ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސް ކުރައްވަނީ ބޯހަރުކަމާއި ގޮތް ދޫނުކުރުމުގެ ވިސްނުންފުޅު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާ ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަސްވެވަޑައިގަތީ ރައްޔިތުންނާއި އިގްތިސާދުގެ ސަލާމަތަށާއި ސިޔާސީ ހައްޔަރީން ދޫކޮށް މަޝްވަރާ ކުރުމަށް ކަމަށެވެ.
މިއަދު ދުނިޔެ ވެއްޓޭނެ އެންމެ ނުރައްކާތެރި ހާލަތަށް ވެއްޓި، ދިވެހި ގައުމު ބިކަވެ، ރައްޔިތުން ނުރައްކަލާއި ކުރިމަތިވެ، އިގްތިސާދު ފުނޑި، އެތައް ހާސް ދިވެހިންގެ ވަޒީފާ ގެއްލި ވިޔަފާރިތައް ބަނގުރޫޓުވަމުންދާ އިރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސް ކުރައްވަނީ ގޮތް ދޫނުކުރުމާއި ބޯހަރުކަން ކަމަށް ސައީދު ވިދާޅުވިއެވެ.
2.Dhivehi gaumu bikave, rayyithun nurakkalaai kurimathive, iqthisaadhu fundi ethah haas dhivehinge vazeefaa gelli,viyafaarithah bankrupt vamun dhaairu,R @ibusolih iskuravvanee boharu kamaai goiy dhoonukurun. Nuhaggun aniyaa nudhee RYameen minivankoh mashvaraa ah dhiumah govaalan
— Mohamed Saeed (@em_saeed) May 6, 2020
"ނުހައްގުން އަނިޔާ ނުދީ ރައީސް ޔާމީން މިނިވަންކޮށް މަޝްވަރާ އަށް ދިއުމަށް ގޮވާލަން،" މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވިއެވެ.
3. Tsunami 2004 ge kaarisaa ah fahu; resort thakuge kuli fasko’hdhin, dhivehinge vazeefaa thah salaamaiy ko’hdhin, mashvaraa iskurevunu. Raajjeyge thaareehugai komme veriyaku mifadha haalathugai iskuree ebbaivanthakan.
— Mohamed Saeed (@em_saeed) May 6, 2020
ސައީދުގެ ޓުވީޓުގައި ވިދާޅުވީ ސުނާމީ ކާރިސާއަށްފަހު ރިސޯޓުތަކުގެ ކުލި ފަސްކޮށްދީ ދިވެހިންގެ ވަޒީފާތައް ސަލާމަތްކުރެވި މަޝްވަރާ އިސްކުރެވުނު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ރާއްޖޭގެ ތާރީހުގައި ކޮންމެ ވެރިއަކުވެސް އިސްކުރަނީ އެއްބައިވަންތަކަންކަމަށް ސައީދު ވިދާޅުވިއެވެ.
ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގެއަށް ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ވަނީ ގޮވާލައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވަނީ ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެ ކޯޓުގައި އިސްތިއުނާފް ޝަރީއަތްތަކެއް ކުރިއަށް ދިޔަ ނަމަވެސް މިހާރު އެ މައްސަލަ އޮތީ ހުއްޓިފައެވެ.
"ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވަނީ ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް އެކައުންޓުން ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ." ޖަމާކުރީ ކާކުހޭ، ޖަމާކުރި ފައިސާނުދޭހޭ. ޖަމާކުރި މީހާކޮބައިހޭ. ޖަމާކުރަން ބުނިމީހުން ކޮބައިހޭ. ޢޭރު ޓޫރިޒަމް މިނިސްޓަރ ކޮބައިހޭ. ނުހައްގުން އަނިޔާއޭ ތިދެނީ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ
ކޮބާ ޖީއެމްއާރުގެ ކޮރަޕްޝަނުން ގެއްލުނު ފައިސާ. ކޮބާ ރަށްރަށުގައި އިންޑިޔާގެ ފްލެޓްތައް އަޅަންށޭ ކިޔާ ފްލެޓް ނާޅާ އަތުލި ފައިސާ؟ ކޮބާ އަދީބުގެ ހިޔާނާތުން އެމްޑީޕީގެ މިނިސްޓަރުންނަށް ލިބުނު ފައިސާ؟ ކޮބާ ޕިރަމިޑް ސްކީމްތަކުން އެމްޑީޕީ ބޮޑުންނަށް ލިބުނު ކޮރަޕްޓް ފައިދާތައް؟ ކޮބާ ޓީއެމްއޭ ހިޔާނަތުގެ ފައިސާ؟ މިއާ އަޅާ ކިޔާއިރު އެއް މިލިއަން ޑޮލަރަކީ އެކައްޗެއްވެސް ނޫން. އެމްޑީޕީއާއި ކޯލިޝަނުގެ ހިޔާނާތްތައް ބިލިއަނަށް އަރާނެ. އޭގެއިން ކިތައް މީހުންތޯ ކޮރަޕްޝަނުން ކުއްލިހަކަށް މުއްސަދިވީ.
ވަހީދުގެ 2 އަހަރާ، ޔާމީނުގެ 5 އަހަރު ލިބުނު ދޯ ބަލަން. ނުބަލައި ދެން ކީކޭ ތި ކިޔަނީ. ސާބިތު ނުވަންޏާ ނުކިޔާނީ. ސާބިތު ވީ އެންމެ ކަމެއް. އެމީހާ ވެސް ޖަލުގަ އޮއްވަ ދޮން މީހުންގެ ބާރުގަ ކަންނޭގެ ބޭސް ކުރާ ނަމުގަ ދިޔައީ.
ކަންފަތައް އަޑު ނުއިވޭ މީހަކަށަ ބަޔަކު ކިތައްމެ ވަރަކަށަ ހަޅޭލެވިޔަސް އަޑެއް ނުއިވޭނެ .. ﷲ ގެ އިރާދަފުޅުން ގިނަދުވަހެއްނުވެ ﷲ އެމީހުނަށް ހިތިގޮތަކަށް އެކަން ދައްކަވާނެ..
އޭ ކަލޭނޭ. ދަންނައެ. އެހެން މީހުްނަށް ފާޑުކިޔާ ނަސޭހަތް ދޭ ހިނދު ތިމަ ތިމާމެންގެ އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތާ ނުލާާށެވެ. ތިމާެގެ ހިތުގައި ވާ އައިބުތަކަށް ބަލާށެވެ.އެެހެން މީހުންގެ ކިބައިގައިވާ ރަނގަޅު ކަންތަކަށް ބަލާށެވެ. ހިތް ތާހިރުކކުރާށެވެ. މި ބުނި ހެޔޮ ބަސް ޤަބޫލުކުރާށެެވެ.
ކަލޯ ސަޢީދު ޔާމީނު ޖަލައްލީ ސާލިހެއްނޫނެވެ ޝަރުޢީކޯތަކުން ކުރެވުނ ހުކުމެއްގެ މައްޗައް ބިނާކޮށެވެ
ޢެކަން ނޭގެނީ ކަލޯއަށެވެ ހުކުމް ކުރަން ހިނދިކޮޅަކަށްވީމަ ފަނޑިޔާރު ބަދަލްކުރީ ކާކު
80 އަހަރުގެ ބޭބެ އެއްވެސްކަމަކާނުލާ ޖަލަށްލައިގެން ރޯދަމަހަކު ބޯހަރުކަން ދެއްކި ހަނދާނެއް ނުވޭތޭ! އޭރު ހޭރުނު މީހުނަށް ދިން ޖަވާބު.....؟؟؟؟؟
ޔާމީނު ވަނީ ދިވެހި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއަކަށް ޚިިޔާނާތްތެރިވެފަ. ޔާމީނު ދޫކޮށްލަނީނަމަ ޖަލުތަކުގައި ތިބި އެންމެން ދޫކޮށްލަންޖެހޭނެ.
މި މީހުންނާއި ވާހަ ކަ ދައް ކާއިގެން ވެސް ބޯ މަޑު ނުވާނެ ކަމުގެ ލަފާވަނީ ލިބިފައެވެ
ޓާސްކުފޯސް ހަދައިގެން ގާތްމީހުނަށް ދައުލަތުގެ ލާރިގަނޑު ބަހަން ބަހައްޓާ. ތިކަލޭގެ ނިކަން ގަޔާވެގެން އެކަން ކުރާނެ. މިގައުމަށް ޖެހިފައޮތް މުސީބާތެއްތީ.
ދެން ތެޅި ތެޅި ތިބޭ
ކަލޭމެންތަ ތިކިޔަނީ ބޯހަރު ކަމާ، ގޮތްދޫނުކުރުމުގެ ވާހަކަ؟ ބަލަ ނޭގެނީތަ ކަލޭމެންގެ ވެރިކަން ވެއްޓިގެން ދިޔައީ ތިޔަ ކަންކަމާ ހުރެ! ލަދުކިޔާ އެއްޗެއް ހެއްދެވިތަ؟
އެމީހުން ވެއްޓުނީމަ ކަލޭމެނަށް އޮތީ ކޮން ރާހަތެއް. ދުނިޔެ އެފުށް މިފުށަށް ޖެހި ކަލޭމެންގެ ސަރުކާރު ނޭވާ ގޮޅިއަށް އެޅިފަމިއޮތޫ.
ކޮންމެފަދަ ދޭތެރެއް ޖައްސައިގެންވެސް ނޫހަށް އެރޭތޯ ބަލާތި ! ޔާމީނު ޖަލަށްލީ މިހާރުގެ ރައީސް ކަން ކަލޭ ސާބިތު ކޮށްދީބަލަ ؟ ބަލަ ހޭބަލިވެގެން އުޅޭއިރު މިޤައުމުގައިވެސް ޝަރުޢީ ނިޒާމެއް އޮންނަކަންވެސް ކަލެއަކަށް ނޭގޭތަ ؟
މިހާރު ފަނޑިޔާރުގެ ވަރަށް އިންސާފުވެރި ދޯ؟؟؟
މިހާރު ފިޔާތޮށި ކުލައެދަނީ ފަނޑުވަމުން. އެކުލަބަދަލުވާނީ ދެން ރީނދޫ ކުލައައް
ރ ޔާމީން މިހާރުން މިހާރުންދޫކޮށްލައި މަޝްވަރާތައް އަވަހަށް ފެއްޓުމަށް ސަރުކާރަށް ގޮވާލަމެވެވެ ރާއްޖެއަށާއި
ދުނިޔެއަށް ކުރިމަތިވެފައިމިވާ ސިއްޚީ އިގްތިސާދީ ފުން
ވަޅުގަނޑުންއަރައި ގަތުމަށް އެކަށީގެންވާ މަސައްކަތެއް
ކުރެވޭނި މަޝްވަރާގެ އުސޫލުން ކަންކަން ކުރެވިގެންނެވެ
ރ ޔާމީނަކީ އިގްތިސާދީ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ
ބޭފުޅަކަށްވާތީ އޭނާގެ މަޝްވަރާއާއި ލަފާވެސް ހިމެނުން
މުހިއްމެވެ.
ތީ ސައީދު އާއި ދަތްދޮޅިއާދަނުމެން ޔާމީނަށް ދިން ލަޑެއް. ޢެދުވަހު ގަނޫނު ބަދަލުކޮއް ބިލިއަން ރުފިޔާ ކާލިއިރު އެހެންނުހައްދަވާށޭ ތީ ރައްޔިތުންގެ ފައިސާކަން ޔާމީނަށް ވިސްނާދިންނަމަ މިއަދު ޔާމީނު ޖަލުގަ ޢޮންނާކަށް ނުޖެހުނީސް .
ކިތައްމެ ބޯހަރުވިއަސް ވެއްޓިޖެހޭނީބޯ މިނޫންގޮތެއް ނެއް މިސަރުކާރައް ކޮވިޑްއިންވެސް ރިކޯޑެއް ކުޑަގައުމެއްގަ އަވަޝެއް ކޮންޓްރޯލްނުވެ ފެތުރެމުންދަނީ ސަރުކާރުރުން މިކިޔަނީ ޔޫކޭ އެމެރިކާ އިންޑިއާ ބުރެޒިލް ޗައިނާ ގެވާހަކަ މީދުނިޔޭގެ އާބާދީގެ ރިކޯޑްތައް ރައްޖެއައްވުރެ ރަނގަޅުއެހެންގައުމުތައްވެސް މިބަލިން ހޯދިކާމިއާބު ެެެެެެެެެެެެެެެެެެެެެެެެެެ
ކޮއެފުޅާޔާމިންޖަލުގާކެއްކޮލާ އެވެރިންނައްވޯޑުދިއްއެމެއްމިވަގުތު
ތިބީފުރަބައްދުކިޔާޖަލެއްގަބައްދުވެފަހިތާމައަކީކާވެސްނުލިބޭ
ނަމަވެސްއެވެރިއްގެދެވެރިކަމުގަވެސް ރައްއިތުނައްޖެނުނީމުސީ
ބާތެއް ނަމަވެސްމިމުސީބާތަކީމުޅިއުއްމަތައްދިމާވިކަމަކަވީހިދު
އެއްމެއްﷲއައްދުއާކުރަމާހިގާ ނަމަނަމަވެސް މިފަދަބަޔާކާކާރި
ނުވާތި ރައްއިތުއް ދެއްވެސް
ތީނުސީދާކޮށް ނިމިދިޔަ 5އަހަރުގެ އަނިޔާވެރި ވެރިމީހާއަށް ރައްދުކޮށްލި ބަހެއްދެއްތޯ
ތިބުނާ ޔާނެެއް މިފަސް އަހަރެއްގަ ދޫނުކުރާނެ
...
ސައީދު ބަލާ ނުފޮރޮއްޕާނުންގެ ހައްލު އެބައޮތް
ސުނާމީ ކާރިސާއަކީ ނުވެސް ދެނެ ތިއްބައި ކުއްލިއަކަށް ޖެހުނުކަމެއް. އެއާ މިހާރު ޖެހިގެން ކަމާ ތަފާތު. ތައްޔާރުވާން އެތައް ދުވަހެއް ލިބުނު. ސުނާމީ ކާރިސާގައި ގައުމުގެ އިގްތިސާދު ނަގައި ކޮޅަށްޖެހީ ހީވާގި މުރާލި ދަންނަ މީހުން ތިބީމާ. ސުނާމީ ކާރިސާއާގުޅިގެން ހާލުގައި ޖެހުނު އެންމެންނަށް އެހީދީފައި، ގެދޮރު އަޅާދީފައި ގޭގެ ކަރަންޓުބިލާއި ފެނުގެ ބިލު ދައްކައިދީފައި ކާންދިނީ ސަރުކާރުން އެއްވެސް މުވައްޒަފެއްގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނެސް. މިއަދު މިފެންނަނީ އިލްމުގެ ކުޑަކުޑަ ކަންފުޅެއް ލިބިފައި ހުއްޓަސް ހިލްމެއް ނެތް ހުސް ބަހުލޫލުން ތިބެގެން ދުވާލަކު ވާހަކައެއް ގޮތަކަށް ވިހާފައި، އެވާހަކަ ބޮޑު ނުވީމާ އަނެއް ވާހަކައެއް ވިހާފައި ބޮޑުވޭތޯ އުޅޭތަން.
ސައީދޫ! ތިބޭފުޅާގެ މިނިސްޓަ ރު ކަމުގައި ލ.ފޮނަދޫ ތާ ރު މަގުގެ ދެފަ ރާތުގައި 100 ފޫޓުން 100 ފޫޓުން ބިމު އަޑިއައް ބިޔަ ކޮންކް ރީޓް ބުޑު ތަކެއްއެޅީ ތިބޭފުޅާގެ ބޯހަ ރުކަން ދެއްކުމައްތޯ؟
މީ ކޮން މޮޔައެއް ގޮވާ މީހެއްތަ..ހޫ އިޒް ހީ...ކެކެކކެ
މި މިވައިރަހަކީ ބޮޑާވެ ކިބުރުވެރިވާ މީހުންނަށް ލިބޭ ރަނގަޅު ފިލާވަޅެއް. އެމެރިކާގެ ރައީސް އެއީ މީގެ ނަމޫނާ އެކަކު. އަދިވެސް ގޮތްދޫނުކޮށް ގަދަ ބާރު ދައްކަން އަތްކުރި އޮޅާލައިގެން އެހެރީ. ވެރިއަކަށްވެހުރެ ކިތައް ބައެއްގެ މަރުތަ އެ އަޅަނީ ބޮލުގަ. ﷲގެ އިރާދައާއިއެކު ރާއްޖެ މި ވައިރަހުން ސަލާމަތް ކުރައްވާށި. އާމީން.
ޥަކި މީހަކު ދޫކުރަން ޤާނޫނު ބަދަލު ކުރަން ޔާމީނު ގޮވާލާފައި އެކަން ކުރެވޭނީ ސަޢީދުމެނަށް
ބަލަގަ ސައީދު، މި ހާލަތު ގައި ކުށްވެރިން ދޫކުރީމަ ގައުމަށް ވާނެ ފައިދާ އަކީ ކޮބާ. ތި ކިޔާ ޔާމީނު އަށް ދޯ މި ބަލިމަޑުކަމުގެ ވެަކްސިން އުފެއްދެން އޮތީ
ސައިދު ބުނާގޮތް ނަހަދަންޏާ އެވީ ބޯހަރު މީހަކަށް! ނަމަވެސް ސައީދުމެން ބާރުގަ ތިބިއިރު ނުވޭ އެހެން މީހަކު ދައްކާ ވާހަކަ އަޑުހައިގެންވެސް! އެހެންވީމާ އަބަދުވެސް ސައީދުމެންނަށް މި އެނގެނީ ރަނގަޅުގޮތް، ވަރަށް މޮޅު! ރޯދަމަސްވީމާ ކުރުކޮށްލާނަން
ވަގަކު މިނިވަންކުރިޔަކަސް މިކަމެއް މުނިމޭނެ މުޅިދުނިޔެ މިކަމުން ސަލާމަތް ނުވެގެން
އުޅޭއިރު ވަގު ދޫކުރިޔަސް ނުމިމޭނެ ފިނިފެންމާ ސައީދު މެންނައް ހީވަނީ ވަގު މިނިވަންކުރުން އެއީ މިވަގުތުގެ އެންމެ މުހިންމުކަންކަމައް
ހެހެ ޔާމީނު ޖަލުން މނިނިވަން ވީމަ މިބަލިމަޑުކަން ރާއްޖެއިން ފުހެލެވިގެން ދާނެ ވާހަކަ ދޯ
ހެހެ ޔާމީނަކީ މިބަލީގެ ވެކްސިން