ރާއްޖޭގައި ކުޑަ ފިރިހެން ކުއްޖަކާއި އެއްޖިންސުން ގުޅުން ހިންގަނިކޮށް ވިޔަފާރިވެރިއަކު އަތުލައިގެންފި އެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެމީހާ އަތުލައިގެންފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށެވެ.
އޭނާ އަތުލައިގެންފައި ވަނީ ހއ. އަތޮޅުގެ ރަށަކުންނެވެ. އެރަށުން އޭނާ އަތުލައިގަތީ ގެއެއްގެ ތެރޭގައި އެކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަތުލައިގެންފައި ވަނީ އެރަށުގައި ދިރިއުޅޭ އާންމުންގެ ބައެކެވެ. އެމީހުން ވަނީ އެގެއިން އޭނާ ނެރެގެން ގޮސް ފުލުހުންނާއި ޙަވާލުކޮށްފައެވެ.
މި މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯތައް ވެސް މިހާރު އާންމުވަމުން ދާއިރު، ގެއިން ނެރުނު ވަގުތު އޭނާ ހުރީ ބަރަހަނާ ހާލުގައި ކަމަށް ވެއެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯއިން އޭނާ އެއްޖިންސުން ގުޅުން ހިންގި ކުޑަކުއްޖާ ނުފެނެއެވެ.
އެނގިފައިވާ ގޮތުން މި ފިރިހެންމީހާގެ ދެ އަނބިން ތިބެއެވެ. އޭނާ އަކީ ރާއްޖޭގައި ގިނަބަޔަކު ދަންނަ މަޝްހޫރު ވިޔަފާރިވެރިއެކެވެ.
މި މައްސަލަ އާއި ގުޅިގެން އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ވަލިޔުލް އަމޮރު އިސްލާމީ ޝަރީއަތަށް ހުކުމްކުރައްވާ
ދެއަނބިން ތިއްބަސް ނުފުދުނުތާ!
މިކަހަލަ ފާހިޝް އަމަލުތަށް ކުރާ މީހުނަށް ލިބެންޖެހޭ އުޤޫބާތް ލިބޭނަމަ މިކަހަލަ ހަބަރުތަށް އަޑުއަހާކަށް ނުޖެހުނީސް. މިއޮތް ފަދަ މާތް މައްސަރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެކުރީ ލަޢުނަތް ލެއްވިގެންވާ ޢަމަލެއް. ކީތްކުރާނީ. ޝައިތާނާ ވެރިވެގެން ފައިވީ ހިތަކަށް ހެޔޮ އެއްޗެއް ނާރާނެ.
ދެ އަނބިން ތިއްބާ މީނަ ހޭބަލި ވެގެންތަ މިއުޅެނީ. މިއޮށް މާތް މައްސަރުގަ
ތިޔަބުނާހާ މަޝްހޫރު ވިުަފާރިވެރިއެއްނޫން އެއީ. ސިޔާސީ ހަރާކާތްތަކުގަވެސްއުޅޭ، ވިޔަފާރިވެސްކުރާ މީހެއް ދޯ..
އެޖެންޑާ 19 ތަފާތުވާނެ
ބްރޯ އެމީހާ އެއީ އެޖެންޑާ19 މީހެއް ނޫން
އިސްލާމީ ޝަރިއަތް ޤާއިމުކޮށް އަދަބު ތަންފީިޒު ކުރޭ..
އިސްލާމީ ޝަރީޢަތް ޤައިމް ކުރަން ދިވެހިން ބޭނުންވިޔަސް މިސަރުކާރުން އެކަމެއް ނުކުރާނެ. މިސަރުކާރަކީ އެއަށްވުރެ ލާދީނީ ސަރުކާރެއް. އިސްލާމް ދީނާ ޚިލާފު ހުރިހާ ކަމަކަށް ތަރުހީބު ދޭނެ މިސަރުކާރުން. އަދި އިސްލާމް ދީނުގެ ހުރިހާ ކަމެއް މިސަރުކާރުން ފަނޑުކޮށްލާނެ.
މީ މިހާރު އެންމެނަށްވެސް އެނގެމުން ދާކަމެއް. އެޖެންޑާ 19 ތަފާތުވާނެޔޭ އެމްޑީޕީގެ ބައިގަނޑު އޮތީ ބުނެފައެންނު.
ޝުކުރިއްޔާ
ކޮން ސަރުކާރަކުން ނޯ އިސްލާމް ޝަރީއަތް ތަންފީޒު ކުރީ
ވަކި ސަރުކާރެއް ނޫން . ކޮންމެ ސަރުކާރަކުންވެސް ކުރަން ޖެހޭ
ދުވަހެއް ދުވަހަކަށް ބިންހެލުންތައް އެދަނީ މިރާއްޖެއާއި ގާތްވަމުން. އަދި އެހެންމެ ދުވަހެއް ދުވަހަކަށް ދިވެހިންވެސް މިދަނީ ފާޙިޝް ޢަމަލުތައް އިތުރަށް ހިންގަމުން. ވިސްނާލަބަލަ ހުރި ހަލާކެއްގެ ބޮޑުކަން.
ޢެއްޖިންސުން ގުޅުން ހިންގާ މީހުން މީހުންނާ އިންނަނީވެސް، ދަރިން ހޯދަނީވެސް އެއަމަލު ސިއްރުކޮށް އޮޅުވާލުމުގެ ބޭނުމުގައި. ދެ އަބިން ކީއްކުރަން 20 އަނބިން ތިއްބަސް.
ފަހަރުގަ 17 އަހަރު ކުއްޖާވެސް ބެހިދާނެ ދޯ؟ 17 އަހަރު ކުދިން މާވިޔާނުދާ. ފަހަކައް އައިސް މިބޮޑުވާ ކުދިންނައް ތިމާގެ ޖިންސު ވެސްނޭގޭ.
16، 17 އަހަރެއް ނޯންނާނެ.. އެކުއްޖާ ޖަލަށް ނުލެވި ދައުވާ ނުކުތެވެންޔާ ތީ ބޮޑު މައްސަލައެއް. މަ އުމުރުން 15 އަހަރުގަ މީހެއްގައިގަ ޖެހީމަ ގޮސް އޮތީ ގޮޅިއަށް ލާފަ... ލާދީނީ ސަރުކާރުގަ ހުއްދަ ކަމެއް ނޫނީ އެމީހުން ސަޕޯޓު ކުރާ ކަމެއް އެއްޖިންސުން ގުޅުން ހިންގުން
ރޯދަ ނުހިފާތީ އެކްސަލަރޭޝަން މަތިވީ ޗީޗީ ލަދުކުޑަ ވަހުޝީ
މަހަމަ ކޮސްވެއްޖެ. ޢޭނާއަ ކީ ހަމަ މުސްލިމެއްތަ.؟ބޭބެއަށް ނޭނގޭތީ ހަމަ އަހާލެވުނީ.
ލާދީނީސަރުކާރަކުން ތީނައައް ހިންގޭނެ ޝަރީއަތެއްނެތް
އަހަރެން އަޖައިބުވޭ 16 އަހަރޭ 17އަހަރޭ ކުޑަ ކުއްޖެކޭ ކިޔާތީ އަޅެ ތިބުނާ 16،17 އަހަރުގެ ކުދިންގެ ހަމަ ބުއްދި ނެތީތަ؟ އިސްލާމްދީނުގައި އޮންނަ ޝަރުޠު ތަކުގެ ތޭގައި އޮވޭ ބުއްދި ސަލާމަތުން ހުރުން ، ބާލިޣުވުން ، މިނިވަނަކު ކަމުގައިވުން... ޔަޤީންކޮށް އިނގޭ ކަމެއް މިފަސްގަނޑަކު އަޅުންނެއްނޫޅޭ... ދެންކީއްވެ 16،17،15 ކުޑައޭ ކިޔަނީ އެއީ މެޓަލެއްދީފަ އަންނާށޭ ބުނީމަ ދާން އެ ޢުމުރެއް ނޫން.. ތިޔަބުނާ ނުބައި ޝަޢިޠާނީ ޢަމަލު ހިންގި 2މީހުންނަށްވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒުކުރޭ ! އޭރުން ތިނުބައި ވަބާއިން މިޖީލު ސަލާމަތްވެވޭނީ
16،17 އަހަރުގައެއްނޫންތަ އިސްލާމްދީނުގެ އެންމެހާ ކަންތައްތަކެއް ސުކޫލްތަކުގަ ކިޔަވައިދެނީ؟ އިސްލާމްދީނުގެ ޢިލްމު ނެތިގެނެއްނޫން ޖާހިލުކަމުން. އެތަނެއްގަ އިސްލާމީ ޝަރީއަތެއް ނެއްތަނެއްގަ، ފާހިޝް ޢަމަލުތައް ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުން.
ތިޔާ ބުނީ ރަނގަޅަށް. އިސްލާމްދީނާ ޚިލާފު ހުރިހާ ކަމެއް މިލާދީނީ ސަރުކާރުން ކުރިއަރުވާނެ. އެޖެންޑާ 19 ތަފާތުވާނެޔޭ މި ލާދީނީ އެމްޑީޕީ ބައިގަނޑު އޮތީ ބުނެފަ ވިއްޔަ.
ޝުކުރިއްޔާ
މިސަރުކާރުގަ ތިޔަކަހަލަ ފާހިސް އަމަލުކުރާ އެއްމެނައް ރައްކާތެރިކަން ދެވިފަވޭ އަދި ހާއްސަކޮށްލާރި އޮތްމީހުނައް.
ހާއްސަ ހުއްދައެއްހޯދައިގެން، އިތުރު 3 ފަހަރަށް ތިކަލޭގެ ހިތާނުކުރައްވާ އަދި 2 އަނބިންގެ ފަރާތުން އޭނަ ހިތް ފުރޭވަރު ނުވާނަމަ ބަބުރު އަންހެނުންގެ 2 އަންހެނުންނާ އޭނަ ކައިވެނިކޮށް ދެއްވާފަ 25 އަހަރަށް ޖަލަށްލާ އޭނަ ހިތް ފުރޭތޯ .....
ފުލުހުންނާ ހަވާލު ކުރުމަށް ވުރެ ރަށުން ފޮނުވާލީމަ ރަނގަޅު ވާނެ އެވެ. އެހެން ރަށެއްގަ އުޅެ ފާނެ އެވެ.
އާން އެއިރުންތާ ދެން ދާ ރަށަކުންވެސް އޭނަގެ އެފާޙިޝް ޢަމަލުތައް ކުރަން ފުރުޞަތު ދެވޭނީ. ތިކަހަލަ ޖާހިލު ވާހަކަ ނުދައްކާ. ކަލޭވެސް ތީ އެޖެންޑާ 19 ތަންފީޒުކުރާ މީހެއްދޯ.
އެއީ އިސްލާމްދީނާ ޚިލާފު ކަންތައްތައް ކުރުމަށް ފުރުޞަތު މި އެމްޑީޕީ ސަރުކާރުން ދޭކަން އެންމެނަށް މިހާރު އެނގޭ.
ޝުކުރިއްޔާ
އެޖެންޑާ ކޮވިޑް 19! ވައުދު ނާމާ! އިންސާފު، ޖަޒީރާ އުޅުން، ފަޚުރުވެރި އާއިލާ، ނޫ އިގްތިސާދު! އޯގާވެރިކަން.
ވިޔަފާރި ވެރިޔާގެ ދެއަނބިން ކޮބާތަ، ކަމެއް ކޮއްނުދެވޭތި ވާގޮތްބާ، ނުވަތަ ހަމަ ޖާހިލުކަންބާ، އަވަހައް އުޅެ ވަރިވާން، ތިޔައި ކަމުދާ މީހެއްނޫން .
ނުލަފާކަން.. ގަދަ އަދަބް ދީ.... ގިނަ ބަޔަކު ދަންނަ މީހާގެ ނަންވެސް ޖަހާލިނަމަ... ރަގަޅަށް ބޭޒާރުކޮށްލަން ޖެހޭ....
މިކަމެއްނުހުއްޓޭނެ.ސަރުކާރުން ހުއްޓުވަން އުޅޭކަންތަކެއްނުން މީއަކީ..
ސާބިތެއްނުވާނެ. ވިޔަފާރިވެރިޔާގެ ޙައްޤުތައް ވަރަށް ފުޅާވާނެ.
ޖާހިލުކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަ ބަ އްޔައްވެސް ބޭސްކުރާން ޖެހޭވަރު ކަމެކެވެ.
ތިޔަ ޔަހޫދީ ބައިގަނޑުގެ ކުރީގަ އުޅެނީ 16 17 ގެ އެއްޗިހި....އައްޗި ފަކުރު ތަނެއް
ތިހަޅޭލަވާގޮތައްއެންމެންގޮވާއަޑުގަދަކޮއްމަގުމައްޗައްނުކުމެގެންވެސްމިތާއިސްލާމީސަރީއަތްގާއިމުކުރެވޭތޯބަލާބަލަމުސްލިމުންނޭކިޔާފައިރޯދަހިފައިގެންތިބެދެންހުރިކަންކަންދޫކޮއްލީމާމުސްލިމުންނައްވޭތޯ ޒިނޭކުރީމާހައްދުޖަހާބަލަ ވައްކަން ކުރީމާއަތްބުރިކޮއްބަލަމީހަކުމެރިކަންސާބިތުވީމާދަންޖައްސާމަރާލަބަލަ މިފަދަ ދީނީ ހުކުމްތައްތަންފީޒުނޮކޮއްދީނޭކިޔައިގެންކޮންވާހައެއްމިދައްކަނީ
މިއޮއްފަދަ ރޯދަމަހު އެފަދަ ބޮޑެތި ފާފަ ތަކަށް އަރައިގަންނަށް ހަމަ ބިރުގެ ކަންފުޅެއް ވެސް ނެތީބާއޭ ހިތަށް އަރާ
ރޯދަ މަހެއް އީދު މަހެއް އޮވޭތަ އެބާވަތުގެ ކަންތަކަށް
މިރިޕޯޓުގެ ހެޑިންއަށް ސަލާމް ،އެއޮތީ ކަންކުރިމީހާ އެކަނި އެކަންކޮށްކޮށް ހުއްޓާ ވިޔަފާރިވެރިއަކު އޭނާ ހައްޔަރުކުރިވާހަކައެއް. އެހެންވީމާ މީގެއިން ފެންނަގޮތުން މިހާތަނަށް ހައްޔަރުކުރަންމިޖެހެނީ ފުލުހުން