ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި މިއަދާއި ހަމައަށް އައިއިރު، ކޮވިޑް-19ގެ އަލާމަތްތަކެއް ހުރި އެއްވަސް ބަޔަކު ފެނިފައި ނުވާ ކަމަށާއި، މިކަން އެގޮތަށް ވެގެން ދިޔައީ ކުރިން އެޅުނު ހަރުދަނަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅު މީސް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ، ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ކަރެކްޝަނަލް ސާވިސްގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އެ ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކަށް އެ ބަލީގެ އެއްވެސް އަސަރެއް ނުފޯރާނެ ގޮތްތައް ކަނޑައެޅުން ކަމަށެވެ. އެގޮތުން މާލެ ސިޓީ ފުރަބަންދުކުރުމާއެކު، އެސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތައް އެލާޓަށް ގެނެސްފައިވާނެ އޭނާ ވިދާޅުވިއެވެ.

އަދި ގައިދީންނާއި، އޮފިސަރުންގެ ސަލާމަތަށްކަޓައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި، އެގޮތުން ޖަލަށް ޒިޔަރަތްކޮށްގެން ކުރިން ހޯދަމުންދިޔަ ހިދުމަތްތައް އޮންލައިން މެދުވެރިކޮށް ލިބޭނެ މަގުތައް ފަހިކޮށްދީފައިވާނެ ކަން އަހުމަދު މުހައްމަދުފުޅު ވަނީ ފާހަގަކުރައްވާފައެވެ.

"މި ހުރިހާ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން މާތްﷲގެ ވާގިފުޅާއެކު މިއަދާއި ހަމައަށް އެއްވެސް ޖަލެއްގައި މި ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމީ އަޅުގަނޑުމެންނަށާއި، ގައިދީންނަށާއި، ބަންދު މީހުންނަށް އަދި އެ މީހުންގެ އާއިލާތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް". އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ޖަލެއްގައި ވަކި ތަރުތީބެެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމްދު

    އިމްރާނަކީ ގަދަމީހެއް. ރާ ނުބޮއެ ހަމަބުއްދީގައި ހުންނަ މީހުންނަށް ކަންކަން ވާނީ. ދެރައީ ރައީސް ޔާމިންއާއި ދޭތެރޭ އަމަލުކުރާގޮތުން. ގޭބަންދައްދޫ ކޮށްލުން ކީއްތޯ. އިމްރާން ޖެހޭނީ ނަޝީދުގެ ޕަޕެޓުވާ ކަނޑާލާ މިނިވަންވާން.