ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުން މަޖިލިސް ބައެއް މެންބަރުންނާ އެކުގައި ފެންނަ ފޮޓޯގައި ހުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި ރައީސް ނަޝީދާއި، މަޖިލިސް މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) އަދި މަޖިލިސް މެންބަރު އަހްމަދު އީސަ ކަމަށް ބެލެވޭ މީހަކާއި އިތުރު ދެމީހަކު ވެސް ފެނެއެވެ. އެއިން އެކަކީ ރައީސް ޞާލިހް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހޫދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރި ފަހުން ރައީސް ޞާލިހް މާލެ އިން ބޭރަށް ވަޑައިނުގަންނަވާ ކަމަށެވެ.
ފޮޓޯއިން ފެންނަނީ ފަސް ބޭފުޅަކު ރިސޯޓެއްގެ މޫދުގައި ތިއްބަވަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއީ ޖުމެއިރާގެ ރިސޯޓެއްގައި މިމަހުގެ 25 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.
މާލެ ފުރަބަންދުކޮށް، ހާއްސަ ހުއްދައެއް ނަގައިގެން ނޫން ގޮތަކަށް މާލެ އިން ބޭރަށް ދިއުމާއި، މާލެ އެރުން ވެސް ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ރައީސް ނަޝީދާއި، ބައެއް މެންބަރުން ރިސޯޓަށް ވަޑައިގެންނެވީ އެއްވެސް ހުއްދައެއް ނަގައިގެންކަން އެނގިފައެއް ނުވެއެވެ.
ރައީސް ނަޝީދާއި މެންބަރު އާޒިމް ރޭ ވެސް ވަނީ އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ގެއަކަށް ވަޑައިގެން ކެއުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.
ދިޔަސް އެއްބަސްވާނެތަ؟ ކޮންބައެއްތީ. ނުބައި ނުލަފާކަމާ މަކަރާ ލަދުހަޔާތް ނެތިއްޔާ އެމްޑީޕީ އަކަށް ނުވެވޭނެ.
އެމްޑީޕީގެ ބޮޑުންނަށް ކޮންމެ ކަމެއްގައިވެސް އޮންނަށްޖެހެނީ ވަކިގޮތެއް. އެހެން މީހުންނަށް ވަކިގޮތެއް. އެމީހުން ބޭނުންކަމެއް ބޭނުންވަގުތަކު ކުރެވެންޖެހޭ. ކިތައްމެ ބޮޑު ޖަރީމާއެއް ހިންގިޔަސް އެއީ އެމީހުންގެ މިނިވަންކަން. އެގޮތަކަށް ޖެހޭނީ ޤާނޫނު އަދި އެހެންމީހުންވެސް ބަދަލުވާން. ފިރުއައުނުގެ އުޞޫލުއެއީ އެމީހުންގެ ފިކުރު. ބޮޑުއެތި ކުޑައެތި ކާލެވޭ ޤާނޫނު. އެކަމުގެ ހެއްކެއް ކޮވިޑުގައި ބޭއްވި މަޖްލިސް. އެޗްޕީއީން ޖެހުނީ މަޖްލިސް ރައީސްގެ ފިކުރާ އެއްގޮތަށް ބަޔާންނެރެން.
މި ބަލާވެރިކަމުން މިގައުމު މިންޖުކުރައްވާށި
އާމީން
ކޯއްޗެއްބާ މޫދުގަ ތިބެގެން ހިއްޕަވަނީ. ޖޫސް ހިއްޕެވުމަށް ވުރެ ފެންވަރު މަތީ ބޭފުޅުން މިއީ. ސަރުބަތު ކަމަށް ވެދާނެ
ބިރަކާނުލާ މަޖާކުރަނީދޯ.
ސަމްތިން ޑްރިންކިންގ
ރައީސް އިބްރާހިމް މުޙައްދަދު ސޯހިޙް އަރިހުގަ ގަމީސް ބައިލާގެން ހުރި މީހާ ހާދަ ވައްތަރޭ ރައީސް ނަޝީދު އާދޯ
އެހެންތަ؟
ގާނޫނު ހާދާމަޖްލީހުގެ ވެރިން އުޅޭ އުސޫލުން އަހަރުމެން އުޅެން ފެށުމުން ކުއަވެރިވަނީ ނިކަމެތި ރައްޔިތުން! އަންދާޤާނުނުގެ ވެރިން މިތިބީ ހުރިހާ ޤާނޫނަކާއި ޙަވާލުވެގެން! ފުލުން ހުންގެ ޤާނޫނަށް ބަދަލުގެންނަށް އުޅެނީ މިހެންވެދޯ! ބިރަކާ ނުލާ މަޖާކުރަންވެގެންދޯ! ރައްޔިތުން މިތިބީ ވަރަށް ރަނގަޅަށް ބަލަން!
ނޫކުލައިގެ ޓީޝާތެއް ލައިގެން އެހުރީ އިބުރާހިމް މުހައްމަދު ޞާލިހުނޫން ދެންކާކުކަން ހޫދުބުދީބަލަ
ޣާޒީ ހައިލަމް ޝެއާކުރި ފޮޓޯ ގައިހުރި މީހާ ރައިސާއި ވައްތަރުކަމެއްހުރުމުން އެފަކީ ކަރުގަ ޗޭނުޖަހައިގެން މިހާރު ތިދަމާ ފަލީހަތްކުރަނީ ދެން މިޚަބަރު ލިއުނުމީހެއްގެ ކަރުގައި ހިލިހިލާޖަހާ ދަމާނޮއްޔެއްނޫން އެއީ ހަމަ ރައިސްސާލިހު
މިހާރު ތަރައްޤީގެ ބާނީ ޖާބިރުގެ އެއްވެސް މަޝްރޫޢެއް ނުވަތަ ޕްލޭނެއް ކުރެއްވުމެއް ނެތީތޯ ! އެމަނިކުފާނުގެ ޚަބަރެއް ދަބަރެއް ނުވާތާ ދުވަސްކޮޅެއް ވެގެން ހަމަ އަހާލީ އެގޭތޯ !
ހަމަ އަޒުލު ކުރަންވީ ރައްޔިތުން ނިކުމެ.
ކެނެރީގެ ބުއްޅަބޭ އާއި ހިންނަވަރު ބުއްޅަހުއްތު މަޖާކުރުމުގައި
މާތް ﷲ އަނިޔާވެރީން ގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވާށި
އާމީން
ތީ އާ ޝަރުމީލާ ފާޅުވީކަމަށް ވާނީ
ގާނޫނަށްވުރެ މަތީގަ އ އިތިބޭ މީހުންނަށް ގާނޫން ނުހިންގޭނެ
އެވެ ތިޔަބުނާ މީހާ އއ އަކީ ވަރަށްގިނަ ސިޔާސީ އުކުޅުދަންނަ
މީހެކެވެ ތިޔަކަމަކީވެސް މޮޅު އުކުޅަކަށް ވެދާނެއެވެ ގަނޫނާ
ގަވާއިދާ ޚިލާފް ކަންކަމައި ދީނީ ކަންކަމަށް ގޮންޖަހަ އި
ފުރަ އއ އްސާރަކުރުމަކީވެސް ސިޔާސީ އުކުޅެވެ.
މޫދުގަތިބެގެންއެބައްލަވަނީ ލުބޯފަނިތަންކޮޅެއްގިނައިން ހަކުރުއަޅައިގެން ލުބޯފަނިބޭނުންކުރީމަ ހީކަރުވާގޮތެއްނުވާނެ ހަށިގަނޑުހޫނުކޮށްދޭނެ ތިބޭފުޅުންވެސް މޫދައްވަޑައިގަންނަވާނަމަ ލުބޯހުތުފަނިގިރުއްވައގެން ވަޑައިގަންނަވައްޗޭ އަޖުމަބަލާލަން
ކަލޭމެން އެމީހުން ކޮންމެ ތަނަކަށް ދިއަޔަަސް ކޮންކަމެއް.. އެމީހުންގެ އަމިއްލަކަމެއްއެއީ!މިނޫސްވެރިންވެސްދޯ!!
ނޫކުލައިގެ އެއްޗެއް ލައިގެން އޭނީ ކިނބޫކަމަށް ކަށަވަރު ނުވަންޔާ އޭނީ ކާޕެޓް ޓްރޭސްގެ ވަގު ކަލޭގެ ޝާހިދު ކަންނޭންގެ
ބަލަ ތިޔަ އމްޑީޕީ ކިޔައިފިއްޔާ ހުރިހާ ނުބައި ކަމެއް ކުރާނެ އެމީހުން ގަބޫލެއް ނުކުރޭ ހެއްދެވި ފަރާތެއް ވާކަން