1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ހަމަލާގެ އިސްމޭސްތިރީޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރުއެވެ. މި މައްސަލަ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.
ލުތުފީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު ގާނޫނުލް އުގޫބާތުގައި އެކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެންމެ ކުޑަކޮށް ދެވޭނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބެވެ.
ލުތުފީ ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން އޭނާ ވަނީ މިދިޔަ އަހަރުގެ މެއި މަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގޮސް ހިމާޔަތައް އެދިފައެވެ. އޭނާ ސަރުކާރުގެ ހިމާޔަތައް އެދުނީ ވިސާ ނެތި ސްރީލަންކާގައި ދިރިއުޅޭ މީހުން ހައްޔަރު ކުރަން ފެށުމުންނެވެ.
ލުތުފީ އެމްބަސީއަށް ގޮސް ސަރުކާރާއި ހަވާލުކުރި ނަމަވެސް ދެމަސް ދުވަސް ވަންދެން ސަރުކާރުން އެކަން ސިއްރުކޮށް ސްރީލަންކާގެ އެމްބަސީގައި ދެމަސް ދުވަސް ދުވަސް ވަންދެން އޭނާ ގެންގުޅުނެވެ. ލުތުފީ ސަރުކާރާއި ހަވާލުވިކަން ސަރުކާރުން އިއުލާން ކުރީ އެޚަބަރު މީޑިއާއަށް ތިލަވެ، ގޮތް ހުސްވުމުންނެވެ. އެމްބަސީގައި ހުއްޓާ ލުތުފީ މާލެ ގެނެސް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ނޮވެމްބަރ -3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ފޮނުވުމުންނެވެ.
ނޮވެމްބަރު 3 ވަނަދުވަހުގެ މައްސަލާގައި ލުތުފީގެ މައްޗަށް ކޯޓުން މަރުގެ ޙުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އެ އަދަބު އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކޮށްފައެވެ.
ތިޔަ ކޭސް ދެން ނިމޭއިރު ކުއްވެރިވާނީ 3 ނޮވެމްބަރުގައި ޝަހީދުވި މީހުންނާއި ލުތުފީ ޖަލައްލި މީހުން!
ތިއީ ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަން ކުރާ ޝަރީޢަތެއް! ތި މައްސަލަ ސާބިތުވާކަމަށް ބުނާ ފަޑިޔާރުންގެ ވަޒީފާ ގެއްލޭނެ! ތި މައްސަލަ ސާބިތެއްނުވާނެ! ކޯޓުތައް ވަނީ ބުއްޅަބޭގެ މުށުތެރޭގައި!
ކޮބާތޯ ގާސިމު ފިލިމަށްސަލަ އެވެސްބަލަން ޖެހޭ އޭރުން އިންސާފުވެރިވާނީ .
މިހާރު 4 މަހާއި 24 ދުވަސް ހަމަވެއްޖެ...ދެންވާނީ މިނިވަން... ޓްރޭޑް މިނިސްޓަރ ކަން ލުތުފީ އަސްލު ބޭނުންވަނީ... ލުތުފީ އާއެކީ ކުށްކުރި ހުރިހާ މީހުން ސަލާމަތްވެއްޖެ.... .މިއީ ވެސް އޮޅިފައޮތްކަމެއް..ބައެއް މީހުންކިޔާ މައުމޫނަށާއި އިލްޔާސް އަށްވެސް އަދި ޒަކިއްޓޭއަށްވެސް ކަމުގެ މައުލޫމާތު ކުރިން ލިބުނޯ... ބޮޑް ސޯޅަޔަށް ދޫކޮށްލީއޭ...19 ދިވެހިން ޝަހީދުކޮށްލި ވާހަކަ ދައްކާ ސިޔާސީ ލީޑަރކީ ރ.ޔާމިން އެކަނި... މިހާރު މައުމޫނަކީވެސް އެވެރިންގެ އޮޑީގެ ރިޒަވް ޕައިލެޓެއް...
ނަޝީދުގެ ވެރިކަމުގައި ބޭސް ފަރުވާ އަކަށް ނޫން ފޮނުވީކީ. ފިލަން ފުރުސަތު ދިނީ!!!
ޢޭނަ ރަނގަޅެއްނޫުނެވެ ނަމަވެސް އޭނަޔަށްވުރެވެސް ނުބައި ވަހުޝީމީހުން ދިވެހިންގެތެރޭ އިއްޒަތުގައި އެބައުޅެއެވެ ބުއްޅައަކީއޭގެ ތެރެއިންދިރިހުރިއެއްމިސާލެވެ
ނަދީދުގެ ވެރިކަމުގަ ލުތްގީދޫކޮއްލަން ނަސީދު މަސްވަރާކުރި ނަމަވެސް ލުތްފީ ދޫކޮއްލުމަކީ މަސްލަހަތުގެއްލިދާނެ ކަމެއްކަމައް ލަފާދިނުމުން ދެންނިންމީ ބޭހައްދާނަމުގަފިލުވަން.
ޙާަޖަރަަގެ....ހަަޖަރާަގެ..ސަަބާަހާަަ...ބޮ ހަލަަކު...ގިޔާަމަތެެ
ބޮ ހާލާަކު