ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައްލަވައިގަތް ހެލިކޮޕްޓަރު ރާއްޖެ ގެނައުމަށް ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ނިމުމުން އެ ހުއްދަ ދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޖާބިރު ކުރެއްވި ސުވާލެއްގައި ވަނީ ހެލިކޮޕްޓަރު ގެންނެވުމުގެ ހުއްދަ ޓްރާންސްޕޯޓުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޖާބިރު އެގޮތަށް ވިދާޅުވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޖާބިރުގެ އަރިހުން އެދިވަޑައިގެންފައެވެ.

" ފޮލޯ ކުރަން ޖެހޭ ޕްރޮސެސްތައް ފޮލޯކޮށްފައި ހަމަ އެދެން ޖެހޭ ހުއްދަތައް އަޅުގަނޑުމެން ދިނުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ނަހުލާ ވިދާޅުވިއެވެ.

ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގަތީ ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށެވެ. އަދި އެ ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ހެލިކޮޕްޓަރު ދުއްވަން ބަހައްޓަން ބޭނުން ވަނީ ދިވެހި ޕައިލެޓެއް ކަމަށެވެ.

6 ލައްކަ ޑޮލަރަށް ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގެންފި

އެ ހެލިކޮޕްޓަރުގައި ހިމެނެނީ ޖުމްލަ 6 މީހުންގެ ޖާގައެވެ. އެއީ ކުރީ ދެ ސީޓާއި، ފަހަތު ހަތަރު ސީޓެވެ.

ރާއްޖެއަށް ޕްރައިވެޓް ހެލިކަޕްތަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ޖާބިރު ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެދިވަޑައިގެންފައެވެ.

އެ ވުޒާރާ އަށް ފޮނުވި ސިޓީގައި ޖާބިރު ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރަމުންދާ ވިޔަފާރިވެރިއަކަށް ވުމާ އެކު އޭނާ އުޅެން ޖެހިފައި ވަނީ ވަރަށް އަވަދިނެތިކޮށް ކަމަށެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި، ވިޔަފާރީގެ ބޭނުމަށް ގިނަ ދަތުރުތަކެއް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތަކެއް ކުރަން ޖެހުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެއް ކަމަށް ޖާބިރުގެ އެ ސިޓީގައިވެއެވެ. އަދި އެ ދަތުރުތަކުގައި ހޭދަ ކުރާ ވަގުތު ކުރުކުރުމަށް ޕްރައިވެޓް ހެލިކަޕްޓަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮއްލަ

    ނަހޫ ސަލާމަތް ވެެއްޖެ!!! މިހާރު ނަހޫ ވަރުގެ ގާބިލް މިނިސްޓަރެއް އި އުޑު ހިޔާދާާށުގަ ނުހުންނާނެ.. ހަނަދާނަށް އަންނަނީ ބޮޑު މޮހޮރާ ލިބުނީމާ ޖާބިރުގެ ފަރާތުން އަލީވަހީދަށް އޮއްސާލި ތައުރީފު.. ލޮލީ ދަނޭ މިކަހަލަ ގޭމު ކުޅެން

  2. ހާށަވިޔަނި

    މިހެންވެދޯ ނަހުލާއަށް ޕްރެޝަރު ބޮޑުމިކުރަނީ. ބާރެއް އޮތީމަ ވަޒީފާަގެ ބިރުދައްކައިގެން ހުރިހާ ކަމެއްކުރަނީ. ބޮޑުންނަށް ބޮޑު ޙައްޤު ކުޑަމީހުންނަށް ކުޑަކޮށް. އިންސާފު ހޯދައިދޭން އައިމީހުންގެ ހާލަކީމީ.

  3. މަޒް

    ކޮބާތަ ކޭބަލް ކާރު.

    13
  4. ނުހުންނަ ބިރަކީ ޖާބިރު

    ހުއްދަ ނުކުރަންވީ ކީއްވެ އަވަހަށް ހުއްދަ ކުރަންވީނު ޖާބެއަށް ހެލިކޮޕްޓަރާއެކީ ހަވާ ފަޒާ އަށް ނޭރިގެން ޓޭކްއޮފް ނުކުރެވިގެންނެންނު އެ ތެޅި ބާލަނީ ، ޖާބެ ޖަލްސާއަށް ދާން މަޖިލީހުގެ ފުރާޅުމަތީގަ ޖާބެ ހެލިކޮޕްޓަރު ޖައްސަން ހެލި ޕެޑެއް ހެދިއްޔާ ވާނީ ކިހިނެއްތަ ، އަނެއްކާ އަނެއްކޮޅުން ނަހުލާއާއި ޖާބިރަކީ ސިޔާސީ ކަންކަމުގައި ވަރަށް ގާތްކޮށް އުޅޭ ދެ ބޭފުޅުން.
    އަދި ރާއްޖެއަށް އެ ހެލިކޮޕްޓަރު އެތެރެ ނުކުރެވިގެން ވިއްޔާ އެ އުޅެނީ ، ބުރަފަތި ވެސް ނޭނގެ ވީ ނުވީއެއް 😂 ، އެމްފިބިއަސް ހެލިކޮޕްޓަރެއް ބައްލަވައިގަތްނަމަ ބޮޑުމޮހޮރާ މޫދުގައި ޖެއްސުނީސް

  5. ވަހީދު ބެ----

    އުސޫލު ގެ ތެރެ އިން ލޮލީ ވެސް ލިބެން ޖެހޭނެ!

  6. އެމްޑީޕީ ބުރޯ

    އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!

    1
    6
  7. ޑައެލޯގް

    އުޞޫލްތައް ހަމަވާނެއެވެ. އެއީ ސަރުކާރުގެ ވެރިންނަށް ޖާބިރު ކުޑަރިޝަވަތެއްދިނަސް ތިކަންވާނެތީއެވެ. އަދިޖާބިރުދޭނެމެއެވެ. މިސަރުކާރުގައިތިބީ ކުޑަވަދުގަވެސް ގަންނަވަރުގެ ރިޝްވަތުވެރިންނެވެ.

  8. ގާފަރު މީހާ

    ކޮބާގާފަރުގަ އަޅާއެއަރ ޕޯޓު ގާފަރުމީހުނަ ވެސް ވޯޓުދިން