ދުބާއީ އިން މޯލްޑިވިއަންގެ ކާގޯ ފްލައިޓުން ގިނަ އަދަދެއްގެ މުދާ ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ ގިނަ އަދަދެއްގެ މޭވާއާ ތަރުކާރިއާ އަދި ސިއްހީ ބައެއް ސާމާނުތައް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން 6.8 ޓަނުގެ މުދާ ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މި ތަކެތި ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
A little while ago, our Cargo freighter loaded with around 6237 Kgs of perishable & medical goods landed in @VelanaAirport from Dubai. #COVID19#Maldivian 🇲🇻#RamadanMubarak pic.twitter.com/2LaVOkwOHc
— MaldivianAero (@MaldivianAero) April 27, 2020
މޯލްޑިވިއަން އިން ދަނީ ސްރީލަންކާ، ތައިލެންޑް، އިންޑިއާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖެއިން ބޭރުން މޯލްޑިވިއަން އިން މުދާތައް ގެންނަމުން އަންނައިރު ދާދިފަހުން ކޮވިޑް-19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ބާއްވާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މޯލްޑިވިއަން އިން ކާގޯ ފްލައިޓުތައް ރަށްތަކަށް ބާއްވަނީ ރަށްރަށަށް ބޭނުންވާ މުދާތައް ގެންދިއުމަށް ކަމަށެވެ. އެ ފްލައިޓުތައް ކޮންމެ ދުވަހަކުވެސް އޮންނާނެ ކަމަށާއި އެ ފްލައިޓުގައި ކަރަންޓީން ނިންމާފައިވާ މީހުންނަށް އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މޯލްޑިވިއަން އިން މީގެކުރިން ވަނީ ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިންވެސް ރާއްޖެ ގެނެސްދީފައެވެ. އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއާ މެލޭޝިޔާ އަދި ސްރީލަންކާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ މޯލްޑިވިއަންގެ އެހީގައި ރާއްޖެ ގެނެސްދީފައެވެ.
1. މިދަނޑިވަޅުގައި މިފަދަ ތަކެތި ރާއްޖެގެނައުމަމަކީ ރަނގަޅުކަމެއް.. އެކަމަކު މިތަކެތި ޑިސްއިންފެކްޓް ކުރޭތޯ ނުވަތަ ނޫންތޯ މިއީ ހިތުގައި އުފެދޭ ސުވާލެއް...
2. މިތަކެތި ހޭންޑަލް ކުރުމުގައި ގެންގުޅުއްވާ ގޮތަކީ ކޮބާތޯ.
3. ރާއްޖޭގެ ހުރިހަރަށަކަށް ކާގޯ ފުލައިޓް ބޭއްވުން އެއީ ސަރުކާރަށް ބޮޑު ޙަރަދަކަށްނުވޭތޯ... އަޅުގަނޑަށް ހީވަނީ މިއީ ރޭވުމެއްގެ ތެރެއިން ސިޔާސީ ބޭފުޅުން ނުވަތަ ސަރުކާރު ތެރޭގައި ތިއްބަވާ ނުފޫޒްގަދަ ބޭޅުން ރަށަށް ދިއުމަށްޓަކާ ބާއްވާ ފުލައިޓްތަކެއްހެން.. އަޅުގަނޑު ގެއާދޭހަކީ ބަލިޖެހިފައިފާ ރަށަކުން އެހެން ރަށަކަށް އަޅުގަނޑު މެންގެ އެއްވެސް ލޮބުވެތި ރައްޔިތަކު ދަތުރު ނުކުރުން ..
ﷲ ހުރިހާ އެންމެންނަށް ރަޙްމަތްލައްވާ މިކަމުން އަޅުގަނޑުމެން ސަލާމަތް ކުރައްވާށި އާންމީން.
ތީގަތޯ މެޑްލެބްއާއި ހަވާލުކޮށްގެން ގެންނަ ވެންޓިލޭޓަރތައް ގެންނަނީ.