ގދ.ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އެއަތޮޅު މަޑަވެލީ އުމުރުން 87 އަހަރުގެ ފިރިހެނަކަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ހޮސްޕިޓަލުން ލަފާކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްފަހު ހިނެވުމެއް ނެތި ތަޔައްމަމު ކޮށްފައި ވަޅުލައިފިއެވެ.

ނިޔާވި ހަސަން އަހްމަދުގެ އާއިލާ މެންބަރަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެޗްޕީއޭ އިން ތިނަދޫގައި ހަރަކާތްތެރި ވުމަށް ހަދާފައިވާ ޓާސްކްފޯސް މެންބަރުންނާއި ތިނަދޫ ކައުންސިލް އިސްވެރިން ހަސަން އަހްމަދާއި މެދު ކަންތައް ކުރިގޮތުން ނުހަނު ހިތާމަކޮށްދެރަވެ އެކަން ކުށްވެރިކުރާކަމަށެވެ.

"ބައްޕަ ގދ.ތިނަދޫއަށް ގެންގޮސް އައިސީޔޫގެ ވެންޓިލޭޓަރ ގައި ތިން ދުވަސް ވަންދެން އޮވެފައި ބައްޕަ ނިޔާވި އިރު ކޮވިޑް އަށް ޝައްކުވާނަމަ ޓެސްޓް ނުކޮށް ތިބުމަކީ ތިނަދޫ ހޮސްޕިޓަލް ގެ ނުކުޅެދުންތެރިކަމެވެ. ބައްޕަ ނިޔާވުމުން ބައްޕަ ކޮވިޑް އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ފަހު އައިސީޔޫ ތަޅުލާ އެތަނަށް ބައްޕަ ކައިރީގައި ތިބި އެއްވެސް ދަރިއަކަށް ނުވަދެވޭނެހެން ބަންދު ކުރިއެވެ. ތިބޭފުޅުން ރައްކާތެރި ކަމުގެ ފިޔަވަޅުއަޅަންޏާ ބައްޕައަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނު ނުކޮށް ޑިއުޓީގައި ބައިތިއްބާފައި ތިބީ ކީއްވެގެން ތޯ ސުވާލު އުފައްދަމެވެ." ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

ޕޯސްޓްގައި ބުނެފައި ވަނީ ހަސަން އަހްމަދު ނިޔާވުމުން ހަށިގަނޑު ރަށަށްގެންނަން ހުއްދައަށް އެދުނީމަ އެހުއްދަ ނުދެއްވާ އެންގީ ތިނަދޫގައި ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އެހެންކަމުން ބައްޕަ ވަޅުލަން ރަށުން ބައްޕަގެ ދަރިންނާއި ކާފަދަރިން ތިނަދޫއަށް ދިޔުމުން ތިނަދޫ ޕޮލިހުންނާއި ކައުންސިލް އިސްވެރިން އަޅުގަނޑުމެން ފޭބިޔަނުދީ އެންގީ ބައްޕަގެ މޫނު ބަލަން ފައިބަންޖެހޭނީ ހަމައެކަނި ދަރިން ކަމަށެވެ. އެކަމަކު ބައްޕަ ވަޅުލަން ތިނަދޫއަށް ދިޔުމަށް އެޗްޕީއޭގެ އެއްވެސް އިއުތިރާޒެއްނެތެވެ. އެބޭފުޅުން އަޅުގަނޑުމެން އެރަށަށްއެރުމަށް ހުއްދަދިނެވެ. ނަމަވެސް ތިނަދޫ ކައުންސިލުންނާއި ޕޮލިހުން އެންގީ ބައްޕަ ގެ މޫނުބެލުމަށް ހަމައެކަނި ދެވޭނީ ބައްޕަގެ ދަރިންނަށް އެކަނި ކަމަށާއި އިތުރު ބަޔަކަށް ތިނަދޫއަށް ނޭރޭނެ ކަމަށެވެ." ޕޯސްޓްގައި އިތުރަށް ބުނެފައި ވެއެވެ.

"ބައްޕަ ވަޅުލުމުގެ ކަންތައް ކުރާނީ ތިނަދޫ އިން ހަމަޖައްސާ ބަޔަކު ކަމުގައެވެ. ބައްޕަ ވަޅުނުލާ މަތީގައި ގިނައިރު ވާތީ އަޅުގަނޑުމެން އެގޮތާއި ވެސް ރުހުނީމެވެ. ނަމަވެސް އެއްމެ ފަހު ވަގުތު ބައްޕަ ހިނަވަން ހަމަޖެއްސި މީހުންނާއި ކަފުން ކޮނެދޭން ހަމަޖެހުނު މީހުން ވެސް ފިލީއެވެ. ތިނަދޫ ކައުންސިލުންފޯނަށް ޖަވާބުދާރީ ނުވެ ރައްކާވީއެވެ. ކޮވިޑް ދެކެ ގަންނާކުރައްވާ ބިރުންނެވެ. އެއްމެ ފަހުން ބައްޕަ ނުހިނަވާ ތަޔައްމަމު ކޮށްފަ ވަޅުލީއެވެ. ވަޅު ކޮންނަން ވެސް ދާންޖެހުނީ އަހަރެމެން ދޯނިންއެކޮޅަށްގޮސްހުރި ބައްޕަގެ ކާފަދަރިއެކެވެ." ޕޯސްޓްގައި ބުނެފައި ވެއެވެ.

ޕޯސްޓް ކުރި ފަރާތުން ބުނެފައި ވަނީ ބައްޕައަކީ މިއަހަރު ފެއްޓުނު ފަހުން މާލެ ދަތުރުކުރި މީހެއް ނޫން ކަމަށެވެ. އަދި މާލެއިން މަޑަވެއްޔަށް އައި މީހަކާއި ކޮންޓެކްޓްވެފައި ހުރި ފަރާތެއްވެސް ނޫން ކަމަށެވެ. މީގެ އިތުރުން މަޑަވެއްޔަކީ މިހާތަނަށް ކޮވިޑް އަށް ޝައްކުވާ މީހަކު ވެސް އައި ރަށެއް ނޫން ކަން އޭނާ ފާހަގަ ކުރިއެވެ. އެހެންކަމުން ބައްޕައާއި ދޭތެރޭ ކަންތައް ވެގެން މިދިޔަ ގޮތުންނާއި ތިނަދޫއިން މިއެޅި ހަރުކަށި ފިޔަވަޅުތައް ނުހަނު ބޮޑަށް ކުށްވެރިކޮށް އެކަމާ އާއިލާ އިން ހިތާމަ ކުރާކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް ތިނަދޫ ކައުންސިލްގެ ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައްޔިތާގެ މޫނު ބެލުމަށް ތިނަދުއަށް އައުމަށް އޭނާގެ އާއިލާގެ 18 މީހަކަށް ހުއްދަ ދިނިން ކަމަށެވެ. މައްޔިތާ ވަޅުލުމަށް ވަޅު ކޮނުމުގެ ކަންކަން ކުރީ ވެސް ކައުންސިލުން ހަމަޖެއްސި މީހުން ކަމަށާއި އާއިލާ އިން ދައްކާފައި ވަނީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

ކައުންސިލް ރައީސް ވިދާޅުވީ އިތުރު މައުލޫމާތު އެނގިވަޑައިގަންނަވާނީ ހޮސްޕިޓަލަށް ކަމަށެވެ. މިކަމާއި ގުޅިގެން އަދި ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ހަސަން އަހްމަދުގެ ދަރިއަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބައްޕަ އަކީ ފުއްޕާމޭގެ ބައްޔަކަށް ބޭސް ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ މީހެއް ކަމަށާއި ކޮންމެ ތިން މަހަކު މާލެ ގެނެސް ޑޮކްޓަރަށް ދައްކަމުން އައި ކަމަށެވެ.

"ނަމަވެސް މިފަހަރު ކޮވިޑް-19 ގެ ކަންތައްތައް އޮތުމުން މާލެ ނުގެނެސް ބޭސް އިތުރު ކުރީ. ބޭސް އިތުރުކޮށްފައި ވަނިކޮށް ރޯގާ ޖެހި، ނޭވާ ލާން ދަތިތަކެއް ހުރުމުން ތިނަދުއަށް ގެންދިޔައީ. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ތުހުމަތު ކުރިއިރު ޓެސްޓް ނުކޮށް ތިން ދުވަސް ވެގެން ދިއުން. އަދި ބައްޕައަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އަދިވެސް ހޮސްޕިޓަލްގެ ފްރަންޓް ލައިންގައި ތިބުން." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް އެޗްޕީއޭ އިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

  1. ހުވަދޫ

    މިޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން. އިހުމާލުވެފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަން

    409
    14
    • ޒަބާދުކުޑޭ

      ކޮން ފިޔަވަޅެއްތޯ އަޅާނީ .ފިޔަވަޅު އަޅަންތިބި މީހުން ތިޔަކަމެއްކުރީ. ކަމެއްގޯސްކޮށްހިނގާގެން ކުރާ ސުވާލަށް މަބުރޫކު ދޭޖަވާބަކީ އަދި ތިޔަކަން އެނގިފައެއްނެތޭ ލައިވްނިންމާލާފައި ޖަވާބެއްދޭނަމޭ. އޭރުންތާ ރައްޔިތުންނަށް އެވާހަކަތައް ނޭގޭނީ. ލައިވްކޮށްފިއްޔާ އެދޮގު އެތަށްބަޔަކަށް އެނގޭނެ.

      28
      6
  2. ޢެކުވެރިޔާ

    އަޅުގަނޑުގެ ފިރިމީހާގެ ލޮބުވެތި ބައްޕަ (އަލްމަރުހޫމް ހަސަން އަހުމަދު،87އަރު/އާގެ ގދ.މަޑަވެލި)އާއި ދޭތެރޭ ގައި ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެޗް ޕީ އޭ އިން ތިނަދޫގައިހަރަކާތްތެރި ވުމަށް ހަދާފައިވާ ޓާސްކްފޯރސް މެންބަރުންނާއި ތިނަދޫ ކައުންސިލް އިސްވެރިން ކަންތައް ކުރިގޮތުން ނުހަނު ހިތާމަކޮށްދެރަވެ އެކަން ކުށްވެރިކުރަމެވެ.
    ބައްޕަ ގދ. ތިނަދޫއަށް ގެންގޮސް އައިސީޔޫގެ ވެންޓިލޭޓަރ ގައި 3 ދުވަސް ވަންދެން އޮވެފަ ބައްޕަ ނިޔާވި އިރު ކޮވިޑް އަށް ޝައްކުވާނަމަޓެސްޓް ނުކޮށް ތިބުމަކީ ތިނަދޫ ހޮސްޕިޓަލް ގެ ނުކުޅެދުންތެރިކަމެވެ. ބައްޕަ ނިޔާވުމުން ބައްޕަ ކޮވިޑް އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ފަހު އައިސީޔޫ ތަޅުލާ އެތަނަށް ބައްޕަ ކައިރީގައި ތިބި އެއްވެސް ދަރިއަކަށް ނުވަދެވޭނެހެން ބަންދު ކުރިއެވެ. ތިބޭފުޅުން ރައްކާތެރި ކަމުގެ ފިޔަވަޅުއަޅަންޏާ ބައްޕައަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނު ނުކޮށް ޑިއުޓީގައި ބައިތިއްބާފައި ތިބީ ކީއްވެގެން ތޯ ސުވާލު އުފައްދަމެވެ.
    އަޅުގަނޑުމެން ބައްޕަ ނިޔާވުމުން ރަށަށްގެންނަން ހުއްދައަށް އެދުނީމަ އަޅުގަނޑުމެންނަށް އެހުއްދަ ނުދެއްވާ އެންގީ ތިނަދޫގައި ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ބައްޕަ ވަޅުލަން ރަށުން ބައްޕަގެ ދަރިންނާއި ކާފަދަރިން ތިނަދޫއަށް ދިޔުމުން ތިނަދޫ ޕޮލިހުންނާއި ކައުންސިލް އިސްވެރިން އަޅުގަނޑުމެން ފޭބިޔަނުދީ އެންގީ ބައްޕަގެ މޫނު ބަލަން ފައިބަންޖެހޭނީ ހަމައެކަނި ދަރިން ކަމަށެވެ. އެކަމަކު ބައްޕަ ވަޅުލަން ތިނަދޫއަށް ދިޔުމަށް އެޗްޕީއޭގެ އެއްވެސް އިއުތިރާޒެއްނެތެވެ. އެބޭފުޅުން އަޅުގަނޑުމެން އެރަށަށްއެރުމަށް ހުއްދަދިނެވެ. ނަމަވެސް ތިނަދޫ ކައުންސިލުންނާއި ޕޮލިހުން އެންގީ ބައްޕަ ގެ މޫނުބެލުމަށް ހަމައެކަނި ދެވޭނީ ބައްޕަގެ ދަރިންނަށް އެކަނި ކަމަށާއި އިތުރު ބަޔަކަށް ތިނަދޫއަށް ނޭރޭނެ ކަމަށެވެ. އަދި ބައްޕަ ވަޅުލުމުގެ ކަންތައް ކުރާނީ ތިނަދޫ އިން ހަމަޖައްސާ ބަޔަކު ކަމުގައެވެ. ބައްޕަ ވަޅުނުލާ މަތީގައި ގިނައިރު ވާތީ އަޅުގަނޑުމެން އެގޮތާއި ވެސް ރުހުނީމެވެ. ނަމަވެސް އެއްމެ ފަހު ވަގުތު ބައްޕަ ހިނަވަން ހަމަޖެއްސި މީހުންނާއި ކަފުން ކޮނެދޭން ހަމަޖެހުނު މީހުން ވެސް ފިލީއެވެ.ތިނަދޫ ކައުންސިލުންފޯނަށް ޖަވާބުދާރީ ނުވެ ރައްކާވީއެވެ. ކޮވިޑް ދެކެ ގަންނާކުރައްވާ ބިރުންނެވެ. އެއްމެ ފަހުން ބައްޕަ ނުހިނަވާ ތަޔައްމަމު ކޮށްފަ ވަޅުލީއެވެ. ވަޅު ކޮންނަން ވެސް ދާންޖެހުނީ އަހަރެމެން ދޯނިންއެކޮޅަށްގޮސްހުރި ބައްޕަގެ ކާފަދަރިއެކެވެ.
    ބައްޕައަކީ މިއަހަރު ފެއްޓުނު ފަހުން މާލެ ދަތުރުކުރި މީހެއްވެސް ނޫނެވެ އަދި މާލެއިން މަޑަވެއްޔަށް އައި މީހަކާއި ކޮންޓެކްޓްވެފަ ހުރި ފަރާތެއްވެސް ނޫނެވެ. އަދި މަޑަވެއްޔަކީ މިހާތަނަށް ކޮވިޑް އަށް ޝައްކުވާމީހަކު ވެސް އައި ރަށެއް ނޫންމެއެވެ. އެހެންކަމުން ބައްޕައާއި ދޭތެރޭ ކަންތައް ވެގެން މިދިޔަ ގޮތުންނާއި ތިނަދޫއިން މިއެޅި ހަރުކަށި ފިޔަވަޅުތައް ނުހަނު ބޮޑަށް ކުށްވެރިކޮށް މިކަމާއި އަޅުގަނޑުމެން ހިތާމަކުރަމެވެ.
    ސަރުކާރުން މިކަމުގައި އިހުމާލުވެފައިވާފަރާތްތައް ހޯދާ ފިޔަވަޅު އެޅުމަށްވެސް މިފުރުސަތުގައި ގޮވާލަމެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބައްޕަ އަށް ފަރުވާދެއްވި އެއްމެހާ ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނުކޮށް ތިނަދޫ ހޮސްޕިޓަލް މޮނިޓަރިން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ!

    302
    15
    • ރަހްމަތު

      ފަހަރެއްގަ ވެދާނެ ކޮވިޑަށް ޝައްކު ކުރެވުނީ މަރުވުމުގެ ފަހުންކަމަށްވެސް... މަރުުވިތޯ ޔަގީން ކުރުމުގެ ގޮތުން ބެލިބެލުމުން ކޮވިޑްގެ އަލާމާތެއް ފެނުނނީ ކަމަށްވެސް ވެދާނެ..
      ދެން ތަޔައްމަމް ކޮށްފަ ވަޅުލުން އެއީ މައްސަލައެއް ނޫން ކަމަށް ދީނީ އިލްމުވެރީން އަންގަވަނީ
      ހެޔޮއެއްގޮތެއްވެސް ނެތް

      10
      49
  3. Anonymous

    މީކޮންފަދަ ނުކުޅެދޭ ނާގާބިލް ސަރުކާރެއް! މިބައިގަނޑު މިއުޅެނީ ސަލާންޖެހުމުގައި އަވަދިނެތި!އެއްރަށުން އަނެއްރަށައް ނުދެވެއޭ ކިޔާ ބުހުތާނުދޮގު މާލެއިންވެސް އެކިރައްރަށައް މީހުން އެބަ ފޮނުވާ!މިރަށުގައިވެސް އެބައުޅޭ މާލެއިން ސީދާ އައިސްގެން އުޅޭ މިރަށުގެމީހުން!ކިހާ ދެރަކަމެއް!

    205
    32
  4. Anonymous

    މުގުރިހަ ސަރުކާރެއް މީނަމުގަ! ވާ ފައިދާއެއް މަންފާއެއް ނެތް!މީ ވެރިކަމަށް ކުފޫހަމަވާ ބައެއްނޫން

    188
    31
  5. ހައިރާން ވެއްޖެ!

    ތީ ހާދަ ހެއްވާ ކަމެކޭ!!? ތިކަން ކުރި މީހުންގެ ބޯ ހުންނަނީ ހަމައެކަނި ފުނާ އަޅަން ދޯ!!?? އަހަރެން ތިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން.??
    މާތް ﷲ އަލްމަރުހޫމް ހަސަން އަހްމަދުގެ ފުރާނަ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.?? އަދި މަރްހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ! އާމީން.??

    353
    8
    • ބިނޫ

      ފުނާ އަޅާކަށްވެސް ކަމަކުނުދޭ ދެލޯފުޅާ..މި މުގުރިހަ ސަރުކާރު ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭ!

      154
      25
  6. ބޯގޯސް

    މިސަރުކާރު ގެ ހުރި ހަޔާތްކުޑަވަރު ގެ ކުޑަތަންފުކެެއ މި އެނ ގިގ ގެން މިދިޔައީ

    220
    30
  7. އައިމީ

    އެކި ނޫސްތަކުން ޚަބަރުތައް އަންނަނީ އެކި ގޮތަށް. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާނީ ކީރިތިވަންތަﷲ. މިހެން ކިތަންމެ ޚަބަރެއް ލިޔާ ފަހުން އަދި ޙަަޤީޤަތޭ ކިޔާފަ ފަހުން ގެނެސްދޭނީ އެހެން ވާހަކަތަކެއް.

    189
    11
  8. ޔަހުޔާ

    ވަގުތު ނޫޙުން ތިލިޔަނީ ޒިންމާދާރުކަން ކުޑަކޮއް މިދުވަސް ކޮޅު އާމުންގެ ތެރެއައް ތިކަހަލަ ބިރުވެރި ހަބަރު ނުފެތުރުން އެދެން

    72
    238
    • ދެރަވަން

      ވަގުތު ނޫސް ބަރާބަރު..ރައްޔިތުން ނަށް ތެދު މަޢުލޫމާތު ދިނުމުގައި އެންމެ ކުޅަދާނަ އީ ވަގުތު މީޑިއާ...ބިރުވެރިކަން އުފެދޭ ގޮތަށް ކާކު ވާހަކަ ދެއްކީ؟؟؟؟؟؟؟؟

      32
      4
  9. ކޮރޯނާ

    މިއަށްވުރެ ރަނގަޅަށް ރާއްޖޭގައި މިކަންކަން ކުރެވެންޖެހޭނެ.

    178
    7
  10. ައެނޯން

    ގދ.ތިނަދޫގެ "ޓާސްކް ފޯސް"ގެ ނާގާބިލު ކަމެއް ނޫންތޯ އެއީ! އާއިލާއިން މިފަދަ ހާލަތެއްގަ ދޮގެއް ހަދާނެހެން ހިއެއް ނުވޭ! މިމައްސަލަ އިތުރަށް ބަލަން ފެނޭ! ތިނަދޫގެ ތިޔަ ބުނުއްވި ހަސްފަތާލަކީ ފަރުވާކުޑަކަމާއި ބައެއް ނާގާބިލު މުވައްޒަފުން މަސައްކަތް ކުރައްވާ ތަނެއް!

    212
    11
  11. ޟިރު

    “ ބައްޕަ ނުހިނަވާ ތަޔައްމަމު ކޮށްފަ ވަޅުލީއެވެ.” މި ތާ ކޮބާ މަސައްލަ އަކީ؟ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭއިރު ދެން ދުނިޔޭގަ ދިރިތިބިންގެ ފުރާނަ އަށް ވިސްނާނެ. އާއިލާ ބޭފުޅެއް މަރުވެގެން ދިއުމުން ހިތާމަކުރާނެ ޖަޒުބާތުގަވެސް ނުބުނަން ހުންނަ އެއްޗެއްސް ބުނެވޭނެ.. ތިބޭފުޅުންނަން ދުނިޔެ ފެނޭހެއްޔެވެ. ދެއްލަކަށް ވުރެ ގިނަ މިީހުންނަކީވެސް ހަމަ ތިކަހަލަ ލޯބިވާ އާއިލާ ބޭފުޅުން. މަރުވީވެސް އެކަަނި އޮވެ!. މަރުހޫމަށް ސުވަރުގޭގެ ދާއީމި ނިއުމަތް ލައްވާށި!

    59
    208
    • ޑަބިޔާ

      މައްސަލައަކީ ކޮވިޑް އަށް ޓެސްޓް ކުރެވެން ހުރެފަ ނުކުރުން. ރަސޫލުންގެ ޒަމާނުގަ ބޮޑެތި ބަލިތައް ފެތުރިފަ އިބަހުރި އޭރު ނޭންގުނަސް މިހާރު ޓެސްޓްކޮއް ޔަގީންކުރެވޭ. ފޯސްޓް މޯޓަންވެސް ހެދޭ. ދެންބަލަންވީ ކުރީގަ ބަލިމަޑުކަމެއްގަ ބަލިޖެހިފަ ހުރިމީހަކު މަރުވުމުން ވަޅުލިގޮތް ސައްހަ ހަދީސްއަކުން މިއުންމަތައް އައިސްފަ އިންގޮތް.

      55
      6
      • ކަލޭނޭ

        މާލެއިން ޓެސްޓް ކުރެވުނަސް ރަށްރަށުން ނުކުރެވޭ. ޗާރޓަރ ފްލަިއޓް އެ ލިބެންދެން ސާމްޕަލް ނުފޮނުވިފަ ތިބެން ޖެހޭ ރަށްތަކުން ސާމްޕަލް ނެގުމަށްފަހު. ސާމްޕަލް ނެގި ނަމަވެސް ރިޒަލްޓް ނުލިބެނީސް އެ ފުރާނަ ގެއްލި ދިޔުން އެއީ އެ ހޮސްޕިޓަލް ޒިންމާ ނަގަން ޖެހޭ ކަމެއކަމަށް ނުދެކެން

        10
        11
  12. ސަމި

    މުޣުނީ ކިޔާ މީހަކު އެއީ ތިނަދޫ ގެ ޖާހިލު މެމްބަރު ދޯ. އެއީ ދޯ އެހެން މީހުންނަށް ކޮވިޑު ޖައސާފަ އިންތިޚާބު ކާމިޔާބު ކުރާނެ ކަަމަށް ބުނި މީހާ. ލަދު ކުޑަ ޖާހިލު

    183
    8
  13. އެމަންޖެ

    ސަރުކާރު ގޯހެއްނުވާނެ ، މިހާރު ތިޔައޮތީ މަރުވި މައްޔިތާ ގޯސްވެފަ. ސަރުކާރުގެ ނުކުޅެދުންތެރިކަމާއެވެ، ނުވާވަރުން ކަންކަން ނުކޮށްރީތި ބަހުން ތިމަންނަ މެންނައްނުވާނޭކިޔާ އިސްތިއުފާދީބަލަ.

    152
    21
  14. ހުސްނީ

    ތިކަމުގައި ތިނަދޫއިން ކަންކުރީ ރަނގަޅަކަށްނޫން. ވަރަށްގިނަ ކަންކަން ދޫކޮށްލެވިފައި އޮތްއިރު ކަންކަން ގެންދިޔަގޮތް ވަރަށްބޮޑަށް ނާތަހުޒީބުވެފަ ތިއޮތީ.

    143
    9
  15. އެދުރު

    މި ހުންނަނީ ވަރަށް ދެރަވަރު ކަންކަން ، ގާނޫނުން އެޗްޕީއޭ އަށް ދީފައިވާ ބާރުތަކެއް ރަށު ކައުންސިލުތަކަށް ދިނުމަކީ ކުރެވޭނެކަމެއް ނޫން. އަދި ތި ހަދައިގެން އުޅޭ ޓާސްކްފޯސްގަ ތިބެނީ ޖާހިލު އެކްޓިވިސްޓުން. ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ. މައްޔިތުން ހިނަވައިގެންތަ މުޅި ރާއްޖޭގަ ކޮވިޑް މި ފެތުރެނީ. ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މައްޔިތުންް ނުހިނެވެންވީ އެއްވެސް ސަބަބެއްނެތް. ކޮވިޑް ދެކެ ބިރުގަންނަ މީހުން ފިލައި ތިއްބަސް ޢާއިލާއަށް މައްޔިތާއަށް ކަށުކަމާކެމީގެ ހުރިހާ ކަމެއް ކޮށްދިނުމުގެ ފުރުސަތު ދޭން ޖެހޭ

    141
    5
  16. ޢަބްދުއްލަޠީފު

    ކައުންސިލްތަކަށް މިނަސްވުރެ ބޮޑެތިބާރުތައް ދިނީމަ ތިކަހަލަ ބަިވަރު ޖެއްސުން ކުރާނެ. އައްޑޫ ސިޓީ އަށް ވެސް މިއުޅެނީ ތިޔަޒާތުގެ ބަލާވެރިކަން ޖެހިގެން. މިތާނގަ ބައްޔަށް ޕޮޒިޓިވް މީހާކު ވެސް ނެތީސް ހުރިހާތަނެއްގަ ބަންދު އަޅުވައިގެން ހީވަނީ ކައުންސިލް މޮޔަވެދާނެ ހެން. ހަކުރުބޯމީހުންގެ ބަލާވެރިކަންވެސް ވަކިން ކުޑައެއްނޫން. ކައުންސިލަށް މީގެންކަމެއް ހައްލު ކުރެވުނީއެއްނޫން. ދެން ބޮޑު ބަލާއެއް.

    94
    3
  17. ރައްޔަތުން

    ސަރުކާރުން ތައްޔާރު ވީވަރު މީ ގެންވެސް މިފެންނަނީ. ސަރުކާ ފޭލް. ބޮޑުތަނުން ފޭލްވެފާ

    123
    12
  18. މުއްއްމިރު

    ކަންކުރިގޮތް ރަންގަލެއްނޫ

    114
    6
  19. ޙަސަނު.

    ތިޔަކަމަށް ތިއޮތީ އިހުމާލުވެފަ. ޥަރަށް ގިނަ މީހުން ބުނޭ ތިނަދޫގެ މީހުންނަކީ ވަރަށް ނުބައި ރަހުމް ކުޑަ ބައެކޭ. ޢެހެންތާ ތިވީ. ޙިތާމަހުރި. މައްޔިތާއަށް ހެޔޮ ރަހުމަތް ލައްވާށި. ޢާމީން.

    145
    4
    • ތ.ޒ

      މީހުން ދައްކާހާ ފިތުނަ ވެރި ވާހަކަދައްކާ ބޯބުރާންތިން ދައްކާ ވާހަކަ އަޑުއަހާ ތިކަހަލަ މީހުން އުޅޭތީ މައްސަލަ އަކީ. އެ ބަލި މީހާ ހިނުވާ ކންތައް ކުރީ ގައިޑްލައިނާ އެއްގޮތަށް. އެގަޑި އަކީ ތިނަދޫއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ގަނޑިއެއް ވީމަ ވަޅު ކޮނުން ލަސްވިޔަސް ، ވަޅުކޮނެ ހުރިހާ ކަމެއް ކުރީ ކައުންސިލް އިން. ތި އެޙީތެރރިން ނޫނީ ބައްޕަ ނިޔާވުމުން ބައްޕަ ހަދާން ވި ދަރިން ތިނަދޫ އަށް އެރުމަށް ކައުންސިލް އިން ހުއްދަ ނުލިބުމުން ޖައްސާ ސްޓަންޓް ތީ.

      4
      11
    • ޒަބާދުކުޑޭ

      ރަށަށް ނަންދިން އިރު ނަމަކަށް ހަވަރުތިނަދޫ ކިޔާފައި ވާނީ ކޮންމެސް ކަމަކާ ގުޅިގެން. މިހާރު ނަންރީތިކުރަން ތިނަދޫ ކިޔަސް ތިޔައީ ހަވަރުތިނަދޫ.

      10
  20. ޙަމަރޫކު

    ޢެސް އޯ ޕީ އާއިއެއްގޮތަށް ޓްރޭނިންގް ކުރިގޮތަށް ކަންވެނިމުނީ!

    80
    3
  21. ވާނުވާ

    ކީކޭ ބުނާނީ މިމީހުން ގެ އީމާންތެރިކަން ކުޑަކޮށް ވެސް ނެތީތަ ﷲ ތަޢާލާ އަށް ބިރުވެތިވެބަލަ

    88
    2
    • Anonymous

      ބަލިމަޑުކަމެއްގެތެރޭގައި އެބަލިހުރެދާނެ ކަމަށް ސައްކު ވާނަމަ ތަޔަންމަމު ކުރެވިދާނެ. ާއެހާބޮޑު ކަމެއް ނޫން އެއަި.ކޮށްތަުަތþŕŕŕ⁵⁵

      9
      24
  22. ޢެޑްމުންޑޯ

    ތިހޮސްޕިޓަލުގެ ވަރަށްބޮޑު ފެއިލަރ އެއްތީ ، ކޮވިޑް ކަމަށް ޝައްކުވާނަމަ ތިހޮސްޕިޓަލުގެ ޑަކްޓަރުންނާއި ނަރުހުންނަށް މިހާރު ހުންނާނީ ކޮވިޑް ޖެހިފައި

    96
  23. ޜ

    ފުލުހުންް ކަންތައްވެސް ތަންކޮޅެއް ބޮޑީ. ޓާސްކް ފޯސް ބުނާހާ ގޮތެއް ގަބޫލު ކުރާކަށް ނުޖެހޭ. އެޗް.ޕީ.އޭ އިން އެބަޖެހޭ މިކަމަށް ރަނ ގަޅު ހައްލެެއް ހޯދަން. ކައުންސިލް ތަށް ސައިޒް ކުރަން. ކޮންމެ އިންސާނަކުވެސް މަރުވާނެކަން އަން ގަވާފައިވާއިރު އެކަމަށް ތައްޔާރު ވުމަށް ހެޔޮ އަމަލު ކޮށް ނަމާދަށް ފަރުވާތެރިވުމަށް ގޮވާލުމަށް ޕްރެސް ނުބާއްވަނި ކީއްވެބާ. އެމީހެއް ގެ މަރު ލިއުށްވާފައިވަނީ ކޮރޯނާ ޖެހި ގެން ކަމަށްވާނަމަ ކިތަންމެ ވަރަކަށް ދުވިޔަސް ޖެހޭނެ

    88
    1
    • ހަގީގަތް

      ތިބުނީވެސް ތެދެކެވެ. އެކަމަކު ފުލުހުންނަށް ބޮލޭމް ކުރމުގެ ބަދަލުގައި ސަރުކާރު ކުށްވެރި ކުރާށެވެ. ބިކޯސް، އެފް.ވައި.އައި، ފުލުހުންނަށް އަމުރުކުރަނީ ސަރުކާރުންނެވެ. ދޭ ޖަސްޓް ފޮލޯ އޯޑާރސް?

      11
  24. ނަސީދު

    585 މިލިޔަން ދައުލަތުން ކަޓުވާލައިގެން ކީއްމިކުރަނީ

    83
    3
  25. ބޯކިބާ

    ޓެސްޓުކިޓުތައް މާލެއަށް ފުނިޖަހައިގެން އެތިބީ.

    76
    3
  26. ޚިޔާލު

    ހޮސްޕިޓަލުން ތިގޮތަށް ކަންކޮށްފައިވާނަމަ، ބަލިވެގެން ތިތަނަށް ދިޔުމަކީ ބިރުވެރިކަމެއް...

    90
    1
  27. މަންމަ

    ތިނަދޫ ކައުންސިލް ހާދަ ތަނެއް ދޮރެއް ނޭނގޭ ބައެކޭ...

    84
    4
  28. Anonymous

    މިފަދަ ނާޒުކް ވަގުތެއްގައި، ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އުފުލަންކެރޭ މުވައްޒަފުން ހޮސްޕިޓަލުގެ ވަޒީފާގައި ބޭތިއްބުން ވ މުހިއްމު. އެހެންނޫނީ ސަރުކާރުން ރެއާއިދުވާލު މިކުރާ ބުރަ މަސައްކަތުގެ ނަތީޖާ ނުފެންނާނެ

    59
    3
  29. ދިވެހި ކަތިބު

    މިކަމަކި ދެރަކަމެއް?

    61
  30. ގޮށްވަޅު

    މިމީހުންގެ ނުގުޅޭ ޑިވައިސްތިށްވިރުގަދައީދޯ ޑަބްލިއު އެޗްއޮވެސް މިވެރިންދެކެބިރުގަނޭ

    48
    1
  31. ޙައިކަލް

    ކޯވިޑަށް ތުހުމަތު ކުރަންޔާ ތިންދުވަސްވީއިރު ސާމްޕްލް ނުނެގުމަކީ ވަރަށް އަނިޔާވެރި އަމަލެއް..... ވަރަށް ދެރަ.... ތިއާއިލާ އެއް ނުދަނަން, އެކަމަކު ވަރަށް ދެރަވެއްޖެ....

    77
    3
    • ..

      ސާމްޕަލް ނެގި. ނަތީޖާ ނުލިބެނީސް ނިޔާވި

      3
      4
  32. ބަކުރުބެ

    ބަލިމީހިނަށް ފަރުވާކުރަން ތިބިމީހުން ކަރަންޓީން ކުރީމަ ދެން ފަރުވާދޭން ތިބޭނީ ކޮންބައެއްބާ!؟ ބޮއެހަލާކު

    18
    47
  33. ކުރިމަގު

    މިކަން ހިނގާފައިވާގޮތެއް ވީހައި އަވަހަކަށް ކަމާއިބެހޭ ފަރާތްތަކުން ބައްލަވައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުން މުހިއްމު. އަދި ހޮސްޕިޓަލަށްދާ ބަލިމީހުންނާއި އެދުމަތިކުރާ ބަލިމީހުންގެ ކަންކަން ޒިންމާދާރުކަމާއެކު ކުރާކަން ބެލެހެއްޓޭނެ އިންތިޒާމް ކަމާއިބެހޭ ފަރާތްތަކުން ހަމަޖެއްސުންވެސް މުހިއްމު.

    57
    1
  34. ހަުަުވަދޫ މީހާ

    ތިނަދޫ ކައުންސިލަށްވެސް ކަންތައް ބޮޑުވަނީ އާއިލާ އިން މައުލޫމާތު ދީފަ އޮތް ގޮތް.އެރަށުގެ ހޮސްޕިޓަލުގެ އިހުމާލު އެބައޮތޭ ބުނާކަށް ނުކެރުނު.

    58
    2
  35. ތުރިޕުލްއެލް

    ދުވާލަކު ދެއިރު ޕުރެސްކޮންފުރެސް ބާއްވާ ރައްޔިތުންކިބައިންމާފައްއެދުން ވަރައްގިނަވެއްޖެ އެއީއަދި ސަރުކާރައް ކަންކަމުން ރެކެންފަސޭަހަގޮތެއްވެސްނޫން އިބޫސޯލިހުއަށްދަންނަވަންއޮތީ ސަރުކާރެއްއެބައޮތްތޯ އޮތްނަމަ ސަރުކާރު ހިންގަނީ އެޗްޕީއޭ އިންތޯ ނޫނީ ރަށުކައުންސިލުންތޯ މިކަމުގެޒިންމާ ނުނެގިލަސްވަނީ ކީއްވެތޯ މިކަމުގައިހުމާލުވި އެންމެންނައް ހައްގު ދޭންޖެހޭ މީވަރައްދެރަވަރުކަމެއް

    61
    4
  36. އާދޭސް

    މި ފެންމަތިވީ ސީރިއަސްކޮށް ވިސްނަންވި މައްސަލައެއް. ފަރުވާދޭންތިބޭ މީހުން "ކޮވިޑް-19" ދެކެ މިހާ ބިރުގަންނަންޏާ ދެން ބަލިމީހުންނަށް ފަރުވާދޭނީ ކޮންބައެއް؟؟؟

    67
  37. ލާމް.ލާމް

    ބައެއް ރަށްރަށުގެ ޓާސްކްފޯސް ތަކުގަ ތިބެނީވާނުވާ ނޭންގޭ ބުރާންތިން. ކަމެއްސާފުކޮށްލަން ގުޅާލިޔަސް އެމީހަކަށް ބަވާލާފަ ފޯނު ބާއްވަނީ. ކަންކަން ހައްލުނުކުރެވޭ މީހުން ޓާސްކްފޯސް ތަކުގަ ތިބޭތީވާގޮތް. މައްޔިތާގެ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.

    60
  38. އިންސާފު

    ތި މައްސަލަ ބަލާ ތިކަން ތިގޮތަށް ކުރި ބަޔަކު ބަލާ ފިޔަވަޅު އެޅުމަށް ގޮވާލަން.

    56
  39. ޢައިމަން

    މިކަހަލަ ދޯހަޅި ކަންކަމާހެދި ބަސް ބުނެވެނީ މިކަން ހިގިގޮތް އެޗް.ޕީ.އޭ އިން ވަރަށް ރަގަޅަށް ބަލަން ގޮވާލަން މިފަދަ ހިތާމަވެރި ވަގުތެއް ގައި މިކަން މި ހި ގީކީ ރަ ގަޅަކަށް ނޫން.

    52
  40. ހާމާނު

    މިމީހުންގެ ކަންތައް މިހާރު ހައްދުން ނެއްޓުނީއެވެ. ކިޔަމަންތެރި ކަމާއިއެކު މިގޮތަށް ތިބޭތީ މިމީހުން ހީކުރީ ކާފަރު ގައުމުތަކުގައި ހަދާހެން އަހަރުމެންގެ މަރުވާ މައިންބަފައިންނަށްވެސް ހެދޭނެކަމަށް ދޯއެވެ. ތިޔަ ބިރުން އުޅޭ ބައްޔަށްވުރެން މާދަމާވެސް ކަލޭމެން ލޯމަރާއިރަށް ވަގުތުން ކައްވަޅުގެ އަޒާބުވެސް ބޮޑުވާނެއެވެ. މިއަދު ތިޔަ އަނިޔާވެރިންނަށް އެއްލައްކަ ކޮރީނާއަށްވުރެން ވޭން ބޮޑުވާނެއެވެ.

    20
  41. ޜަށް ވެހި

    ތިބުނާ ތައްޔާރު ވެގެން ތިބުމަކީ މިއީތޯ!؟ބައްޔައް ސައްކު ކުރެވޭ ނަމަ ކީވެތޯ ހޮސްޕިޓަލުން ފަރުވާދިނީ ! ކޮބާތިއަތޮ ޅުގަ މަބުރގ ބުނި ކަރަން ޓީންފެސިލިޓީ ! ބޮޑުހަރަދު ކޮއްގެން އަޅާފަހުރި ތަންތަން ކޮބާ ! ކޮންމެ އަތޮޅަކު ތަންތަން ހުން ނާނެކަ މަށްބުނި ކޮމެން ޓެއްކޮށް ލާއިރު ވިސް ނާލަބަލަ !
    ގޯސް މިވީ މަރުވި މައްޔިތާ އާ އޭނަގެ އާއިލާ !އެމައްޔި ތާއަށް މާތްﷲ ހެޔޮރަހުމަތް ލަވާށި! ޢާމީން

    20
    1
  42. ޢިކުރާމު.

    އެޗްޕީއޭއިން މިހާރު ބަލާނެ ދެވެންއޮތްޖަވާބަކީ ކޮބައިތޯ އޭރުން މަތިޖެހޭނީ

    28
    2
  43. މުހައްމަދު

    ތީ ހަމަ ތިނަދޫ މީހުންގެ ވައްތަރު. އަސްލުވެސް އެއީ ހމ ވަރައް ނުބައި ބައެއް

    30
    3
  44. ފާތިޔެ

    އަދުލު އިންސާފުވަނީ ގާއިމު ކުރެވިފަ.. ގާސީކޮބާ؟

    19
  45. ސޯދިގު

    މީ ބަލަ މައްޔިތާ ނުހިނަވައި ދޫކޮށްފިލާވަރުގެ ބައްޔެއް ނޫނެވެ. ގައިންގަޔަށް އެރުން ފިޔަވައި މީގަ އޮތް ނުރައްކަލެއްނެތެވެ. މީކީ މުސްލިމުން އުޅެންވާނެ ގޮތެއް ނޫނެވެ. މައްޔިތާ އަށް އިހާނަތްޔެރިކޮށް ހިތި އެންމެނަށް ﷲ ފުރިހަމަ ޖަޒާ ދެއްވާނެތެވެ. عن قريب انشاءالله!

    34
  46. ޔޫސޭ

    ސަރުކާރަށް ވެސް ތިއޮތީ ކޮވިޑް ޖެހިފަ. ލަސްނުކޮށް ތަޔަންމުމު ކޮށްފަ ވަޅުލަން ރައްޔިތުން ނިކުންނަންވީ!!!

    32
  47. ޗެރީ

    މިއަހަރު ފެށުނު ފަހުން މާލެ ނުދާ ކަމަށް ބުނިއިރު، ކޮންމެ ތިންމަހަކު މާލެ ދާވާހަވެސް އެބަ އޮތް

    3
    26
  48. ޢާސީ

    އަދިވެސް މީހަކު ޖަހާހާ ބެރަކައް ނަށާތޯ ބަލާ !!!!!

    9
    4
  49. ާބޭކާރު

    ޙާލަތާ އެއްގޮތަށް އެކަން ކުރަންވީގޮތް އިސްލާމްދީނުގަޥަނީ އައިސްފަ. ފެން ބޭނުން ނުކުރެވޭފަދަ ހާލަތެއްގާ މީހަކު ޖުނުބު ވެރި ހާލުގަ ތަޔަންމަމު ކޮށްގެން ނަމާދު ކުރުންވެސް ހުއްދަ ވީއިރު ތިޔަކަން މައްސަލަޔަކަށް ވާންޖެހޭ ސަބަބެއްނެތް

    8
    25
  50. ޖަޒީރާ

    ކޮވިޑް19 އާއެކު ސިޔާސީވެރިން ޕާޓީތައް ގެއްލިއްޖެ ތިންބާރުވެސް އޮތީސަރުކާރުގެ މުޝުތެރޭގަ ވީމަނޫސްވެރިން މިވަގުތު ރައްޔިތުއްނައްޓަކާވަރައްބުރަކޮއް މިކަންކުރަންޖެހޭ އަތޮޅުތަކައް މީހުންއިތުރުކޮއް އިންތިހާބުގަ ވޯޓުފޮށިތައް ބަލަހައްޓާގޮތައް މިހާރު މިއަޑުއިވެނީ ވަޅުލާވާހަކަ ތިންބާރު އެއްކުރަން ވޯޓްދިނުމުގެ ބިރު މިފެއްނަނީ ސަރުކާރު ބޭނުންގޮތަކައް ކުޅެނީ ކޮވިޑް ރާއްޖެއްފެތުރުނީ ނާގަބިލް ޒިއްމާދާރުކަން ކުޑަވުމުން 2019 2020ގެ މިމަހާޖެހެން ދެން ޓީވީތަކައް އަރާތިބެ ދެއްކިވާހަކަތައް ބެލީމަ ފެއްނާނެ ފޭލްވި މަންޒަރު ބަންދުކޮއްފަ ދޫކުރި ސަބަބު ދެންބަންދުކުރިއިރު ލިބިފަހުރިނަތީޖާތައް މާލެތެރެއިން އެއްދުވަސްތެރޭ ކޮވިޑް ފުޅިއައް ބޯލިއަސް ހީނުވޭ އެވަރައް ފާސްޓްވާނެހެނެއް މިއުޅެނީ 15 ދުވަސްވާއިރުވެސް ށައްކުކުރެވިގެން ނަތީޖާނުލިބި މާލެއިންނަގަން ފެށީއެވީކޮވިޑްއައް ޕޮޒިޓިއު މީހަގީގަތަކީ ވަގުތުނޫސް މީދުނިއެއައް ކޮވިޑް19 އުފަންވީއްސުރެ މެދުކެޑުމެއްނެތި އެބަލީގެއެއްމެ ފަހުގެހަބަރުތައްގެނަސްދިންނޫސް ރައްޔިތުން ހޭލުންތެރިކުރުމައް ބައްޔައް

    15
  51. ާބޭކާރު

    ޢެންމެނަށްވެސް ތަންދޮރު ފިލަން ޖެހޭ ތާއޫނު ފެތުރެމުންދާއިރު ފެންބޭނުން ނުކުރެވޭ ހާލަތުގާ ފެން ހުއްޓަސް ހުއްދަ ވަނީ ތަޔަންމަމު ކުރުމަށް އާދައިގެ ރޯގާ ޢާއި ކޮވިޑް ފެންނަނީ އެެްއް ގޮތް ކަންތައްތަކެއް .ވީމާ ނަފްސުގެ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭނީ

    4
    26
  52. 0ޓޮލަރެންސް

    ތީއީ ވަރަށްބޮޑޮ މައްސަލައެއް ތިކަން ކުރިމީހުނާއި މެދު ފިޔަވަޅު އެޅޭނެދުވަހެއް އަދިއަންނާނެ ދެން ކޮންމެ ކަމެއް ކޮވިޑް އާއި އަޅުވައި ކިޔާނީ ލާދީނީ ޗޮކުންގެ ސަރުކާރު ކޮށްފަ ނުކުރާކަމެއްވެސް މިހާރުދެން ނެތީތަ ކިހާދެރަ އަދިވެސް މިބައިގަނޑު ހޭނަރަނީތަ ލާދީނީ ރީނދޫ ބައިގަނޑަށް މާތްﷲ ތެދުމަގު ދައްކަވާށި އާމީން

    14
  53. ކުޑަހުސެން

    ތަޔައްމުމް ކޮށްފަ ވަޅުލާންވީ އެއްޗަކީ އިބްރާހިމް މުހައްމަދު ސާލިހްގެ ނާގާބިލް ސަރުކާރު...

    17
    2
  54. ދަވާލި19

    މަރުވާ މީހާޔާދެތެރޭ ދިރިތިބީން ކަންތައް ކުރަންވޯގޮތް އެނގެވީ ﷲ ބަލިޖައްސަވަނީ ﷲ ބައްޔައް ރައްކާތެރިވުމައްވެސް އެންގެވީ ﷲ އެކަލާނގެއައް އީމާންވާބަޔަކުނަމް އެކަލާނގެ އެންގެވިގޮތައް އަމަލުތައް ބައްޓަން ކުރައްވާ ނޫނީ މާދަމާ ގިޔާމައްދުވަހުން ހުރި އަޒާބެއްގެ ބޮޑުކަމާއެވެ

    15
  55. ވމވ

    ހާދަހާ ދެރަ ޚަބަރެކޭ.. ކައުންސިލް އަދި ހޮސްޕިޓަލުން މިކަމުގެ ޒިންމާ ނަގަންޖެހޭ. އަދި ބަޔަކުގެ މައްޗައް ހުކުމްތަކެއް އަންނަންޖެހޭ ކަމުގައި ދެކެން. ހިނގާ ތިޔަ ދިޔަކީ ކުޑަފަދަ ކަމެއް ނޫން. މިކަން ފުރިހަމައައް ތަހުގީގުކޮއް ކޯޓައް ފޮނުއްވާ. އިންސާފު ހޯއްދަވައި ދެއްވާ.

    19
  56. އަލިބެއްޔާ

    މިހާރުން މިހާރަށް ޕްރިވެންޓިވް ހެލްތް މަސައްކަތައި ހަވާލުވެ ހުރި ޝަހުޒާ ވީއެންމެ އަވަހަކަށް އިސްތިއުފާދީ މާފަށްއެދޭ، އަދި މައްސަލަ ބަލާ ކިއުރއުރެޓިވް ބައިގައި މަސައްކަތްކުރި މީހުން ތަހުގީގުކޮށް ފިޔަވަޅުއަޅާ، ޝަހުޒާމެންނަށް ރައްޔިތުން ކޯވިޑް ބައްޔަށް ހޭލުންތެރިކުރުވިނަމަ މިހެން ނުވީސް،

    17
  57. ސަންގް

    ކައުންސިލު ތަކަށް ބާރު ދިނީމަ އޭގެ ނާޖައިޒު ބާރު ގެ ބޭނުން ކުރުން ހުއްޓާލަން އެބަ ޖެހޭ . ފުލުހުން މިކަމުގަ ބައިވެރިވާތީ ހިތާމަ ކުރަން . ތަންކޮޅެއް ހަރުދަނާ ވާން އެބަ ޖެހޭ މިކަހަލަ ބޮޑެތި ކަންތައްތަކުގައި . މީ ހިތާމަ ހުރި ކަމެއް . މިކަންތައް ރަނގަޅައް ބަލާ ތަހުޤީޤު ކުރަން ޖެހޭ .

    16
  58. ބޭރުމީހާ

    މިދެން ވަރަށްސާފު ކަމެކެވެ. މިބާވަތުގެ ކަންކަމަށް ކިޔަނީ “ސާބިތު ނުހިފޭ ކަންކަމަށް ޙުކުމް ކުރުން”އެވެ.
    މިސަރުކާރު ދައުލަތުގެ ބާރުތަކާމެދުގައިވެސް އިހުމާލު ވެފައެވެ. ދައުލަތުގެ 3 ބާރު ބެހިގޮތް:-
    1- އ މ ޞާލިޙް- ވެރިކަން ހިންގުމުގެ ބާރު
    2- ރ ނަޝީދު އާއި އިންތި- ޤާނޫން ހެދުމުގެ ބާރު
    3- ހިސޯން، ސޫދު - ޖުޑިޝަރީގެ ބާރު
    އެބާރުތައް
    މާރިޔާ ޑިފެންސްގެ ބާރު
    ޙަމީދު ފުލުހުންގެ ބާރު

    15
  59. ރަދީފްހުސެން

    ކޮވިޑައް ސައްކުވާ މީހުން އެއްތަނުން އަނެއްތަނައް އެއޮންނަ ރައްކާތެރިކަންމަތީ ގެންދެވެ އެމީހުުުނައް ބޭސް ދެވެ، އެމީހުނައް ވާނުވާބެލެ، ބައްޔައް ޕޮސިޓިވްވާމީހުނައްވެސް ކަންތައް ކޮއްދެވެ. ގައިމު އެކަން ކޮއްދީ އުޅެނީ ރޮބޮޓުންނެއްނޫން. ދެން ބަލީގަ މަރުވާ މީހަކައް މިހާ އިހުމާލެއް މިވަނީޔޯ؟ ތިހާ ބިރެއް ގަންނަންޔާ ކަން ކުރަންވީ ގޮތް ކިޔައިދޭން ބަޔަކު ދުރުގަ ބައިތިއްބާފަ، އެމީހާގެ ދަރިންނާ ހިތްހެޔޮ މީހުނައް އެކަން ކުރަންވީގޮތް ކިޔާދިނީމަ ކޮންމެ ދަރިއަކުވެސް އެކަން ކުރާނެ. މައްޔިތާކާމެދު ތިހާ އިހާނެތިކޮއް ހިތަން ހެޔޮނުވާނެ.
    ބައްޔަކާ ހެދި ތިމާޔައް އެމައްްޔިތާއާއި ގާތްވާން ނުކެރެންޔާ ސަލާމަތީ ގޮތުން ހެދުން އަޅައިގެން ދަރިން ކައިރިވެ ކަށުކަމާކެމީގެ ކަންތައް ކުރަން ހުއްދަދީ. އޭގެ ފަހުން އެކައިރިވިމީހާ ކަލޭމެން ގެންދާތަނަކައް ގެންގޮސް ކަރަންޓީނުކުރޭ. ގައިމު ހިތައްލިބޭ ހިތްހަމަޖެހުން ބޮޑުވެފަ މައްޔިތާއައް އިހްސާންތެރިވެވޭނެ. ދީނީ އިލްމުވެރިންނޭ ކިޔައިގެން ތާކިހާ އަޅައިގެން އުޅޭ ފުއްނާބު އުސްމީހުން ނަގޫފިތިފަ ތިބިވަރުން ިިިިިިި ކޮންމެކަމެއް ކޮންމގޮތަކައް ދިޔަޔަސް އަނގަ ނުހުޅުވެ.

    27
  60. ޑައެލޯގް

    ބަލަ އަންނި ބުނިއެއްނޫންތޯ ކޮރޯނާއަކީ އެހާބޮޑުކަމެއްނޫނޭ. ރަށްތަކުގެ ހޮސްޕިޓަލުތައްވެސް ފައްކާވާނެއޭ. ދެންތިޔަތިނަދޫއަކީވެސް އަންނިއާ ހިތާހިތުގެ ގުޅުން އޮންނަރަށެއްނޫންތޯ ކޮންކަމަކާތޯހާސްވާންވީ

  61. ނަބީޚް

    އެހެންވެގެންނޭ ބުނެ އުޅެނީ ޖާހިލު ކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަބައްޔަށް ވެސް ބޭސްކުރާން ޖެހޭފަދަ ކަމެކޭ

  62. ބީރުމީހާ

    ދެން ތިކަންވެސް އެޗްޕީއޭ ބޮލުގައި އަޅުވާ ކައުންސިލް ބޭނުމަކީ އެޗްޕީ އުވާލުން

    4
    1
  63. އަހަރެން

    މަގު މައްޗަށް މަރުވެގެން ވެއްޓިފައި ފެނުނު ބިދޭސީމީހާ ޓެސްޓުކުރެވި ކޮވިޑް ނެތްކަން ޔަޤީން ކުރުމައްފަހު ހިނަވާ ކަފުންކޮށް ވަޅުލީއެވެ. އަހަރެމެން ރަށުގެ އިއްޒަތްތެރި ބޭފުޅަކު ނިޔާވެ އެތަކެއް ރައްޔިތުންނަށް މޫނު ނުފެނި ވަޅުލަން ޖެހުނީ ބަޔަކު މީހުންގެ އިހުމާލުންނެވެ. އެތަނުގަ ތިބީ ސަރުކާރު މުވައްޒިފުންނެވެ. ސަރުކާރުގެ އިހުމާލެވެ. މާފެއްނެތެވެ.

    10
  64. ސމ

    ޢަދި ފެނޭ 4.4 އިތުރަށް ޗާޕްކުރަން ހުއްދަދޭން.މިސަރުކާރައް ކަންކަން ނުކުރެވިގެން މިއުޅެނީ ލާރިނެތިގެން. ހާލަތޭ ކިޔާފަ ހަމަ ޗާޕްކުރަންވީ.
    ރައްޔިތުންނަށް ކޮންމެ ހާލެއްޖެހުނަސް އޯކޭވާނެ.ލިބޭ އެހީ ތަކައްވާގޮތް އެގެނީކީ އެއްނޫން.މީ ބލ ވެރިކަމެއް.ދެން ނޫސްވެރިން ތިބޭ ބިރުން ވިރިވިރި.ސަރުކާރައް ސަނާކިޔަކިޔާ.

    8
    1
  65. ޙސެން

    ސަރުކާރު އޮތީ ވަރަަށް ވެސް ބޮޑަށް ފެއިލް ވެފަ...މިހާރު މިގައުމު ހަލާކު ކުރަނީ ފުލުހުންގެ ޔުނީފޯމު އަޅައިގެން އުޅެ ޖަނަވާރުން...

    3
    1
  66. ރެޑް ސްޓާރ

    އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން. ހުރި ހިތާމައެއްގެ ބޮޑުކަމާއެ މި ގައުމުގެ ރައްޔިތުންނަށް ހެޔޮވިސްނުންދެއްވާށި.

  67. ޢަންނި

    ޢިންޑިޔާ މީހުން ބުނާގޮތްތޯ ތިހެދީ.... ޢިސްލާމް ދީނާ އެއްގޮތައް އަމަލުކުރޭ... ޥެރިންނަށް ވިޔަސް ރައްޔިތުން ނުކުމެ ފިތަވަޅު އަޅަށް ނިކުންނަސް ޖެހޭ... ޚެނެރީ ބޭ ބޭރުނުކޮށް ނުވާނެ

  68. މެސީ

    މީ އެކަކު އަނެކަކު ކުއްވެރި ކުތަންވީ ވަގުތެއްނޫން ބައްޕައައް ފާފަފުއްސެވުމާ ރުއްސެވުން ލިބޭތޯ ދުއާކުރަންވީ ވަގުތު. ޟަރުހޫމްއަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

  69. މާރަގެޔާ

    އަބަދުވެސް ތިމީހުން އެމީހުން ފިޔަވާ ހުވަދު އަތޮޅު ދެން ތިބި ނިކަމެތި ރައްޔިތުން ނަށް ކަން ތަށް ކު ރަނީ ތިމޭ ރުމުން ، އެމީހުން ވިސްނާ ގޮތުން މުޅި ހުވަދު އަތޮޅަކީ އެމީހުން ، ދެން ތިބީ އެމީހުންގެ އަޅުން ، އެމީހުން ކާން ދިނިއްޔާ ކާލާގެން ، ބޯންދިނިއްޔާ ބޯލާގެން ތިބެންޖެހޭ ބައެއް ދެންތިބީ ، ނިކަން ބައްލަވާ ގދ އަތޮޅަށް ތަ ރަށްގީ އެއް އޮތިއްޔާ އޮންނާނީ މިވެރީން ނަށް ، ދެން ބައްލަވަ ގއ. ތަ ރަށްގީ އޮތީ އެއްވަ ރަށް ހު ރި ހާ ރަށަކަށް ބެހިފަ ، ހިތާމަ ކު ރަން މި ކަހަލުގެ ބަޔަކު މި އަތޮލުގައި ތިބީތީ..

  70. މޫސަ އައްޑޫ

    ގަބުރު ފޭރިގަނެ މައިޔިތާގެ އާއިލާގެ(ވާރިސުން)ބޭފުޅުން ނުހިމަނާ އެމައިޔިތާގެ މައްޗައްް ހިތުހުރިހާ ގޮތަކައް ކަންކޮއްފަ މައިޔިތާ ގެހައްގު އަދާނުކޮއްނުދީ އެއާއިލާގެ ބަދުނާމް ކުރަން ރައްޔިތުންގެ ވެރިން ނިކުތީމަ ތިކަހަލަ ކައުންސިލްގެ ރައީީސުންނަކީ ރައިތުންނައް ހަރާންކޯރުވާބައެއް.ތިޔައީ ރައިޔިތުންގެ ލޭބޯން ތިބި ބައެއް.މައިޔިތާ އާއި މައިތާގެ އާއިލާއައް ﷲގެހެޔޮރަހުމަތް މިންވަރު ކުރައްވާށި އާމީން