ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު އަޔަރލޭންޑްގެ ބޮޑުވަޒީރު، ލިއޯ ވަރަޑްކާ އަށް ފޯނުން ގުޅުއްވާ ރާއްޖޭގެ ކޮވިޑް-19ގެ ޙަލާތާއި މިބަލިން އަރައިގަތުމަށް ގެންގުޅުއްވާ ދުރު ރާސްތާ ޕްލޭނާ ގުޅޭގޮތުން ވާހަކަދައްކަވައިފިއެވެ.

ރައީސް ސާލިހު މިއަދު މެންދުރުފަހު އަޔަރލޭންޑްގެ ބޮޑުވަޒީރު، ލިއޯ ވަރަޑްކާ އަށް ފޯނުން ގުޅުވައްވައި މިމަހުގެ ދެ ވަނަ ދުވަހާއި ހަމައަށް 1841 މީހަކަށް ރާއްޖޭގައި މި ބަލި ޖެހި، ޖުމްލަ ހަތް މީހަކު މި ބަލީގައި ނިޔާވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަޙައްދު ފުރަބަންދުކޮށް، އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.

އަދި މީގެ އިތުރުން، ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަަމަށާޢި، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިޞްބަތްވެސް މަދުވަމުން އަންނާތީ، ދެން ކުރިޔަށް އޮތް މަރުޙަލާތަކުގައި އެންމެ އިސްކަންދެއްވައިގެން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެެވެ.

އެގޮތުން އިޤްތިޞާދީ ޙަރަކާތްތަކަށް ހުޅުވާލުމާއި، ބޯޑަރު އަލުން ހުޅުވާލުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައި މި ބަލީގެ މައްޗަށް ކާމިޔާބު ހޯދައި ކުރިޔަށްދިއުން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން މިބަލިން އަރައިގަނެ ކުރިޔަށްދާން މަސައްކަތްކުރާއިރު، ޚާއްޞަކޮށް ދަރަނި މަޢާފުކޮށްދިނުންފަދަ ކަންކަމަކީ މި ބަލިން އަރައިގަތުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން،، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެޤައުމުން އެއްބާރުލުން އިތުރުކޮށް ގުޅުންބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ދެބޭފުޅުންވެސް ވަނީ ބައިނަލްއަޤްވަމީ ގޮތުން އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި އެއްބާރުލުންދިނުމާއި ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކާމިޔާބީ އެދިވަޑައިގެންނެވުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖޭން ރިޕޯޓް ފޮނުވަންޖެހޭގައުމެއްތަ އެއީ؟

    17
  2. ހޫދު

    އަޔަރލެންޑުގެ އިސްތިއުމާރުގެ ދަށުގަ އޮތް ގައުމެއްތަ ދިވެހިރާއްޖެއަކީ؟ މިމީހާއަށް އެބައެނގޭތަ ކުރެވޭ ނުކުރެވޭ ކަމެއް؟

    15
  3. Anonymous

    މޮޔަވެގެންއުޅޭބެއެއްތަ މިއީ. އަޔަރލޭންޑް މީހުން ވަރަށް އިންޓްރެސްޓް އޮތްކަމެއް ދިވެހިރާއްޖޭގެ ހާލަތު ބެލުމަކީ! ލަދުން ބޯހަލާކު.

    18
  4. ދިވެހި ދަރިއެއް

    ކަލޯ ސަލާންޖަޖަނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން

    3
    1
  5. ޙާމިދު

    ތިވާނީ ޖަޒީރާ އައިލޭންޑްގެ ބޮޑުވަޒީރު މުހައްމަދު ނަޝީދުއަށް ގުޅީކަމަށް.

    2
    1
  6. ހަދީލް

    އެންޓާޓިކާގެ ބޮޑުވަޒީ ރައް ގުޅާފަ ރާއްޖޭގެ ޚަބަ ރު ކިޔާނުދެންތަ.؟

  7. ނަސީދު

    ޢިންށިޔާ އާއި ހިސްސާކުރިބާ ދެއްކިވާހަކަތަ

  8. ޑައެލޯގް

    އާން! ތިޔަކަންކަލެއް ވެދާނެއެވެ. ތިޔަފޯނުކޮށް ދައުލަތުގެ ބަޖެޓުން ތިޔަގައުމަށްގޮސް ސެލްފީއެއްނެގިދާނެއެވެ.