ކޮވިޑް-19 ޖެހުނު ދިވެހިންގެ ތެރެއިން ހާލު ދެރަވެ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ 80 އަހަރުގެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނުނަގާ ކަމަށް "ދަ ޕްރެސް" ނަމަކަށް ކިޔާ އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފިއެވެ.
އެނޫހުގައި ބުނެފައި ވަނީ ބަލި އެނދުގައި އޮންނަތާ ދެއަހަރުވީ މީހާގެ އާއިލާގެ އެއްވެސް މީހެއްގެ ސާމްޕަލް އަދި ނަގާފައި ނުވާކަމަށެވެ. އޭނާ ދިރިއުޅެމުން އައި ގެ މޮނިޓަރިންގެ ލިސްޓަށް ލީވެސް މިއަދު އިރުއޮއްސެން ދަނިކޮށް ކަމަށް ނޫހުގައި ބުނެފައި ވެއެވެ.
80 އަހަރުގެ މީހަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބަލި އެނދުގައި އޮންނަތާ ދެއަހަރުވީ މީހެކެވެ. އެހެންކަމުން އޭނާ ސާފުތާހިރު ކޮށް ކާންބޯން ދީ ހެދުމަށް މީހެއްގެ އެހީ ބޭނުންވެއެވެ. ބަލިމީހާ އޮތް ކޮޓަރިއަށް އެގޭގެ އެންމެން ކަހަލަ ގޮތަކަށް ވަދެ ނުކުމެ އުޅުނު އިރު އޭގެތެރޭގައި ކުޑަ ކުދިންވެސް ހިމެނޭކަން ވަނީ އެނގިފައި ކަމަށް "ދަ ޕްރެސް" އިން ބުނެއެވެ.
އުމުރުން 80 އަހަރުގެ މީހާއަށް ބަލި ޖެހުނީ ކާކުގެ ފަރާތުން ކަމެއް އެޗްޕީއޭ އިން މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެއެވެ.
އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ ޓެސްޓް ނުހަދާ ކަމަށް މީޑިއާގައި ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ވެސް އަދި މިހާތަނަށް އެޗްޕީއޭ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.
މާލެ އިން މިހާތަނަށް 66 އަށް މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން ގިނަ މީހުންނާއި ކޮންޓެކްޓްވި މީހުން މިހާރު ދެނެގަނެވިފައި ވީނަމަވެސް އެމީހުން ޓެސްޓް ކުރުން ލަސްވަމުން ދާތީ ވަރަށް ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެ ހާލަތަކަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް މާލެ އިން ކޮވިޑް-19 ފެނުމާއި އެކު ކަންތައްތައް ވަމުންދާ ގޮތުން ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ތައްޔާރު ވެވިފައި އޮތް މިންވަރާއި މެދު ސުވާލު އުފައްދަމުންނެވެ.
ހު ރިހިތާމައެއްގެ ބޮޑު ކަމާއެވެ
ތައްޔާރުވި ވަރުން ވަރުބަލި ވެގެން ކަރާތައް ފެޅިއްޖެ.
ކިތަންމެ ތައްޔާރީއެއް ވިޔަސް ކަލޭމެން ތި އުޅޭހެން އުޅެގެން ތި އެއްޗެއް ނުވާނެ ކޮންޓރޯލެއް
މީގެ ދެމަސް ކުރިން ކިޔަންފަށައިފި މިތިބީ ތައްޔާރު ވާންޖެހޭ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރުވެގެނޭ. މީ ކަލޭމެންގެ ފެންވަރަކީ. ދެން ތި ތިބިތާކުތިބެ ހާލު ބޮޑުވެގެން މަރުވާމީހަކު މަރުވާންވީ. އެތައް ބަޔަކު ތިބީ މިހާލުގަ.
ތިހެން ކިޔަމުން ހޭބަލިވާ ވަރަށް ކިލޭމެން އެނބުރުނަސް ތިޖޭހެނެ މީހަކަށް ޖެހިފަ ހަމަ ދާނީ
މިހާރު މިއޮތީ ބޮއްސުންލާފަ އެހެންވީމަ ތިޔަހެންވެސް.
އެހެން ގޮތަކަށް ބުނާނަމަ އަތަށް ގޮވާފަ.. ދެން ބޭނުން ވިޔަސް ވަސީލަތެއް ނެތިއްޔާ އެހީއެއް ނުވެވޭނެ.. ޓެސްޓް ކިޓް ނެތީމަ ޓެސްޓް ވެސް ނެހެދޭނެ.. ރިޒާވް ކޮށްފަ ހުރި ޓެސްޓް ކިޓް ތަކަކީ ދައުލަތުގެ ވެރިންނާއި އެމީހުންގެ ދަރީންނަށް ހުރި އެއްޗެހި.. އަހަރުމެން ރައްޔިތުންނާ ނުޖެހުމަކީ އަހަރެންގެ ދުޢާ..
ތިޔަ ތާކުން ތާކު ނުޖެހޭ ނޫސްތަކުގަ ޖަހާހަބަރު ބަލާނެކަމެއްނެތް. އަހަރެމެން ގަބޫލުކުރާނީ ވަގުތު ނޫހުންގެނެސްދޭ ހަބަރުތައް.
ކޮވިޑް19 އިންޝާ ﷲ ކުޑަކޮށްވެސް ލުއިވެލާއިރަށް ހަރުހަރުގައި ފިލައިތިބި މި ސަރުކާރުގެ ބޮޑުން ނުކުމެ އަނގަކައިރި ނުވެގެން އުޅޭނެ .
ކޮބާ ޑަކުޓަރު؟
ތި އާއިލާމޯހުން ވެސް ކުޑަކުދިންނާ މެދު ވިސްނާލާނަމަކާ ބަލިމީހާއަށް ޒަޔާރަށް ކުރުމުގަ ބަލައިގެން އުޅޭނެ. މި މީހުން އުޅޭގޮތުން ހީވަނީ މި ނުޖެހިގެން އުޅޭހެން.