ވޭތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި 1،927 ވިޔަފާރިއަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން ވިޔަފާރި ކުރާ ތަންތަން އަލުން ހުޅުވާލަން ސަރުކާރުގެ ހުއްދަ އަށް އެދުމުން، އެ ފަރާތްތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި ބައެއް ވިޔަފާރިތަކަށް ހުއްދަ ދީފައި، އެހެން ވިޔަފާރިތަކަށް ހުއްދަ ނުދޭތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަބަންދު ލުއި ކުރުމުން ވިޔަފާރިތަކަށް ހުއްދަ ދިނުމަށް ކަނޑައެޅި އުސޫލުގެ ދަށުން މިދިޔަ 12 ގަޑިއިރުގެ ތެރޭގައި 21،653 މީހުންނަށް ހުއްދަ ދޫކޮށްފައިވާއެވެ.

 

އެ ހުއްދަ އާއެކު އަލަށް 11،826 މީހުން އިގްތިސާދީ ހަރަކާތް ކުރިއަށް ގެންދިއުމަށް މާލޭގެ މަގުތަކަށް ނުކުމެ އުޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޔަފާރިތަކަށް ހުއްދަ ދޭނެ ގޮތް ކަނޑައަޅާ އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނެ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން މި ފަރަތާތްތައް ހުއްދައަށް އެދި [email protected] އަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިގޮތުން ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ ބޭނުންވާ މުވައްޒަފުންނަށް ކަމަށެވެ.

އެ އުސޫލާ އެއްގޮތަަށް ހުއްދައަށް އެދުމުން ޖަވާބު ނުލިބި ލަސްވާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެ ކަންބޮޑުވުންތަކާއި އެކު ފުލުހުން ވަނީ އަނެއްކާވެސް ވިޔަފާރި ހުއްދަތައް ދޫކުރުމުގެ މަސައްކަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމީރާ

    މާލެސިޓީކައުންސިލަށް ހުށަހެޅުމަށް އެރޭ ހުކުރުދުވަހުގެ ރޭ 22:00 ގައި ބިޒްނަސް ޕާރމިޓް ހޯދުމަށް ހުށަހެޅުމުން ރޭގަ ވަގުތެއްގައި މެސެޖްއައީ ފުލުހަށް ހުއްދަހޯދުމަށް އެދުމަށެވެ. މިހާރުމިވީކިތަށްދުވަސްހެއްޔެވެ؟ ރޭގައި 20:00ގައި ފުލުހުންނަން ވާނީ ޕޯޓަލްމެދުވެރި ކޮށް ހުށަހަޅާފައެވެ. އަދި ޖަވާބެއް ނުލިބޭ