މި ރޯދަ މަހު ހަވީރު ކަމެއް ނެތި މަގުމައްޗަށް ފިނިބުރު ޖެހުމަށް ނިކުންނަ ފަރާތްތައް ޖޫރިމަނާ ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ރޯދަ މަހަކީ އަބަދުވެސް ހަވީރު ގަޑީ ގިނަބަޔަކު ފިނި ބުރު ޖަހަން ނުކުން ދުވަސްކޮޅެކެވެ. އެހެން ނަމަވެސް ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސިއްހީ މާހިރުން ދަނީ މަގުމައްޗަށް ގޮސް ނޫޅުމަށް ނަސޭހަތްތެރިވަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސިޓީގައި ހަވީރު ފިނި ބުރު ޖަހަން ނުކުންނަ ފަރާތްތައް ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެބަލި އައްޑޫގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ގިނަބަޔަކު މަގުމައްޗަށް ނުކުމެ އުޅުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފު ކަމެއް ކަމަށާއި، އެހެންކަމުން ހަވީރު ގަޑިތަކާއި އެހެން ގަޑިތަކުގައި ޒަރޫރީ ބޭނުމެއް ނެތި މަގުމަތީ އުޅުމަކީ މަނާ ކަމެއް ކަަމަށެވެ.

އަދި އެ ސިޓީ ކައުންސިލުން ވަނީ އެކަން ކުރާ ފަރާތްތަކުން 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުުރުމަށް ނިންމާފައެެވެ.

އައްޑޫގައިވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެ ސިޓީގެ ފިހާރަތައް ހަވީރު ބަންދު ކޮށް ޑެލިވަރީ ހިދުމަތްތައް ވަނީ ފަށަފައެވެ. އަދި އެ ރަށު ބޯކޮށާ ތަންތަން ބަންދު ކުރުމަށްވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޙެެއި ބަލި ވެނިިި

    8
    5
    • Anonymous

      އަބަހައްދަ ވެނީ

  2. ?

    ސޯބެ މޮޔަވަނީ ދަައުރު ހަމަވެގެން ??

    4
    2
  3. ބޭރުމީހާ

    އައްޑޫގެ މިސްކިތްތައް ތަޅުލަން ސޯޓުބެ އަމުރުކުރީ ކޮންޤާނޫނަކުން ބާރު ލިބިގެންތަ؟ ތިހިރީ ރަނގަޅަށް ރާވެފަ.

    4
    2
  4. ޢަބްދުއްލަޠީފު

    އައްޑޫގަ ބަލިނެތީސް ކޮން ވައްވައްޖަހާން އުޅޭ ބައެއްތަމީ؟ ހޭބަލިވެގެން ތެޅިބާލަނީ. ބަލަ ބަލި އުޅޭނަމަ އެކަން ސާފުކޮށްބަޔާން ކޮށްދީބަލަ. ނެތިއްޔާ ދެން ކޮންކަމެއްތަ؟ ކޮރޯނާ އުދުހެންފެށީތަ؟ ނޫދުހޭނަމަ ދެންކިހިނެއްތަ މިތަނަށް އަންނަނީ؟ ބޭރުން އަންނަ ބަޔަކު އެތެރެވިޔަނުދިނީމަ ނިމުނީ އެއްނު؟ ވޯޓު ނުދިނީމަ ރުޅިގަނޑު ބާލަނީތަ؟ ތިޔަކުރާކަމެއްސާފުކޮށްދީ. ހުވާމިބުނީ މިހެން ނުތިބޭނަން. ރޯދަމަހު އަޅުކަން ކުރެވޭކަށްވެސް ނެތެއްނު؟ މިސްކިތްތައް ފަޅުކޮށްގެން ކޮންކަމެއްތަ؟ ބަލި އޮތިއްޔާ ސިއްރު ނުކޮށްދޮގުނަހަދާ ރަގަޅައް ބުނޭ. ނޫނީ ޖަވާބު ދާރީ ވާން ޖެހޭދުވަހެއް އޮތްކަން ހަނދާން ކުރާތި. އެދުވަހުން އަހަރުމެންގެ ޙައްގުތަކަށް އަރައިގަތް މައްސަލަބެލޭނެކަން ދަންނާތި. ކަލޭމެންގެ ހުރި އިޔަހޫދިކަމާ މަކަރުވެރިކަން ﷲ މޮޅަށްދެނެވޮޑިގެންވާކަން ދަންނާތި.