ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އަންހެނަކު ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިން ނިޔާވެއްޖެ އެވެ.
އެ އަތޮޅު މީދޫގައި ދިރިއުޅެމުންދާ އެ އަންހެން މީހާ ވިހާފައި ވަނީ މިއަދު ހެނދުނު އެވެ. އެ ދެ ކުދިން ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މިކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް "ވަގުތު"އަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކުޑަހުވަދޫ ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު އަބްދުލް ސައްތާރު "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، އެމީހާގެ ބަނޑަށް މިހާތަނަށް ވެފައިވަނީ ފަސް މަސް ކަމަށާއި އެ އަންހެން މީހާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރި ކަމަށެވެ.
އާއިލާ މީހަކު "ވަގުތު"އަށް ބުނީ، އެ އަންހެން މީހާ ވިހާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ. އެ އަންހެން މީހާ ވިހާފައި ވަނީ ބަނޑަށް ފަސް މަހުގައި ކަމަށްވެސް އެ މީހާ ބުނެފައި ވެއެވެ. އަދި އެ ދެ ކުދިން ނިޔާވީ ވިހެއިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަދި އެ ކުދިން ނިޔާވީ މާލެ ފޮނުވާލުމަށް އާސަންދައިން ލިބެން ޖެހޭ ހުއްދަ ނުލިބި ލަސް ވުމުން ކަމަށް އާއިލާއިން ބުނެގައި ވެއެވެ.
މީގެ ކުރިން ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށާއި، ށ. ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ނޯޓް: މި ހަބަރުގައި ފުރަތަމަ ދެކުދިން ބަނޑަށް ނިޔާވި ކަމަށް ލިޔެވުނީ މައުލޫމާތު ލިބުމުގައި އެރި އޮޅުމެއްގެ ސަބަބުންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.
ޅ ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު
މިނިސްޓަރު އަމީން
މައިމޫނާ އަބޫބަކުރު އަށް
މި ޕެންޑިމެކައި ގުޅިގެން ފުރަބަންދު ކޮށް ސިއްހީ ހިތުމަތް ދޭ ތަންތަނާއި އެއް ރަށުން އަނެއް ރަށް ދަތުރު ފަތުރު ކުރުން ހަރުކަށި ކުރުމުގެ ސަބަބުން މި ކޮވިޑް ޖެހިގެން މަރު މީހުންނަށް ވުރެ ސިއްހީ ހިދުމަތް ނުލިބި ނުވަތަ ލަސްވެގެން ކިތައް ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިޖެތޯ؟ މައިމޫނާ އަބޫ ބަކުރު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އިންޝާﷲ އަދި ކޮންމެވެސް ދުވަހަކުން މީހުންނާއި ދެކޮޅަށް ޖިނާއީ ތަހުޤީޤެއް ކޮށް ޙައްޤު އަދަބު ދޭ ނަން އިންޝަﷲ
ޅ ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު
މިނިސްޓަރު އަމީން
މައިމޫނާ އަބޫބަކުރު އަށް
މި ޕެންޑިމެކައި ގުޅިގެން ފުރަބަންދު ކޮށް ސިއްހީ ހިތުމަތް ދޭ ތަންތަނާއި އެއް ރަށުން އަނެއް ރަށް ދަތުރު ފަތުރު ކުރުން ހަރުކަށި ކުރުމުގެ ސަބަބުން މި ކޮވިޑް ޖެހިގެން މަރު މީހުންނަށް ވުރެ ސިއްހީ ހިދުމަތް ނުލިބި ނުވަތަ ލަސްވެގެން ކިތައް ދިވެހި ރައްޔިތުންގެ ފުރާނަ ގެއްލިޖެތޯ؟ މައިމޫނާ އަބޫ ބަކުރު މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އިންޝާﷲ އަދި ކޮންމެވެސް ދުވަހަކުން މީހުންނާއި ދެކޮޅަށް ޖިނާއީ ތަހުޤީޤެއް ކޮށް ޙައްޤު އަދަބު ދޭ ނަން އިންޝަﷲ
ޢެއްމެ ކަމެއް ފިޔަވައި އިތިރު ތަފްޞީލް ބޭނުމެއްނޫން ބޭނުންވާ ތަފްޞީލް އަކީ އާއިލާ މީހުން ތުހުމަތު ކުރާ އިހްމާލްވާ ފަރާތް ،
ތީދެން މިހާރު އާއްމުކަމެއް..
އެއް ކުއްޖަކު ނިޔާވީ
މައާފް ކޮށްފީމެވެ..
ފަސްމަހު ވިހާކުދިން ސަލާމަތް ކުރެވުމުގެ ޗާންސް ވަރަށް ކުޑަ. އަހަރެމެން ފެމިލީ އަކީ ޓްވިންސް ގިނަ ބައެއް. 6 މަހުގަ ވިހޭ ދެބޭން ސަލާމަތް ނުކުރެވުނު. ޑޮކްޓަރ ވަރަށް ކިޔާދިން. އޭގެ ފަހުން 7 މަހުގަ ވިހޭ ދެބޭން ކިރިޔާ ސަލާމަތް ކުރެވުނީ
ދެން ތި ބުނަނީ ދުވަސް ނުފުރާ ފަސް މަހުގަ ވިހާ ކުދިން ސަލާމަތް ކުރަން މަސައްކަތް ވެސް ނުކުރާށޭތަ؟ ކިހިނެއް އިނގެނީ މި ދެކުދިން ސަލާމަތް ނުކުރެވޭނެ ކަން ފަރުވާ ދެވުނު ނަމަ
ބަލަ ޔާމީން ވެރިކަމުގަވެސް 2ކުދިން ބަނޑައް މަރުވި އއޖމގަ މަރުވީމަ ހިތަކައްނާރަ ﷲގެ ކުޅަދުންވަންތަކަމެއް ގަދަޥީނަމ
އެއްކަލަ ރީނދޫ މީހުން ޔާމީން ޔާމީން ގޮވަން ފެށީ ދޯ
ވަރަށް ދެރަ..އެދެކުޑަފުރާނައަށް ސުވަރުގެ މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަންދެއްވާށި.. ހަމައެއާއެކު ބުނެލަން ބޭނުން ފުރަބަންދު ނޫނަސް އަދި މާލެއިންނޫން އެމެރިކާއިން ފަރުވާހޯދިޔަސް 5 މަހުގަ ވިހައިފިނަމަ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަކީ ނާދިރު ކަމެއް.. މިއީ ހަޤީގަތެއް ..ދުނިޔޭގެ އެކި އެކި ގައުމުތަކުގެ ތަފާސް ހިސާބުތަކަށް ބަލާލިޔަސް މިކަން އެގޭނެ..މާތް ރަސްކަލާނގެ މިންވަރުކުރެއްވިގޮތް މިފަހަރު.. ކޮންމެކަމަކީ އިހުމާލު ނޫންކަމުގައިވެސް ވެދާނެ ..
ދެން އެހެންވީމަ 5 މަހުގަ ވިހާ ހުރިހާ ކުދިންވެސް ވެންޓިލޭޓަރަށް ނުލާ ވަޅުލަން ފެންނަނީ. އިސްލާމްދީނުގަ އޮންނަނީ އެންމެ ފަހު ނޭވާޔާ ޖެހެންދެން ވެސް ފަރުވާ ކުރަން. ކަލޭމެންނަކަށް ނުބުނެވޭނެ އެ ދެކުދިން ނަށް ފަރުވާ ކުރެވުނު ނަމަވެސް މަރުވީހޭ. އިހުމާލު ވީމަ އިހުމާލޭ ބުނާނެ.
5 މަސްއިން ކުއްޖަކު ސަލާމަތް ކުރެވުމަކީ ވަރަށް ނާދިރު ކަމެެއް
ލާދީނީ ސަރުކާރުގެ އިހުމާލުން ކިތައް ކުދީން މި މަރުވަނީ ފަރުވާ ނުދެވި ފަރުވާ ކުޑަ ކަމުން
މި ސަރުކާރުން ބަނޑުގައިވާ ޅަފުރާނަތަކަށްވެސް ގެއްލުންދެނީއެވެ ﷲގެ ރަހުމަތުން މި ސަރުކާރު އިންސާފުގެ ކުރިމަށްޗަށް ހާޒިރުކުރެވޭނެ ދުވަސް ވަނީ ގާތްވެފައެވެ އެދުވަހުން ލައިވު ކޮށް ރަށްޔަތުންގެ ކުރިމަތީގައި އަދަބުދެވޭނެއެވެ އިންޝާ ﷲ.