ޑެންގޫ ފެތުރެން ފެށުމުގެ ކުރިން ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ފަށަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ރާއްޖޭގައި ޑެންގޫ ފެތުރުން އިތުރުވެއެވެ. މިދުވަސްވަރު ރާއްޖެ އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑެންގޫ ސީޒަން ފެށުމުގެ ކުރިން ސްކައުޓުން، ގައިޑުން، ކެޑޭޓުން ފަދަ ހަރަކާތްތަކުގެ ޓާސްކްފޯސްއެއް އެކަށީގެންވާ ޕީޕީއީ އާއި އެކު. ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތަކާއި ފެން ހަރުލާ މަދިރި އާލާވާ ގޮތައް ހުރި އެންމެހާ ތަންތަން ސާވޭކޮށް ނައްތާލަން މިހާރު ފެއްޓުން ވަރަށް މުހިއްމު." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބަލި ޖެހުމުން ފަރުވާ ހޯދުމަށްވުރެ ކުރީގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މާރަނގަޅު ކަމަށެވެ.
Dengue Season feshumuge kurin, Scouts,Guide,Cadet fadha harakaaithakuge taskforce eh, ekasheegenvaa PPE aaeku,hurihaa construction site thakaa fen harulaa madhiri aalaavaagothah huri emmehaa thanthan survey koh nahthaalan mihaaru fettun v muhimmu. "Prevention is better than cure"
— Dr Mohamed Muizzu (@MMuizzu) April 21, 2020
ޑެންގޫ އާއި އިންފުލްއެންޒާ މިދުވަސްވަރު ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުކަންދީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ސަރުކާރުން ވެސް މިހާރު އިލްތިމާސް ކުރައްވާފައެވެ.
މިދުވަސްވަރަކީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ޑެންގޫ އާއި އިންފުލްއެންޒާ ހަލުވިކަމާއި އެކު ފެތުރެން ފަށައިފިނަމަ އެކަން ވެގެން ދާނީ ސިއްހީ ދާއިރާއިން އުފުލަން ޖެހޭ އިތުރު ބުރައަކަށެވެ.
މިސަ ރުކާ ރުން ކު ރާހާވެސް ކަމަކީ ދޮގުހެދުން
މިފެންނަނީ ކުރީސަރުކާރާ މިސަރުކާރުގެ ތަފާތު. 2މަސްދުވަސް ތައްޔާރުވާން ލިބުނީމަވެސް މިއޮތީ 3ދުވަހުން ފޫކޮޅު ފިހިފަ. މުއިއްޒު ވިދާޅުވީތީވެސް ހިޔެއްނުވޭ ޑެންގޫކަންތަކާ އުޅޭނެހެނެއް. ޔާމީނަށް ލުޔެއްނުދޭންވެގެން ޗައިނާގެ އެހީ އެއްލާލާފަ އެއުޅެނީ އަނެއް ލޯނު ގައުމުގެ ބޮލުގަ އަޅުވަން.
އެކަމާ މިއުޅެނީ .މުއިއްޒު ބޮޑުމީހަކަށް ލާނިވެސް.
މަގުތައްމަތީގަ އުކާނުލާ ކުނި ފުނިފުންޔަށް! ޢާންމު ރައްޔުތުން އުޅޭ ހާލެއް 10ވަނަ ފަންގިފިލާގައި ދިރިއުޅުއްވާ މިނިސްޓަރުންނާ އިއްޒަތްތެރިންނަކަށް ނޭންގޭ. ޢެއްވެސް ރޭވުންތެރިކަމެއް ނެތް!
ހެޔޮ ނުވާނެ މޯލްޑިވިއަން އިން ޓިކެޓް ނަގާފައި ތިބި މީހުންނާއި މެދު ކަންތައް ކުރާނެ ގޮތެއް އޮޅުން ފިލުވާލަދީބަލަ.. ކިތަންމެ ވަރަކަށް ގުޅިޔަސް މޯލްޑިވިއަން އަކުން މީހަކާ ގުޅޭނީ އެއް ނޫން.. ފްލައިޓް ޝެޑިއުލް ދަތުރު ހުއްޓާލީމަ ދެން ކިހިނެންހޭ ކަންތައް ކުރަން ތި ފަށަނީ؟ މޯލްޑިވިަން އިން ބޭނުންވާ ދުވަހުން ކަސްޓަމަރަށް ދަތުރު ނުކުރެވިއްޖެ ނަމަ ރިފަންޑް ކިހިނެންހޭ އޮތީ.. އެޖެންޓުން އަންގަނީ ފުލް ރިފަންޑް ނުދެވޭނޭ.. މިކަން ބަލާދީބަލަ.. ދަތުރު ކުރާކަށް ބޭނުމެއް ނުވެޔޭ.. ނެގި ޓިކެޓަށް ފުލް ރިފަންޑް ކީއްވެހޭ ނުދެވެންވީ.. ކޮބާހޭ މޯލްޑިވިއަން އިން ނުކުރާ ދަތުރަކަށް ފުލްރިފަންޑް ދިނުމުން ލިބޭ ގެއްލުމަކީ.. ކާރިސާއެއް ދިމާވެގެން ވީކަމަށް ވީނަމަވެސް ރައްޔަތު މީހާއަށްވެސް ހަމަ ވަނީ ގެއްލުން ނޫންހޭ..