ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ފުރަބަންދުގެ މުއްދަތު ހަމަވި ފަހުން ފުރަބަންދު އަލުން އިތުރުކޮށްފައިވާތީ ފުރަބަންދު އިތުރު ނުކޮށް އޮތް މުއްދަތުގައި ގަވާއިދާއި ޚިލާފް ވެގެން ޖޫރިމަނާ ކުރި މީހުންގެ، ޖޫރިމަނާ ސައްހަ ވާނެތޯ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
ހައިތަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭ އިން ގެޒެޓްކޮށްފައިވާ ލިޔުމުން އެނގޭ ގޮތުން ފުރަބަންދުގައި އެންމެ ފަހުން އިތުރު ކުރި މުއްދަތު، ޖޫން 11 ގެ ނިޔަލަށް ނިމޭނެ ކަމަށެވެ. ހައިތަމް އެހެން ވިދާޅުވީ އެޕްރިލް މަހު 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން 14 ދުވަހަށް އިތުރުކުރުމަށް ފަހު އެޗްޕީއޭއިން ގެޒެޓް ކުރި ލިޔުމަށް އިޝާރާތް ކުރައްވައެވެ.
ހައިތަމް ވަނީ ފުރަބަންދުގެ މުއްދަތު 11 ޖޫންގައި ހަމަވުމުން 03:30 ހާއިރު އާއްމުން ބޭރަށް ނުކުންނަމުން ދިޔަ ކަމަށާއި ފުރަބަންދު އާކޮށްފައި ވަނީ އެ ދުވަހުގެ ރޭގަނޑު 08:00 ގެ ފަހުން ކަން ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ފުރަބަންދު އާ ނުކޮށް އޮތް ވަގުތު ބޭރަށް ނުކުތް އާންމުން ޖޫރިމަނާ ކުރީ ރަނގަޅަށްތޯ ހައިތަމް ސުވާލު އުފެއްދެވިއެވެ.
ފުރަބަންދު ކަނޑައަޅާފައިވާ ދުވަސް ސާފުކޮށް އެނގެން އޮތް ނަމަވެސް، ފުރަބަންދުގެ މުއްދަތު ހަމަވާ ވަގުތު ސާފުކޮށް ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ވަގުތަކީ ކޮބާތޯ ޖެހުނީ އަންދާޒާ ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ލިބެން ޖެހޭ ސާފު މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އޮޅުން އަރާ ކަންތައްތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސިއްހީ ކާރިސާއެއް ދިމާވެ، މާލީ ދަތިކަން ތަހައްމަލް ކުރަމުންދާ އިރު، އެ މުއްދަތުގައި ޖޫރިމަނާ ކުރި މީހުންނަށް އެ ފައިސާ ދެއްކިދާނެތޯ ވެސް ހައިތަމް ވަނީ ސުވާލު ކުރައްވައިފިއެވެ.
މިއީ ބައިކޮޅަށް ގޯލުޖަހާ މެމްބަރެއް. ބޮލުގަ ކަމެއްނެތީމަ ކަމަށް ވެދާނެ. މަޖުލީހުގަ މާކަމުދާ މަސައްކަތެއް ކުރާތަނެއްނުފެނޭ. އޮއްޓަރުހުރި ވާހަކަ އެއްދައްކާތަނެއްވެސް ނުފެނޭ.
މުޅިން މިކަހަލަ ދެއުޅި އެއްނުވާ ކަންތަށް ކުރަމުންގެންދާތަން ފެންނަނީ ރަތްއިތުން މީހާ ނިކަމެތި
ހައިތަމޫ. ތިޔާ ފުރަބޮންދަކު އިއުލާނުކޮށްފަ އޮތީވެސް ޤާނޫނު އަސާސީއާ ޚިލާފަށް. ޤާނޫނު އަސާސީއާ ޚިލާފަށް ތިހުރިހާ ޙައްޤުތަކެއް ހިފަހައްޓައިގެން އެދުވަނީ. ޖޫރިމަނާކުރުވީ. ކޯޓަށް ދެމީ. އަހަރުމެންގެ އަސްލު ފުރަބަންދު (މިވެރިކަން) ނިމުނުދުވަހަކުން ކުޅިސަމާ ދައްކާލާނެކަމަށް ތައްޔާރުވެތިބެންވާނީ
ކޮންމެ މީހަކު ކަމުގާވިޔަސް ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް ކޮއްފިއްޔާ ވާންޖެހޭނީ ހަމަ ރަނގަޅު ކަމަކައް އެކަމަކު މިބައިގަނޑައް މިވާގޮތަކީ މިމީހުން ބޭނުން ނުވާ ކަމެއް ވެއްޖެއްޔާ އެއީ ވަރައްބޮޑު ގޯހަކައް މިސަރުކާރައް ހަމައެކަނި އެނގޭ އެއްޗަކީ ރައްޔިތުން ފެލުމާ ވައްކަން ކުރުން އެނޫން އެހެން އެއްވެސް ކަމެއް މިހާރުވެސް އަދި މީގެކުރީގަ ވެރިކަން ލިބުނީމަވެސް ކުރާކައް ނޭގުނު އަދި ނުވެސް ކުރެވުނު.
ނޭވާލާ ވައި ވެސް މިނޭނެ ގޮތެއް އޮތްނަމަ މިވެރިން އެއިންވެސް ފައިސާ ނަގާނެ.
ތީ ދަމާލާ ބޮޑު ދަލެއް، ތިޔަދަލުގައި ޖެހޭ މީހުންގެތެރެއިން ބޭނުންވާ މީހާ ފާހަގަކޮށް ފައިސާ ހޯދުމުގެނަމުގައި ދަތިކުރުމުގެ އެޖެންޑާއަކާއެކު.
ނޭވާ ވެސް މިނޭނެ ، ވެންޓިލޭޓަރަކުން މިނޭނެ ހެން މަށައް ހީވަނީ.،????
ބައިކޮޅަށް ގޯލު ޖަހާ ހިސާބަށްދިޔާމަ ބައިކޮޅަށްވެސް ގޯލު ޖަހަންޖެހޭ ސަރުކާރުގެ ނާޤާބިލްކަން ހާމަބަނީ ފުރަބަންދުގެ މުއްދަތުހަމަވާޏެކަމަށް ބެލެވެނީ 10 ދުވަހުގެ 3:30 ނުވަޔަ ހަވީރު 6:30 މި މިއްދަތު ހަމަވުމުގެ ކުރިން ފުރަ ބަންދުގެ މުއްދަތު އިތުރުނުކުރާނަމަ އެމުއްދަތު ހަމަވުމުން ފުރަބަންދު ނިމުމަކަށްއައީކަމަށް ޤާނޫނީ ގޮން ކަށަވަރުވޭ ފުރަބަންދުގެ މުއްދަތު ހަމަވުމަށްފަހު އަލުން ފުރަބަންދުކުރުމާދެމެދު ކުރާ ޖުރުމަނާ ޤާނޫނީ ގޮތުން ޞައްޙަ ނުވާނެ މީ އެންމެ އާދައިގެ ވިސްނުމަކުން ވިސްނާލިޔަށްއެނގޭނެކަމެއް ޖުރުމަނާ ކުރާ ފުލުހުންނަށް މިކަން އެނގެންޖެހޭ ނޭނގި ޖުރުމަނާކުރުމަކީވެސް ގޯހެއް
ކީކޭ ދެން ބުނާނީ. މިކަހަލަ ވިސްނުމެއް ނެތް މީހުން ޓްވީޓެއް ކޮށްލާއިރަށް ޚަބަރަކަށް އެބަހަދާލާވިއްޔަ! ދުވަހުގެ ނިޔަލަށް މާނަކުރެވެނީ ދުވަހުގެރޭ 12 ޖަހާއިރަށް. މިހާވަރު މެންބަރުންނަށް ދަސްކޮށްދީބަލަ!
ކަލޯ އަހަރުންމީ ފަގީރުން. ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކޮއްލާއިރު އެނގޭތަ 1000 ރުފިޔާ އެ އަހަރުމެންގެ ކިތައް ދުވަހުގެ ކެއުމުގެ ހަރަދުކަން.
ފުރަތަމަ ތިބޭފުޅާއަށް ވިސްނިވަޑައިގަންނަވަންވީ އެއީ ތިބޭފުޅާގެ ކިތައް ދުވަހުގެ ކެއުމުގެ ޚަރަދުކަން. އެއަށްފަހު ޤަވައިދާއި ޚިލާފަށް ބޭރަށް ނިކުތުން ހުއްޓާލައްވަންވީ.
"އަދި ސިއްހީ ކާރިސާއެއް ދިމާވެ، މާލީ ދަތިކަން ތަހައްމަލް ކުރަމުންދާ އިރު، އެ މުއްދަތުގައި ޖޫރިމަނާ ކުރި މީހުންނަށް އެ ފައިސާ ދެއްކިދާނެތޯ" ކޮށްފައިވާ ސުވާލަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ޖޫރިމަނާ ކޮށްފިނަމަ ދައްކަންޖެހޭނެއޭ. ޖޫރިމަނާކޮށްފައި އެވަނީ ގަވާއިދާއި ޚިލާފުވުމުން.
މިހެން ބުންޏެއްކަމަކު، ދެން އަންނަ ސަރުކާރެެއް އަންނަންދެން ޖޫރިމަނާ ނުދައްކާ މަޑުކޮށްލައިފިނަމަ މާފުކޮށްދޭނެކަމަށް ލަފާކުރެވޭ. އެއީ ރާއްޖޭގައި ކަންކަން ވާގޮތަކީ. ގަވައިދަށް ހުރުމަތްތެރިކޮށްހިތާ ލާރި ދައްކާމިހާގެ ބަދަލުގައި، ގަވައިދަށް ހުރުމަތްތެރިކޮށްނުހިތާ މީހާއަށް ހުރިހާ ފައިދާއެއް.