ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝުކޫރަކީ ވުޒާރާޔާ ހަވާލުކުރާ މައްސޫލިއްޔަތު އަދާކުރުމުގައި ގާބިލިއްޔަތުކަން ހުރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީ މަޖިލީހަށް ފޮނުވާފައި ވަނީ އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒެވެ. މައްޗަންގޮޅި މެދު ދާއިރާއަކީ ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ ދާއިރާއެވެ.

އޭނާ ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ ރައްޔިތުންނަށް ހުށަހެޅި އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް ރައްޔިތުން އެކަމަކަށް ބުރަވެ ވޯޓުދިން ސަބަބަކީ ބޯހިޔާވެހި ކަމުގެ ވައުދުތައް ކަމަށެވެ. ނަމަވެސް ވެރި ކަމަށް ދޮޅު އަހަރު ވެގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި ގޯތި ދޭނޭ ޕްލޭނެއްވެސް އެކުލަވާލައި އާއްމު ކޮށްފައި ނުވާ ކަމަށާއި، ހުޅުމާލޭގައި ބިނާކުރެވިފައިވާ ފްލެޓްތައްވެސް ހައްގުވެރިންނާއި ހަވާލު ކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކޮށް ހާލުގައިޖެހިފައިވާ ފަރާތްތަކާއި ބޯހިޔާވެހިކަމުގެ އުއްމީދުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދާ ދިނުމުގައި މިނިސްޓަރު އާތިފާ ނުކުޅެދިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އަދި މަޖިލީހުން އިސް ނަގައިގެން މިނިސްޓަރު ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށްފައިވީ ނަމަވެސް، ބަޔާން ބަދަލުކުރައްވައި ރައްޔިތުންނަށް އޮޅުވާލެއް ވުމަށް މިނިސްޓަރު މަސައްކަތް ކޮށްފައިވާ ކަަމަށްވެސް އެ ސިޓީގައި ވެެެއެވެ.

އެހެންކަމުން މިނިސްޓަރ އާތިފާ އެ މަގާމުން ވަކިކޮށް ޤާބިލު މިނިސްޓަރަކު އެ ވުޒާރާއަން އައްޔަން ކުރުމަށް އެ ސިޓިގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑާޑާޑާޑާ

    ގުޅިފަޅު އެއްކޮށް ހިއްކައި ނިމޭއިރު 1.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވާނަމަ އެއީ އެއްވެސް މައްސަލަ އެއްް ނޫނޭ 18 ބިލިއަން ޑޮލަރު ހޭދަ ކޮށްގެން ނަމަވެސް ގުޅިފަޅު ހިއްކާ އަދި ތިލަފުށި ހިއްކާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަ ފަޅުވެސް ހިއްކާލާ މާލެ އާއި މިތަންތަނާއި ދެމެދު ޓްރިޕްލް ޑެކް ކޮންކްރީޓް ގާރޑަރ ބްރިޖް ރިންގް ޝޭޕް އަށް އަޅަންވީއޭ އޭގެ ރޭޓް އޮފް ރިޓާރން ލިބޭނެެއޭ 5 އަހަރުތެރޭގައި ދަ ރާއްޖެތެރޭން ނުލިބޭނެއޭ ތަމެން އަބަހައްދަނުވާށޭ ޑޯންޓް ޔޫ ނޯ ދިސް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

    1
    4
  2. ސިންބެ

    ތިޔަ އުޅެނީ އަންނި ބުނެގެން މިނިސްޓަރު ދުއްވާލަން. ކުރިން ދުހު ރައްޔިތުނަށް މިނިސްޓަރު އުފާވެރި ހަބަރު ޖުލައި މަހު ގެ ވަާހަކަ ބުނީމަ. ހަޖަމު ނުވެގެން ތެޅެނީ.

  3. ފުނަފޫ

    ރައްޔިުން ގަނަތަޅުވާތާ ދެއަހަރާ ބައިވެގެންމިއޮއްދަނީ ރައްޔިތުން ވަރައްކެއްކޮކްފި ދެންއިތުރަކައް ކެތެއްނުކުރެވޭނެ ހުރިހާރައްޔިތން ރައްޔިތުންގެހައްގު ހޯދަންނިކުނަން އުޅެމާހިނގާ ޕޕމ އައް ގޮވާލަން އަހަރުމެންގެހައް އަހަރުމެއްނައް ހޯއްދަވާދެއްވާށޭ

  4. ކެނެރީބަގުވާނު

    ގައްސާނުބެއްޔާ ބުނިވާހަކަ ތެދުފުޅުވަނީތޯ

  5. ޝާނީ

    ޤާބިލް މީހެއްނޫން ތިއީ

    5
    1
  6. ޑައެލޯގް

    މިރީދޫކުދިންނަށް ގޯސްވާނީ އެމްޑީޕީނޫން ޕާޓީއަކުންއައިސްވައިވާ މިނިސްޓަރެއްވެއްޖިއްޔާ އެމީހެކެވެ. ބަލަކިނބޫގެ އެއްވެސްގޯސްކަމެއްނުފެންނާނެއެވެ. އެކަމު ޔާމީނުގެ ވެރިކަމެއްނަމަ މިނިސްޓަރަކުގޯސް ހެއްޖަސް ޔާމީނުގެ ބޮލުގައި ހުރިހާގޯސްއަޅުވަނީއެވެ. ކިހިނެއްއެގެނީ އާތިފާގެ ސަބަބުންކަމެއް މިސަރުކާރަށް ކަމެއްނުވެގެންއުޅެނީ ވެދާނެދޯ އާތިފާ މޮޅުޕްލޭނެއް ކިނބުލަށް ހުށަހެޅުމުންވެސް ކިނބޫ ސަރުކާރުގައި އެއަށް ފައިސާނެތުންވެސް

    5
    1
  7. ހާމަ

    މިނިސްޓަރުން ވަކިކުރަން ބޭނުންވާއިރަށް އެއިހްތިޔާރު މަޖްލިސް މެމްބަރުންނަށް ވަރަށް ފަސޭހަކަމާއެކު ކުރެވެން އޮވޭ، ނަމަވެސް މަޖްލިހުން މެމްބަރަކު ވަކިކުރުމުގެ ބާރު ދިވެހިރައްޔިތުންނަށް މާބޮޑަކަށް ފަހިވެފައެއް ނޯވޭ. މީރައްޔިތުން ހޮވާފަތިބި ބައެއް، އެފަދަ ބާރެއް ރައްޔިތުންނަށް ލިބިފިވާނަމަ މަޖްލިސްމެމްބަރުން މިހާފުއްޕާފަ ނޫޅެވޭނެ، އަދި މަޖްބޫރުވާނެ ރައްޔިތުންނަށް ކަންތައްކޮށްދޭން.

  8. ޒަބީބު

    ސިޓީ ލިޔެދެއްވީ ރައީސް ނަޝީދު ދެއްތޮ؟ ހަމަ ޔަޤީން!

    އެހެންތާ ވާނީ ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމުގައި ކުރެވުނު މަސަތްކަތުގެ ނަތީޖާ ފެންނަ ހިސާބަށް ވަޒީރުން ވަނީ މަސައްކަތްކޮށް ނިއްމާފައިވިއްޔާ. އެކަން ނަޝީދުގެ ހިތަށް ކެތެއް ނުކުރެވޭނެ. އަސްލު ފްލެޓް ދޮންބެއަށް ރައީސް ސޯލިހް ވާތަން ބަލަން ނާޝިދުގެ ހަސަދަވެރި ހިތަށް ކެތްކުރެވޭނީ ކިހިނެތް؟ މިސާލަކަށް ކޮތަރުކޮށީގެ ގޮތުގައި ނަޝީދު ލޭބަލްކުރަމުން އެގެންދާ ހުޅުމާލޭގެ ފްލެޓްތަށްވެސް ރައީސް ސޯލިހްގެ އިސްނެންގެވުމާއިއެކު ރައީސް ސޯލިހްގެ ސަރުކާރުން ހުށަހެޅި ގޮތަށް ބަދަލުކުރުމުން މިހާރު އެތަންތަން ވެސް އެއީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް އެވަނީ ބަދަލުކުރެވިފަ. ވީމާ އެތަންތަން ރައްޔިތުންނާއި ހަވާލުކޮށް އެއިގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބުމުގެ ކުރިން އެކަން ރާވައި ހިންގަން ހުރި ވަޒީރު ބޭރުކޮށް ބަދަލުގައި ނަޝީދުގެ ޕަޕެޓެއް އެތަނަށް ލައިގެން މިހާރު ރައީސް ސޯލިހް ހިންގަން ރާވާއިފައި އޮތް ޕްލޭން ގަޑުބަޑުކޮށް ނަޝީދު ބޭނުން މީހުންނަށް ފްލެޓް ބެހޭގޮތް ހެދުނީމާ ނޫނީ ތިޔަކަމުން ނަޝީދުއަށް މެޑަލް ޖެހޭނެ ގޮތެއް ނޯންނާނެތާ ދޯ؟ ވަޒީރު އާތިފާ ބޭރުނުކޮށް ޕާޓީ(އެމްޑީޕީ) ކުދިންނަށް ދީފައި ބާކީ ހުރިއްޔާ ނޫނީ އެހެން މީހަކަށް ނުދޭ ސިޔާސަތު ނުހިންގޭނެ ނޫންތޯ ދެއްތޮ؟ ވީމާ ކަން މިހިނގާގޮތް މިހާރު އެބަ ސާފުވެ އެހެންނޫންތޯ!

  9. ޣުރޭޓް

    ހިނިއަންނަނީ

    7
    1