ރާއްޖެ އިން މިއަދު އިތުރު އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާ މީހެކެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2261 އަށް ވަނީ އަރާފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން އެއްވެސް މީހަކު ކުރިން ފައްސިވި މީހަކާއި ގުޅުން ހުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭޝަނަލް އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އިން ވިދާޅެއް ނުވެއެވެ. މިރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އިން ފައްސިވި މީހުންގެ މައުލޫމާތެއް ނުދެއެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމުން ފުރަބަންދު ކޮށްފައި އޮންނަތާ ދެމަސް ދުވަސް ފަހުން މިމަހުގެ 15 ވަނަ ދުވަހު މާލޭގެ ފުރަބަންދަށް ވަނީ ލުއިތައް ދީފައެވެ. ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުން މާލޭގެ މަގުތައް ތޮއްޖެހެމުން ދިޔަ ނަމަވެސް އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަކަށް ފާހަގަ އެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަބުރު

    އަދިވެސް ސުކޫލުތަށް ހުޅުވައިގެން ހުރިހާ ޅަދަރިން ފަައްސި ކުރެވޭތޯ ބަލާ...