ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކަށް އަމަލު ކުރުމާއި ނުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަަދު ފާއިޒް ހުސައިން ވިދާޅުވުމުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު، ފާއިޒަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެޗްޕީއޭގެ އެންގުމަށް އަމަލު ކުރުން މަޖިލިސް، ޖުޑިޝަރީ އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރަށް ލާޒިމު ނުވެފައި އެއީ އިހްތިޔާރީ ކަމަކަށް ވާނަމަ އެޗްޕީއޭގެ އެންގުމަށް އަމަލު ކުރުން ލާޒިމު ވަނީ ހަމައެކަނި "އައިޝާ އާއި ޔަހުޔާތޯ؟" ސުވާލު ކުރައްވާފައެވެ.

ދިޔާނާ ވަނީ އެހެން ކަންތައް ވާނަމަ ޤާނޫނުގެ މަޤުޞަދު ހާސިލްވޭތޯ ވެސް ސުވާލު ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި ވަނިކޮށް މަޖިލީހަށް މެމްބަރުން ހާޒިރުވެގެން ޖަލްސާތައް ބާއްވަން އިއްޔެ ފެށުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެފާޑުކިޔުންތަކާއި ގުޅިގެން ފާއިޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިފާޢުގައި އިއްޔެ ވާހަކަފުޅު ދައްކަވާފައެވެ.

ފާއިޒް އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އާންމު ޚިދުމަތްތަކާއި އެއާޕޯޓްތަކާއި ސްކޫލްތައް ބަންދުކޮށް، އަސާސީ ބައެއް ހައްގުތައް ހިފެހެއްޓުމުގެ ބާރު އޮތަސް، ދުސްތޫރީ މުއައްސަސާތަކުގެ ބާރުތައް ކުރިއެކޭ ވެސް އެއްގޮތަށް ދެމި އޮންނާނެ ކަމަށެވެ.

ގާނޫނީ ގޮތުން ރައީސް ނިންމަވަން ކަމެއް ކުރައްވަން އެންގުމުގެ ބާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ވިޔަސް، ހެލްތް މިނިސްޓަރަށް ނޯންނާނެ ކަމަށާއި ހަމައެގޮތަށް މަޖިލީހަށް ވެސް އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރުމާއި ނުކުރުމުގެ އިހްތިޔާރު އެބައޮތް ކަމަށް ފާއިޒް ވިދާޅުވިއެވެ.

އާއްމު ސިއްހަތުގެ ޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެ ކަމާއި މެދު ޤާނޫނީ ވަކީލުން ގެންދެވީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޮންމެ ގޮތެއް ހައްދަވައިގެން ވެސް ބާއްވަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، އެޗްޕީއޭ އިން ވަނީ ޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލީ

    ކުރީގެ އުއްތަމަ ފަނޑިޔާރަށްވުރެ ޤާނޫނީ ޙުކޫމަތު ކުރީގެ ބަންޑާރަ ނާއިބަށް ފަހުމް ވެފައިވާކަން މި ޚަބަރުން އެނގިއްޖެ

    51
    6
  2. އަލިފު!

    ފަނޑިޔާރު ކަމަށް މަޖިލިހުން ރުހުން ނުދިނީމާ، މަޖިލީހުގެ ރުހުން ހޯދަން ފާއިޒް މަސައްކައް ކުރާތަން މިފެންނަނީ! ފާއިޒް ފަނޑިޔާރު ކަމުގައި ހުރިއިރު ޙުކުމްތައް ކުރައްވާފައިވާނީ ރަނގަޅަށް ނޫންކަން މީގެން ދޭހަކޮށްދެނީ!

    50
    1
  3. ޒަބީބު

    މަޖިލިސް ރައީސް އާއި ސީދާ ރަނުންރަނަށް ރައުޔު ދިމާވާ ބޭފުޅުންގެ ކްލަބެއް އޮންނާނެ. އެއީ ހަތްދިހައިގެ ބްލެކް އެންޑް ވައިޓް ފޮޓޯއެއް ހެން ހެދުން އަޅައިގެން ތުންޖީނާ ސަލަވާތް ކިޔެވުން ކަމުގައި ވިއަސް އިނގޭތޯ! އެކްލަބުގެ މެމްބަރުންގެ ތެރެއިން މިވަގުތު އެންމެ މަތީ ކޯޓުން ބޭރުގައި ހުންނަވަން ޖެހިފައިވާ ބޭފުޅުންވެސް އެބަތިއްބެވި. ވީމާ އެތެރެއަށް ވަދެވޭނީ ލޯޔަލްޓީ ދައްކައިގެން ނޫންތޯ؟ ދެން ރާއްޖޭގައި ޤާނޫން ހިނގާނީ ދިޔާނާގެ މައްޗަށް އެކަންޏޭ ވިދާޅުވިއަސް އަޅުގަނޑުމެން ހައިރާނެއް ނުވާނެ. ދިޔާނާ އަށް ތިކަމުން ހަރިރާންކަމެއް ލިބުނީތީ އަޅުގަނޑުމެން މާހައިރާން ވެއްޖެ!!!!!!

    38
    1
  4. ހަސަނު

    ފާއިޒު އެއުޅެނީ ކޮމްމެވެސް އެއްޗެކޭ ކިޔައިގެން ސަރުކާރާ އެއްކޮޅު މީހެއްކަން ދައްކައިގެން ކޮންމެވެސް މަތީ މަގާމެއް ލިބޭތޯ. އެކަމަކު ބާރު ލިބިފައޮތް އިރު ހުރީ ހަނު. ބޮޑު ފިނޑިއެއް.

    47
    2
  5. މުކޮސް

    ދިޔާނާ ބުންޏަސް ތެދެއްވާނީ ތެދަކަށެވެ. ރައްޔިތުން މަޖިލީހުން ބޯލަނބަން ނުޖެހެންޏާ، ރައްޔިތުން އަމުދުން ބޯލަނބަން ނުޖެހެއެވެ. އެއީ ރައްޔިތުންގެ މަންދޫބުންނެވެ. އެމީހުން ތިބޭނީ އަދި ރައްޔިތުންނަށްވުރެ ފަހަތުގައެވެ. ފާއިޒު ކަލޭ ޤާނޫނުތަ ކިޔެވީ، ނޫނީ ފިލޯސަފީތަ؟

    49
    1
    • ހުސެން

      ފިލޯސަފީ

  6. ތައްކާނު ބެ

    ދިޔާނާ ގެ ސުވާލަ އަށް ފުރިހަމަ ތާއީދު އޮތް ވާހަކަ ދަންނަވަން!

    95
    5
  7. ޑެލްބޯއި

    ފާއިޒު ވިދާޅުވީ ވަރަށް ރަގަޅު ވާހަކައެއް. ޤާނޫނަކުން މަޖިލީސް އެއްވުމެއް ނުހުއްޓުވޭނެ. އަދި އެފަދަ ބާރެއް އެެއްވެސް ފަރާތަކަށް ނުދެވޭނެ. އެޗް.ޕީ.އޭގެ އެންގުމަށް އަދުލް އިންސާފު ޤާއިމު ކުރުމެއް ޤާނޫނު ހެދުމެއް ޤާނޫނު އަސާސީ އިސްލާހް ކުރުމެއް ހުއްޓައެއް ނުލެވޭނެ. ދަޢުލަތުގެ ތިން ބާރުގެ ވެރިންނަކީ ޤާނޫނު އަސާސީގެ ދަށުން ބާރުތަކެއް ލިބިފައިވާ ވަކި ޝަތުރުތަކެއް ހުންނަ ބައެއް. އެ ޝަރުތުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުން ހިމެނޭ. އެހެންވެ އެ ތިން ވެރިން އަމަލު ކުރާނީ ބުއްދީގެ ބޭނުން ހިފައިގެންކަމަށް ބަލަންޖެހޭ. ޤާނޫނަކުން ޤާނޫނު އަސާސީން ދީފައިވާ ބާރުތަކެއް ނިގުޅައެއް ނުގަނެވޭނެ. އެއީ ވަރަށް އަސާސީ ނޮލެޖެއް. ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްޤުތައް ވެސް ހަނިކުރެވޭނީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސަށް އަދި އެހަނިކުރުން ވެސް މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހޭ. ޑީޖީ ރައްޔިތުން ގޭ ބަންދުކޮށްފައި އެވަނީ ޤާނޫނު އަސާސީއާ ހިލާފަށް. ކޮރޮނާ ފޯބިއާގައި ނުވަތަ މާސް ހިސްޓީރިއާގައި ޖެހި ތިމާމެނަށް ލިބިފައިވާ ހައްޤުތައް ދޫކޮށްލުމަކީ ބުއްދިވެރިކަމެއް ނޫން. މިއަދު މިރާއްޖެއިން ފެނިގެން މިދަނީ އެމަންޒަރު. ޑީޖީ ވެސް ޖެހޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރޭން މަސައްކަތް ކުރަން. ތިމަންނަ އަށް ޤާނޫނުން މިވެނި ބާރެއް ދީފައި އެބައޮތޭ ކިޔާ ޤާނޫނު އަސާސީން ރައްޔިތުނަށް ދީފައިވާ ވިޔަފާރި ކުރުމުގެ ހައްޤާ މަަސައްކަތް ކުރުމުގެ ހައްޤާ އަދުލް އިންސާފު ލިބުމުގެ ހައްޤު ހަންޏެއް ނުކުރެވޭނެ. ދުވަސް ކޮޅެއް ފަހުން އަންނަ ވެރިޔަކު ދެން މީހުން ބަންދު ކުރަން ބޭނުން ކުރާނީ ޑީޖީ އަށް ޤާނޫނުން ދީފައިވާ ބާރުތޯއްޗެއް ކޮންމެ ވެސް ވައިރަހެއް މިސާލަކަށް ގަސްތަކުގައި ހުވަނި މާ ގިނަވެއްޖޭ ސިއްހަތަށް ނުރައްކާ ވަނީއޭ މީހުން ދުވަސްކޮޅަކު ގޭގައި ތިބެންވީއޭ ކިޔަފައި ޑީޖީ މެދުވެރިކޮށް އަމުރުތަކެއް ނެރެންވީ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމަށް ދާނީ. ބީ ސެންސިބަލް ކޮރޯނާ ވައިރަސްގެ ބިރުން ހަމަބުއްދި ނެއްޓުނަ ނުދެއްވާ. ޔަހްޔާ އަށް ޤާނޫނު އަސާސީން ދީފައިވާ ހައްޤު ޑީޖީ ނިގުޅައިގަތީމާ ޔަހްޔާ މިއަދު އެހުންނަނީ ކޮރޯނާވައިރަސްގެ ބިރުގައި އަދި މާސްހިސްޓީރިއާގެ އަޅަކަށްވެފައި. ހަމަބުއްދިވެރިކަން ލިބޭ ދުވަހަކުން ޔަހްޔާ ވެސް ބުނާނެ މަށަށް ވެސް ހުރެވުނީ ހަމަ އެ ހިސްޓީރިއާގައި ޖެހިފައޭ.

    5
    49
  8. މަގޭ ޚިޔާލު

    މިއީ މި ގައުމުގެ ގާނޫނީ ބޭފުޅުންގެ ހާލު،، ދެން ކޮބާ ކިޔެވި ތަނެއް ނޭގޭ، އެކަމަކު މަޖިލީހަށް ވަދެގެން އުޅޭ ޖޯކަރުންގެ ހާލު ހުންނާނެ ހިސާބަކީ،، މީހުން ބުނެެއުޅެނީ ހަމަ ރަނގަޅަށް،،،، ގާނޫނު ހިނގަނީ އަދ ތަންފީޒު ވާނީވެސް ނިކަމެތިންގެ މައްޗަށް އެކަންޏޭ،

    44
    2
  9. ދަރަނި ދަންތުރަ

    ފާއިޒު އެއީ ނަސީދު ގެ ޕާޓުނަރެއް ނަސީދު ރާބުޔަސް ފާއިޒު ބުނާނެ އެއީ ނަސީދު އިހުތިޔާރުގައި ވާ ކަމެކޭ

    44
    1
  10. ހުސޭނުބޭ

    ދެން ދިޔާނާ ހިންގާ ކުއިޒް މުބާރާތުގައި ބައިވެރިވެގެން އެއްވަނަލިބޭތޯ ފާއިޒް މަސައްކަތްކޮށްބަލަ!

    31
    3
  11. ޔަހުޔާ

    އެޗްޕީއޭގެ އެންގުމަށް އަމަލު ކުރުން ލާޒިމު ވަނީ ހަމައެކަނި "ބޮޑުއައިސަ އާއި ވާލަސޮރާ ދެމީހުންް". ދެރަމީހާ ދެރަވާނެ ކޮންމެ ތަނެއްގަވެސް. ދެރަމީހުން މިތިބީ ގޭގަ ބައިތިއްބާފަ. "ދިވެހިރާއްއްޖޭގެ ލޮބުވެތިރައްޔިތުން" މިހެން ކިޔަން ފަށާނެ ވޯޓު ކައިރިވީމަ. ވަރަށް ވެދުން.

    35
    1
  12. އަލިބެ

    ދިޔާނާނާގެ މިފޮޓޯފުޅަކީ ފަހުގެ ފޮޓޯ ފުޅެއްބާ؟ ނޫނީ ކުރީގެ ފޮޓޯ ފުޅެއްބާ؟ ހަމަ އަހާލެވުނީ. ސޮރީ.

    22
    1
  13. ޙިނިތުނ

    ބުއްދީގެގޮތުންވެސް ގަބޫލުނުކުރެވޭކަހަލަގެ ތާކުންތާކުނުޖެހޭވާހަކަތައް ދެއްކީމާގަބޫލެއްނުކުރެވޭނެ ގަވާޣިދުތަކަށްޣަމަލުކުރުންއޮތީހަމައެކަނި ނިކަމެތިރައްޔިތުއްނަށްތަ

    26
  14. ބާރީ

    މި ފައިއްޓޭ އަދިވެސް މި ހުންނަނީ އފ ކަމުގެ ހުވަފެނުގައި. ކީއްކުރާނީ އަމިއްލަ ޒާތީ މަސްލަހަތު ދިރުވުން ފިޔަވައި އިތުރު ކަމެއް އެގޭ ކަމަކަށްވެސް ނުވޭ.

    14
  15. ޙަސަނާ

    ކަލޯ ފާއިޒޫ ބޮޑުމީހާގެ ރުހުންލިބޭތޯ އުޅެގެންވާނީ ތިހިރީވެސް ކަމަކާއިގެން ބޫތުކައިފަ ފަހަރެއްގަ ސުޕުރިމްކޯޓު ބެންޗު8 އިތުރުކޮއްފަ ފުރުސަތެއްދީވެސްފާނެ މިގައުމު ގެ ބާރުވެރިޔާ އައްތާއީދު ކުރޭ...

    21
  16. ޢަލިބެ

    ޖަންގަލީ ޤާނޫނު ކިޔަވައިގެން ހުރި ބޭފުޅެއް އެއީ. އެހެންވެ މިނިކާވަގުގެ ހަމަ އެދައްކަވަނީ.

    22
  17. އޯނޯ

    ސަ ރުކާ ރުގެ އެއްވެސް ދައު ރެއްނެތް މީހުން މިކަންކަމުގައި ވާހަކަ ދެއްކުން ރަނގަޅެއްނޫން.

  18. ތާކިހާ

    ޤާނޫނު ބޮޑުއަތުން މާނަކުރަން ނުޖެހޭގޮތަކަށް ޤާނޫނޫއަސާސީ ލިޔެ އުފެއްގޭނެ ބަޔަކަށް އެއްޓިމޭޓަށް ގޮވަންވީނޫންތޯ؟ ތިޔަ ޒުވާބެއްގައި މި ޤައުމު ފުޑިއްޖެ، ކޮންމެ މީހަކުވެސް އެމީހަކު މޮޅުކަންދައްކަން، ނުކުތާއޭ ހ ށ ނ ރ ޢޭ އަރިމައްޗޭ ، ކަނޭ ކިހާދެރަކަމެއް

  19. ޢަލީ

    ދިޔާނާ ބުންޏަސް ޖާބިރު ބުންޏަސް ރަނގަޅުވާހަކައެއް ވެއްޖެއްޔާ ރަނގަޅުވާނެ. އުއްތަމަ ފަނޑިޔާރުކަން ކުރި ބޭފުޅަކު ދައްކަން ވާވަރުގެ ވާހަކައެއްނޫން އެއީ އަނގަމަޑުންލައިގެން ދައުލަތުންދޭ ބޮޑު ލާރިގަނޑު ކައިކައި އޮވެބަލަ. ބަލަ މަގޭ ގެއަށްވެސް މަގޭ ހުއްދަނެތި މަޖިލިސްގެ ރައީސަށްވެސް ނުވަދެވޭނެ. ވަންނަންޔާ ޖެހޭނީ ކޯޓު އަމުރު ނެރެން. އެވަރުގެ ކުޑަ ޖަވާބެއް ބޭނުންވާކަމެއް. ޑިރެކްޓަރ ޖެނެރަލްގެ ބާރު ކަނޑުވާލަންޏާ ފުރަތަމަ ޤާނޫނު ފާސްކުރޭ އެއަށްފަހު ރައީސް ތަސްދީގު ކުރީމާ ދެންކުރޭ. އެހެންނޫނީ ޖެހޭނީ ހުއްދަ ހޯދައިގެން ކުރަން.

  20. ފާތުމަތު

    ދިޔާނާ އާއެއްފެންރަށްޤާނޫން އެގޭ ބޭފުޅުން ރާއްޖޭގަމަދުވާނެ. އަދި ކިތަންމެވަރަކަށް ކިޔަވާފަހުއްޓަސް ދިޔާނާއާ ބަހުސެއްކޮށް ކުރިލިބޭނެބޭފުޅުންނެތޭވެސް ބުނެވޭ ވަރުގެ ބޭފުޅެއްދިޔާނާއަކީ.ވިސްނުންތޫނު ތަޢުލީމީ ޤާބިލްބޭފުޅެއް.