މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއެއްބަސްވުން އުވާލީ އެއްބަސްވުމުގައި އޮތްގޮތައް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާތީއެވެ.
އެއްބަސްވުން އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކޮށްފައި އޮތް ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްވި ޙުކުމުގައި ބުނެފައި ވަނީ އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށެވެ.
އެއްބަސްވުން އުވާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ ކަމަށް ވީނަމަވެސް އެ މިނިސްޓްރީން، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ ކިޔަވައިދޭ ތަންތަނުގެ ރަޖިސްޓްރީގައި އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މައްސަލައިގައި ވެ އެވެ.
އެމްއީއެސް އެއްބަސްވުން އުވާލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދަން އިބްރާ ދައުވާ ކުރައްވަން އުޅޭ ކަމަށް މީޑިއާގައި މީގެ ކުރިން ރިޕޯޓް ކޮށްފައި ވެއެވެ. އިބްރާ އަކީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހަސަން އިސްމާއިލްގެ ބޭބެއެވެ. ހަަސަން އިސްމާއިލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގްރޫޕު (ބިގް) އަށްވެސް ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ބަދަލުގެ ގޮތުގައި އެކިއެކި ކުންފުނިތަކަށް މިހާރު ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ޞާލިހްގެ ސަރުކާރުން ވަނީ ދީފައެވެ.
ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދެމުން ގެންދާތީ، ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ބޯގަންވިލާ ގޭ ކުދިންނަށް ކިތައް ބިލިޔަން ދެވިއްޖެ؟ ޢަނެއްކާ އަނެއް ލާރި ގަނޑު.
ދައްލަތް ލޫޓްވާލުމަށް ރޭވިގެން ހިންގާ ބޮޑެތި ޖަރީމާތަކެއް،،، ގުޅިގެން ކުރާ ބޮޑެތި ވައްކަން ތަކެއް!!! ދައުލަތް ދަވާލުމަށް ދުރާލާ ރާވައިގެން މިކަން މިކުރަނީ
ޜަނގަލު ބަދަލެއް ދީނިންމާ ލަ 100 މިލިޔަން ވަރު. ޢޯކޭ ވާނެ ބޯގަންވިލާ ލައްގަނީ
މިބައިގަނޑު އަހަރުމެންގެ ލާރިތައް ކައިހުސްކޮއްފި އެހެނުންވާނީ ވެރިކްމަށް އެރީއެކަމުގަ ކިހާ ބޮޑު މުސީބާތެއްމީމިގައުމަށް ޖެހިފައޮތް
އަނެއް ލާރިގަނޑު
މަންދު ކޮލެޖަށް އެމް.އީ.އެސް ދޭންވެގެން އެތަށް ސަތޭކަ ކުދިން މަގުމަތި ކޮށްލިި. މާލޭގެ އެހެން ސްކޫލުތަކުން ޖާގަ ނުލިބި ބައެއް ކުދިން މަގު ގެއްލި ދިޔަ. ކޮބާ އެކަމުގެ ބަދަލު
މިހާ ރު މާލޭގެ ކޯޓްތަކަކީ ވަކިބަޔަކު ބޭނުންވާގޮތަކަށް ހިންގާ ރައްޔިތުންގެ އެއްވެސް އިތުބާ ރެއްނެތް ތަންތަން.
ސަދޫމު ސިޓީގައި ހިންގި ޝަ ރީއަތްފަދަ މިސާލު ފެންނަނީ.. ދިވެހިންގެ ފައިސާކޮޅު ދަވާލީ...އެމް އީ އެސް ބިމަކީ ދިވެހި ރައްޔިތުންގެ ބިމެއް... އެއީ ޒާހި ރުގެ ބިމެއްނޫން.... 78 މިލިއަން ދަމާގަތީ ތާ.... ކީއްކު ރާނީ ....މިއަދުގެ ހާލަތު... 30 އަހަ ރު ނިމުނު ގޮތަށް ނިމޭނެ....
މިހާރު އެކަންޏެއްނޫން އަބަދުވެސް މާލޭގެ ކޯޓްތަކާ މިނިވަން މުއައްސަސާ ތަކަކީ، އެއިރެއްގައި ވެރިކަމުގައި ތިބޭބަޔަކު ބޭނުން ގޮތަކަށް މޮޑެމުން ގެންދާ މިނިވަންކަމާއި އަދުލުވެރިކަމުގައި މަސްރިދަ ޖަހައިފައިވާ ތަންތަން..
ހައިކޯޓުން ތިޔަމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ އިއްޔެ ދުނިޔެއަށް އައި ބައެއްނޫން. މާލެއައީކީވެސް އިއްޔެއަކުނޫން. ދުވާލުގެ އިރު އެނގޭހެން އެތާނގާ އިންޓަރނެޝެނަލް ސްކޫލެއް ނުހިންގާކަން ހަމަރަނގަޅަށްވެސް ތިން ފަނޑިޔާރުންނަށް އެނގޭނެ. އެހެންކަމުން އިންޓަނޭޝަނަލް ސްކޫލެއްނުހިންގާގެން ބާތިލު ކުރި އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށްކަމަށް އިއްތިފާގުވީ ހަމަހޭގައި ތިބެގެން ކަމާމެދު ޝައްކު.
ހެޔޮނުވާނެ ދިވެހިރައްޔިތުންނޭ! މީނަ މީހާ ހިތްފުރޭތޯ އެމްއީއެސް ގެ އިމާރާތް ފެންކޮޅަކާ ލާފައި މީނަ މީހާކަށް ކަލޭމެން ކާންދީބަލަ!
ދައުލަތުގެ ބައިތުލްމާލު ހުންނަންވާނީ ބޯގަންވިލާގައި ކަމަށް ލާޒިމްކުރާ ގާނޫނެއް އިބްރާ މުގައްރިރަކަށް ލައިގެން މިހާރު ސަރުކާރުގައި ދަތް އަޅައިގެން ތިބި އިބްރާގެ އެމް އެސް އެލް ޕީ ގެ މީހުން ހަދާ ސޯލިހަށް ތަސްދީގު ކުރަން ދޭން ފެންނަނީ. އިސްކޮޅުން ފުންނާބުން އުސް ހަސަން ލަތީފް މެން ފައްޔާޒުމެން ވަރަށް މޮޅެތި ވަގުންނަށް އެކަހަލަ ކަން ވަރަށް ފަސޭހަވާނެ ކޮށްލަން
އިބުރާ ކަލޭ އެމް އީ އެސް ގަ އިންޓަނޭޝަނަލް ސުކޫލެއް ނުހިންގާ އެކަމަކު އެޑިއުކޭޝަންގަ ކަލޭ ރަޖިސްޓަރީ ކުރީ އިންޓަރނޭޝަނަލް ސުކޫލެއް ހިންގާގޮތައް ދެން ހުއްދަބާތިލް ކުރީމަ ކަލެއައް ބަދަލުދޭން ޖެހޭނެ އެއްވެސް ސަބަބަކީ ބުނެބަލަ. ތީކަލޭމެންގެ އައުވާނުންގެ ސަރުކާރެއްވީމަ ބަދަލޭކިއާފަ ބިލިއަނުން ވެސްދެވިދާނެ.
ބެންޗްގައި ތިއްބަވާ 3 ފަޑިޔާރުންނަށް ކިތައް%ބާ؟
މިހާރު ދެން ހުކުމް އަންނާނީ ތި ގޮތަށް. އޭނައަށް ދައުލަތުގެ އަމިއްލަ ތަނެއް އޭނައަށް ކުއްޔަށް ދީފަ ކުލީގެ ޓާރމްސް އާ ހިލާފުވުމުން ތަން ދައުލަތަށް ނަގަން ޖެހުމުންވެސް ދައުލަތް މިދަރަނީ މި ކަލޭގެ އަށް 50 މިލިޔަނަށް؟؟؟!! ކޮންކަހަލަ އޮންސާފެއް މީ. މީ ދައުލަތް ކޯޓުތައް މެދުވެރިކޮށް ބަނޑު އަޅާލުން.
ބަދަލުދީ ދައުރު ނިމެންދެކަ އަހުރެން ދެން ދޭނެ ވޯޓެއް ނޯނާ
ގެއްލުމުގެ ބަދަލޭ ކިޔާފަ 100 އަހަރުގެ ގެއްލުމުގެ ބަދަލުދީ
އަދި ކުދިން ފީ ނުދައްކައިފި ނަމަ ވާނެ ގެއްލުމުގެ ބަދަލުވެސްދީ ،ބައި އަޅާ ކުދިންކޮޅު އުފާވާނެތާ،
ކިހާވަރުގަދަކަމެއް މިއޮތީ ލައޮގެންފަ. މިހިރަ ނުލަފާ އިބުރާގެ އާއިލާއަށް ބަދަލުދީފަ ނިކަމތި ރައްޔިތުމީހާއަށް ލިބޭނީ ހއްޕުނޑު. މީ ވަރަށް ފާޅުގަ ހިންގާ ޖަރީމާ. ޢަދިވެސް ރައްޔިތުން ތިބީ ގަދަނިންޖަކުން ނިދައިފަތަ؟ ޙޭވރިކަން ވާއިރު މުކޮސްވެސް ނޯންނާނެ. ފަނޑިޔާރުގެއިން ހުކުން ނެރެޭނީ ޖޭއެސްސީން އަންގާގޮތަކަށްތާ. ޢެހެންނޫނީ، ސުލޫކީ މައްސަލައެއް ބަލާކަމަށް އިއުލާނުކޮށްލާނެ
ސާބަހޭ ދައިލަތް އެއްލޮށް ބޯގަންވިލާ އަށް. ދެން ދިވެހިން ބަޑަށް.
މި މައްސަލަތަށް މިގޮތަށް ނިންެމެނީ އެޓަރީން އެގޮތަށް މަސައްކަތް ކުރާތީ ނޫންނަމަ މިހާރު ސާބިތު ވިގޮތަށް ސާބިތު ނުކުރެވޭނެ.
ޢަނެއްކާ އިބްރާއައް ކިހާވަރެއްބާ
7 އަހަރު ދުވަހު ތިމަންމެން ވެރިކަން ނުލިބި އެލަމާތެޅެން އާމްދަނީ އެއްލިބޭނެ އެއްވެސްމަސައްކަތެއްނުކޮއް މަގުމަތީއޭ ތިބީ އަދިކެމްޕެއިނައްވެސް ވޯޓުގަންނަންކުރި ބޮޑުހަރަދު ތައްކޮއްދިންފަރާތްތަކައް ލާރި ދޭންވެސްޖެހޭ ކިއާފަ މިހާރު އެމް އެމް ޕީ އާރު ސީން ގެއްލުނުނުލާރިއައްވުރެ ގިނަލާރި ރޯމާދުވާލު މިއޮއްދަވާލަނީ ކޯޓުތަކާ މުއައްސަސާތައް އަތްދަށުލާފަބާއްވައިގެން ރައްޔިތުން ހަނާއަރުވާލަނީ ބުނެލާފަ ޒީރޯ ކޮރަޕުސަނުގެތެރެއިން