން ގިނަ ބަޔަކު އެއްވާފަދަ އެއްވުންތައް ބާއްވާފައިވާކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"އެބަ ހުރި އެންމެ ފުރަތަމަ މާލެއިން ފެނުނު ކޭސްތަކުގެ އިތުރުންވެސް ހަމައެހެން ކޭސްތަކުގައި ވަރަށް ގިނައިން ހަމަ މަސް ދަތުރު ދިއުމާއި، ގޭގައި އެއްވުން ބޭއްވުމާއި، ފިހާރަތަކަށް ދިއުމާއި މިކަންކަންވެސް. ދެން އޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ހަމަ ކޮންމެހެން ކުރަން ޖެހޭކަންކަން ވެސް ހުންނާނެ. އޭގެ ތެރޭގައި ވެސް ބައެއް މީހުން އެބަ ތިބި ކޮންޓެކްޓް ވެފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި ފުރަތަމަ މީހާއާ ގުޅިގެން ރިސްކު އޮތް ކަމަށް ފާހަގަވި މީހުން މަސްދަތުރަކާއި، ޕާޓީއެއްވެސް ބާއްވާފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒްވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިހާތަނަށް ބަލި ބޮޑަށް ފެތުރިފައި ވަނީ ގިނަ ބަޔަކު އެއްވާގޮތަށް ބާއްވާފައިވާ އެއްވުންތަކުގެ ސަބަބުންކަމަށް ގިނަ ކޭސްތަކުގައި ފާހަގަވެއެވެ.

އެހެންކަމުން ކޭސް އެއް ފެނުމުން އެ މީހާ އާއި ބައްދަލުވި މީހުން ކުރިން ހީކުރިވަރަށް ވުރެ ގިނަ ކަމާއި، އެޗްޕީއޭގެ އިރުޝާދަށް ބޯ ނުލަނބާކަން ފާހަގަކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުށްހީ

    "އެހެންކަމުން ކޭސް އެއް ފެނުމުން އެ މީހާ އާއި ބައްދަލުވި މީހުން ކުރިން ހީކުރިވަރަށް ވުރެ ގިނަ ކަމާއި، އެޗްޕީއޭގެ އިރުޝާދަށް ބޯ ނުލަނބާކަން ފާހަގަކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ."

    މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.! މީ ހީކުރާ ސަރުކާރެއް.!

    7
    3