މާލެ އަށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
މާލެ އަށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ އިރު ދެކުނުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން، "ފްލެމްބޮޔަން" ގެ އަސަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން، "ފްލެމްބޮޔަން"ގެ އަސަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް ބާނި ބޮޑުވާނެ ކަމަށެވެ.

އިއްޔެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އައްޑޫގެ އިރު ދެކުނުން ގާތްގަނޑަކަށް 3000 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އެ ސަރަޙައްދުގެ ބާނި ބޮޑުވެ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވޭކަމަށެވެ.

އަދި ކުރިއަށްއޮތް 24 ގަޑިއިރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްޖޭގެ ދެކުނުގެ އެކި ހިސާބަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. މި ސަބަބަށްޓަކައި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގެ ތިން ސަރަޙައްދަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ގަޑިތައް:

އޭގެ އިތުރުން މި ތޫފާނަކީ މިވަގުތު ދުނިޔޭގައި ދައުރުވަމުންދާ "އެންމެ ބާރުގަދަ" ތޫފާން ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިންވެސް ބުނެފައި ވެއެވެ،

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީގެ މިސްރާބު ހުރީ ކޮންދިމާލަކަށްތަ؟

  2. އަލްހަމްދުލިއްލާހި