ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކުރައްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް ބަޖެޓުން އަހަރަކު ތިން ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށް ފުރަތަމަ ރިޔާސީ ވައުދު އުމަރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް "ހެޔޮ ހިޔާ" ވައުދު ނަމުގައި އިއުލާން ކުރައްވަމުން އުމަރު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރި އިރު މުޅިންހެން ގެންގުޅުނީ ވިޔަފާރި އުސޫލެއް ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި އެކަން ކުރާނީ ބަޖެޓުން ދޭ ހިދުމަތެއްގެ ގޮތުގައި, ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް މަދުކޮށް އަޅުގަނޑުގެ ސަރުކާރެއްގައި ބަޖެޓުން އަހަރަކު ތިން ބިލިއަން ރުފިޔާ އިޖުތިމާއީ ބޯހިޔާވަހިކަމަށް ހަރަދު ކުރާނަން." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކޮންމެ އަހަރަކު ތިން ބިލިއަން ރުފިޔާ ފްލެޓް އެޅުމަށާއި މާލެ އާއި އަތޮޅު ތެރޭގައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު އެޅުމަށް ދޭ ހިލޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މާލޭގައި ދިރިއުޅޭ އާއިލާތައް ދިރިއުޅެނީ ފިތި ބާރުވެގެން ކަމަށާއި އަތޮޅުތެރޭގެ ރައްޔިތުން ވަނީ ގެދޮރު އިމާރާތް ކުރުމުގެ ތަނަވަސްކަމުން މަހުރޫމްވެފައި ކަމަށެވެ.
އުމަރު ވިދާޅުވީ އަތޮޅު ތެރެ އިން މާލެ އަށް އަންނަ މީހުންގެ އާމްދަނީ އަށް ވުރެ 200 ޕަސެންޓް އިތުރަށް ކުއްޔަށް ހޭދަ ކުރަން ޖެހޭ ކަމަށެވެ.
މިހާރު ދޫކޮށްފައިވާ ފްލެޓްތަކާއި އަލަށް އަޅާނެ ފްލެޓްތަކާއި ވެސް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ އެ މީހަކަށް ލިބޭ އާމްދަނީގެ 25 ޕަސެންޓް ކަމުގައި ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުން ދޫކުރާ އެއްވެސް ފްލެޓަކަށް އެޑްވާންސް ފައިސާ ނުނަގާނެ ކަމަށެވެ.
"އަލަށް އަޅާނެ ފްލެޓްތަކާއި މިހާރު ދޫކޮށްފައިވާ ފްލެޓްތަކަށް ވެސް ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ އެ މީހަކަށް ލިބޭ އާމްދަނީގެ 25 ޕަސެންޓް, އަޅުގަނޑުގެ ވެރިކަމެއްގައި ސަރުކާރުން ދޫކުރާ އެއްވެސް ފްލެޓަކަށް އެޑްވާންސް ފައިސާ ނުނަގާނެ" އުމަރު ވިދާޅުވި އެވެ.
އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސަޅި
ވައުދެއް ފުއްދުން އުނދަގޫވާނީ، ވައުދުކުރުމަކީ ފަސޭހަކަމެއް. އެހެނަސް އޯކޭ. އަދި އިތުރު ޕްރެޒިޑެންޓަލް ކެންޑިޑޭޓުން އަހަރަމެން ބޭނުން. އެއީ އިތުރު ޗޮއިސް މިކަމުގާވެސް އޮންނަންޖެހޭނެ ކަމަށް ގަބޫލު ކުރާތީ. އުމަރުގެ ހިތްވަރަށް ސާބަސް. އެކަމަކު އަދި މިކަހަލަ ހިތްވަރު ހުރި އެކަކެ ނުވަތަ ދެމީހަކު އެބަ ފެންމަތިވާން ޖެހޭ.
އެކަމަކު ފެއިލްވެފަ ތިބި އަހީދާއި، ނަޝީދާއި މައުމޫނު ބޭނުމެއް ނުވޭ.
ޢުމަރާ ތިއުޅެނީ ހަޑީއެއް ހާވަން! ކޮސްނަހަދާ މަޑުމަޑުން ހުރެބަލަ! ކޮބާތަ ގެންގުޅުނު ސަބްމެރީންގަނޑު؟ އޭގެން މީހަކަށް ނުދަރާ ކާލާވަރު ވެއެއްނޫންތަ؟
ވ ރަނގަޅު . ވ ތާއީދު ކުރަން.
* ޓީޗަރުންގެ މުސާރަ ވެސް ނަރުހުންްްްްް ނާއި ޑޮކްޓަރުންގެ މުސާރައާ އެއްވަރު ކޮށް ދޭތި!
*ޑިގްރީ މާސްޓާސް ހަދާފަ ތިބޭޭ ޓީޗަރުންގެ މުސާރަ ވ. ކުޑަ.
*އަހަރެމެން ބޭނުންވަނީ ނިކަމެތިންގެ އިހްސާސްތައް ދަންނަ ބޭފުޅެއް.
ބަލަ މިސަރުކާރުން ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ މައުމޫނު ހުޅުމާލެއިން ހިއްކާފައިވާ މާސިންގާ ބޮޑު ބިން މުއްސަދިންނައް ބޮޑުއަގުގާ ވިއްކާހުސްކުރީ ފަގީރުން ގެދޮރުން މަހުރޫމުވި މިސަރުކާރުގައި އެޅި704ހަތްސަތޭކަހަތަރު ފުލެޓްވެސް މުއީޒުމެން ބޭނުންގޮތެއްހެދީ ގެދޮރުވެރިކަންވީ މުސީބާތަކައް އަގަޔާ އަތާދިމާނުވި ރައްޔަތުންވީމާޔޫސް މިސަރުކާރުގެންނައްކުރި މަސައްކަތްވީ ބަރުބާދުމިސަރުކާރުގެބޮޑުންވީމުއްސަދި ؟؟މެންބަރުންވީ މުއްސަދި؟؟ ދެން މިސަރުކާރައް ދިވެހިރައްޔަތުން ޓާޓާ ކިޔާފި އުމަރުގެ ވައުދު ތާއިދު ރަގަޅު
ރައީސްޔާމީންގެ މެނިފެސްޓޯ ކޮޕީކުރިޔަސް ބޮޑުވަރު!
ރަގަޅު.. އެކަމަކު ތީވާނެކަމެންހެންހީނުވޭ.. ތަރައްގީގެ އެހެން އެއްވެސް މަޝްރޫއެ ހުއްޓޭކަށް މަދުވާކަށް ރައްޔިތުންބޭނުން ނުވާނެ.. ވެރިކަންލިބުނީމަ ރައްޔިތުން ކެކޭވަރުއިގޭނީ.. މިއަދު އަދި އެކަމެއުމަރަށް ނުފެންނާނެ...
އުމަރު ނަސީރަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއްނެތް ސަބަކީ މިގައުމަށް އުމަރުނަސީރު ކޮއްދިން އެއްވެސްކަމެއް ނެތީމަ އުމަރު ނަސީރު އުމުރު ހޭދަވަނީ ޕާޓީ ބަދަލު ކުރުމުގަ އުޅެނިކޮން ވޯޓް ދޭންވާނީ ގައުމަށްޓަކާ ކުރިއަށް ޖީލަށްޓަކާ މަސައްކަތްކޮއްފަތިބި ރިޔާސީ ކެނޑި ޑޭޓުންނަށް ރިޔާސީވޯޓް ހައްގުކަންބޮޑު މީހުންނަކީ އެމީން
ކައެ އަށް ސަމާލުކަން ދޭނެ މީހެއް ނެތޭ
މަ ދެން
ޢުމަރާ ތިއީ ސީދާ ބަޖެޓުން ދޭ އެއްޗެއްކަމަކަށް ނުހެދޭނެ. މަ ހީކުރީ ކެމްޕެއިނަށް ބޮޑެތި ވިހާ ފޮތެއް ކިޔާތީވެ އުމަރަށް ބަޖެޓު އެނގޭނެކަމަށް.......... އުމަރާ........ ތިހެން ކިޔާފައި ވެރިކަމަށް އައި މީހަކު ރިސޯޓަކާ ލެޕްޓޮކުން މުޅި ޤައުމު ހިންގި......... ހިންގާ ނިމުނުއިރު ބޮޑުފޮށީގައި ލޯލާރިއެއްވެސް ނެތް. ނުވިތާކަށް އުނުގައި އޮތް ފޮށާގަނޑުވެސް އޮތީ ޖީއެމްއާރަށް ވިއްކާލާފައި.
ޢުމަރާ....... މަށަށް ފައިސާ ޖެހުމުގެ ހުއްދަ ޤާނޫނީގޮތުން ހޯދާދީ. އުމަރު ކޮންމެ އަހަރަކު ޚަރަދުކުރާނެ 3 ބިލިއަން ރުފިޔާ ފޯރުކޮށްދޭނަން. ފަހަރުގައި އޮޅިގެން 305 ރުފިޔާގެ ނޫޓްވެސް ޖަހާފައި ހުރެދާނެ. އެހެންވަނީ ޢުމަރަކީ އެވަރުވެސް ނޭގޭ މީހަކަށް ވާތީ.
އުމަރަކީ ގަޓްހުރި މީހެއް.
އުމަރުގެ ތި ހިޔާލަކީ ލޮލުން ބޮލުން ބަލައިގަންނަ ހިޔާލެއް
އުމަރަށް ވެރިކަމާއި ހަމައަށް އާދެވުމަކީވެސް ފަހަރެއްގައި ހަމަވެދާނެ ކަމެއް.
އުމަރުގެ ތިވައުދަކީ ގިނަމީހުން ބަލައިގަންނަ ވައުދެއް، ނަމަވެސް ކުރިއަށްހުރި ވައުދުވެސް އެގެން ބޭނުންވޭ
ކުރިންވެސް މިހާރުވެސް ދެންވެސް ހަމަ މުސްސަދީންނަށް.ފަގީރު ނިކަމެތި ބޯހިޔާވަހިކަން އެންމެ ބޭނުން ވާ މީހާ ހުންނާނީ ފުލެޓުހޯދަން ޝަރުތު ހަމަނުވާ ކެޓަގަރީގަ.
ބަޖެޓުން 3 ބިލިއަން ކަނޑައެޅި އިރު ބަޖެޓް ހޯދަނީ ކޮންތާކުން. އެއީ ވިހާއެއްޗެއްނޫން. ދޮންކަލޯ
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ މުހިއްމު އެއްކަމަކީ ބޯހިޔާވެހިކަން. މިފަދަ ބޯހިޔާވެހިކަމަށް ހޯދައިދޭނެ ވެރިޔަށް މިޤައުމަށް އެބަ ބޭނުވޭ. ނިކަމެތި އިހްސާސްތައް އަދި ރައްޔިތުގެ އަދޭހުގެ އަޑުއަހާނެ ވެރިޔަށް މިޤައުމަށް އެބަ ބޭނުންވާ... ވައުދުވާނެ ވެރިޔަށް ބޭނުމެއް ނޫން... ވައުދުތައް ފުއްދަވާ ނިކަމެތިންނަށް އޯގާތެރި ވެރިޔަށް ބޭނުންވަނީ... ނިކަމެތިން ބަކީ ނުކުރާ ފަދަ ވެރިޔެއް.
އުމަރުގެ ވެރިކަމެއްގައި ރައްޔިތުން ފުލެޓަށް ލިބޭނީ ކިތައް އަހަރުން؟ ޔާމީނުގެ ވެރިކަމުގައި ވެސް ވަރަށް އުއްމީދު ކުރިން ފުލެޓަށް ލިބޭނެކަމަށް... އެކަމަކު ނުލިބުނު؟
ތި ފޯރމިއުލާ އަކީ ރަނގަޅު ފޯރމިއުލާއެއް ނޫން. ތި ގެނެ ވުނުގޮތެއްވެސް ނޭގޭނުން.
ތީ ލޫސާ އެއް! ދެން ކޮން ވާހަކަ އެއް ދައްކާކަށް! ކައެ ދައްކާ ވާހަކަ އެއް ބޯމައްޗަށްޖަހައިގެން ހުރި މީހަކު އަޑެއް ނާހާނެ!
ބަޖެޓުން ދޭ ޚިދްމަތެއްގެ ގޮތުގައި މާލެ ސަރަހައްދުން ބޯހިޔާ ވައްސެއް ދޭން އުމަރުގެ ކެމްޕެއިން ގައި އެއީ ފުރަތަމަ ވެސް ކަނޑާލި ރިބަން ކަމަށް ވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އަދި 2 ކޮޓަރީގެ އެޕާރޓްމެންޓެއް މާލެ ސަރަަހައްދުން މަހަކު 2 ހާސް ރުފިޔާ އަށް ލިބިއްޖެނަމަ އެވެ. މާލެ ސަރަހައްދުން ފްލެޓްސް ތައް އަޅާ ފްލެޓްސް ތައް ކުއްޔަށް ދޭންވީމާ ހައުސިންގް މިނިސްޓްރީ އިންވެސް ޖެކް ޕޮޓް ކުޅެނީ އޭ މިހާރު އެއް ފަހަރު 15 ހާސް މީހުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އިރު އަލަށް ދޫކުރި ފޯރމްސް ތަކާއި މިހާރު ލާފައިވާ ފޯރމްސް ތަކާއި އަޅާ ބަލާއިރު ކުރީގައި ލާފައިވާ ފޯރމްސް ތަކުގެ ސައްހަ ކަން މާ ބޮޑަށް ބޮޑުވާނެއޭ ކަން މިހެން ހުރުމުން މިކަމުގައި ދެން މަމެން ޕިންކީންގެ ސަރުކާރުން މީގައި މާ ބޮޑު ބަހަނާ ނުދައްކާ އެ 15 ހާސް މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ދޭނެ ކަމަށް އިއުލާން ކޮށް ހަދާ އެމެންނަށް 2020 ވަނަ އަހަރު ނިމުމުގެ ކުރިން ފްލެޓްސް ތައް މާލެ ސަރަހައްދުން ދޭނެ ކަމަށް އިއުލާން ކުރަންވީއޭ.
ހުސް ފޮނި .......ދެފުއް ކެެހެރި
ބޯހިޔާވަހިކަމަށް އަހަރަކު 3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާނެ ކަމަށް އުމަރު ބުނާ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރާއްޖޭގެ އިގްތިސާދުގައި އެޅުވިފައިވާ ކަސްތަޅު އެޅުވިފައި މިވަނީ އެއީ ސީދާ މާލެ ސަރަހައްދުގައި ފްލެޓްސް ތައް އެޗްޑީސީން އަޅަން ޑިޒައިން ކުރާ ގޮތާއި އަދި އެެޗްޑީސީން 25 އަހަރުން ފްލެޓްސް ތައް އިމާރާތް ކުރާ ޚަރަދު ޑަބަލް ޕްރޮފިޓް އާއި އެކު ނަގަން އުޅޭތީއޭ މުޅި ސާރކަލް ފުރިހަމަ ވާނެ އުސޫލުން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަޅު ތަކުން ބިން ތައް ވިޔަފާރި އަށް ކުޑަ އަގުގައި ކުއްޔަށް ދީ އަދި ފްލެޓްސް ތައް ބިނާ ކުރާއިރު ބޭސް ލައިން ޕްރައިސް ޓެގް އަކީ އެއީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ 1000 އަހަރު ވަން ދެން ދައްކަންވީއޭ އަދި 2 ކޮޓަރީގެ އެޕާރޓްމެންޓް އެއް ހިމެނޭ ފްލެޓްގެ އޭރިއާ އަކީ އެއީ 1000 އަކަފޫޓް ކަމުގައި ވާން ވާނެއޭ. އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ އޯލް ފެލޯ ސިޓިޒެންސް ގޮޓް ދެއަރ އޯން ޝެލްޓަރ އައި ކުޑް ސްޕެންޓް މައި ލައިފް ލުކިންގް ފޯރ ދިސް ސްވީޓް ޑްރީމް އިޓްސް އަ މޯމެންޓް އޮފް ޕްލެޝަރ އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް.
އުމަރުބުނީ ރަގަޅުވާހަކައެއް 8 މިލިއަން މިހާރުމިދެނީ ރަނގަޅު ތަނެއް ތިޖޫރީއިންތާ އިން ވަޅުގަނޑައްއެޅީމަ އެބޮޑުމިވަނީ ތިވައުދު ރަގަޅޫ
ތީ ޔާމީނަކީގޭންގެކޭ އަފުރާޝީމްގެމަރާ ޔާމީނާގުޅުވާ ވާހަކަ ދައްކާފަމަޖިލީހުގައެކަންދޮގުކުރިމިހެއް އެހެންވެ ވަނި އިތުބަރުގެއްލިފަ ދޮގުހަދާމީހެއްގެ ގޮތުގަ ލެބަލްކުރެވިފަ ވަރައްބޮޑައްމާފުކުރައްވާ ރައީސްކަމައް ގެންނާކައްހެޔޮވާވަރުގެމީހެއްނޫންތީ ޔާމީނައްވުރެއަދި ނުލަފާވާނެ
ތިޔަ ޕިންކީން ދައްކާ ވާހަކައެއް ދެން ރައްޔިތުން އަޑެއްނާހާނެލައްކަދޮގުހަދައިފިއެހާވަރައްކައިހުސްކޮއްފިއަދިވެސްކަނީނެއް ހުއްޓާކައް ދެން ނެއް އިތުރއައްކާކައްފުރުސަތުދެވޭކައް
އުމަރަކީވަރައް ދޮގުހަދަމީހެއް ޔާމީނާބެހޭގޮތުންއެތައް ވާހަކައެއްދައްކާފަ މަޖިލީހައްގޮސްފަބުނީ ދޮގެކޭ އެވަރު މީހަކު ރައްޔިތުން ނައްވާ ވައުދު ކިހިނެއް ފުއްދާނީ ހޮވުނީމަ ބުނާނެ އެއީ ވައުދެއް ވާން ޖެހޭތީ ބުނެވުނުއެއްޗެކޭއުމަރާ އަދިތިއުޅެނީ ޕާޓީ ބަދަލުކުރުމުގަ އަވަދިނެތި އުފެއްދި ޕާޓީގަނޑުކޮބާތަމިހާރުސަބުމެރިންނާއެކު އަޑިޔައްދުއްވާލީތައުމަރު ކަމުދާނީކުއްތާސްކޮޑުބަލަހައްޓަން އެހެންކމަކައް ކަމަކުނުދޭ
އުމަރު އަޅެބޮޑެއްނުވޭތަ ބަޖެޓުންނޭބުނީމަ ނިމުނީތަ ތަފްޞީލްބޭނުންބަޖެތުހޯދާނެގޮތާ މެދު މަޖިލީހުގަ އުމަރުގެ ކިތައް މެންބަރުނތަތިބީ މެންބަރަކުނެތި ކިހިނެއް އުމަރު އަދި ހަމަ ހިތައް އަރާ އެއްޗެއް ބުނެލުމަކުން ކަންކުރަނީއުމަރާ 5 ވަގުތު ނަމާދުކޮއްލައިގެން ރަމަޒާންމަހުގެ ރޯދަހިފާ ގުރުއާންކިޔަވާހެދުމުގަ ހޭދަކުރޭ ތިޔަފަދަ ބޮޑެތި ވައުދުތައްވާއިރު އެއްވެސް ވަރަކައް ވިސްނާލީމުތަ ރައްޔިތުން ވޯޓުދޭއިރު އުމަރުގެ މާޒީގަ ކަންކޮއްފަ ދައްކާފަވާ ވާހަކަތަކާމެދު ވިސްނާނެކަން
އުަރަކީ ވަރައްގިނަ ރައްޔިތުންނައް އަނިޔާކޮއްފަހުރި މީހެއް އަދި ބާރެއް ލިބިއްޖެއްޔާ ޔާމީނު ނުވާނެ އެކައްޗަކައްވެސްއެހެންވީމަ ވޯޓުދެވޭކައްނެއް