ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ފެބްރުއަރީގައި ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އެކްސްޕޯއަށް ވަޑައިގެންނެވި ބޭފުޅުން އެކަން އެޗްޕީއޭއަށް އެންގެވުން އެދޭކަމަށެވެ.
އެމީހުންނަކީ މިހާރު ކޮވިޑް-19 ގެ އަލާމާތްތައް ނެތް މީހުން ނަމަވެސް އެކަން އެންގެވުން އެދޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676 އަށް ގުޅައި ހިއްސާކޮށްދިނުމަށް ޑރ.އަފްޒަލް އެދިވަޑައިގެންނެވިއެވެ.
މާލެ އަށް ކޮވިޑް-19 ފެތުރުނީ ކިހިނެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. މާލެ އިން ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ނޫނެވެ. އަދި ބަލި ޖެހިފައިވާ ކަން އެނގޭ މީހަކާއި އެއިން މީހަކު ބައްދަލުވެފައެއް ވެސް ނުވެއެވެ.
ދުބާއީ އިން ރާއްޖެ އައި ބައެއް މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ދުބާއީ އަށް ދަތުރު ކުރި މީހަކު މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ނުވަތަ ނޫންކަން ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ފުރަތަމަ ކޮވިޑް-19 ގެ ބަލި މީހަކު ފެނިފައި ވަނީ ފެބްރުއަރީ މަހުގެ 09 ވަނަ ދުވަހު އެވެ. އެއީ ޗައިނާ އިން އެގައުމަށް ދަތުރު ކުރި އަންހެނެއްގެ ގައިންނެވެ. ޔޫއޭއީގައި ބޮޑަށް ކޮވިޑް-19 ފެތުރެން ފެށީ މާޗް މަހުގެ ފަހުކޮޅު އެވެ.
ފަރުވާކުޑަކަމުގެ ނަޗީޖާ
އިނގިރޭސިވިލާތުން އައި މީހުން ހޯދަބަލަ
ޢަނެއްގޭސްގަޑު އަބުރާލަނީ! ޢިޓަލީގައި އަޑުކިޔާފަ ފެތުރުނު އިރު އައުން ހުއްޓުވާށޭ ބުނީ އަޑު ކޮންކަންފަތަކަށްއިވުނީ!
މި ދަނޑިވަޅުގައި އެކުސްޕޯއަށް މީހުންވުމުގެ ބެނުމަކީ ކޮބާތޯ.... މކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯ... ސަރުކާރުގެ އެއްވެސް އިދާރާއަކާއި ގުޅިގެން ބޭއްވި އެކުސްޕޯއެއްތޯ.. މިފަދަ އެކުސްޕޯތަކުގައި ސަރުކާރުގެ ހުއްދަ ނެތި ބައިވެރި ވެވޭތޯ....
ބޭނުންމީހަކަށް ބޭނުން އެކްސްޕޯއެއްގައި ބައިވެރިވެވޭ! ސަރުކާރަކުން އަމިއްލައަކަށް ކުރާކަންތަކެއް ނުބަލާނެ! ބޭފުޅާ ބޭރަށްދާއިރު ދަނީ ކިއްކުރަންތޯ ސަރުކާރުންބަލާ ހުއްދަނަގަންތޯ! އެކަމަކު މައްސަލައަކީ ސަރުކާރުން ޓެސްޓުނުކޮށް މިހާދުވަސް ކުރިކަން! އެކަށީގެންވާ ފިޔަވަޅު އެޅިފައެއްނުވޭ!
މި ދަނޑިވަޅުގައި އެކުސްޕޯއަށް މީހުން ފޮނުވުމުގެ ބޭނުމަކީ ކޮބާތޯ.... މކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯ... ސަރުކާރުގެ އެއްވެސް އިދާރާއަކާއި ގުޅިގެން ބޭއްވި އެކުސްޕޯއެއްތޯ.. މިފަދަ އެކުސްޕޯތަކުގައި ސަރުކާރުގެ ހުއްދަ ނެތި ބައިވެރި ވެވޭތޯ....
އެކްޕޯތަކުގައި ބައިވެރިވާން ސަރުކާރުގެ ހުއްދަ ހޯދަންޏާ ތި ޖެހުނީ ނޯތު ކޮރެއާ އާ އެއްހާލެއްގައި.. ކަލޯ އަދި ވަރަށް ޅަ ދޯ..
މި ދަނޑިވަޅުގައި އެކުސްޕޯއަށް މީހުން ފޮނުވުމުގެ ބޭނުމަކީ ކޮބާތޯ.... މކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯ... ސަރުކާރުގެ އެއްވެސް އިދާރާއަކާއި ގުޅިގެން ބޭއްވި އެކުސްޕޯއެއްތޯ.. މިފަދަ އެކުސްޕޯތަކުގައި ސަރުކާރުގެ ހުއްދަ ނެތި ބައިވެރި ވެވޭތޯ....
ކޮބާ އިނގިރޭސި ވިލާތުގައި ކޮވިޑު ފެތުރެން ފެށިފަހުން ލަންޑަނުން އައިސް އެއްވެސް ކަރަންޓީނު ފެސިލިޓީއެއްގައި މަޑުނުކޮށް މާލެ ތެރެއަށް ނުކުމެ އުޅުނު މީހުން. އެމީހުންގެ ފަރާތުން ހަމަ އެއްގޮތަކަށްވެސް ވައިރަސްއެއް ނާންނާނެ ދޯ. އަފްޒަލް ތި ވިދާޅުވާ ގޮތުންނަމަ 14 ދުވަހަށްވުރެ ދިގު މުއްދަތެއްވެސް އެބަ ބަލަންޖެހޭނޫންތޯ
ޑރ. އަފްޒަލް އަށް އިޙްތިރާމާއިއެކު ވެދުމެވެ. ސަރުކާރެއް ފޭލިވެ ނޭވާހޮޅިއަށް އެޅިއްޖެ ކަމުގެ ނަތީޖާ އަކީ 226 މީހުންނަށް ވައިރަސް ޖެހިފައިވުމެވެ. މިހާރު އަޞްލު ބަލިޖެހިފައިވާ މީހުން ޢަދަދުވެސް ތިޔަބޭފުޅުންނަކަށް ނޭނގޭނެއެވެ. ފެތޭއޮޑިއެއްގެ ރިޔާދަށު ވެވަޑައި ނުގަންނަވާށެވެ! ތިޔަ ކުރައްވަނީ ސަރުކާރަށް ޘަނާ ކިޔުއްވުމުގެ މަސައްކަތްޕުޅު ނޫންތޯއެވެ؟ މަކަރުވެރި ދިވެހިންގެ ލޭބޯ ސަރުކާރަށް ދިވެހިން ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ. ތިޔަބޭފުޅުން ވިދާޅުފައިވަނީ ސަރުކާރުގައި ކެޕޭސިޓީއެއް ނެތޭ ނޫންތޯއެވެ. ރައްޔިތުން މިތިބީ މަރުވާން ދޫކޮށްލެވިފައި ނޫންތޯއެވެ؟ ދެން ބަހަނާ ނުދައްކަވާ ވެރިންނަށް އިސްތިއުފާ ދެއްވަން ދަންނަވާށެވެ! ރައްޔިތުން މިހާރު ޝައުޤުވެރިކަމެއްނެތި ތިޔަ ދައްކަވާ ވާހަކަތަކަށް ފޫހިވެއްޖެވެ.
ކީކޭތަ ދެން ބުނާނީ..އަދި އަވަހެއް ނޫންބާ ތިބަޔަކު ހޯދަން އުޅޭކަށް
ފެބުރުއަރީ 20ގެ ފަހުން އައިނަމަ ފެބުރުއަރީ މަހާ މާރޗް މަހު މިހާރު މިހުރި ވަރަށް ބަލި ފެތުރިފަ ހުންނާނީ. އިނގިރޭސި ވިލާތުން މާލެއަށް ބަޔަކު ގެނާއަޑު އެހިން މާގިނަ ދުވަހެއްނުވެ ކޮވިޑް ފެތުރިއްޖެ
އެކްސްޕޯގަ ބައިވެރިވި މީހުން އެންޓިބޮޑީ ޓެސްޓެއް ހަދަން ޖެހުމަކީ ކަމާނުބެހޭ މީހުން ކޮމެންޓް ކުރަންޖެހޭ ވަރުކަމެއްބާ. ސަރުކާރުން އެތަކެއް ފިޔަވަޅުތަކެއް އަޅާފައޮއްވާ ވައިރަސް އެތެރެވިގޮތް ހޯދުމަކީ މުހިންމު ކަމެއް. ޢެކްސްޕޯއަށް ދިޔަމީހުން ކުށްވެރި ކުރާކަށް ނޫޅޭ. އެހެނީ އޭރު އަދި މިކަމާބެހޭ މާކަބޮޑު މައުލޫމާތުތަކެއް ލިބިފަނެތިވެސް އޮވެދާނެ.
އިގިރޭސި ވިލާތުން އައި މީހުންގެ ވެސް މައުލޫމާތު ހޯދާ އެމީހުންވެސް އެންޓި ބޮޑީސް އަށް ޓެސްޓް ކޮށް އެކަން ރައްޔިތުންނަށް ހާމަކުރައްވާ. ރައްޔިތުންގެ ހިތުގަ މި އުފެދުނު ޝައްކުތައް ފިލުވާލަ ދެއްވާ. މިހާރު ތި ހައްދަވަނީ ވިޗް ހަންޓް. ތި އެކްސްޕޯ އިން އައިމީހެއް ޗާންސަކުން ނަމަވެސް އެންޓި ބޮޑީ ހުރެއްޖެނަމަ، އެއީ ޒީރޯ ކޭސް ނުވަތަ އިންޑެކްސް ކޭސް ކަމަށް ޢިޢުލާން ކުރަނިކޮށް އަސްލު އިންޑެކްސް ކޭސް ހައްިޑް ކުރެވިދާނެ ކަމަށް ތި ބަލަނީ. އެކަމަކު ކޮންމެވެސް ދުވަހަކުން ހަގީގަތް ފަޅާއަރާނެ. އިހުމާލުވީ ބަޔަކަށް ދައުވާވެސް އުފުލޭނެ، އަދި ވަރުގަދަ ކްރިމިނަލް ހުކުމްތައްވެސް އަންނާނެ.
ރާއްޖެއިން ބޭރުގަ ތިބި ހުރިހާބަޔަކު މަލެއަށް ގެނެސް އަޅަމުން ގެންދޭ ކަލޭމެން ކޮންކަމަކާ ހާސްވާކަ ހުރިހާ ބިރެއް އޮތީ ނިކަމެތި ރައްޔަތުންނަށް. ކަލޭމެން ބޭނުންވާބަޔަކު ކޮރަންޓީން ފެސިޓީތަކަށް ވެސް ގެންދަންވާނީ. އަދިވެސް އަހަރުމެން ރިސޯޓްތަކުގަ ކަރަންޓީންގަ ތިބެފަ ފުރަން އައީމަ މިތަނުގަ ހައްޔަރު ކޮށްގެން މިއުޅެނީ. ހީވަނީ. މިހާރު ބިރުހީވާން ފަށައިފި. ބަލި ނުޖެހެނީސް ދޫނުކުރަންވެގެންހެން ހީވަނީ މިތަނުގަ ބަނދެގެން މިއުޅެނީ.
ކޮވިޑް ގަދައަށް ފެތުރިފާ ވަނިކޮށް ނަސީދު އިގިރޭސި ވިލާތަށް ދިޔަގޮތާއި އެދުވަސްވަރު އޭނަ ދެއަކި ވާހަކަތަކާއި އޭނައައި ފްލައިޓުން އައި މީހުން ފަހުން ޓެސްޓް ކުރިގޮތާއި ނަތީޖާ އާއި އަމިއްލަޔަށް އައިސް މަށޭ ގޮވުމުގެ ބަދަލުގާ ބޯޑަރ ކޮންޓްރޯލުން ފްލައިޓް ތަކުގެ ޕެސެންޖަރ ލިސްޓްތަކާ އިމިގްރޭސަން އާއި އެއާލައިން އިން އެރައިވަލް ހޯދަން ވީއެއްނު ދެން އެމީހުން ކިބައިތޯ ބަލަންވީ ދޯ.ޒިންމާދާރު ވާން ދަސްކޮށްބަލަ.
ކިހާ ބޮޑު ނުހޮރޮއްޕާނެއް ކަލޭމެން ބޭނުން ތަނަކުން ބޭނުންވާ ބަޔަކު ގެނައުމުގެ ކުރިން އަހަރެމެންނަށް ރަށަށް ދޭވޭނެ މަގެއް ފަހިކޮށްދޭށޭ. މިތަނުގަ ނެއް އެއްވެސް ރަށްކާތެރިކަމެއް.. ކަލޭމެންގެ މަޤްސަދުވެސް މިހާރު އޮޅިއްޖެ. ހީވާގޮތުން އަހަރުމެންވެސް މިކަމާ ލައިނުގަންނަނީސް ދޫދޭނެހެނެއް ހީއްޔެއް ނުވޭ. މިތަނުގަ ކޮންމެދިމާލަކުންވެސް ބިރުވެރިކަން. ރިސޯޓްގަ ތިބެފަ ފުރަން އައީ ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފަ. މިކަން އިގޭނެ ހުރިހާ މުއައްސަސާއެއްގެ ވެރީންނައް. އެކަމަކުވެސް ޖާހިލުކަމާއި ޖައްބާރުކަން ބޮޑުވެގެން ގޮސް ހައްދުފަހަނައަޅާ ތިބީމަ ހިފަހައްޓާއގެން ތިބީ.
މޮޔަގޮވަނީތަ މިހާރު...
ރާއްޖެއަށް ބަލިއެތެރެވި ގޮތެއްއަދިވެސް ނޭގޭދޯ؟
އަދި ތަންކޮޅެއް އަވަސް ތިޔަ ވިދާޅުވާ މީހުންހޯދަން މިހާރު ތިޔަ ތިލަވަނީ މަޑުމަޑުން އަސްލު އެހެންވީމަ މިހާރު އެބަ ގަބޫލް ކުރެވޭ ސޯސަލް މީޑިޔާގައި އެދައުރު ވީގިނަ ވާހަކަ ތަކަކީ ހަގީގަދެއްކަން މިބޭފުޅުންގެ އިހުމާލުންބާ މިގައުމައް މިވައިރަސް މި ވަކިހިއްޕާލީ ވާނެ ހައެތި ވީހާ ދެން ދުއްވައިގަތަކަސް އެދުވަހެއް އަނބުރައެއް ނުގެނެވޭނެ ދެންވެސް ފަރުވަ ތެރިކަމާއެކު މުސްތަގްބަލް ރަގަޅައް ނުފޫޒުން އެއްކިބާ ވެގެން ކުރެއްވޭތޯ ބައްލަވާ
މީހުންބުނާތީ އަޑުއަހަން ކޮވިޑު19 އަކީ ގ.ކެނަރީގޭގަ ފޮރުވައިގެން ގެންގުޅުނު އެއްޗެކޯ، ވޯޓުކައިރިވީމަ ރުށުރެރެއަށް ދޫކޮއްލީޔޯ؟
ޡިމީހުން ހޯދާފަ ތިބުނާ މީހުންނާ ކޮންޓެއްޓު ވީމީ ހުން ހޯދޭނެ ތޯ ! މިއުޅެނީ ޖެހިފަހުރި މީހެއް ފެންނަ ތާ ދެދުވަސް ވާއިރަށް 200މީހުން ނުގުނިގެން ! ފަރުވާކުޑަ ވެފަމިއޮތީ !
ޢަހަންނަކީ ގަލްފު ފުޑް ފެއައް ދިޔަ މީހެއް. ޢަހަރެންގެ ފަރާތުން ކޮވިޑް 19 ގެ އެއްވެސް އަލާމާތެއް ނުފެނޭ އަދި އަހަރެން އައި ފަހުން 2 މަސްވެއްޖެ. މައުލޫމާތައްޓަކައި ބުނެލީ.
ޢޮޅުވާނުލާ ސަރުކާރުގަ ވީލިސްޓް ކޮބާ؟
ޚެނެރޫގެ ޕާޓީ ކުރިލިސޓް ޗެކްކޮށްލާ.. ރައްޔިތހުން ނައް ދިން އަނީޔާ ދައުވާ ވެސް ކުރާނަށް... ޢޭނަ ބޭރުކުރޭ އިންޑިޔާ އަށް
ސަރުކާރުގެ ނާގަބިލިއްޔަތުކަން ވަރައްފުރިހަމައަށް ފެނިގެން ގޮސްފަ މިވަނީ.