ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
މި އެންމެން ވެސް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައެވެ.
މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ މި ހުރިހާ ބިދޭސީން ފޮނުވާލީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގަމުން އަންނަ ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ 400 އަށް ވުރެ ގިނަ ބިދޭސީން ވަނީ ބަންގްލަދޭޝް އަށް ފޮނުވާލައިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ފުރަބަންދަކަށް ދިއުމާއި އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
މީގެއިތުރުން ތޮއްޖެހިގެން އުޅޭ ބިދޭސީން އެއަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުނު ގޮތަށް ބަލާ އިރު، އެންމެ ގިނަ އަދަދަކަށް މި ބަލި ޖެހިފައި ވަނީ ވެސް ބަންގްލަދޭޝް މީހުންނަށެވެ.
ރާއްޖެ އިން މިހާތަނަށް 1،216 މީހުންގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެތެރެއިން 782 މީހުންނަކީ ބިދޭސީންނެވެ.
ގަވާއިދާހިލާފއްއުޅޭމީހުންފޮނުވާލުން އެއީ މިސަ ރުކާ ރރުންކު ރާރަވަގަޅުކަމެއް އެއީއެއްވެސްގައުމަކުއުޅެވޭނެގޮތެއްނޫން