ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ފޮރިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ، މިމަހުގެ 15 އަދި 16 ވަނަ ދުވަހު ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އެ ފްލައިޓްތަކުގައި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދިމި ފްލައިޓްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި، މިވަގުތު ނޭޕާލުން ރާއްޖެއަށް އަންނަން އެދިފައި ވަނީ 8 ދިވެހިންނެވެ. އަދި ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގެވުމަށް ވަނީ އެދިފައެވެ.

މިގޮތަށް ރާއްޖެ ގެނެވޭ މީހުން، 14 ދުވަސް ވަންދެން ކަރަންޓީނުން ކުރާނެއެވެ. އެ މީހުން ކަަރަންޓީނުން ދޫކޮށްލާފައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު، ޓެސްޓުގެ ނަތީއްޖާ ނައްސިވުމުންނެވެ.