މާބަނޑު ދުވަސްވަރު ހަދަން ޖެހޭ ސްކޭން ހެދުމަށް މާލެ އޮތަޅުގެ 3 ރަށެއްގައި އެ މަސައްކަތް މިހަފްތާގެ ތެރޭގައި ކުރާނެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެފަދަ މީހުންގެ ކަންކަން ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށެވެ.

މާބަނޑު މީހުން އެކި ދުވަސްވަރު ހަދަން ޖެހޭ ސްކޭން ހެދުމަށް ސަރުކާރުން އަންނަނީ އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި އެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާބަނޑު މީހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ސްކޭން ހެދުމުގެ ދަތިކަން. އެގޮތުން 20 ހަފްތާ އާއި 24 ހަފްތާ ހަދަން ޖެހޭ ސްކޭން މިހަފްތާގައި އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި ފަށާނެ" ނަޔާޒް ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން މާބަނޑު އިރު ހަދަން ޖެހޭ ސްކޭން ހެދުމަށް އަތޮޅުތަކުން މާލެ ވަޑައިގަންނަވާ ބޭފުޅުންނަށް މާލެ އަތޮޅުގެ ކޮންމެވެސް ރަށަކަށް ގޮސް ސްކޭން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހަފްތާގެ ތެރޭގައި ރޭޑިއޮލޮޖިސްޓެއް ގެނެސްގެން މާފުށި، ގުރައިދޫ އަދި ގުޅީގައި 30 މާބަނޑު މީހުންގެ ސްކޭން ކުރިއަށް ގެންދަން" ނަޔާޒް ވިދާޅުވިއެވެ.

މިގޮތަށް މާލެ އަތޮޅުގައި ސްކޭން ހެދުމަށް ތައްޔާރު ވަމުން އަންނައިރު އެހެން އަތޮޅު ތަކުގެ ރަށްރަށުގައި މި ސްކޭން ހެދޭނެ ގޮތް ހަމަ ޖައްސަމުން އަންނަ ކަމަށް ނަޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމަލުފޮޑި

    މިހާރުވެސް ކާށިދޫގައި 24 މާބަނޑު އަންހެނުން ޓެސްޓްނުހެދިފައި ، ލޮކުޑައުންވެފައި، ސިއްހީމަރުކަޒުން ރައްޔިތުން އަތުން ފައިސާނަގައިގެން ރ އަތޮޅަށްދާން އާދޭސް ކުރަނީ. އަނެއްކޮޅުން ސަރުކާރުން ކ. އަތޮޅޭ ކިޔައިގެން ބައިސާ ކަނޑަނީ. ކޮބާތޯ އާސަންދަ. ކޮބާތޯ އޯގާތެރި ސަރުކާރު. ކޮބާތޯ ކާށިދޫ މަރުކަޒު ހިންގަންތިބި މިސަރުކާރުގެ ވެރިން. މީގެ ކުރީގައި ރ. ޔާމީނު ސަރުކާރުގައި ޅ އަތޮޅުން ޑަކްޓަރު ގެނަސްގެން މާބަނޑު އަންހެނުން ކާށިދޫ މަރުކަޒުގައި ސްކޭނުކުރެވޭނެގޮތް ހަމަޖައްސަވާދިން. ސްކޭނުކުރެވޭގޮތް ހައްދަވާދެއްވި. ރައްޔިތުން އަތުން ލޯ ރުފިޔާއެއްވެސް ނުނަގާ. މިއަދި ކޮވިޑުތެރޭގައި ފެލާލަނީ. އޯގާތެރި ސަރުކާރެއްނޭންގުނު. ދަންނަވަންތޯ ، މިސަރުކާރުންވެސް އެފަދަ ހިދުމަތް ނުވަތަ ޚިދުމަތެއް ހޯދޭނެ. އެކަންކުރޭވޭނީ މަރުކަޒުހިންގަން އެގިގެން. ރައްޔިތުންނާއި މެދު ހަމްދަރުދީ ހުރެގެން. މިކޮމެންޓް ވަގުތުން ޖަހާލަދެއްވުން އެދެން. އަދި މިކަންސާފުކޮށްލެއްވުމަށް ކާށިދޫ މަރުކަޒަށް ގުޅާލަދިނުމަކީ މިދަންނަވާ މާބަނޑުއަންހެނުންގެ ހައްޤުގައި އެދެވިގެން ވާކަމެއް. މި ދަތުގެ ފައިސާ ހޯދަން މެންބަރު ޖާބިރުއަށް ގުޅަން މަރުކަޒުން ބޭނުމެއްނުވޭ. އެއީ މެންބަރު އެމް.ޑީޕީ މެންބަރަކަށްނުވާތީ އޭ ޚަބަރު ލިބޭ # ތާކިހާ

  2. ހަބަރުދާރު

    ތިކަން ހުރިހާ ަ އަތޮޅަކުންވެސް ކުރެވޭހެން ހަދަންް ޖެހޭނެ މިފަހަރު.....

  3. ބޯކިބާ

    ސްކޭނުމެޝިނު ހުންނާނީ މާލޭގަ، ދެން ލަވަކިޔާމީހުން ޝޯބާއްވަންދާހެން ރަށްރަށަށް ގެންދާނީ ރައްޔިތުން އެއްކޮށްގެން ދައްކަން.