ފުރަބަންދު ދުވަސްތަކުގައި ހއ. ދިއްދޫ މޫދަށް ކުނިއެޅުން އެރަށު ކައުންސިލުން ހުއްދަކޮށްފި އެވެ.
ދިއްދޫ ކައުންސިލުން މިގޮތަށް ނިންމައި އެކަން އަންގާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ ފުރަބަންދުކުރުމުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކައުންސިލުން ނެރެފައިވާ އެންގުމެއްގައެވެ. ކައުންސިލުން ވިދާޅުވެފައި ވަނީ، މިއީ ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ހދ. ދިއްދޫ ކައުންސިލުން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، ގެއިން ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ކަރަންޓީނު ކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނިބުނި މޫދަށް އުކާލެވިދާނެ ކަމަށެވެ.
"ކަރަންޓީނު ކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނިބުނި އުކާލުމަށް ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 7:00 އަށް ކޮންމެ ގެޔަކުން އެއް ބޭފުޅަކަށް ގެއިން ބޭރަށް ނުކުމެ މޫދަށް ކުނި އުކާލެވިދާނެ ނަމަވެސް ބަނދަރަށް ކުނިވާ ޒާތުގެ ކުނިބުނި އުކާލުމަކީ މަނާކަމެކެވެ." ކައުންސިލްގެ އެންގުމުގައި ވެއެވެ.
2013 ވަނަ އަހަރު އާންމުކޮށްފައިވާ "ކުނި މަނާކުރުމުގެ ޤަވާއިދު"ގައި މޫދަށް ކުނި އެޅުމަކީ މަނާ ކަމެކެވެ.
މިނިސްޓްރީ އޮފް އެންވާރަމަންޓް އިން ނެރެފައިވާ ކުނި މެނޭޖް ކުރުމުގެ ޤަވާއިދުގެ 11 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ޚާއްސަކޮށްފައިވާ ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ.
އެ ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، ކުޅި އަދި ޗަސްބިން، ރަށްރަށުގެ ފަޅުތެރެ، ފަރު، ފަޅު، ފިނޮޅު، ރަށްރަށުގެ އަތިރިމަތި، ރަށްރަށުގެ ހޭޅިފަށް، ބަނދަރު، ޕާކު އަދި މަގުމައްޗަކީ ޤާނޫނު ނަންބަރު 4/93 ގެ ދަށުން ޙިޔާމަތްކޮށްފައިވާ ތަންތަނަށް ވީހިނދު، މިއިން ތަނަކަށް އެއްވެސް ޙާލެއްހައި ކުނި އަޅައިގެން ނުވާނެ ކަމަށާއި، އެފަދަ ތަނަކަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ މަނާކަމެއް ކަމަށެވެ.
ކުނި އުކާލުމާއި ނައްތާލުމާއި ބެހޭގޮތުން ދިއްދޫ ކައުންސިލުން މީގެ ކުރިން ނެރެފައިވާ ޤަވާއިދެއްގައި ބުނާގޮތުން، ކައުންސިލުން ކުނި އުކުމަށް ކަނޑައަޅާފައިވާ ކުނިގޮނޑު ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ އެކަން ކުރި ފަރާތަކާއި މެދު ފިޔަވަޅު އަޅާނެއެވެ. އެގޮތުން އެފަދަ ކަމެއް ކުރާ ފަރާތެއް ފަސްހާސް ރުފިޔާ އާއި ހަމައަށް ޖޫރިމަނާކުރާނެ ކަމަށް އެ ޤަވާއިދުގައި ބުނެފައި ވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިއްދޫ އާއި ވެރިރަށް މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް އެހެން ރަށްތައްވެސް ފުރަބަންދުކޮށްފައި ވެއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ރަށްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާފައި ވެއެވެ. ނަމަވެސް މިއީ މިފަދަ އުސޫލަކުން ރަށެއްގައި މޫދަށް ކުނި އުކާލުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
ގާނޫނަކުން މަނާކުރެވިފައިވާކަމަކަށް ކައުންސިލުން ހުއްދަކުރަނީ ގާނޫނަށް ވުރެން ކައުލްސިލް މަތިވީބާ؟
ތީ ނާގާބިލު ރައީސުންގެ ފެންވަރުހުރި ހިސާބު.. ތިކަހަކަ ރައީސުންނަށް ރަގަޅުވާނީ ޒަމް ޒަމް ކެފޭގެ ބަދިގެ
ތިހިރި ހަމަށް ރަނގަޅަށް ވެސް ލޮނު ޝާކިރާ ހަސަދަ ލާފަ މި ބަރަކާތްތެރި މަހުގަ ވެސް ތިބާ އިސްލާހުވެބަލަށް.... ލަދު
ބާތިލްކޮށްފަ އާއެއްޗެއް ނެރެފަ އޮތީ
ތި ދިއްދޫއަކީ ރަށެށްގަ ބަދަރު ތެރޭގަވެސް އެންމެ ކުނި ގިނަ ރަށް. އަނެއްކާ ބަދަރުމަތީގަ ނުހުންނާނެ ކުނިއަޅަން ޑަސްބިން ގަނޑެއްހާ ހިސާބުވެސް ބަހައްޓާލަދީފަ
ދިއްދޫއައް އައިސް ޕެކެޓް ބޮއި ހަދާފަ މޫދައް އަޅާފަ އަދި އެބަ ކިޔައޭނުން އެއްމެ ކުނި ގިނަ ރަށޭ.ކަލޭމެން ފުރަތަމަ އިސްލާހު ވެބަލަ
ކުނިވާ ޒާތުގެ އެއްޗެހި މީގެކުރިންވެސް އަޅަނީ މޫދަށް. ޙަމަ ފިތުނަ އުފައްދަން????
ބޯންތަށި
އިބުރާހިމް ހުސެން ޒަކީ ބުނީ ދިއްދު އަކީ ރައްޔިތުންގެ ވެރިކަމެއްކުރާ ރަށެކޯ އަތޮޅު އޮފީހަށް މަސްތަށް އަޅާލީމައި ، ޕެނަލއްޓީ ދިނީމަ ޓާފު ދަނޑު ހޭއަރުވާލި ރަތްކާޑު ދެއްކީމަ ރެފުރީ ބަލިވެ ބޭއްދި ކަލެޔާ ތިޔައީ އުތުރުގެ ނަމޫނާ ރަށެއް
ކައުންސިލެއް މިވަރަކަށް ނާގާބިލް ވާނި. ހަމަ އެއްވެސް ވިސްނުމެއް ނެއި ބައެއްތަ. ކައުންސިލަރުން ގޯތިތެރެއަށް ކުނި އަޅާ ބަލަ ގެންގޮސް.
އޮފީސް ތަކަށް މަސް ވެސް އޮންނަނީ އަޅާފަ
ތިޔައީ ހަމައެކަނި މާލެއަށް ބަލައިގެން ގަވައިދު ހަދާތީ ވާގޮތް. ރާއްޖޭގެ ކިތައް ރަށުގައިބާ ހުރީ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް. ސަރުކާރުން ނިޒާމު ގާމުކޮށްނުދީ ފަޅޮލޭ ފޭރޭ ކިޔަކަސް އެއަށް އަމަލުކުރާނީ ކިހިނެއް. ކުނި ގޮނޑު ހެދިފައިވާ ރަށްރަށުގައިވެސް ހުރީ އަންދާލެވޭ ގޮތަށް. އެކަން 24 ގަޑިއިރަކު ނުކުރެވޭ. ދެން ކުނިވާ އެއްޗެތި ގޭގައި ބަހައްޓައިގެން ނޫނީ ގޮނޑަށް ޖަމާކޮށްގެން ކުނިކުރަން ތިބެވޭބާ.
ދިއްދޫ ކައުންސިލުންނަކީ ޤާނޫނާ ޤަވައިދު ދަންނަ ބައެއް ނޫން
ދިއްދޫ އައް ހެޔޮނޭދޭ ދިއްދޫމީހުން ބަންދަރައްވެސް ކުނިއަޅަނީ އަޅާފަ ކޮމެންޓު ލިޔަނި. ފިތުނަ ނުވެ ރޯދަމަހައް ތައްޔާރުވެބަލަ އެ ގަވާދު ނެރުމުގެ ކުރިން ތިޔަ އެންމެން ކުނި އެޅީ ކޮންތާކައް ބާ
ކުނިވާ ޒާތުގެ ކުނި ހުރިހާ ރަށެއްގަވެސް އަޅަނީ މޫދަށް.. ކޮމެންޓް ކުރާއިރު މާތްވާން މޮޅެތި ވާހަކަ ދައްކާނެކަމެއް ނެތް..
ކކބަދިގޭގަ ހުންނަ ކުނިވާ ޒާތުގެ އެއްޗެތި މޫދަށްް އަޅަނީ ދިއްދޫ މީހުން ވަރަށް ސާފުތާހިރުވާނެ ކުނި އެއްނާޅާނެ މޫދަށް
ދިއްދޫ އަކީ ރިޒްޤަށް ޝުކުރުވެރި ނުވާ މީހުން އުޅޭ ރަށެއް. ރަށު އޮފީހަށް ބޭނިހާ މަސްތައް އުކާލާ، ފުޓްސަލް ދަނޑު ހަލާކުކޮށް. ހެޔޮ ވިސްނުން ދެއްވާށި!
ބޯތަށީގަ ސަތަރި އަޅާ މީހުނެއްނުތީ... އޯކޭ ވާނެ...
މިވަރު ބަޔަކު ކައުންސިލް ހިންގަން . އަތަށް
ގޮވާއިރުވެސް
ތަސައްރަފު ނުފުދޭ މީހުން ހޮވީމަ ވާނެ ގޮތް މިވަނީ
މޫދަށް ކުނިއުކުން ހުއްދަވަނީ ހަމައެކަނި ރިސޯޓްތަކަށް ހާއްސަކޮށް ސަން ސިޔާމް ގެ ރިސޯޓްތަކަށް. ޑަސްބިން ދޯނި އާއްމުކޮށް މޫދަށް ކުނި އުކަން ނިކުންނާނީ އަނދިރިވީމައި
ހދ. ދިއްދޫ ކައުންސިލުން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، ގެއިން ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ކަރަންޓީނު ކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނިބުނި މޫދަށް އުކާލެވިދާނެ ކަމަށެވެ. ބަލަ ހޭބައްޔާ! ކުނިވާ ޒާތުގެ ކުނިބުނި ދުވަހުންދުވަހަށް ގޯތިތެރޭ ވަޅުލެވިދާނެ. ކޮންކަހަލަ އެންގުމެއް އަންގާ ބައެއްތަ ތިއީ؟
ރާއްޖޭގެ ކޮންމެރަށެއްގައި ވެސް ބަދިގޭގައި އުފެދޭކުނިވާ ޒާތުގެ ކުނިއަޅަމުންދަނީ މޫދަށްކަމަށްބެލެވޭ.އެގޮތުން ދިއްދޫގައިވެސް ކަންހިނގަމުންދަނީ.ކައުންސިލުންވެސް އެދައްކަނީ ކުނިވާ ޒާތުގެ ބަދިގޭ ކުނިކަން ދިއްދޫ އެއްމެންނަށްވެސް އެނގޭނެ!ފިތުނަވެރި ވާހަކަ ނުފަތުރަމާ!
ބަލަ އެއީ މޫދަށް ކުނި އުކުމެއްނޫނޭ ، އެބުނަނީ ކުނިވާ ޒާތުގެ ކުނި ، މާނައަކީ ބަތް ރިހަ މަސް ފަދަ ކުނިވާ އެއްޗެހި ، މޫދަށް އެފަދަ ތަކެތި އެޅުމަކުން ގެއްލުމެއް ނުލިބޭނެ ، މޫދުގެ އުޅޭ މަސްތަށް އެކައި ހުސްކޮއްފާނެ އަނެއްބައި ގިރާގެން ހިގާދާނެ
މާލޭގަތިބޭ ބަޔަކު އަންގާފަ އޮންނާތީ މޫދާއި ޖެހިގެން ހުންނަގޭގަ ބާކީވެފަ ހުންނަ ބަތްކޮޅު މޫދަށް އުކައިގެންނުވޭ، ޖެހެނީ ރަށުގެ އަނެއްކޮޅަށް އުކަން. އެކަމަކު މާލޭގަތިބޭ މީހުން ބޭނުންވީމަ ރަށުގެ ފަޅާއި ފަރުމަތި ފުރެންދެން ބޮޑެތި ކޮންނަބޯޓުން ވެލިއެޅޭ ބޮޑުހިލަ އެޅޭ. އެކަހަލަ ހަމަނުޖެހޭ ނިޒާމެއް އޮތީ.
މަ ނާޅާނަން މޫދަކައް ކުންޏެއް މަ ކުނިއަޅާނީ ކައުންސިލަރުންގެ އަނބިންގެ އުނގައް އެނގިއްޖެތޭ
މި އަޅެ ބުރާންތިން ތަކެއްތަ