އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށްފަހު ކޮވިޑް-19 އާ ހެދި ރާއްޖެ ނާދެވި ތާށިވެފައިތިބި މީޙުންގެ ތެރެއިން 91 ދިވެއްސަކު މިއަދު ގެނެސްފިއެވެ.

މޯލްޑިވިއަންއިން ބުނީ، މި ދިވެހިން ގެނެސްފައިވަނީ އާސަންދައިގެ ދަށުން ރޭ އިންޑިއާއަށް ބޭސްފަރުވާ ހޯދުމަށް މީހުން ގެންދިޔަ އެ އެއާލައިންގެ ބޯޓުން ކަމަށެވެ. މި ދިވެހިންގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ގޮސް ނާދެވިފައިތިބި މީހުންނާއި، ބޯޑަރު ބަންދުކުރުމާއި ލޮކްޑައުންކުރުމުގެ ސަބަބުން އެ ޤައުމުގައި ނާދެވިފައިތިބި މީހުންނެވެ.

ކޮވިޑް-19ގެ މި ހާލަތުގައި މޯލްޑިވިއަން އިން އަންނަނީ ސަރުކާރާއި ގުޅިގެން ބޭރުގައި ތާށީވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގައި ގިނަ މަސައްކަތެއް ކޮށްފައެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ހާމަކޮށްފައިވާގޮތުން ކޮވިޑް-19 އާއި ގުޅިގެން ބޭރު ގައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 އަށްވުރެ ގިނަ ދަތުރުކޮށް، 4000 އަށްވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު