ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، ސްކޫލްތައް އަލުން ހުޅުވާލާއިރު ދަރިވަރުން ތިބެން ޖެހޭނީ ތިންފޫޓު ދުރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ސްކޫލްތަކަށް ފޮނުވާފައިވާ ގައިޑްލައިންގައެވެ.
މި ގައިޑްލައިންގައި ބުނެފައިވާ ގޮތުން ސްކޫލްތަކުގައި ހުރިހާ ވަގުތެއްގަިއ ވެސް ދަރިވަރުންނާއި ޓީޗަރުން ރައްކާތެރި ކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކޮށް ތިބުމަށް ސަމާލުކަންދޭން ޖެހެއެވެ. އަދި ސްކޫލްތައް ހުޅުވާއިރު، އެފަރާތްތައް މިގޮތުގެ މަތީން ތިން ފޫޓު ދުރުގައި ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކޯޑިނޭޝަން މީޓިންތަކާއި ޕޭރެންޓް މީޓިންތަކާއި އެނޫންވެސް އެފަދަ ބައްދަލުވުންތައް ކުރިޔަށްގެންދަން ޖެހޭނީ އޮންލައިންކޮށް ކަމަށާއި، ކޮންމެހެން އެއްތަނެއްގައި ބާއްވަން ޖެހޭ ބައްދަލުވުންތައް ބޭއްވި ނަމަވެސް ގައިދުރުކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ބައްދަލުވުން ބޭއްވުމަށް އަންގާފައި ވެއެވެ.
ހަމައެހެންމެ ދަރިވަރުން ސްކޫލަށްލާން ބެލެނިވެރިން އަންނައިރުވެސް، ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުން ދަރިވަރުން ގެންދާނެ ވަކި ސަރަޙައްދެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި ދަރިވަރުން ސްކޫލަށް ގެންދިއުމަށްފަހު މަޑުނުކޮށް ބެލެނިވެރިން އެ ސަރަޙައްދުން ދާން ޖެހޭނެއެވެ.
މިކަންކަން ބެލެހެއްޓުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި އެނޫންވެސް މުވައްޒަފުން ބައިވެރިވާން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލުގައި ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން، ސްކޫލްތައް އަލުން ހުޅުވާލުމާއި ގުޅޭގޮތުން ފޮނުވި ގައިޑްލައިންގައި ބުނެފައިވާ ގޮތުން ސްކޫލުގެ ޓީޗަރުންނާއި ހެލްތު އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން އަދި އޮފީސް ސްޓާފުން މާސްކާއި އަންގި ބޭނުން ކުރަންޖެހޭނެއެވެ. އަދި ހެލްތު އެސިސްޓަންޓުން ފޭސް ޝިލްޑު ބޭނުން ކުރަންޖެހޭއިރު ސަޕޯޓް ސްޓާފުން ޕީޕީއީ ބޭނުން ކުރަންޖެހެއެވެ.
މި ގައިޑްލައިންގައިވާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން ބެލެނިވެރިންނާއި ގުޅިގެން ސްކޫލްތަކުން ދަރިވަރުންނަށް މާސްކް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ. މި ގޮތުން ދަރިވަރުންނަށް ޑިސްޕޯސަބަލް ނުވަތަ ފޮތި މާސްކްވެސް ބޭނުން ކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.
ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަންޖެހެއެވެ. އެހެންނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. މާސްކު އެޅުމުގައި އިސްތިސްނާ ވާނީ ހަމައެކަނި ނޭވާ ހިއްލުމުގެ މައްސަލަތައް ހުންނަ ދަރިވަރުން އެކަނި ކަމަށްވެސް ގައިޑްލައިންގައި ބުނެފައިވެއެވެ.
ދަރިވަރު އަޅައިގެން ދާ މާސްކު ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށް ކޮންމެ ދަރިވަރަކުވެސް ސްކޫލަށް ފޮނުވަންޖެހޭނީ އިތުރު މާސްކެއް ދީފައެވެ.
ކުޑަކުދިންނަށް ތި ގަވައިދު ތައް ފޮލޯ ކުރެވޭނެތަ؟ މަގޭ ދަރި ނުފޮނުވާނަށް އަދި ސްކޫލަކަށް. ކޮންމެ ދުވަހަކު 2 މާސްކު ކޮންމެ ކުއްޖަކަށް ހޯދުމަކީ ހާދަހާ ބޮޑު ޙަރަދެކޭ.
ތިއީ ވާނޭ ކަމެއްނޫން! ތިން ފޫޓް ތިން ފޫޓް ދުރުމިނުގައި ކުދިން ބައިތިއްބަން ބޭނުމިއްޔާ ހުވަދޫ ހިމަރޯނު ބޮނޑިއަކުން ކުދިން ޖެހޭނީ ގޮނޑިޔަށް ބަންނަން!
އެޑިއުކޭޝަން މިނިސްޓަރު ކިތަންމެ ޤާއިދެއް ހަދާފަ ސްކޫލްތަކަށް ފޮނުވިއަސް ތިންފޫޓް ދުރުމިނުގައި ދަރިވަރުން ބޭތިއްބުން ފިޔަވާ އެހެން އެއްވެސް ކަމެއް މިނިސްޓަރު އިންގާވާފައިވާ ގޮތަކަށް ނުހިގާނެ ! ފުރަތަމަ ކަމަކަށް ތިޔަފަދަ ޤަވާއިދު ތަށް ހިންގުމަށް ޓީޗަރުން ނަކީ ތިކަހަލަ މާހައުލެއްގައި މަސައްކުރުމުގެ ތަޖްރިބާހުރި ބަޔަކަށް ނުވުން ! ދެވަނަ ކަމަކަށް އޮތީ ބެލެނިވެރިން ! އަހަރުމެންގެ ބެލެނިވެރިން ނަކީ ހުރިހާއެންމެނަށް ވުރެ މާމޮޅު ހުރިހާކަމެއް އެގޭ މަމޮޅު ވެފާތިބޭބައެއް ! މިސާލަކަށް: އަހަރު ފެށޭއިރު ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަ ކުރަން ސްކޫލްގެ އެއްގޭޓް ވަންނަން އަނެއްގޭޓް ނުކުންނަން ހަދާފަ އޮންނައިރުވެސް އެެމީހަކު ދަނީ އެމީހަކު ދާނެ ދިމާއަކުން ! މިކަން ބަލަހައްޓަން މީހަކު ހުއްޓަސް އެމީހަކު ބުނާ އަޑެއް ނުއިވޭ ! މިވަރުގެ ބަޔަކަށް ތިކަހަލަ ބަލައިނުގަންނާނެ ޤަވާއިދު ތަކެއް ހެދުމަކީ " ފޫނެއްފަޔަށް ފެންފުރުން " ! ދެން ކުއްޖަކަށް ވައިރަސް ޖެހުނީމަ މިނިސްޓަރަށްވުރެ ޤާބިލްކަމެއް ނެތް މީހަކު ނުފެންނާނެ !
ދިވެހިރާއްޖެ މިއީ ބަޔަކަށް ކިޔަވައިދދޭން އުޅޭ ޤައުމެއްތަ؟ ބޯގޮވަނީ ތިހާވާ ހަޑިން. ކިޔަވައިދެނީއޯ. ގު
ފުރަތަމަ ބެލެނިވެރިންނަށް ދަސްކޮށް ދޭންވީ ތިކަން
3 ން މަތީ ގްރޭޑް ތަކުގެ ދަރިވަރުން އެ ޤަވާޢިދު ހިފަހައްޓާނެ ކަން ޔަޤީނެވެ. ސަބަބަކީ ކްލާސްޓީޗަރު ވެސް، ދަރިވަރުންގެ ސަމާލުކަމަށް އެކަން ގެންނާނެތީ އެވެ. އަދި މިއޮއްހައި ދުވަހު، ހުރިހައި ގެއެއްގައި ދައްކަމުން، އަދި ފެންނަމުން ދިޔަ ކޮވިޑްގެ ނުރައްކާތެރި ކަމުގެ ވާހަކަ ތަކެވެ. އާނއެކެވެ! ފަހަރުގައި ބައެއްފަހަރު ކަސިޔާރު ވެދާނެ އެވެ. މިހާތަނަށް ވެސް ބައެއްފަހަރު، މަދު ދަރިވަރަކަށް ޤަވާޢިދަށް ޢަމަލު ނުކުރެވި ދިޔަ ފަދައިން
ނެވެ. އެހެނީ އިންސާނުން ކަމަށް ވާތީ، ކުދިކުދި ކަންކަން ކުރެވޭ ފަދައިންނެވެ!