މިރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ވާއަތު ކަކުލު ހުޅަށް އަނިޔާވެފައިވާކަމަށް އޭނާގެ ފިރިކަލުން، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ހިސާން މަޖިލީހަށް ވަޑައިގެންނެވި އިރުވެސް އުޅުއްވީ ކަނާތު ކަކުލު ހުޅަށް އަނިޔާއެއް ވެގެން ކަމަށެވެ. އަދި އެފަހުން މަޖިލީހުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެރެން މެމްބަރުން މަސައްކަތް ކުރުމުގެ ތެރޭގައި ޝިޔާމްގެ ފަރާތުން ހިސާންގެ ވާއަތު ފަޔަށް ވެސް އަނިޔާވެފައިވާ ކަމަށާ، އައިސް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހަށް ވަޑައިގެންވި އިރުވެސް ހިސާންގެ ކަނާތް ފަރާތުގެ ކަކުލު ހުޅަށް އަނިޔާވެފައި ހުރީ. އަދި މެމްބަރު ޝިޔާމްގެ ފަރާތުން އަނެއްކާ ވާއަތު ފަޔަށް ވެސް އަނިޔާވިކަމަށް އެބަ ވިދާޅުވޭ. އައިސް ވަރަށް އަވަހަށް ބޭނުންވާހަކަވެސް އެބަ ވިދާޅުވޭ. ހަމަ އެއްގޮތަކަށް ވެސް ހިނގާ ނޫޅެވޭނެ ވާހަކަ އެބަ ވިދާޅުވޭ. ޝުކުރިއްޔާ" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ސަރޖަންޓް އެޓް އާމްސް އަށް އައިސް ގެންނަވަން އިރުޝާދު ދެއްވާފައެވެ.

"އަޅުގަނޑު ސަރޖަންޓް އެޓް އާމްސް އަރިހުން އެދެން އައިސް އަވަހަށް އައިސް ގެނެސްދެއްވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާގައި، ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައި ވާއިރު އެމްޑީޕީ މެމްބަރުން ޝިޔާމް މަޖިލީހުން ނެރުނީ ދަމާފައެވެ. އަދި ޝިޔާމް ނެރުމަށް މެމްބަރުން ކުރި މަސައްކަތުގެ ތެރޭގައި އޭނާގެ ގަމީސް އެއްކޮށް ވީދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އަދި އޭނާ މަޖިލީހުން ނެރުމުގެ ތެރޭގައި އިތުރު މެމްބަރުންނަށް ވެސް ވަނީ އަނިޔާވެއެވެ. ޝިޔާމް ވަނީ އޭނާ އަށް އަނިޔާވުމުން މަޖިލީހުގައި މާރާމާރީ ހިންގި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޮއްޓާ

    ތި އެންމެންނަށް އަނިޔާވީ މޮސްޓާ ކިޔާ ޕާޓޭއަކު ހިންގި ހަރަކާތްތަކުން އޭނާގެ މައްސަލަބަލާ.. ނަން އިއްވީމަ ނިކުންނަން އޮންނަނީ ޤަވާއިދު ނުނިކުތީނަ ގަދަކަމުންވެސް ނެރެވޭނެ.. ގަލޮޅު ދަނޑުގަ އަވަގުރާނަ ގޮވަމުން ދުވި މޮސްޓާ މިރޭ އެންމެ ހާޖާނުހިންގާ އަނިޔާކުރީ

    5
    34
    • ފ

      އެމްޑީޕީ ކުރިން ކުރިހާ ހަޅުތާލޯ، ދުންމާރި ފުމެ، ގާނޫނާށް ފައިން އަރާ، ލެވިހާ ހަޅޭކޯ. ???? އިދިކޮޅު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނީމަ ނުޖެހޭ އެމްޑީޕީއިން ތިވަރު އަރުވާލާކަށް... އަނިޔާވެރި އެމްޑީޕީ... އަނިޔާވެރިންނަކީ އެމްޑީޕކަން ހާމަކޮށް ދީފި... ރައީސް ނަޝީދު ފާޑުކިއުމުން މެމްބަރު ރައްދުގަ ޖަވާބް ދާރީވީ... ???

      11
  2. ޝާނީ

    ޝިޔާމްތަ ގޮސް ބައެއްގެ ގަޔައްބޮލަށް އަރައިގަތީ. އެހާ ދަށުދަރަޖައިގެ ބޭފުޅެއްނޫން އެއިކީ. އެތަން ހަލަބޮލި ކުރިބައެއްކައިރީ ގޮސް ބުނޭ ކިރިޔާއޭ ހިސާނާގެ ކަކުލުހުޅުން ވާގިނުގޮސްހުރިކަން

    30
    1
  3. ޖުލައި

    ހިސާން ގޮނޑީގައި އިންދަތަ ފަޔަށް އާ ނިޔާވީ ؟ އެމްޑީޕީ ހުރިހާ ގުންޑާއިން ޝިޔާމަށް އަނިޔާ ކުރަން އުޅެނިކޮށް ވީކަމެއްނު ތީ

    32
    1
    • ޢަލީ

      ޝިޔާމް ބަސް އަހައިގެން ނިކުތްނަމަ އެއްވެސް އަނިޔާއެއް އޭނައަށް އަދި މެމްބަރަކަށްވެސް ނުވީސް.. ކުއްވެރިޔަކީ ޝިޔާމް، ހަމަނުޖެހުން ކުރިއޭޓް ކުރީ އޭނަ

      13
  4. Anonymous

    ނަމުގަ މަޖިލީހެކޯ، ޖަނަވާރު ކޮއްޓަކަށްވުރެއްވެސް މިވެރިންގެ ކަންތައް ބޮޑު. ތީ އުވާލަންވެފަ އޮތް ތަނެއް.

    33
  5. އަހްމަދު

    އަލްޙަމްދު ލިއްލާހި. އާމީން

    9
    5
  6. ތުޅާދޫމީހާ

    ޙިސާނުއަށްތަ ނަސީދު އެންގީ ސިޔާމް ނެރެން ލޮލް

    17
    1
  7. ބުރުގާ އަޅާބަލަ

    ތިތާތިބި ހުރިހާފިރި ހެނުން ކުރިމަތީގައި ކަރުދޮށާ މޭމަތި ތިހުރީ ހާމަޔަށް ފެނާކަށްނު ލަދެއްނުގަނޭ ތޯ އަނެއްކާ ދަންނަ އެއްޗެއްގެ ވާހަކަތަ މަށަށް މިބުނެވުނީ ލަދު ވިއްކަން ހުނައެއްޗެއް ނޫން ހުރިނަމަތާދޯ ކަމަނާ ބުރުގާ އަޅަނީ ކޮން އިރަކުން ތޯ ؟

    16
    1
  8. ނހ

    ހިޝާނު މިރޭ މަޖިލީހަށްއައީ ނޭގަހުއްޓައި ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާހޯދަންތަ؟ އެއީތަ ރައީސް ކުރިޔަށް ކުޅުއްވި 6ކުޅިއަކީ، ރައީސަކަށް ނޭންގޭނެ މެންބަރެއްގެ ގައިގައި ތަޅައިމާރާމާރީ ހިންގާކަށް

    18
    2
  9. ހިއްޓެ

    މަޖިލީހުގެ ރައީސް ހިޝާނުވެސް މާރާމާރީގައި ބައިވެރިކުރީތަ

    15
    2
  10. Anonymous

    ހިސާނު ވެސް ޝިޔާމު ނެރެން ދިޔައީ
    ނޫނޭ ވާ ހަމަ ފިރިހެނެއް ތީ. ހަމަހަމަ ވެފަ.

    22
    1
  11. ލާމު

    ސޯސަލް ޑިސްޓެންސް ނުބަހައްޓަ އެވެ.

  12. ސަޓޯ

    މަރެއް ނުވެއެއްނު އަދި..

  13. ހ

    ޝިޔާމަށް ހަމަލާ ދެއްވުމަށް މެންބަރުންނަށް އެންގެވީވެސް ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު... މެންބަރުން އެހެން މެންބަރެއްގެ ގައިގަ އަތް ލައިގެން ނުވާނެ... ކުރިން ކިހާ އަޑުގަދަ އެއް އެމްޑީޕީ ކުރި، މިފަހަރު ޕީޕީއެމް މެމްބަރަކު އެއްޗެކޭ ބުނާއިރަށް އަނިޔާވެރި އެމްޑީޕީ ކޮށްލިވަރު ބަލާބަލަ.. މިހާލަތުގަ ގައިދުރު ކަމެއް ނެތް..

  14. ދަވާލި19

    ބަޔަކު ހިރިލާއިރައް ސުލޫކީ މައްސަލަބައްލަވާ މީހާގެ ސުލޫކީ މައްސަލަ ރައްޔިތުން ނުބަލާކަމީ ރައްޔިތުންގެ މުކުޅެދުންތެރިކަން