އައްޑޫ ސިޓީގައި ރޭ ކަތިވަޅެއެއް ބޭނުން ކޮށްގެން ހިންގި މާރާމާރީއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހިތަދޫގައި ރޭ ދަންވަރު ހިނގި މާރާމާރީ އެއްގައި ދެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ވަނީ ރޭ 2:30 އެހާކަން ހާއިރު ކަމަށެވެ.

"މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ" ފުލުހުން ވިދާޅުވިއެވެ.

ދެ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގައި ޒުވާނަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާ ލިބުނު ޒުވާނާގެ މޫނާއި އަތަށް ވަނީ ފުން ޒަހަމްތަކެއް ވެފައެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.