ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން އެއްވެސް މީހަކު މުޅިން އަލަށް ފައްސި ވެފައެއް ނުވެއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން އިއްޔެ އިރުއޮއްސި 18:00 ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ރާއްޖެ އިން އެއްވެސް މީހަކު އަލަށް ފައްސި ވެފައެއް ނުވެއެވެ. އަދި މިއަދު 18:00ގެ ފަހުން ލިބުނު ނަތީޖާ ތަކުންވެސް މުޅިން އަލަށް އެއްވެސް މީހަކު ފައްސި ވެފައެއް ނުވެއެވެ.
ނަމަވެސް، މީގެ ކުރިންވެސް ފަރުވާގައި ތިބި ދެ މީހަކު ވަނީ ފައްސިވެފައެވެ. އެއީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ އުމުރުން 80 އަހަރުގެ އަންހެނަކާއި މާލޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ އުމުރުން 92 އަަހަރުގެ ފިރިހެނެކެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކުރިން ބަލި ޖެހިފައި ތިބި ދެ މީހުންނާއި އެކު ޖުމްލަ ލިބިފައި ވަނީ 225 ސުންކު (ސާމްޕަލް) ގެ ނަތީޖާ އެވެ.
އެހެންކަމުން މިއަދަކީ ރާއްޖެ އިން މިހައިތަނަށް އެންމެ މަދުން ސުންކުގެ ނަތީޖާ ލިބުނު ދުވަހަށް ވެދާނެއެވެ. ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އަދި ކަށަވަރު ކޮށެއް ނުދެއެވެ.
މިއަދުގެ މައުލޫމާތު އެޗްޕީއޭ އިން އާއްމު ކުރުމާއި ހަމައަށް އެއްވެސް މީހަކު ފައްސި ނުވެއްޖެނަމަ މިއަދު ވާނީ އޭޕްރިލް 15 ގެ ފަހުން ރާއްޖެ މީހަކު މުޅިން އަލަށް މި ވައިރަހަށް ފައްސި ނުވާ ފުރަތަމަ ދުވަހަށެވެ.
ކިތައްމީހުން ޓެސްޓް ހަދައިގެންއެއީ
މިހާރު ެާއްޖެ އޯކޭ ނަންސު އެންމެން މާމެންދޫ ކުދިންކޮޅުވެސް ނަންސި އެކަމަކު އަލާމާތްފެނޭ ގަދަޔަށް
ޢެއަރޕޯޓް ނުހުޫވޭ ބޭރަށް ހަބޭހަށް މީހުން ގެނެސް ގެންދެވޭ.
މިއަދު ހެދުނީ ކިތައް ސާމްޕަލްތޯ ވަގުތުން ސާފު ކޮއްލަދެއްވުން އެދެން.
ޏަތީޖަާ ގެނެސްދޭއިރު ޖުމްލަ ސާމްޕަލްގެ އަދަދާ ފައްސިވި އަދަދު ގެނެސް ދިނުމުން ވ ފުރިހަމަވާނެ
ޓެސްޓު ހެދުނީ ކިތައް މީހުންގެ ތޯ ހާމަކުރައްވާ..ހަގީގަތަކީ ޓެސްޓުހަދަން ޖެހޭވަރަށް ގިނަ ބަޔަކު ދޫކޮއްލެވިފައި ވާކަން.
އަދިވެސް ހަލާކުވި މެޝިން ރަނގަޅު ނުކުރެވޭތަ؟ ޔޫއޭއީ އިން ދިން މެޝިން ބަހައްޓައިފިތަ؟ ޓެސްޓްކުރަން ކިތައްމެޝިން މިހާރު ބޭނުންކުރެވޭތަ؟
ޓެސްޓް ނުހަދާނަމަ ފައްސި އަދި ނައްސިވެސް ނުވާނެ ބުނެދީފާނަންތޯ މިއަދު ނައްސިވިމީހުންގެ ޢަދަދު
ފައްސިކަން އެނގޭނީ ޓެސްޓު މިއަދު ހަދައިގެން ނަތީޖާއެނގިގެނެއްނުން.
އަލްޙަމްދު ލިއްﷲ
ޓެސްޓް ނުކުރަންޏާ ނުވާނެތާ..އެހެންނޫނަސް މިހާރު ކޮވިޓްގެ މިސްރާބު ރާއްޖެތެރެއަށް.
މިއަދު ރާއްޖޭގައި އެކަކުވެސް ކޮވިޑަށް ޓެސްޓް ކޮށްފައި ނުވޭ.. ރާއްޖެ ހުޅުވާލަން މިހާރު ހުއްޓާފަ މިއޮތީ..
އަދި ފޮނިވާން ކައިރިވެސް ނުވޭ
ޢެޗްޕީއޭ އިން ފޮނުވާގަ އިން މެސެޖް ނުފެންނަނީ ތޯ
އަލްހަމުދުﷲ
އަލްހަމުދު ލިއްﷲ